ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ކޮވިޑް-19ގެ އެލަވެންސް ނުލިބޭ މައްސަލައިގައި މުޒާހަރާކޮށްފިއެވެ.

މި މުޒާހަރާ ކުރިއަށް ދިޔައީ ހުޅުމާލެ ހޮސްޕިޓަލްގެ ގޯތިތެރޭގައެވެ.

ނަރުހުންނާއި އެޓެންޑެންޓުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަހުމަދު އަލީ

މި މުޒާހަރާގައި، ނަރުހުންނާއި، އެޓެންޑެންޓުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މުވައްޒަފަކު ބައިވެރިވިއެވެ.

ނަރުހުންނާއި އެޓެންޑެންޓުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަހުމަދު އަލީ

"ހުރިހާ ނަރުހުންނަށް ލިބޭނެ ކަަމަށް ބުނި، ކޮވިޑް ފެސިލިޓީއަށް ދިޔަ މީހުންނަށް ލިބުނު އެކަމަކު، ލިބުނީ ވަރަށް މަދުން، އަހަރުމެން ލައްވާ ލިޔުއްވި ލޮގުތަކެއްވެސް، ލިޔުއްވާފައި ނުލިބުނީމަ ކޮންމެ ގޮތެއް ހަދާފައިވެސް ޑިސްއެޕޮއިންޓްވާނެތާ ދޯ". މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

އެ ލޮގުތަކުގައި އެ މީހުން ކުރި މަސައްކަތުގެ ތަފްސީލްތައް ނެގުވި ކަމަށް އެ މީހުން ބުނެފައި ވެއެވެ.

"އެހެންވީމަ އަހަރުމެންތިބޭނީ އެ ލިބޭނެ ކަމަށްތާ ދޯ".އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލަށް ބަލާއިރު، މި އެލަވެންސް ދެމުންގެންދަނީ ކޮވިޑާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުންނަށެވެ.

"ކޮންމެ ނަރުހަކީ މިހާރު ރިސްކުގައި މަސައްކަތް ކުރާ މީހެއް، ކާކަށްކަން ކޮވިޑް ޖެހިފައި ހުރީ، ކާކަށްކަން ކޮވިޑް ނުޖެހެނީ، އެހެނެއްް ނޭނގޭނެ ނޫންތޯ؟. ބައެއް ތަންތަނުގައި އެބަ ހުރި އޮފީސް ބައިގެ ތިބި މީހުންނަށްވެސް އެލަވެންސް ލިބިފައި، އަދި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ބައެއް ނަރުހުންނަށް ލިބުނު ކަމަށް ވަނީ މި އެލަވެންސް". މުޒާހަރާގެ ބައިވެރިއަކު ބުނެފައި ވެެއެވެ.

ނަރުހުންނާއި އެޓެންޑެންޓުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަހުމަދު އަލީ

މީގެކުރިން އެ މުވައްޒަފުންނަށް ވަނީ ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް މެނޭޖްމެންޓުން އަންގާފައެވެ. އެހެންނަމަވެސް ފަހުން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލޮވެންސް ލިބޭ މީހުންގެ ތެރެއަކު ނުހިމެނެއެވެ. ނަރުހުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ވެސް ބުނެފައެވެ.

" އައިޖީއެމްއެޗްގެ ވާޑުގައި މަސައްކަތްކުރާ މީހުންނަށްވެސް ލިބުނު. ކީއްވެތޯ ތަފާތުކުރަނީ. ފުލުހުންނާއި ސިފައިންނަށް 80 މިލިއަންދޭއިރު ކޮން ސަފެއްގައިތޯ އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އެއީ ރަނގަޅު އުސޫލެއް ކަމަކަށް."އޭނާ ބުނެފައި ވެއެވެ.

ރިސްކް އެލަވަންސް ލިބުނު ގޮތާއިކުރީ ސަފުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް އެލަވެންސް ނުލިބޭތީ ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ.

