އިންޓަ ސްކޫލް ލަވަ މުބާރާތުގައި ބައިވެރިވި ބައެއް ކުދިން އާންމު ރައްޔިތުންގެ "ހަނގާ"ގެ ޝިކާރައަކަށް ވެއްޖެއެވެ.

މި އަހަރުގެ ލަވަ މުބާރާތް ޔެސް ޓީވީން ލައިވްކޮށްފައިވާއިރު ޓިކްޓޮކްގައި ޔެސް ޓީވީން އާންމުކޮށްފައިވާ ވީޑިއޯއަކަށް ދިވެހިން ކޮށްފައި ހުރި ކޮމެންޓުތަކަށް ބަލާއިރު "މިވެސް ދެން ލަވައެއްތަ؟" އެކަކު ބުންޏެވެ.

"ވައްތަރެއްނު އެ ޖައްސަނީ" އެހެން މީހަކުވެސް ބުންޏެވެ. އަދި "ތިއަށްވުރެއް ރީއްޗަށް މަ ހަޅޭއްވެސް ލަވާނަން" ފަދަ ކޮމެންޓުތައް ވަނީކޮށްފައެވެ.

މި މުބާރާތުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންވެސް ބައިވެރިވެފައިވާއިރު މިގޮތަށް ދިވެހިން ކޮމެންޓު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކުދިންނަށް ހިތްވަރުދީ ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭއިރު ހަނގާގެ ޝިކާރައަކަށް ވުމުން އެކުދިން ދެވަނަ ފަހަރަށް މިކަހަލަ ބޮޑު ޕްލެޓްފޯމަކަށް އަރާކަށް ހިތްވަރެއް ނުލިބޭނެއެވެ.

މީސް މީޑިއާގައި ހަނގާކުރުމަކީ މިހާރުގެ ޓްރެންޑެކެވެ. ވަކިން ހާއްސަކޮށް ޓިކްޓޮކްގައި މީހުން ހަދާފައި ހުންނަ ޓިކްޓޮކްތަކަށް ޖޯކުޖަހާ މީމްސް ހަދައެވެ.

ކުޑަކުދިންތަކެއް ކިޔާފައިވާ ލަވަތަކަށް ފާޑުކިޔައި އެގޮތަށް ހަނގާކުރުމަކީ އެކުދިންގެ ކުރިއެރުމަށް އެޅޭ ހުރަހެކެވެ. ޔެސް ޓީވީން ޓިކްޓޮކަށް ލާފައި ހުރި ވީޑިޔޯތަކަށް ވަކިވަކިން މީހުން ކޮމެންޓްކޮށްފައިވާއިރު ކުޑަކުޑަ ކުދިންތަކެއް ކިޔާފައި ހުރި ލަވަތަކަކަށް ޖޯކު ޖަހައި ހުތުރު ބަހުރުވައިން އެއަށް ކޮމެންޓުކޮށްފައިވެއެވެ.

އަދިހަމައެއާއެކު ރާއްޖޭގެ މަޝްހޫރު ބައެއް މިއުޒީޝަނުންވެސް ކުދިންނަށް ހިތްވަރު ދީ ބައެއް ޓިކްޓޮކްތަކަށް ކޮމެންޓު ކޮށްފައި ހުއްޓެވެ. އަނެއްބަޔަކު "އެއީ ކުޑަކުދިންކަން ދަނެގެން ކޮމެންޓު ކުރުމަށް" ނަސޭހަތްތެރިވެފައިވެސް އެބަ ހުއްޓެވެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް" ބާއްވަނީ ޕީއެސްމާއި އާޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެންނެވެ.

މި މުބާރާތުގައި 32 ސްކޫލަކުން 267 ދަރިވަރުން ވާދަކުރިއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 1988 ގައެވެ. އަދި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގައެވެ. އެހެންވެ މި އަހަރު މުބާރާތް މި ބާއްވަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯހަލާކު

    ދިވެހިންގެ ތެރޭ އުޅޭވ ނާތަހުޒީބީ މީހުން،،،،

    20
    5
  2. އައްލާ

    ދިވެހިންގެ އުޅުން މިހާރު ހުންނަ ގޮތުން ނޮޓް ސަޕްރައިޒްޑް. ނަންވާނީ މުސްލިމް، ކަން ހުންނާނީ ކުޑައެއް ބޮޑެއް ނުބަލާ މީހުންނަށް ފުރައްސާރަކުރުމާއި ހަނގާކުރުން

    20
    2
  3. ނޫމަރާ

    ކުދިންނަކީ ﷲ އަހަރެމެންނަށް ދެއްވި މިއުމަތެއް. އެހެންކަމުން އަހަރެމެން، އެކުދިން ހާނުވަންވީ ﷲ ރުއްސަވާ ކަންތައްތައް ކުރުމަށް. ހިއްވަރު ﷲ ހަރާމް ކުރެއްވި މުންކަރާތްތަކަކަށް ނޫން. އެންމެ މުހިއްމީ ތައުޙީދު/ ޢަޤީދާ ކިޔަވައި ދިނުން

    56
    1
  4. އުގުރި

    ލަވަޔާއި މިއުޒިކްއަކީ ކަޑައެޅިގެން ހަރާމް އެއްޗެއް..

    51
    6
    • ިޒސނެިުދެި

      ސިހުރުހެދުމާ މުނި ފޫހި ފިލުވަން މީހުން މެރުން ހުއްދަ ދޯ؟

      2
      5
  5. ލިޓްލް ނޮލެޖް އިޒް ޑޭންޖަރަސް

    ޙަރާމް ޙަލާލް ކަނޑައަޅާ ބަޔަކަށް މިއަދު ހުރިހާ ދިވެހިން މިވަނީ ވެފަ. މި މީހުންނަށް ނޭނގެ ދުނިޔޭގެ ހުރިހާ މުސްލިމް ޤައުމުތަކެއްގައިވެސް މިއުޒިކް އާއި ލަވަ އޮންނަ ކަމެއް . ރޭޑިއޯ ޓީވީ ހުންނަކަމެއް . އެތަކެތިން އެ ޤައުމެއްގެ މިއުޒިކާއި ލަވަ އަދި އިސްތިހާރުތައް މިއުޒިކާއެކު ފޮނުވާކަމެއް .

    4
    6
  6. ކ×ޖ ރިޖދިފ ރ

    މިހާރުގެ ތިޔަ މަޝްހޫރުވެގެން އުޅޭ ގިނަ މީހުން މަޝްހޫރު ވެފަ އެތިބީ ތިޔަ ކޮމެންޓޭމެން ސަޅިޔޭ މޮޅޭ ކިޔައިގެން.. ކުރެޕޭމެން ފެލުނަސް ތިމީހުން ބުނާނެ މާޝާ ﷲ ހާދަ މޮޅޭ.. މާ ރަނގަޅުތާ ކުރެޕޭމެން ހޭރޭ މުހައްމަދުމެންނަށް ބުލީކުރަން

    3
    4
  7. ޑިމޮކްރަސީ..

    ރީތި ވީމަ ރީތިވާހަކަ ބުނެވެންޏާ، ހުތުރު ވީމަ ރަނގަޅުކޮށްލަން ހުރިކަންކަންވެސް ބުނެވެން ވާނެ... ބުނާނީ ޕޮޒިޓިވްކޮށް.

    3
    2