"#ކަޅުވެސްރީތި" މިނަމުގައި މީސްމީޑިޔާގައި ކެންޕެއިނެއް އާރޓްލެންސްއިން ފަށައިފިއެވެ.
ރޭ ފެށި މިކެންޕެއިނަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. "ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އާރޓްލެންސް ޕޭޖް އޮޕަރޭޓަރ އަލީ ނާހިދް ވިދާޅުވީ މިކެންޕެއިނަކީ ދިވެހިންގެ ތެރޭގައި އޮންނަ ކަޅާއި ދޮން ފަރަޤު ކުޑަކުރުމަށް ކުރިޔަށް ގެންދަން ބޭނުންވާ ކެންޕެއިނެއްކަމަށާއި މިކެންޕެއިނަށް ހީވެސް ނުކުރާހާބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އަސްލު ހީވެސް ނުކުރާ ބޮޑު ސަޕޯޓެއް ލިބިއްޖެ ކެންޕެއިންއަށް. ޤަބޫލުކުރަން މިކެންޕެއިންގެ ސަބަބުން މިތަފާތު ކުރުން ކުޑަވެގެން ދާނެކަމަށް." އެނާ ވިދާޅުވިއެވެ.
މިކެންޕެއިން ފެށުމުގެ މަޤްސަދަކީ ކޮބައިތޯ ސުވާލު ކުރުމުން ނާހިދް ވިދާޅުވީ ކަޅު މީހުނަށް އަބަދުވެސް ބުލީކުރަމުން އަންނަ ކަމަށާއި ބޭނުންވަނީ މިކަން ހުއްޓުވަން ކަމަށެވެ.
"އަޅުގަނޑަކީވެސް ކަޅު މީހެއް. ދެން ސުކޫލުގައި އުޅުނު އިރުވެސް ވަރަށް ބުލީ ކުރޭ ހަންގަޑު އަނދިރި ވީމަ. މުޖުތަމައު ބަލައިގަންފަ އިންނަ ގޮތް އެއީ. މިސާލަކަށް ކުރީގެ ވާހަކައެއް ކިޔާލިޔަސް ނުފެނޭ ކަޅު ރީތި މީހެކޭ. ހާމަކޮށްދެން ބޭނުންވަނީ ހަމައެކަނި ރީތިވަނީ ދޮންވީމަކާ ނޫންކަމަށް." ނާހިދު ވިދާޅުވިއެވެ.
ނާހިދް ބުނީ އަދި ޕޭސްބުކް ޕޭޖަށް އަޕްލޯޑްކޮށްފައިވަނީ އެންމެ އަލްބަމެއް ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައިވެސް މިފަދަ އެތަކެއް އަލްބަމެއް ނެރެވިގެންދާނެކަމަށެވެ. އަދި އަލްބަމްގައި ފީޗަރވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތްކަމަށާއި އާރޓްލެންސް ފޭސްބުކް ޕޭޖްއާއި ކޮންޓެކްޓްކޮށްލުމުން އެކަން ވާނެ ކަމަށް ނާހިދް ވިދާޅުވިއެވެ.
މިހާނަތަށް ކަޅުވެސް ރީތި މިކެންޕެއިންގެ ފުރަތަމަ އަލްބަމަށް 500 އަށްވުރެ ގިނަ ޝެއަރސް ލިބިފައިވާއިރު، ކުރިޔަށް އޮތްތާގައި މިކެންޕެއިންނަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ޤަބޫލުކުރެވެއެވެ.
.ތިޔައީ ވަރަށް ގޯސް ކަމެއް .ކާކު ބުނީ ކަޅުމީހުން ހަޑިޔޭ. .ތިޔަފެއްޓީ ކުލައިގެ ތަފާތު ކުރުމެއް. .ރާއްޖަެގެ ހުރިހާ ކުދީންނަކީވެސް ރީތި ކުދީން. ޢަވަހަށް ތި ސުރުޚީ ނެގުމަށް ގޮވާލަން.
.ކަޅު - ދޮން ތަފާތުވެ ނުގަނޭ. .ދިވެހީންނަކީ އަމިއްލަ ބަހެއް އޮތް އެއްނަސްލެއްގެ ވެރި މުސްލިމުން. ޢެންމެން ތަގުވާވެރިވޭ. .ތިޔަ ކެމަޕެއިން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން.
ދިވެހިންގެ ތެރޭގައި ކަޅާ ހުދުގެ ތަފާތެއް އަސްލު ނޯވޭ.
ފޭސްބުކު ނޫން ވަސީލަތެއް ވެސް އޮތުމަކީ ފޭސްބުކް ބޭނުން ނުކުރާ ފަރާތްތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށް ޤަބޫލްކުރެވޭ.
ސަޅި ކަމެއްތީ. ކުރިއަށްގެންދޭ.