އެހެންނަމަވެސް އުސޫލާއި އެއްގޮތަށް ކޮވިޑް އެލޮވެންސް ހައްގުވާ އެންމެންނަށް އެލޮވެންސް ދީފަވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި މަދު ބަޔަކާއި ސިފައިންނާއި ފުލުހުން ނޫން އެންމެންނަށް އެ އެލަވަންސް ދީފަވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ވާހިދާ

    ކުރިޔަށް ބާރަށް....ސާބަހޭ ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުން...!!!!!

    154
    6
    • ބަކަރި

      ގެއަށް ފޮނުވާ މާ ފުއްޕަންޏާ

      9
      99
      • ބޭބެ

        ގެއަށްދާނީ އެންމެން!! ކަލޭ ކީއްކުރާނީ!! މިނުބައި ނުލަފާ ވައްކަންކުރާ ދައުލަތުގެ ޚަޒާނާ އެއްކޮށް ދަވާލައިގެން ތިބެ އަދި އެވަރު ނުވެގެން މިގައުމު އިންޑިޔާއަށް ވިއްކައިގެން އުޅޭ ބައިގަޑާ ދެކޮޅު ހެދުމުގެ ގޮތުން ހަމަ ދައުލަތުގެ ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ދުވަސްކޮޅަކަށް ހިތްވަރުކޮށްލާފަ މަޑުކޮށްދޭށޭ!! އޭރުން އޮންނާނެ ބަސް ނައަހާ ނުލަފާ ބައިގަނޑު ހުއްޓުމަކަށް އައިސް ގައުމުވެސް ހުއްޓުމަކަށް އައިސްފަ!! އޭރުން ޖެހޭނީ ކަންކަން ރަގަނޅުކުރަން!! ނޫނީ ފައިބައިގެންދާން! އޭރުން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް އާއޯރަކަމާއި ތަނަވަސްކަން ގެނުވައިދޭ ފަދަ ލީޑަރެއްް މިގައުމުގެ ހިންގުމާއި ޙަވާލުވާނެ! އޭރުން ދުވަސް ކޮޅަކުން ޑޮލަރު ތިޔާގިވާނެ!! އޭޓީއެމްތަކުން ޑަލަރު 2018 ވަނަ އަހަރުވެސް ލިބެމުން އައިގޮތަށް ލިބޭނެ! ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ބޭނުން ވަރަކަށް ޑޮލަރު ލިބޭނެގޮތް ތަނަވަސްކޮށްދޭނެ!! އަނެއްކާވެސް ތަރައްގީގެ އުސް ކުންނުތައް ފެންނަން ފަށާނެ!! ވަޒީފާތައް އިތުރުވެ ދިވެހިންނަށް ތަނަވަސްކަން ލިބޭނެ!! މިއީ ދެން މިގައުމުގެ ރައްޔިތުން ބޭނުންވާ ކަމަކީ!! މިކަން ބޭނުންނަމަ ހަމަ ހިނދުކޮޅަކަށް އެންމެން އެކައްޗެކޭ ކިޔާ ހިތްވަރުކޮށް އަތުގުޅާލަންވީ! ދާދި އަވަހަށް އެދުވަސް ފެނިދާނެ!!

        47
        8
  2. މޮޔަބެ

    ރާއްޖޭގެ އެންމެ ހިތްހެޔޮ ޑރ. ނަރުހުންނާއި އެހެން މުވައްޒަފުންތިބޭ ހޮސްޕިޓަލް... މިހާރު ސިޔާސީ ކުރަން މީހުން ލައިގެން ފަނާކޮށްލަނީ... އެލަވަންސް ލިބެންޖެހޭ.. ބަލަ ޑުރައިވަރަށް 70 ހާސް ޖެހުނީ ކިހިނެއް... މިބަލި މަޑުކަމުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންވަނީ ވަރަށްބުރަކޮށް މަސައްކަތްކޮށްފަ... އަދި ކުރިމަގެއްނުފެނޭ... އަދިވެސް ބުރަ ..ޖީބަށް އިތުރުނުވެ ތަކެކީގެ އަގު އުފުލި އުދުހެނީ... ރައީސްގެ ސީޝެލް ދަތުރަށް 1 މިލިއަން ޑޮލަރ ވީމަ އޯކޭއެއްނޫން އެއީ ރައްޔިތުންގެ ފައިސާ...

