"އިންޑިއާ އައުޓް" ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ މީހުނާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމް އެއްބާރުލުންދީ އެ މީހުންގެ ނާޖާއިޒު ފައިދާ އިދިކޮޅު ބޭފުޅުން ނަންގަވަމުން ގެންދަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމުގައިވާ އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށެވެ. ޕީޕީއެމް އިން ކުރާ އެ މަސައްކަތުގެ ސަބަބުން ރާއްޖެ މިނިވަންކަމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕީޕީއެމުން މަސައްކަތް ކުރަނީ އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް، އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއް، ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ގޮވާލައި "އިންޑިއާ އައުޓް" ހޭޝްޓެގާ އެކު މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންދެއެވެ. އެ ކެމްޕޭންގައި ވެސް އިސްކޮށް އުޅޭ މަންޒަރު ފެންނަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.

ނަޝީދު މި ހަރަކާތާ ހަރުކަށި އައިއެސް ގުޅުވިއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ދާދި ފަހަކުން އިންޑިއާ އައުޓްގެ ހަރަކާތައި އިންޑިއާއާ ވާދަވެރި ޗައިނާއާ ގުޅުވައި ވާހަކަ ދައްކާވާފައެވެ. އާޒިމް ތުހުމަތު ކުރެއްވީ ޗައިނާއިން ހަރަދުކޮށްގެން ހިންގާ ހަރަކާތެއް ގޮތުގައެވެ. އެކަމަކު ޗައިނާ އާއި އިދިކޮޅުން އެ ކަން ދޮގުކުރެއެވެ.

އިއްޔެ ވަނީ "އަޅުވެތިކަމާއި ވައްކަމާ ދެކޮޅަށް" ޒުވާނުންގެ ސައިކަލު ބުރެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގެ ތެރެއިން 41 މީހުން ހައްޔަރުކުރިއިރު، އެ ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ކޯލިޝަނުން ބުނާ ގޮތުގައި ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވިޔަސް އެއީ ޒުވާނުންތަކެއް އިސް ނަގައިގެން ހިންގި ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

  1. މޯދީ

    މޯދީ އިންޑިޔާ އައުޓް

    205
    3
    • އައުޓް

      މިސްޓރ ނަސީދު ގެރިމޯދީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އިންޑިޔާ އައުޓް ްްްްްްްްްްްްްްްްްްްްްްްްް އިންޑިޔާ އައުޓް ނަސީދަށް ވަރަށް ސަލާމް ސެކިއުލާ ލާދީނީ ފިކުރަށް ޖާގަ ދޭކަށް ދިވެހިން ނެއް ނެތިން މަކުފާނު ކޮސްގޮވަން ތިތާ ހުރެބަލަ މިތަނައިސް

      11
  2. ސާބިތު

    ހާދަ ވަރެއް މިކަލޭގެއަށް މި ވަނީ އިންޑިޔާ އައުޓްއޭ ކިޔާތީ އެހެއްވާނެ ގެރި މޯދީ ހާދަ ފައިސާއެކޭ ޚަރަދު ކުރީ މި ލާދީނީ ގްރޫޕްއަށް

    221
    1
    • Anonymous

      އޭނާ ހިތާވެފަހުންނަ މީހެއް މޯދީއަކީ.

      42
      1
  3. Anonymous

    ތިބުނާ ހަރުކަށި މީހުންނަކީ ކަލެއާއި ކަލޭގެ އައުވާނުން، ދެން މެސީ މިހެންބުނީމާ ވަރަށް ފޫކަހާނެ

    189
    1
  4. Anonymous

    މި ކަލޭގެ އަކީ ވެސް އައުޓުކުރަން ޖެހިފަހުރި މީހެއް

    206
    1
  5. Anonymous

    ބިރިޔާނެކޭ ކަސޯޓީއެކޭ ކިޔާނެކަމެއްނެތް،އިންޑިއާ ސިފައިން ނުޖެހޭ މި ގައުމުގަ ތިބޭކަށް، މިލިޓަރީބޭސް އަޅާކަށްނުޖެހޭ، އެތަން ވަގުތުން ވަގުތަށް ތަޅާލަންޖެހޭ

