ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި މީހަކު ހުއްޓުވައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އޭނާ ރާއްޖެއަށް އެތެރެވާން މަސައްކަތްކޮށްފައި ވަނީ، ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަހުސު އޮޅުވާލައިގެން ކަމަށެވެ.

މި މައްސަލައިގައި ހުއްޓުވާފައިވަނީ އުމުރުން 23 އަހަރުގެ ބިދޭސީއެކެވެ. ނަމަވެސް އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެއީ ކޮން ޤައުމެއްގެ މީހެއް ކަމެއް ނޭނގެއެވެ. އިމިގްރޭޝަނުން ވަނީ އޭނާގެ ފޮޓޯއެއް އާންމުކޮށްފައެވެ.

ފަހަކަށް އައިސް ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް މީހުން އެތެރެވާން މަސައްކަތްކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީންވެސް ރާއްޖޭގައި އުޅެމުންދާއިރު، މީގެ ތެރެއިން މިއަހަރުގެ ތެރޭގައި އެފަދަ ވިހިހާހެއްހައި މީހުން އަނބުރާ ޤައުމަށް ފޮނުވާލަން މަސައްކަތްކުރަމުންދާ ކަމަށް އިދާރާތަކުން ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާސިދާ

    އިންޑިއާ މީހެއް އޮތަ..

  2. އަތޮޅުތެރޭ ގޮލާ

    ކޮންސިއްރެއް ހާމަކުރޭ..ކަލޭމެންނާ ގުޅުގެން ކުރާކަމެއްވީމަ ދޯ ހާމަނުކުރީ