    72
    6
    • Anonymous

      ޢެންމެ ހިތް ހެޔޮ ؟ މަ އި ...

  3. ނަކް

    މެނޭޖުމަންޓުން ނުބައި މަޢުލޫމާތެއް ދީ އޮޅުވާލީތާ.. އުސޫލުގަ އޮތް ގޮތުން ކޮވިޑް އެލަވަންސް އަދި ނުލިބޭ ކޮންމެ ނަރުހަކަށާ ޑަކްޓަރަކަށް، ކޮވިޑްގެ ތެރޭގެ އުޅޭ ނަރުހުންނަށާ ޑަކްޓަރުންނަށް ދޭގޮތަށް އޮތީ.. ފުލުހުންނާ ސިފައިންގެ ވެސް އެންމެ ރިސްކު ބޮޑު ދުވަސްވަރު މަގުމަތީގަ ޓުރެފިކާ އެހެންކަންކަންވެސް ބެލެހެއްޓި..އެކަމު އެންމެންނަކަށް ނުލިބޭ އެކަމަށް ކަނޑައަޅާފަ ތިބި ފަރާތްތަކަށް ދެނީ.. ތީގަ އޮޅުވާލި މީހަކު ތި އެލަވަންސް ދޭންޖެހޭނި

    35
    6
  4. ހުސޭނުބޭ

    ފޮރޮންޓް ލައިނުގައި މަސައްކަތްކުރާ މީހުނަނަށް 130 މިލިއަން ރުފިޔާ ބަހާފިޔޯ! މިހާރު އޭތިކޮޅުވެސް އޮންނާނީ ސަރުކާރުގެ ކޮންމެވެސް ބޮޑެއްގެ ގޮހޮރުގައި!

    58
    4
  5. ފިނޭންސް

    ވަގުތު ތަ ޑިސައިޑު ކުރަނީ އެލަވަންސް ލިބުން ހައްގު މީހުން.... އައިޖީއެމްއެޗް ގެ އެޑުމިން ގަ ވޯކު ކުރާ މީހުންނަށް ލިބުން އިރު ހުޅުމާލެ ހޮސްޕިޓަލް ނަރުހުންނަށް ނުލިބެންވީ ކީއްވެ؟؟
    ޢެއީވެސް ހަމަ ފްރޮންޓުލައިން ގަ ވޯކު ކުރާ މީހުން. ޢެއް މަސައްކަތެއް ކުރަނީ މި މާލެ އޭރިއާ ގަ ހަމަ..

    46
    1
  6. ބަނީ

    ސަރުކާރު ހިންގަން ނޭންގުންމުން މީ ރައްޔިތު މީހާ ބުރަނަގަން ޖެހޭބާ.... ގައުމު ގޮވާލީ ވޮލެންޓިއަރުންނަށް ... ސަރުކާރުން ކީއްކުރަންބާ ވަކި އަދަދު ކަންޑައަޅަންވީ.... އެހާ ކަމުގެ އަގު ވަޒަން ކުރަން ބޭނުމިއްޔާ ކޮންމެވެސް އެއްޗެއް ދންވީނުންތޯ..... މާގިނަ އަދަދު ނުކިޔާ........ މިވަގުތުގެ ބޭނުން ހިފާގެން ސަރުކާރުން ޕީ.އާރު ޖެއްސުމުގެ ބޭނުމަކީ ކޮބާތޯ....