    183
    2
  6. އިންޑިއާ އައުޓް

    އިންޑިއާ އައުޓް ހަރަކާތަކީ އެއީ އެއްގޮތަކަށް ވެސް ހަރުކަށި ފިކުރުގެ މީހުން ކުރާ ކަމެއް ނޫނޭ އެއީ ދިވެހި ރައްޔިތުން ރޮއި އާދޭސް ކުރާ ކަމެކޭ ސަރުކާރުގެ ކިބައިން ސަރުކާރުން ކޮށްދެއްވަންވީ ކަމަކީ އިންޑިއާ އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ކަމަށްބުނެ ރާއްޖެ އަށް ދިން ހެލި ކޮޕްޓަރު ރާއްޖެ އަށް އެމެން އެ ދިން ދުވަހުން ފެށިގެން 10 އަހަރު ދުވަސްވާއިރު ވެސް ރަސްމީ ކޮށް އެހެލި ކޮޕްޓަރު ތައް ރާއްޖެ އާއި ހަވާލު ކޮށްފައިނުވާތީވެ އެެއެއްބަސްވުން ގެޒެޓް ކޮށްދެއްވަންވީއޭ ކެނެރީގެ ނަޝީދަކީ އިންޑިއާ އަށް ވިކި ހުސްވެފަިއވާ މީހެކޭ އޭނާ އަށް ކޮންމެ މަހަކު 1 މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާގެ ޖީއެމްއާރުން ވަނީ އެއްބަސްވެފައޭ މާލޭ ކޮމާރޝަލް ޕޯރޓް އެމެންނަށް ދިނުމުން އެހެންވެއޭ ކެނެރީގެ ނަޝީދު ކަޓް ޖައްސައިގެން އެކަން ދިފާއު އެކުރަނީ އިންޑިއާ އައުޓް

    153
    1
  7. Anonymous

    އިންޑިޔާއަންނިއައުޓް

    154
    1
  8. އައްޑޫދޫ

    ނަޝީދު ކަލެޔަކީ ތީ މިހާރު ފެއިލްވެފަ ހުރި މީހެއް ބޯގަން ވިލާ ފަޔާޒް ކަލޭވީ ސައިޒައް ކަނޑާފަ ދެން ކުކުޅު ހުންގާނުއޭ ނިކިޔާ ސައިޒުގަ ހުރޭ

    156
    1
  9. އިބުރާހީމް

    މީނަ ހާދަވަރަކަން މި ދިނޭ ކިޔަދީ މީނަ އަޑީގަ ހުރެގެން މި ހުރިހާ ކަމެއް ރާވާ މި ހިންގަނީ އިންޑިޔާ އައުޓް

    132
    2
  10. ގާދިރު

    އިންޑިޔާ އިން އަކީ ރާއްޖެ އަޅުވެތިކުރުމުގެ ޕްލޭނެއް. މިކަމުގެ އަޑިގައި ހުރީ ކެނެރީގޭ ނަޝީދު. އައިއެސް އޭ ކިޔައިގެން ދޮގު ބުހުތާން ވާހަކަ ނުދައްކާ. ތިޔައީ ގައްދާރެއް

    142
    1
  11. ލޮލް

    ބޭރު ގައުމުތަކަށް ވިކޭނީ އައި އެސް އައި އެސް އޭކިޔާގެން،

    119
    1
  12. ޖާނޭ / ޝުވެކް

    ނަޝީދު ކަލޭ ސިޔާސީ ގޮތުން އަނބުރާ ގޭސްގަނޑުގަ ގިނައިން މަސައްކަތް ކޮއްދީފަވީ ދެކުނުމީހުން އޭގެތެރޭ އައްޑޫ މީހުން ފާހަނގަ ކޮއްލެވޭ' ނަޝީދު އައްޑޫ މީހުންނައް ދެނީ ހުސްލަނޑު މުނައްވަރު އާދޭތެރޭ ކަންތައް ކުރީ ކިހިނެތް...؟ އަސްލަމްއައް ރައީސްސުލް ޖުމުހުރީތްޔާގެ ނައިބުކަން ދީފި...؟ މަޖިލީހުގެ ރައީސްކަން ދީފި...؟ ބުރިގޭޑިޔާ އިބުރާހިމް ދީދީ ކަޓުވާލީ ޕީޕީއެމްގެ ކުރީގެ މެމްބަރު ޗެކުމާކު އަހުމަދު ރަޝީދު ހުވަފެނުގަ ޖެހިގެން އެމްޑީޕީ މެންބަރުންގެ ފިކުރާ ދެކޮޅައް' ކުރިން ބަޔަކު ނަޝީދު ފަހަތުގަ ހުއްޓަސް މިހާރު އެކަން ނިމިތްޖެ އޭމާޒީ

