ޤައުމު ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހުގައި ހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.

މިރޭ މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި އަންދުން ހުސެއިން ވިދާޅުވެފައި ވަނީ، ރައީސް ސޯލިހުގެ އަރިހުގައި މުޅި އާއިލާއިންވެސް ތިއްބަވާނެ ކަމަށާއި، ޤައުމު ސަލާމަތްކޮށް ރައްކާތެރި ކުރުމުގައި ރައީސް އާއެކު ސާބުތިވެ ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވިތާ ދެއަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، އަނދުން ހުސެއިން ވަނީ ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހުގާ މުޅި އާއިލާވާނަމެ ސާތިބިތުކަމާއެކު، ޤައުމު ސަލާމަތްކޮށް ރައްކާތެރި ކުރުމުގައި! އިންތިޚާބު ކާމިޔާބު ކުރެއްވިތާ ދެއަހަރު! މަރުޙަބާ ދިވެހި ރައްޔިތުން!" ރައީސް ޓެގުކުރައްވާ އަނދުން ހުސެއިން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އަނދުން ހުސެއިން ފަހަކަށް އައިސް ރައީސް އަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ޓްވީޓްތައް ކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އޭނާ ރައީސާއެކު ހުންނަވާނެ ކަމަށް ވިދާޅުވެ ކުއްލިއަކަށް އެމަނިކުފާނަށް އަނދުން ހުސެއިން ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ޓްވީޓް ކުރައްވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅި ދޫކޮށްލެއްވީ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މަޖިލިހުގެ ތެރޭގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދުގެ "ފެކްޝަން" އުފެދިފައި ވަނީ، ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނަށް ފައްޔާޒްގެ އިތުބާރު ނެތް އިރު، ދެން ތިއްބެވި މެމްބަރުން ވިދާޅުވަނީ ފައްޔާޒަކީ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރައްވާ ވަޒީރެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމަށް ސޮއި ކުރެއްވީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އޭގައި ސޮއި ނުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މި މައްސަލަ މަޖިލިހަށް ވެއްދުމަށް 30 މެމްބަރުން ސޮއި ކުރައްވާފައިވާ އިރު، އޭގެ ތެރޭގައި އަނދުން ހުސެއިން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ފަހުން ބައެއް މެމްބަރުން ސޮއި ނެންގެވިކަމަށް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    އަނދުނޭ، ރައްކާތެރިކަން ލިބޭނީ އެން މެ ފަރާތަކުން، މާތްﷲގެ އަ މުރުފުޅުތަކަށް ކިޔަ މަން ނުވާބަޔަކަށް ރައްކާތެރިކަ މެއް ނުލިބޭނެ، އެހެންކަ މުން މުޞީބާތް އަންނަނީ އެކި ގޮތްގޮތަށް ބޯ މަތިވަ މުން، ކަލޭ މެން ދުނިޔެ ގިޔާ މަތް ވާއިރުވެސް ތިބޭނީ ޢާފިލު ކަން މަތީ.

    38
  2. މުހަންމާ

    އާއިލާ އެންމެ ސަރުކާރުގެ ބޮޑެތި ވަޒީފާތަކުގަ، މީނާ ސަރުކާރު ކުންފުނިތަކުން މުދާ ވިއްކުމުގަ، މިހެން މިހެން ކަންކަން ހުރީމަ ވާން މަޖުބޫރު ވާނެތާ ރައީސް އާއި އެކު.

    37
    • ބޯހަލާކު

      މީކޯޗެއްކިޔަވައިގެންހުރިމީހެއް..؟ކޯޗެއްއިނގޭނީ ސަރުކާރެއް ހިންގަން...؟!!

      14
  3. ތާކިހާ

    ބަނޑުފުރާނަ މުއްތިކުރެއްވުމާއި ވަރަށް ވައްތަރު. އަދަދުގެ ބައިޅާޅިން ބައިލާހިން މިނާލީހެން ބޮޑަށްހީވަނީ. އަނެއްކާ މޫސުމެއްގެ ފެށުންބާ؟ ފައްޔާޒު ދިފާޢުކުރައްވާތި. ރައްޔިތުން ގެ ކޮވިޑު އެލަވަނސް ކޮޅު ......

    28
  4. އިންޑިއާ އައުޓް

    ޤައު މު ފަނާކުރު މަކީ ޤައު މުސަލާ މަތް ކުރުންތަ؟ތިޔަށްކިޔާނީ ޤައު މަށް ހަރާންކޯރުވުން!

    32
  5. ޑައެލޯގް

    ކިހިނެއް ފިޑިޔެއް ކައިރީގާހުރެ ގައުމު ސަލާމަތްކުރާނީ. ކަމެއްދިމާވާއިރަށް ރޮވޭނެ ކިބުލަށް. ކާރީގައި ތިބިމީހުން ކާއިރު ބުނާކަށްނުކެރޭ ނުކާށޭ.(ވަކިކުރާކަށް) އިންޑިޔާ ބުނެފާނެ މުޅިރާއްޖޭގެ އިންޑިޔާ ސިފައިން ބައިތިއްބަންހޭ ނޫނެކޭ ބުނާކަށްނުކެރޭނެ ކިބުލަށް ދެން ކިހިނެއް ގައުމުސަލާމަތްވާނީ

    26
    2
  6. މަމެން

    ތިޔައުޅެނީ ކޮންމެވެސް ވަށްކަމެއްކުރަން މަގުފަހިކުރަން ތިޔައީ ގަރާޖުތަކުގެ ވެރިމީހާއެއްނޫން!