    29
  7. ގުއިޗުންމެއި

    މޫނުފޮރުވާގެން މުޒާހަރަރާކުރަނީ މީގަ އެމްޑީޕީފަހުލަވާނުންވެސް އު ޅޭތީ ދޯ

    34
    5
  8. ޒީވާ

    ސާމްޕަލް ވެސް ނެގިން ނަގަން އެސިސްޓްވެސް ކުރިން، އާރ އާރ ޓީ ގަ، އެންމެ ކުރީގައި މަސައްކަތް ކުރީ، އަދި ނުލިބޭ އެއްވެސް އެއްޗެއް، ފޯމެއް ފުރި، ކޮވިޑް މަސައްކަތުގައި އުޅުން ދުވަސްތަކާ ގަޑި ތަކާ ކުރި މަސައްކަތާ ލިޔެފަ، އެކައުންޓް ނަންބަރާ ހުރިހާ އެއްޗެއް ފޮނުވިފަހުން ވެއްޖެ ވ ދުވަސް، އަދި ނުލިބޭ އެއްވެސް އެއްޗެއް ހަބަރެއްވެސް ނުވޭ މިހާރު، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    33
  9. ހަގީގަތް

    ހުޅ ޅުމާލެ ހޮސްޕިޓަލްގަ ތިޔަބުނާ އެލަވަންސް ނެގީ އެތާގެ ވަކިބައެއް.، ފްރޮންޓް ލައިންގަ މަސައްކަތްކުރި ސާމްޕަލް ހޭންޑްލަކުރި ކުދިންނަށް 20، 25 ހާސް ލިބެންޖެހޭއިރު އެފަކީރުންނަށް ދިނީ އެންމެ 12 ނުވަތަ 13 ސަތޭކަ ރުފިޔާ، މަކަރާ ހީލަތް އިންތިހާ.

    33
  10. ހަނި

    80 މިލިޔަން ސިފައިންނާ އަދި ޕޮލިހަށްބަހަންނިމީ ސަރުކާރުން ވަކަަން ކުރީމާ ރައިތުން ރު ޅިއާސް ގެން މަގުމައަޗަށްނުކުނާޠީ ރައިތުންނާކުރިމަތިލާން

    25
    1
  11. ޙހހހ

    ހައްޤު ހޯދުން އޯކޭ ، އެކަމަކު އަހަރެން ތިތަނަށް ދިޔައީ ދަރިފު ޅާއި ބަލި މަންމައެއް ހުންއައިސްގެން ، ތިތަނަށް ނުވަދެވެ ، ބުނީ ނުވަދެވޭނެޔޭ ، ފްލޫކްލިނިކަށްދާށޭ ، ދެވުނީ ކަާރުގައި ، އަނެއްކާ ކްލިނިކަށް ދެވެނީ ކާރުގައި ، އެވަރުންވެސް ފޮނުވާލީ ، ދެން ކޮބާ ރިސްކް

    10
    19
  12. ދަވާލި19

    ދަރިންނޭ ބޭބެ ބުނާކަށް ވާހަކައެއްނެއް ދިވެހި ދައުލަތުގަ ފައްސާ އެއްނެއް އެހެންވީމާ ދޭން ބޭނުމަސް ކިހިނެއްތޯ އެއްޗެއްދޭނީ އަދިދެވޭނީވެސް މިއަދު ތިޔަކުދިންނައް ދެވެންއޮތީ ވަޒީފައިން ވަކިކުރިކަމުގެ ޗިޓު އޭތިކޮޅު ލިބޭނެ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ

    28
    1
  13. އެންދެރި

    އެލަވަމްސް އަށް މީހަކަށް ޖެހޭ ވަރު ވެސް ޖަހާ ލަ ބަލާށެވެ.

    18
    1
  14. ޢަލީ

    ނަރުހުންނަށް ވަރަށް ނާ އިންސާފު. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަލަށް ނެރުނު އޮނިގަނޑާއެކު ވަރަށް ދެރަކޮށް ކަންކަން ވަނީ. ހޮސްޕިޓާ ތަކު އުޅޭ ޑިއުޓި ހަދާ އެހެން މުއައްޒަފުންނަށް ޝިފްޓް އެލަވަންސް ލިބޭ އެކަަމަކު ނަރުހުންނަކަށް ނުލިބޭ.