    103
    1
  13. ހުސޭނުބޭ

    އައިއެސް މީހުން ތިބީ ކެނެރީގޭގައި! ތި ފެންނަނީ އެމީހުންގެ ލީޑަރު!

    119
    2
  14. ބޮައިކަޓް އާލީ

    ނަޝީދު ކަލެޔަކީ ވެސް ދީނީ ހަރުކަށި ފިކުރުގެ މީހެއް. ކަލޭ ބީފްރައިސް ކަންތަ.

    112
  15. އަހުމަދު

    އިންޑިއާއީ ޗައިނާއާއި ނުބެހި ވަކި އަތަކަށް

    55
    2
  16. ސަންފައްތަ

    ނަޝީދުގެ ކިބައިން މިހާރު ފެންނަނީ ވަރަށް ހަރުކަށިކަން. ކެމްޕޭންތަކަށް ނުކުމެ ނިކަން އޯގާތެރި މީހެއްގެ ސިފަ ދައްކާނެ. ކަމެއް ލިބޭއިރަށް ވަރަށް ހަރުކަށި އެބަވޭ. ރައްޔިތުންގެ ޝުޢޫރުތަކަށް އިޙްތިރާމް ކުރަންޖެހޭނެ. ޚިޔާލު ތަފާތުވާއިރަށް އެއީ އައިއެސްއޭ. ބުރޯއޭ، ޤައުމު ހިފުމޭ ކިޔާކަށް ނުޖެހޭ.

    104
    1
    • ލައިލާ

      ސިކުނޑި ވަ ރަށް ކުޑަ އެހެންވީމަ ހަ ރުލާ ހުންނަނީ ދެތިން ކަމެއް އެއީ އާއިލާ މީހުން ބަޣާވާތް ކު ރި ކަމާ ވެ ރިކަން ބޭނުންވާ ކަމާ އިންޑިއާއާ ނުލާ ނޫޅެވޭނެކަމާ ތިމަންމީހާއަކީ އެންމެ މޮޅުމީހާކަމާ ހިނދުކޮޅު އަންނަން ޖެހޭނެކަން

      33
  17. ކޮރަލް

    ވެރިކަމަށް އައުމަށް ބައެއް މީހުން ދީން ހަތިޔާރަކަށް ހަދާއިރު މީނަ ހަތިޔާރަކަށް ހަދަނީ ހަރުކަށި ފިކުރެވެ.

    89
    2
  18. ވަހުތާނު އަހުމަދު

    ތިޔައީ ބޮޑުވަޒީރުންދައްކާކަހަލަ ވާހަކަތަކެއްނޫނޭ !!

    85
    1
  19. އަހުމަދު

    އިންޑިއާއާއި ޗައިނާއާއި ނުބެހި ވަކިއަތަކަށް ބުރަނުވާ ސިޔާސަތެއް ގެންގުޅެބަލަ. އަހަރެމެންގެ ގައުމަކީ ކުޑަ ގައުމެއް. އައިއެސް އަކީ ހުޅަނގު ގައުމުގެ ޕްރޮޕޮގެންޑާއެއް. އެހެން ކިޔައިގެން މިގައުމު ފަލީހަތް ނުކޮށްބަލަ. އަހަރެމެންގެ މިނިވަންކަމުގެ އަގު ވަޒަންކޮށްބަލަ.