ހޭބަލިވަނީތަ. އަހަރެމެން މުސްލިމުން ކަޅުދޮން ތަފާތެއް ނުކިރަން. އަދި ކީއް، ބަންގާޅުންނާ ދިވެހިން ހައްގުތަކުގައި ތަފާތެއް ނުކުރަން. މިސްކިތައް އަރާލީމަ މީގެ ހެކި ފެންނާނެ. ވެދާނެ މި ބައިގނޑުއަކީ މިސްލިތައް ނާރާ ގުރޫޕް ކަމައް.
ތީ އަންނިގެ ރޭވުމެއް ހާދަ ވަގު މީހެއް ދޯ
.ކަމެތްވާ އިރަށް އަންނިގެ ބޮލޭ ދެފައި ދަނޑިއޭ ކިޔާ. ބޮޑުވަރު 24 ގަޑިއިރު ބޮލުގައިންންނީ އަންނިދޯ
ނީންނަވަރެެއްތަ؟ މުޅި ގައުމު ހަލާކުކޮށްފަ އެހެރީ ބިރުން ފިލާ!
އަނެއްކ އަނެއްބަޔަކު ބޯސޯސްވެ މޮޔަގޮވަންފެށީ ކާކު ރާއްޖޭގައި "ކަޅާ ދޮނުގެ" ތަފާތު ގެންގުޅެނީ ކުރީގައި އަންހެން ފިރިހެން ހަމަހަމަ ކުރަން ބަލާބަލަ ރަނގަޅަށް އަންހެންދަރިން ފިރިހެންދަރިން ތަފާތު ކުރޭތޯ! ބަލާބަލަ ވަޒީފާގައި ތަފާތު ކުރުން އޮވޭތޯ؟! ބަލާބަލަ ތައުލީމް ދިނުމުގަޔާއި ލިބުމުގައި 2 ޖިންސްގެ ތަފާތެއް ގެންގުޅޭތޯ/! ތިވެސް ބަޔެއްގެ މީޑިޔާސްޓަންޓެއް
ރާއްޖޭގައި އޮންނަ ކަމެއްނޫން ތީ.. ތިކަން އެންޑީޕީ މީހުން ފަންޑުކޮށްގެން މިތަނުގައި ފަށަން ނޫޅޭ.... ކުޑައިރު ކުޑަކުދިން ކަންކަން ކުރޭ ނަމަވެސް ފުރާވަރުގައި ދުވަހަކުވެސް އހެން ނޫޅޭ.. ދެން ކޮންމެ ގައުމަކުޗވެސމަދުން ނުބައި މީހުން އުޅޭނެ... އެއީ އިސްތިހާރު ކުރަން ޖެހޭ ކަމެއްނޫން
ދިވެހިންތެރޭގަ ތިފަރަޤު ތިޔަ ބުނާވަރަކަށް ނޯވޭ.. ވަޒީފާދިނުމާ ފުރުސަތުތަކާ ޤާނޫނު ހިންގުމުގަވެސް ކަޅޭ ދޮނޭ ނުކިޔާ ތިޔަ ބުނާވަރަކަށް.. ދެން ކޮންމެކަމެއް ވެސް ބޮޑުކޮށްގެން ހިންގުވީމަ ހިނގާނެ. ކަމެއް ނެތަސް.. ގިނަފަހަރަށް ތިޔަހެން އުޅެގަތީމަ ރަނގަޅަށް އޮންމަ ކަންކަންވެސް ގޯސްވަނީ
ދިވެހިންގެ ތެރޭގައި ކަޅުމީހުނެއް ނޫޅޭ
ކަޅުމީހުން މާރީތި މާފުރިހަމަ
ރަންރީނދޫ ޓްވިޓަރޭ މެން ވެސް ތިކަމުގައި ހިމަނަން އޭނާ ޖެހޭނީ ތި ގްރޫޕް އަށް ލާން އެއީ ޔަގީން ކަމެކޭ.
జ్ఞా జ్ఞా జ్ఞా జ్ఞా ސަޅި
އަނެއްކާ އަނެއްކަމެއް މިރާއްޖެއަށް ގެނެއީ### ކަލޭމެން މައިތިރިވެގެން ތިބެބެލަ### މިތާ ކޮން ތަފާތުކުރުމެއް އޮވެގެންތަ މިތާ ތިކަމެއް ތިކުރަނީ### އާކަމެއް ނުކުރިއްޔާ މިމީހުން ލޮލަށް ނިދިނާދޭ### ދެން ނިކަން ވެފަޔޭދޯ އަދި މިމީހުން މިތިބެނީވެސް###
އަހަރެންނަން ހަމަ ރީތީ ދޮން ކުދިން
ތިތެދެެއް އާއިލާތެރެ ތިކަން އެންމެގަދައީ
މިއީ މޮޅުކަމެއްނޫން.