    22
    1
  15. ކަމަނަ

    ތަފާތުކުރުން ހައްދުފަހަނާއަޅަނީ ފިނޭސްމިނިސްޓަރުވެސް ހެދުނުކީލަވައެއް ހަވީރަކުނުނުކިޔައި ފައިސާގަނޑު ހިފައިގެން ބޭނުންބަޔަކަށް ބަހައިހުސްކުރަނީ ދިވެހިން ބަޑަށްޖެހިއްޖެ

    20
  16. މުހައްމަދު އަންޖުމް

    ކޮންއެލަވަންސެއް ކާކަށް ތިއެލަވަންސް ހިފައިގެން ޗުއްޓީ އަށް އެތިބަފުރަނީ އެއްބަޔަކު ގެރިމޯދީ ތައްޕާހަށް އަނެއް ބަޔަކު ޢިނގިރޭސި ފައްޅިތަކުގަ މަޖާކުރަން އެހެންވީމާ ރައްޔިތުން ތިބެންޖެހޭނީ އެމީހުންނަށް ވޯޓް އަޅަން އެނޫން ކަމެއް ނުކުރެވޭނެ އެކަންކޮށްގެންނު ވެރިކަމަށް ހޮވީދެންކިން މުޒާހިރާއެއް އަދިވެސް ތިބޭ ވޯޓްއަޅައިގެން ހޮވަން އެބަޔަކު ކުރިކަމެއްގެ ރަހަ ލިބިގަންނާނީ އެބައެއް ނަމަވެސް މިހާރު މިވީ އެހެންގޮތެއް މިފަހަރު ހިތިރަހަލަނީ އެވެސް އެންމެންގެ ކަރުބުޑުގަ

    19
    1
  17. އެމްޑީޕީން ޖަހާހާ ބެރަކަށް ނަށަންތިބޭ!

    އަޖައިބު ބަޔަކުދައްކާހާ ވާހަކައެއް ގަބޫލުކުރަންޖެހޭތޯ ކިތަމެ އަޑަށް ބާރުލާފައި ބުއްޏަސް ދަރިންނޭ މިސަރުކާރުގައި ނެންއެޗެއް ކިހިނެތްދޭނީ ހޭއަރާބަލަ ހާމާނާއި ފިރުއައުނު ގެންގު ޅުނު ލަސްކަރަށް ވީވަރުވާނީ ތިއެމްޑީޕީގެ އިސްވެރިން ދަކާހާވާހަކަގަބޫލުކޮށްގެ އެމީހުން ޖަހާހާބެރަކަށް ނަށަންތިތިބެނީ އެބައިގަޑުގެހަގީގަތް ހަމަ ނޭގެނީތޯ؟

    21
  18. ހަމަ ހަމަ

    އައިޖީ އެމް އެޗް ގެ ބޭސް ފިހާރަަަަަ އެސްޓީއޯ) ގެ އެއްވެސް ފާމަސިސްޓަކަށް ވެސް ތިބުނާއެލަަަވަންސެއް ނުލިބޭ! ކުރީ ސަފުގަ ބޭސްދޭން ހުރީ!

    9
    2
  19. ސަލީމް

    އައި.ސީ.ޕީ ތަކުގައި ބޭސް ޑެލިވަރީ ކުރަން އުޅުނު ވޮލަންޓިއަރުންނަށް ވެސް ނުލިބޭ.. ދެން ކަމެއް ޖެހުނަސް މިކަހަލަ ދޯކާ ދިނީމަ ނާންނާނެ. ފުލުހުންނާ ސިފައިންނަށް އެކަންޏޭ ނުދެނީ ކިޔާފަ އޮޅުޥާލީ

    12
    1
  20. ކަލޯ

    ތިޔަ ނަރުހުންނަކީ ދުވަހަކުވެސް ހޮތް ފުރޭނެ ބައެއް ނޫން

    1
    20
  21. ރ.ނ.

    އަޅުގަނޑުމެން ވެސް ފްރަންޓްލައިންގަ މަސައްކަތްކުރިން ސާމްޕަލް ނެގުމަށް އަދި އެހެނިހެން ކަންކަމުގަ. ފޯމްތައް ވެސް ފުރިން. ރާއްޖެތެރޭމީހުންވީމަ ކަމަށްވެދާނެ އެލަވެންސް ނުދިނީ. ހިލޭ ސާބަހަށް އުޅުނު ވޮލުންޓިއަރުންނަށްވެސް އެލަވެންސް ދިން.