    70
    1
  20. އަލި

    މީ ކާކުތަ މާ ހަޔާތް ކުޑަވެގެން މި ޤައުމަށް އައިސް މިތެޅެނީ... އަހަރެން ވަރަށް އާދޭހާއެކު ބުނަން.. އަންނި އަވަހަށް މިޤައުމުން ފެއްސިގެން ދޭ... އަންނިއަކީ މިޤައުމު އިންޑިއާއަށް ވިއްކާލަން އުޅޭ ނުބައި މީހެއް... މިއަދު ވަރަށް ދެރަވެއްޖެ އެމްޑީޕީ މީހުންވެސް ޕާޓީގައި ތިބި ރަނގަޅު މީހުންނާއެކު ޤައުމު ކުރިއަށް ގެންދަން މަސައްކަތް ނުކުރާތީ ... މި ނުބައި މީހާއަށް ތަބާވެގެން އުޅޭތީ... އަވަހަށް މިކަލޭގެ ނެރި ފޮނުވާލައި ޤައުމު އާރާސްތުކުރުމަށް އެމްޑީޕީ އަށް ގޮވާލަން

    80
    1
  21. ޙނ

    މީނާ އަނެއް ދިވެހިރާއްޖެއަށް ފޮނުވާލެވޭހާ ހިތްވަރު ހުރި ކުއްޖަކު ނެތީބާ؟

    77
    1
  22. ާއަހްމަދު

    މި ކަނޑައެޅިގެން ދިވެހިރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން.

    69
    1
  23. ލޯމާފާން

    އިންޑިއާ މިލިޓަރީ ވެސް ނަޝީދު ވެސް އައުޓް.

    79
    1
  24. ސްޕައިޑާ

    އިރާގުގަ އެމެރިކާ ސިފައިންތިއްބަ ތިޔަބުނާ ޖަމާއަތެއް އުފެދިގެންއައީ. އިންޑިއާ ސިފައިންތިއްބޭ ކިޔާފަ ތިޔަބުނާ ބަޔަކު މިތަނަށް ނާއްނާނެއޭތަ ނަޝީދު ތިބުނަނީ. މިޤައުމުގަ ނެތްބަޔެއްގެ ވާހަކަ ދައްކަންވީނު. ތިޔަބުނާ ޖަމާއަތް ރާއްޖޭގަ އުޅޭތާ ކޮންދުވަހެއް... ޝޭމް އޮން ޔޫ ނަޝީދު

    66
    2
  25. ކުޑަމޫސަ

    ފު ރަތަމަ ބޭ ރުކުރަންވި މަކަލޭގެ ، ބޮޑުމުސީބާތެއް

    27
  26. ކުޑަކާށި

    މީނަވެސް އިންޑިއާވެސް އަވަހަށް ބޭރުކުރަންވީ ލަސްކޮށްގެން ދީންވެސް ޤައުމުވެސް ސަލާމަތެއް ނުކުރެވޭނެ...

    22
  27. ރާކަނި

    މީދެން ކިހާބޮޑު މުސީބާތަކަށް ވެއްޖެކަމެއް. ކަލޭ ދޭބަލަ އިގިރޭސި ވިލާތައް ނޫނީ އިންޑިޔާއަށް ގެރީގެ އާއިލާއިން ކަލޭ އުފަންވިޔަސް މިއީ ﷲ އުފައްދަވާފައިވާ އިންސާނުން.

    22
  28. ޒާ

    ކަލޭ ތީ ރައީސް ޔާމީނު ވެރިކަމުގައި ހުންނަވަނިކޮށް އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލި ޣައްދާރެއް. ކަލޭ ތީ މިގައުމަށް ހެޔޮއެދޭ މީހެއްނޫން.

    26
  29. ޝާހީން

    ކަލޭ ފޯރިއަރުވާނޭކަމެއްނެތް! އިންޑިޔާސިފައިން މިޤަވްމުން އެއްކޮށް ހޮސްކޮށްފަ ކަލެޔަށް ދައްކާނަށް! ދިވެހިން މިތިބީ ފިސާރި ޖޯސުގައި މިކަން ނިންމަން! ދެން އޮތް ކަންވެސް ނިންމާނެ މިބުރުގައި! އިންޝާއަﷲ! ދެއަހަރާ 4 މަސް ފުރިހމަކުރެވޭތޯބަލާ ގަދަބާރުންވެސް!