    25
  7. ލޯމިރު މުސްތަރީ

    ދަރިއަށްދިން އެންބެސީގެ ވަޒީފާއަކަށް ގަނެލީ ... މަ ހީނ ހީނ

    28
  8. ލޮލީ ބެ

    މާ މޮޅު މީހެކޯ މީ ރައްޔިތުން ލޮލުގަ އަނދުން އަޅުވަން.....ޤާނޫނު އަރާ ހަ މަ ކުރާނެ ....ހުސޭނާ ދުވަސް ގާތްވޭ އެބަ ގޮޅި#18

    29
    2
  9. އަލި

    ގައުމު ސަލާމަތް ކުރުމުގައެއް ނުން... ގައުމު ހަލާކު ކުރުމގައި...ފައްކާ އަނދުން ގުޅައެއް.... މަގާތަށް އަންނަނީ ނުލަފާ ހިނި.... މިގައުމަށް މިނިކަމެތި ހާލު ޖައްސާފަ ކެނެރީ ލާދީނީ އަދި އިބޫ މިތިބީ... އެކަމު ްައުމު ސަލާމަތް ކުރާށޯ......ހަހަހަހަހަހަހަހަހަހަ...ަައައްދިއްޔޯ....

  10. ގލ

    ނަސީދު ބޮޑުވަޒީރު ކަމަށް އަރަން ދާތީދެއް ނުކުރަމެވެ އަދި
    މަޖިލީހުގަ ހުންނާކަށްވެސް.

  11. ސިއްތި

    މީނާއަކަށް ނެތޭ މިނޫންގޮތެއް ކާރުވަގުގެނަމުން މަޝްހޫރު ވީ މިސަރުކާރަށް ބޮޑެތި ޑީލްތައް ހަދައިގެން

  12. ހަސަދު

    ސަރުކާރަށާއި ގައުމަށް ހެޔޮއެދޭ މީހުން ހާދަ ގިނަވެއްޖެޔޭ. ސުވާލަކީ ހެޔޮ އެދެނީ ގައުމަށް އަދި ސަރުކާރަށްބާ ނުވަތަ ޖީބަށްބާ!!!.

  13. އަނދުންހަނު

    އަނދުންހުސޭނުގެ އާއިލާ ރައީސްގެ އަރިހުގައި ނެތިގެން ރާއްޖެ ސަލާމަތް ނުވެވުގެން މިއުޅެނީ.

  14. އ މ ރ ބ

    އަނދުނޭ މެންނަށް ބޯކޮށް ލާރިގަނޑު ލިބޭވިއްޔާ، އެހެންވީރު އެއްގޮތަކަށްވެސް ކައިރިން ދުރަށްނުދާތީ، ތަށްކޮށްލާގެންއޮވޭ، ދޫނުކުރާތި

    7
    1
  15. ހުސޭނުބޭ

    އަދި ކިރިޔާ މި އެނގުނީ ޤައުމު ރައްކާތެރިކޮށް ބަލަހައްޓަނީ އަދުން ހުސޭނުކަން!

    7
    1
  16. ލުޓޭރުންގެ ސަރުކާރު

    ކާކުގެ ލޮލުގަ އަނދުންއަޅުވަން ތިއުޅެނީ..ކޮންބައެއް ގައުމު ނު ރައްކަލަށް ހުށަހެޅީ..ކޮންބަޔަކާ ސުބު ރުމާނިޔަމާ ގުޅުންއޮތީ..ކޮންބައެއް ވެ ރިކަމުގެ ބޭނުމުގަ ގައުމު ނީލަމަށްލީ...ކޮންބައެއް އިންޑިއާގެ އުގަށްއެ ރިތިބީ..ގައުމުސަލާމަތް ކު ރެވޭނީ ގައުމުއަޅުވެތިވުމާ ދެކޮޅަށް ތެދުވެތިބިބަޔަކަށް...މިސަ ރުކާ ރުގެ އެއްވެސްމީހަކަށް އެއް އި ރުގެ ކޮއްތާނުލާ ކޮއްޅަށްނުހު ރެވޭނެ..އެއަށްވު ރެ ހައިވެފަތިބި ދަހިވެތި ކނބޅތަކެއްތީ...ތިމާމެންގެ އަމިއްލަ ނަފްސުވެސް ތިމާމެންނަ މަލާމާކު ރާނެ މޫނުބަލާ ލޯގަޑެއްކަ ރިއަށްދިޔަސް...މިސަ ރުކާ ރުގެ މިސާލަކީ ހާމާނާ ގާ ރޫނުގެ މިސާލު...