    10
  22. ވެމްކޯ މަސައްކަތު މީހާ

    ކޮބާތޯ ވެމްކޯ ބުރަމަސައްކަތް ކުަރާ ކޮވިޑް ޖެހިފައިވާ ތަންތަނުން އެނަގާ ކުނި ނަގަންއުޅޭ ހިތްވަރު ގަދަ މަސައްކަތް ތެރީން ނަަށް ތި އެލެވެންސް ،އަދި ވެމްކޯގެ އެއްވެސް މީހަކައް މި އެލެވެންސް ނުލިބޭ ،އެކުނިތަކުގައި ކިހާ ބަލިތަކެއް ފެތުރަެނެ ،ރައީސް ސޯލިހު އަށް ގޮވާލަން ،މި ކަން ކައިރީން ބަލާ ނުދެވެންޔާ ، ކުނިނެގުން ހުއްޓާލަން ޖެހިދާނެ ،މިހާރުވެސް ވެމްކޯގެ ގިނަ މުއައްޒަފުން އެދަނީ ކޮވިޑް އަށް ޕޮސިޓިވް ވެގެން....ކުނި ނުނެގި ބަލި އިތުރުވަންޔާވެސް ހަމަ އިނގިލި ދިއްކުރާނި ތިކޮލާ،ވެމްކޯގެ މުއައްޒުފުން މަސައްކަތް މިހާރު ވެސް އެކުރަނީ ވަރަށް މަދު މުއައްޒަފުން ކޮލަކާ އެއްކޮއް...ގިނަ މުއައްޒަފުން ޕޮސިޓިވް ވުމާ ގުޅިގެން......ކުނި ނެގުން ހުއްޓާލަން ޖެހިދާނެ...އެލެވެންސް ވެސް ނުލިބޭ.ރައީސް ސޯލިހު އަށް ގޮވާލަން މިކަން ބަލާދެން.

    11
    1
  23. ޕޮލިސް

    މަށަކައްވެސް ނުލިބޭ

    10
    1
  24. ގުރަހަ

    ބަކަރި ނަމުގަ ކޮމެންޓް ކުރި ފަރާތަށް ދަންނަވާލަން. ތިޔަ ފަރާތުގެ މަޔަކު ބަފަޔަކު އަންބަކު/ފިރިޔަކު ދަރިއަކު ދާއިރު ޚިދުމަތްދޭނެ ފަރާތެއް ނެތުނީމަ ކިހިނެއްބާ ވާނީ. އެންމެ ތަހުޒީބު ގޮތަކީ ވާހަކަ ދައްކައިގެން ހައްލުކުރުން.

    12
  25. އިބުރާހިމު

    ކޮބާތޯ ވެމްކޯ މުއައްޒިފުން ، ވަކި ދުވަސްތަކެއް ނުބަލާ ، ހުރިހާ ދުވަހަކު މަގުމައްޗައް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ނިކުމެ އަދި ކޮބާ ކުނީގައި އެހުރިހާ މީހުން އުޅުނީ. ޜިސްކް ވަކި ކުޑަތޯ އެމްކޯ މީހުންނައް، މިހާރުވެސް ކޮވިޑް ބަލީގައި އެޅޫ ހުރިހާ މީހުންގެ ކުނި އެ އަންދަނީ ވެމްކޯ މީހުން.

    4
    1
  26. ބަޓް

    ޖެންޑަރ މިނިސްޓްރީގެ ޕީ.އެސް ވެސް ބޮޑު މެމޯއެއް ފޮނުވި ކަމަށްވަނީ ކޮވިޑް ރިސްކު އެލަވަންސް ލިބޭނެކަމަށް. ހަމަ ތިގޮތަށް ފޯމުވެސް ފުރި. އެ ލިބުނީ ކާކަށްކަން ނޭނގެނީ!