    27
  30. ކަނަމަނަ

    ތިކަމުގެ އަޑީގައިވެސް ހުއްނާނީ ނަޝީދު އެއީ ނަޝީދު ބޭނުންވާގޮތް އެކަމަކު މިހާރަކު މެޖޯރިތީ ރައްޔަތުން ނަޝީދުގެބަހެއް ގަބޫލުނުކުރާނެ

    22
  31. ސާރާ

    ކަލޭމެން ރައީސްޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ނޮހޮރުއްޕާންކުރިވަރަށްވުރެ ދެގުުނަ ނޮހޮރުއްޕާން ކަލޭމެނަށް ޖެހޭނެއެވެ.

    18
  32. ކިނބޫ ދި ބުއްޅަހުއްތު

    ތާލިބާނުން ވެސް ހަމައެކަނި ބުނަމުން އަންނަނީ އެންމެން ހަމަހަމަ "އެންމެން ހިމެނޭ" އަދި "އިސްލާމީ" ވެރިކަމެއް. މީއަކީ ޑިމޮކްރަސީ ދަންނަ ސިފައެއް ނޫން ދަރިޔާ

    12
  33. ތުޜާކުނު

    މާތް ﷲ ގެދީން އިސްލާމްދީން މާތްﷲ ރަށްކާކުރައްވާނެ މާތްﷲ ގައްދާރުންގެކިބިން މިގައުމު ސލާމަތްކުރަށްވާށިއެވެ އާމީން

    21
  34. ރަސީ

    މީނަ ނޫން އެހެން އެންމެނަކީ ވެސް "ކަށި ހަރު" ބައެއް

    19
  35. ދުރުމި

    އެއީ ތެދެއް ،އެއީ ވެސް ތެދެއް ،އެންމެހައި މީސްތަކުންނޭ ކަލޭނޭ އަޑުއަހާ ހެކިވާށޭ، އެ ބުނަނީ ތެދަށޭ. އެއީ ރޫޙާނީ ލީޑަރޭ. އޭނާ ބުނެފިއްޔާ އެ ވާނީ ދޮގަކަސް ،ހަމަ ބޮޑު ތެދަކަށޭ.

    އެއަށްތަބާވާށޭ. އެއީ ފަހު ބަހޭ

    12
  36. ޝާން

    ނަޝީދު އެމްޑީޕީ މީހުން ގުބޯ ހައްދަނީ ނަޝީދު މި ގައުމު އިންޑިޔާއަށް ވިއްކާފަ އޮތީ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ތިބި ހިންދީންގެ ބަހައް ހެއްލިގެން ވަކި ގާނޫނެއް ހެދި ހަމައެކަނި މުސްލިމުން ނައް ބިން މިލްކުވާގޮތައް ވަކި ދިދަ އެއްގެ ދަށުން އިންޑިޔާ ގެ ދަށުން ވެރިކަން ހުރުމައް ކިހިނެތްތަ މިހާރު ވެފަ އެއޮތީ ވިސްނާ ފިކުރުރު ކުރޭ އެމްޑީޕީ މީހުން ގައުމު ސަލާމަތް ކޮތްދީ ނަޝީދުގރެ ރޭވުން ތަކުން

    18
  37. ފާތުން

    ގެރި އިންޑިޔާ އައުޓް. ޤައުމު އަޅުވެތިކުރާތަން ބަލާކައް ނުތިބޭނަން. ?

    21
  38. ގެރިގޮރުމޯދީ

    އިސްލާމްދީން ނޫން އެހެން ދީން ހޯދަން އުޅެނީ ހަރުކަށިމީހުން، މަނުބުނަން ކަލޭ ހަރުކައްޓޭ މަޑުކައްޓޭ

    20
  39. ފަޒޫ

    ކަލަޭކަހަލަ ލާދީނީ މީހަކު މިގައުމަށް ބޭނުމެން ނުވޭ.

