އައްޑޫ ސިޓީގެ 18 މަގެއްގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ގެނެސް، މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ ސިޓީގެ ގިނަ މަގުތަކެއްގައި ތާރު އަޅާ އިރު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީސަފޭސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ދިވެހި ސަރުކާރާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ގައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ޖީކޭ ޑިވެލޮޕްމަންޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން، ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

މި މަޝްރޫއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އަލަށް ގެނައި ސާމާނާ އެކު، އައްޑޫގެ މަގުތައް ހެދުމުގެ ދެވަނަ މަޝްރޫއެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ހަވާލުކޮށްފައެވެ.

އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓު ތަރައްގީ ކުރުމަށް ހިއްކާނެއެވެ. އަދި އައްޑޫގެ ހުރިހާ މަގެއްގެ ފެން ހިންދާ ނިޒާމް ގާއިމް ކުރެވޭ އިރު، މަގު ބައްތި ޖެހުމުގެ މަސައްކަތާ އެކު، ސީސީޓީވީ ސިސްޓަމް ވެސް ގާއިމް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯކިބާ

    ދަބަރަށްވެފަ ހުރި ސާމާނުތަކެއްނު ތިޔާ.

  2. މޯދީ

    ވެއްޖިއްޔާ ކިތަންމެ ހާ ވެސް ރަގަޅު.

  3. ޢެމީ

    ކަމެއް ނުކުރެވުނަސް އަޑެއް އަރުވާލީމަ އައްޑޫގެ އެމްޑީޕީ މީހުންތިބޭނީ ހެއްދިފައި ލާރިގަޑު ކާލާފައި މަތިޖަހަނީކަން ވެސް އެމީހުނަކަށް ނުއެއްވިސްނޭނެވިއްޔާ!

  4. ގާނާ

    ޝުކުރިއްޔާ ރައީސް ޔާމީން

  5. ޝާން

    ނަމެއްގަ ބޮޑު މަގު ގައި ތާރު އަޅައިގެން މީހުންގެ ލޮލުގަ އަނދުން އަޅުވަންނޫޅޭ. މާލެފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގަ މަގުތަށް ނެހެދިޔަސް ކުދި ރަށް ރަށުގައިވެސް މަގުގަ ތާރު އަޅައިގެން ހަދާދީފައިވޭ. އަދި ނަރުދަމާ ވެސް އަޅާދީފައިވޭ.

  6. ބަލަންޖެހޭތަ؟

    ކޮބާ ހުޅުމީދޫ؟

  7. ޖ

    ފަށަނީ ފެށެނީފަށަނީ ފެށެނީފަށަނީ ފެށެނީ އަބަދުވެސް މިހެން ކިޔާއަޑުއިވޭނީ

  8. ހހހ

    އިންތިހާބެއް އޮތީތަ

  9. ތެދު

    ރައްޖޭގެ ދެކޮޅުން އިންޑިޔާގެ އަތްދަށުވެ...ލޯނުގެ ދަންތޫރައިގަޖެހި ހަލާކުވެއްޖެ...؟ ެެެެެ

    3
    1
  10. އާސިދާ

    ކޫލް ކޫލް ކޫލް ކޫލް...