މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމެއް ބ.އަތޮޅަށް ފުރައިފިއެވެ.

"ޖަޒީރާ ރައީސް" ގެ ނަމުގައި ކުރަމުންދާ ކެމްޕެއިންގައި ބ އަތޮޅަށް ދަތުރު ކުރާ މި ޓީމުގައި އިސްކޮށް ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. މީގެ އިތުރުން މި ޓީމުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

މިޓީމުން ބ އަތޮޅުގެ 14 ރަށަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގައި ޑޯޓުޑޯ ޖެއްސުމުގެ އިތުރުން ސްކައިޕް މެދުވެރިކޮށް ރަށްރަށުގެ އެކިއެކި ފަރާތްތަކާ ނަޝީދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޓީމުން ހުކުރު ދުވަހުގެރޭ ބ އަތޮޅު ތުޅާދޫގައި ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގަބޫލު ކުރާ އެއް ކެންޑިޑޭޓެއް ނެރުމުގެ އަޑު ވަނީ މަޑުވެފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޙުމަދު

    ދެން ކީއްކުރަން ބާއްވާ ޕްރައިމަރީއެއް؟

  2. ޕޮފުބާ

    ކެމްޕެއިން ކޮއްކޮށް ތިބެ ވޯޓް ކަރުދާހެއްގަ ނަސީދުގެ ނަމެއް ނޯންނާނެ ނަސީދަށްވޯޓް ލާންޖެހޭނީ މިސްރުގަ ސަލާހުއަށް ވޯޓް ލީހެން އަމިއްލަޔަށް ވޯޓް ކަރުދާހުގަ ނަސީދުގެ ނަން. ޖަހައިގެން

  3. ާވަތުބަތާނަ

    ނަޝީދުގެ ނަން ބޭނުންކޮށްގެން އެހެންމީހަކަށް ކެމްޕޭން ކޮށްދެނީކަންނޭގެ، ތިހަދާއެއްޗެއް ރަނގަޅަށް ބަލަންވާނެ.

  4. ޙުސައިން މ. މުލި

    މީ އަޅެ މޮޔަ ބައެއް ތަ
    ކުރިމަތިވެސް ނުލެވޭނެ

  5. އިމާދު

    ސްކައިޕް ރައީސް.

  6. ފުދިއްޖެ

    ރޯދަމަހު ﷲ އަށް އަޅުކަން ކުރުން ދޫކޮށްފަ ތީތަކުރަންވީ ކަމަކީ؟ މިމާތްމަހު ކޮން ސިޔާސީ ސަކާރާތެއް ޖަހާކަށް

  7. ދިވެއްސެއް

    ރޯދަމަހު ރޯދަވެސް ހިފިޔާނުދީ ސިޔާސީ ފިކުރު ބޮލަށާއި ހިތައް ވެއްދުމުގެ މަސައްކަތް ފެށީދޯ؟

  8. 3ނިރު

    ކުރިސްޓިއަނުން އުޅޭނީ އެގޮތަކަށްނު

  9. ސޫތު

    ކީއްކުރާ ކެމްޕޭނެއް. މިފަހަރު އެމް.ޑީ.ޕީ ޕްރައިމަރީ ވޯޓް ކަރުދާސް ޕްރިންޓު ކުރަނީވެސް ނަޝީދު ނަންކައިރީ ފާހަގަ ޖަހާފަ. އޭރުން ހަސަން ލަތީފު މެނަށް ހަމައެކަނި ޖެހޭނީ އެގޭތެރޭތިބެ ވޯޓު ކަރުދާސް ކަފާފަ ފޮއްޓަށް އަޅަން. ކުރީފަހަރު ފާހަގަ ޖަހަން ޖެހުނު އެހެންވެ މިފަހަރު ފަސޭހަ ކޮށްލީ.

  10. ާައީސަ

    ޢަހަރެމެން ގެއަށްވަދެގެން ނުވާނެ. ތީއަރެން ގަބޫލްކުރާ ވެރިޔެެއްނޫން.ތީގައުމުގެ ހަލާކު.