    21
  40. ސައީދު

    އަނެއްކާ މި މުނާފިގު ކަލޭގެ ދޮގުފަތުރައި ރައްޔިތުން ގުބޯހައްދަން ފަށައި! މިހިރަ މަރުމޯލާ ރާއްޖެތެރެއަކުނެތް ތިޔަ ދޮގުވެރިޔާ ދައްކާވާހަކަ ގަބޫލުކުރާނެ މީހަކު

    17
  41. ދައިޖީ

    މިކަލޭގެ ހީވަނީ ދެން ހަމަ އެއްޗެއް ބުނާއިރަަށް އެގޮތަށް އެންމެންގަނޑު އުޅެގަންނާނެކަމަށްމ އެފުވަސް ހިނގައްޖެ. މިހާރު ތީކީ އެވަރުގެ މީހެއްނޫން

    17
  42. ޢާއިޝާ

    ބުރާންތި. ކަލޭ ރާއްޖެ ހިފުމުގެ ޕްލޭނެއް

    20
  43. އިސްތިއުފާ

    ރާއްޖޭގައި ހުރި އިންޑިއާ އެމްބެސެޑަރު އެބަޖެހޭ އިސްތިއުފާ ދޭން އޭއި އިންޑިއާ އެމްބަސޭ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެންގެ އިސްތިއުފާ އަށް މަމެން ޖެއްސީއޭ އިންޑިއާ އެމްބަސޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    23
  44. Anonymous

    #ކެނެރީގެ ބުއްޅަބޭ އައުޓް
    #އިންޑިޔާ ގެރި މޯދިސްތާނު އައުޓް
    #އެޖެންޑާ19 އައުޓް

    24
  45. ސަމްސިއްޔާ

    ހެލިކޮޕްޓަރަކީ އިންޑިއާއިން ހަދިޔާ ކުރި އެއްޗެކޯ. 10 އަހަރުވީއިރުވެސް އެހަދިޔާ ދިވެހިންނަކަށް ނުލިބޭ. މިއީ ކޮންކަހަލަ ހަދިއާއެއްބާ؟؟

    20
  46. ހުސެން

    އައިސިސް އާއި އިންޑިއާ އާއި އިޒުރޭލުގެ ޔަހޫދީ ދައުލަތާއި ހުރި ތަފާތެއް ނިކަން ކަލޭ ބުނެދީބަލަ.އެއީ އެމެރިކާ ގެ އުފެއްދުމެއް

    18
  47. މަވެސް ކިޔާނަން

    ތި ޖެހުނީ މަވެސް އިންޑިއާ އައުޓްއޭ ކިޔަން ތިބުނި އެއްޗަކުން

    17
  48. ޒަލް

    ބާރެއްލިބޭއިރަށް މިކަލޭގެ ހާދަ ފުއްޕައޭދޯ.. ﷲ ގެ އިރާދަފުޅުން އަނެއްކާވެސް ކަލޭ ރޯންޖެހޭ ދުވަސް ލަހެއްނުވެ އަންނާނެ އިންޝާ ﷲ

    19
  49. ގެރި

    އިންޑިއާ އައުޓަކީ ކޮންމެހެންވެސް ކުރަންޖެހިފައޮތް ކަމެއް އެއީ މިގައުމުގެ ޒުވާނުންނަށް މަޖުބޫރުކަމެއް ފުލުހުން ކިތަންމެ ހަރުކަށިވިއަސް މާދަމާ އެމީހުންވެސް އަހަރުމެންނާ އެއްބައިވަންޖެހޭނެ ވަގުތު އެބައާދޭ އިންޝާﷲ ބުއްޅަބެ ކޮންމެހެން އައިއެސް މިކަމުގަ ވަށްދާނެ ކަމެއް ނެތް ރަށްޔިތު ޒުވާނުން މިތިބީ ސާބިތު ކަމާއި އެކު އިންޑިއާ އައުޓު ކުރަން.