މަޝްއޫރުވާން މިގައުމުގަނެތްކަމެތް އުފައްދައިގެން އުޅެނީ. މިރާއްޖޭގަި ކަޅޭކިޔާފަ ނުވާނެ އެެއްވެސް ކަމެއް ނޯވޭ. ތަފާތުނަސްލުތަައް އުޅޭގަުައުމެއް ނޫން،. މަށައް ހަޑި މާބޮޑަށް ދޮންމީހުން. ދެން ދޮންމީހުން ރީއްޗޭކިޔާފަ ކެމްޕެިއިންއެ ފައްޓަންވީނުން.
ސުރުހީ ގަ އެއިނީ ކަޅު މީހުން ވެސް އޭ ޖަހާފަ.. ދޮން މީހުން ހަޑިވާހަކައެއް ނެތެއްނު ޖަހާފައެއް..
ކާކު ބުނީ ކަޅު ކުދިން ހަޑި އޭ...މަގޭ ތަޖުރިބާ އަށް ބަލާ އިރު މަ އެންމެ ހިތް ކިޔަނީ ކަޅު ފިރިހެން ކުދިންނާ ...
ޢަސްލު ރާއްޖޭގައި ބުލީގެ ޝިކާރައަކަށް ވަނީ ދޮން ފިރިހެންކުދިން.
ސަމާލުކަން ހޯދަން އުޅުނަސް ބޮދުވަރު ދެން.. ހިނި އަންނަނީ ?
އަނެއްކާ އަނެއް ހަ ކަންތައް ، މޮޅުކަމެއް ކޮށްލެވުނުކަމަށް ހީކޮށް ތިޔަހުޅުވާލީ ފިތުނަފަސާއަށް މަގެކެވެ. ބަލަން ތިބޭށެވެ.
ކަޅު މީހުން ތެރޭވެސް ދޮންމީހުންގެ ތެރޭވެސް ހަޑި ހުތުރު މީހުން އުޅޭ. މި ޕޭޖު ހުޅުވައިގެން ފިތުނަ އުފައްދަންއުޅޭމީހާ އަށް ހަލާކުހުރި!
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ
ހެއްދެވީމެވެ. (95:4)
ތަރުހީބު ލިބޭނެ ދޯ ރާއްޖޭގަ ގިނައީ ކަޅު މީހުން ވީމަ
ޢަސްލު ރާއްޖޭގައި ތި ތަފާތު ކުރުމެށް ނޯވޭ،...
މިއީ ހަމަ ރެލެވެންޓް ވާންވެގެން ކުރާ ކަމެއް. ތެދު ވާހަކައެއް، ސްކޫލުގައި ކުޑައިރު އާނމު ކަމެއް. ޢެކަމަކު އެއީ ހަމަޖެހޭ އުމުރަށް އެޅުމުން ހުއްޓޭ ކަންކަން. ޢެއްގޮތަކަށްވެސް ރަނގަޅެކޭ ނުބުނަން. ދެރައީ ހުދު ޓީޝާޓް ތަކެއް ލައިގެން ތިބީމަ.
i got rejected by 05 guys and thire
families coz of my skin colour
gabool kuriyas nujuriyas kula thafaathu kure
ކަައޭ ހެޔޮ އަހަރުންގެ ދިފާުއުގަ ނުނިކުތަަސް، ހެއްދެވި ފަރާތް އިރާދުކުރެއް ވީ ތީވެ ވޮޑިގެންވޭ!
ކިހާ ދެރަ ކަމެއް؟މިތާ ޕާޓީ ސިސްޓަމޭ ކިޔާ ކެނެރީގެ ގުންޑާ އައިސް ފެށިކަމަކުން މުޅި މުޖުތަމައު ފަސާދަ ވެއްޖެ. މިހާރު އަނެއްކާ ކޮންމެ ވެސް އެއްޗެކޭ ކިޔާ ފިތުނައެއް އުފައްދަން ތިޔަ އުޅެނީ.ޔގީން ތިކަމުގެ އަޑީގެ ތިބޭނީ ރީނދޫ ގުރޫޕެއްކަން. ދެން މިބައިގަނޑު މާދަން ކަޅު މީހުންގެ ޕާޓީ އާއި ދޮން މީހުންގެ ޕާޓީ އެއް އުފައްދާ މިތާ އިތުރު ހަމަނުޖެހުން ހިންގާނެ. ޔަހޫދީން މި އެމްޑީޕީ މަރުމޯލުން ލައްވާ ކުުރުވާ ކަންތައް.
މީ އެޒަމާނެއްނޫން ބްރޯސް. މިހާރު ކަޅުމީހުނަކައް އަނިޔަލެއް ނުކުރެ.
އެއް އިރެއްގަ ވެސް ރާޖޭގަ އޮތް ކަމެއްނޫންތީ އެހެނޫނަސް މީ މާދޮން މީހުން އުޅޭތަނެއްނޫން