  27. Anonymous

    ހުރިހާ ކަމަކީ ފައިސާތަ... ހެޔޮވާނީ ކިހިނެއް...
    ކީއްތަ ވާނީ ފްރަންޓްލައިންގެ އެންމެންނަށް އާއިލާ ހިމެނޭގޮތަށް މާސްކް އަދި ސެނިޓައިޒަރ އަދި ސައިބޯނި ފަދަ އެއްޗެހި ހިލޭ ލިބޭނެ މަގު ފަހިކޮށް ދޭނަމަ.

    2
    1
  28. ކޮކްތެރެޕ

    އަދިވެސް ޓީވީތަކައް އަރާ އަޑައްބާރުލާފައި ގޮވާ އަންހެނުން ބާރުވެރިކުރުވަނީއޭ ދެން ލަވައެއް ހަދައިދެން ދެއިރު ދެދަޅަޔައް ޓީވީތަކުން ކަބަލުންނޭ ބާރވެރިކަން ކުރަންވީ ދާނަން ހެން ނުދާނަމޭ އަޅުވެތިކަން މަތީގަތިބެފައި މިނިވަންވާކައް ނުދާނަމޭ

  29. ކަތީބް

    ނަރުހުންނައް 25000ރ މުސާރަ ލިބޭ. ޢެވަރުން ވެސް ހިތް ނުފުރޭތަ

    13
  30. ޖޮނަތަން

    މިޖެހުނީ އަނެއްކަންތަކާ...ތިމީހުންނަށް ގައުމާ ނުބައްދަލު މުސާރަ ނުދޭތަ؟ރިސްކް އެލަވަންސް ނުދޭތަ މިހާރުވެސް.ދެން އިތުރަށް ކޮވިޑާއި ގުޅިގެން ކޯއްޗެއް ނުލިބިގެން ތިއުޅެނީ.އެކައްޗެއްވެސް ދޭނެ ކަމެއްނެތް.ވަޒީފާއަށް ނިކުތްއިރަކުނޭގޭތަ ހޮސްޕިޓަލުގައިކަމެއް މަސައްކަތް ކުރަން ޖެހޭނީ.އެތަނަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ތަނެއްކަމެއް.ގޭގަ ތިބެންވީނުން.

    • މީނާ

      ރިސްކް އެލަވަންސް ނުލިބޭ...އޯވަރ ޓައިމްކޮށް ވޯކް ކުރުވާފައި އެވެސް ނުދޭ. ނަރުހުން ގިނަ ދުވަސް ދުވަހު ތިބެނީ ނުކައި ނުބޮއި، ފާހަނައަށްވެސް ނުގޮސް، އެ ޕީޕީއީ ލައިގެން. ތިބޭފުޅުން އަންނަން ވީ އެއްނު އެއްދުވަހުވެސް އަހަރެމެން މިއުޅޭގޮތް ތަޖުރިބާ ކޮށްލަން.

  31. މަނާހު

    ނަރުހުންނަކީ އެންމެ ބޮޑު ރިސްކާ ކުރިމަތި ލައިގެން މަސައްކަތްކުރާ އެއް ފަރާތްކަމާމެދަކު އެއްވެސް ޝައްކެއްނެތް. ޢެމީހުންނަށް ރިސްކު އެލަވަންސް ދިނުމަކީ ވަރަށް މުހިންމުކަމެއް.

  32. މަ

    މަށަށް ފެންނަނީ ފުރަތަމަ އައިޖީއެމްޗް ގެ ތިބުނާ އެޑްމިން އާ އެތެރޭ ތިބި ބަޔަކަށް ލިބުނުތޯ ބަލާފަ ލިބުނިއްޔާ އެކަމުގެ ތަހުގީގެއް ކުރަން. ގޯހީކީ ހުޅުމާލެ ހޮސްޕިޓަލެއް ނޫން މަށަށް. ގޯހީ އައިޖީއެމް އެޗުން ތިޔަ ހެދި އެއްޗެއް

  33. ހަބީބާބާ

    ތިނުދޭން ކުރިންވެސް ބުނިނަމަ މިހާލަތުގަ އެންމެ ބޮޑައް އަޅާލަންވީ ރިސޯޓު މުވައްޒަފުންނައް ވަޒީފާގެއްލި މުސާރަ ކުޑަކޮއްފަތިބި