    22
    1
  50. މޯދީގެ ބޭބެ

    މަ ނަމަ ބުނާނީ ޗައިނާ އިން ކުރި ކަމެކޭ

    14
  51. ޔާންޔާ

    ހުރިހާ ކަމެއްވެސް ވާނެ . ވެރިކަމަށް ގެނައި ކުއްވެރީން ހައޔަރު ކުރާން . އެކަމު އެކަމެއް ވީކީ ނޫން . ދެން ވާނީ ވެސް މިހެން . ހިއްތިރި ވެގެން ނާއި ރޮއެރޮއެ ތިއްބާ މިކަންވެސް ދެން މިނެނީ . މީތޯ ގުދާރު ބިނަދައިގެން ކުރި މަސެއްކަޠް . މި ސަރުކާރައްޓަކާއި ޖާނާ މާލު ދީގެންވެސް . އިންސާފުގެ ކުރިމައްޗައް ގައުމައް ގައދާރުވި މީހުން ނުގެނެވުނު .
    މައެއް ދެން ނެއް އެއްޗެކޭ ބުނާކައް މި ސަރުކާރް . ވައްސަލާމް

    17
  52. މަބޭ

    ނިސީދު ތިޔަވިދާޅުވާ ބަހުރުވައިންނަމަ މިގައުމުގެ މިނިވަންކަމައް މަސައްކަތްކޮއްސަހީދުވި ބޭފުޅުންނާއި އެކަމުގައި ބައިވެރިވި އެންމެންނަކީ އައިއެސް ކަހަލަޓެރަރިސްޓުންނޭތޯ ؟ ނަސީދުބޭނުންވާގޮތައް ކަންކަންނުވާކޮންމެފަހަރަކު އައިއެސްއޭ ތިކިޔަނީ.

    19
  53. ޑަކައިތި

    ޢިންޑިޔާގެ އިސްތިއުމާ ރުގެ ކިބައިން މދިވެހިސަލާމަތްކު ރުމަށް އެންމެފަހުވަގުތާޖެހެންދެން ދިވެހިރައްޔިތުން މަގުމައްޗަށް ނިކުމެގެންމަސައްކަތްކު ރރރރރ ކު ރަންޖެހޭ ދެން އަބަދުވެސް ތިބެންޖެހެނީ މަގުމައްޗަށް ނިކުމެފަ

    18
  54. Anonymous

    ދިވެހި ރާއްޖޭގެ ބަޔަކު ތިޔަ މޯދީގެ ދީން ޤަބޫލު ނުކުރާތީ މީނާގެ ހިތަށް ހާދަ އަސަރެއް ކުރެއޭދޯ????

    21
  55. ރާފިޢު

    އަނދިރި ދައުލަތް އިންޑިޔާ

    20
  56. ސަރީ

    މިކަލޭގެ ފުރަތަމަ އައުޓް ކުރަންވީ...އައިއެސް އެއީވެސް ކަލޭގެ ފަރަންޖީ ބައިވެރިން އުފައްދައިގެން އުޅޭ ބައެއް....އައިއެސް އިން މިހާތަނަށް އެންމެ ގިނައިން މެރީވެސް އިސްލާމުން...

    24
    1
  57. ަސދަސދ

    ވަޓް އަ ޖޯކް.
    މިހާރު ހުޅަނގު މީހުން ތެޅިގަންނާނެ ތިހެން ބުނީމަ.
    ހަމަ އިނޑިއާ އައުޓް

    22
  58. ކޮކްތެރެޕީ

    "އިންޑިއާ އައުޓް" ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެކޭ ކިޔާފަ ބަހަނާ އެއް ނުދެއްކޭނެ ތިޔަމީހާ އައްޑޫ ސިޓީގައި ޕޯޑިއަމްއެއްގައި ބުނެފަ އިންނާނެ މިރާއްޖޭގެ ރައްޔިތުންނެއް ދެނެއް ތިމަންނަގެ އައދަށަކުން ސަލާމަތެއް ނުވާނޭ އެހެންވީމަ ތިޔައުޅުނީ އިންޑިޔާ އައް ގައުމު ވިއްކާލާފަ ގޮޑިކޮއްކޮ ސަރުކާރެއް ހަދައިގެން އުމުރު ދުވަހައް ވެރިކަމުގަ ހުރެވޭތޯ އަންސަންސޫކީހެދިގެން ކޮންމެހެން މާދުކައްޓޭ ހަރުކައްޓޭ ކިޔާކައް ނުޖެހޭ އެހެންވެގެންތޯ އެއަރޕޯޓެއް އޮތަސް ސީޕޯޓެއް އެޅިޔަސް އިންޑިއާޔައް ކުއްޔައްދީ ތިޔަވިއްކާލަނީ ގީއެމްއާރ އައް އެއަރބޯޓް ދިނީވެސް ތިޔަ ހަރުކަށިމީހުންގެ ކިބައިން ސަލާމައް ހޯދަންތޯ އަމިއްލަޖީބައް ފައިސާ ލާން ކުރާކަންތައް މިހާރުވެސް މުސާރަޔާ އިނާޔަތައް މިލިޔަނުން ރައްޔިތުން އަޅުވެއތިކޮއްގެންނަގާ ޖިޒީގެ ރުފިޔާއިން ނަގަމުން ތިދަނީ މީއެންމެން ދަންނަ ސިއްރެއް

  59. ވޯރާވިޔަފާރިވެރިން

    ރާއްޖޭގައި އުޅުނު އިންޑާ ގެ ވޮރާ ވިޔަފާރިވެރިން ވެސް ފޮނުވާލީވެސް ހަމަ ދިވެހިން... ވީމާ ތިބުނަނީ ދިވެހިން ނަކީ ހަރުކަށި ވިސް ނުމުގެ ބަޔެކޭތޯ....1988 ތަމަޅަބާޣީން ދިވެހިރާއްޖެ އަށް ގެނެސް ދިވެހި ފަސްގަނޑުގައި ދިވެހިން ލޭ އޮހުރުވާލީ ޙާދިޘާގެ އަޑީގައި.ތިބި ދިވެހިން ފެތޭނީ ކޮން ކެޓަގަރީ އަކަށްތޯ؟؟؟؟؟؟

  60. ފަޓާސް

    މިރައީސަށް ނޭންގެނީތޯ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް ކަށީގެ މަދުން ލޭނެރެގެން ހަރުކަށިވެގެން އެފިކުރުގައި ނުކުންނަން ޖެހޭނެކަން. މިވާ ޤައުމެއްގެ ވެރިކަން ހައާލުކުރަން ހެޔޮވާވަރުގެ އާދަމުގެ ދަރިއެއްވާނުން.

  61. އާރު

    މިހެންވީމާ އެމްޑީޕީ އައި އަދި މިސަރުކާރު ނަގަހައްޓަން ތިބި މީހުންނޫނީ ދެންމިތިބަ ކޮންމެ ދިވެއްސަކީ އައިސިސް މީހުންކަމަށް ނިންމާފައި. ޢެމީހުންނާ ހަނގުރާމަ ކުރަންތޯ އިންޑިޔާ ސިފައިން މިޤައުމަށް އެތެކުރައްވައިގެން ތިއުޅުއްވަނީ.

  62. ވަގުކަލޭގެ

    މީ މި ގައުމަށް ޖެހިފައިވާ މުސީބާތެއް

    10
  63. ކިނބޫ

    ކަލޭ އަޑީގަ ހުރެގެން ދީނަށް ފުރައްސާރަ ކުރުވަނީ އިންޑިއާއިން ރާއްޖެ ހިފުމުގެ ޕްލޭނެއް އޮތަ؟ ވެރިކަމާހުރެ ހޭބަލިވެފައެއްނު ތިހިރީ!

    13
  64. ފައްޔާޒު

    މަގައުމު ލާދީނީކޮށް ހަލާކު ކުރާމީހަކީ ތިޔަ ކެނެރީގޭ ބުއްޅަބޭ.

    11
    1
  65. ރިޝްވަތު ވަގު ވެރިކަން

    ކަލޭގެ ލަގޮނޑިއަށް ހާދަ އަސަރެއް ކުރެއޭ އެބަދޯ. އިންޑިއާ އެކު ހަދާފައިވާ ސިއްރު ޑީލް ފަޅާއެރީ.

    9
    1
  66. ހަސަނު

    ކެރެފާ ނަޝީދު ކަލެއަށްވުރެ ވަކިންބޮޑު އައިއެސްއެސް އެއް އަދި ބަލާއެއް މިޤައުމަކަށް ނުޖެހޭ.