ކީރިތި ޤުރްއާންގެ އިލްމާ ގުޅުން ހުރި މަސައްކަތްތައް ރާއްޖޭގައި ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، ޤުރްއާން މާއްދާގެ އިލްމު ކުރިއެރުވުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއެކު އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރެއްވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ކުރިން ހުންނެވި ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ ތެރޭގައި ކުރިއަށް ދިޔަ އެކި އެކި ޕްރޮގްރާާމްތައް ހުއްޓިފައިވާ ކަމަށެވެ. ބައިނަލް އަގްވާމީ ޤުރްއާން މުބާރާާތް މިދިޔަ އަހަރު ނުބާއްވާ ކަމާއި، ޕީއެސްއެމްގެ "އަލިގަދަ ތަރި" ޤުރްއާން މުބާރާތް ވެސް ނުބާއްވާ ކަން ވެސް އޭނާގެ ޓްވީޓްގައި ފާހަގަ ކުރެއްވިއެވެ.
"ގުރުއާނާ ބެހޭ މަސައްކަތްތައް ރާއްޖޭގައި ވަނީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައި، ހާފިޒުން އުފެއްދުމުގެ ހަރަކާތަށް ވަނީ ލޮޅުން އަރާފައި، ޤުރްއާންގެ އިލްމު ފެތުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހޭ،" ނައިބު ރައީސް ފައިސަލް ޓެގް ކުރައްވައި ޝަހީމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
Quruaanaa behey Masakkaythah raajjeyga vanee mihaaru v bodah balikashibefa, haafizun ufedhumuge harakaathah vanee lolhun araafa. Raajje thereyga gendhiya eki eki quruan program thah vanee huttifa. Quruan ge ilmu fethurumuge kankan varugadha kuran jehey @FaisalNasym https://t.co/ZoNMX66aGH
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 28, 2020
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިއްޔެ ހަވީރު ބޭއްވި އެ ބައްދަލުވުމުގައި މި އަހަރުގެ ގައުމީ ޤުރްއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދަން މަޝްވަރާ ކުރިއެވެ. އަދި ރާއްޖޭން ބޭރުގައި އުޅޭ ދިވެހި ދަރިވަރުންނަށް އޮންލައިންކޮށް އިސްލާމް އާއި ޤުރްއާން މާއްދާގެ ކްލާސްތަކެއް ހިންގުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.
މިކަލޭގެ ހޫޅުމާލޭން ފެންޓްހައުސް ގަތީ ކޮންލާރިއަކު؟
ކޮބާ މައްސަލައަކީ . ޞަރޫވެސް ޕެންޓްހައުސް އެއް ގަތީމަ އެނިމުނީއެއްނު.
އެހެންތާވާނީ.. ޝަހީމްއަށްވެސް ކުރަން އެނގުނުކަމަކީ ހުކުރުކޮއްކޮއްފަ ދެންގޮސް ބޮންއެކުއާ ސަކަރާތްޖެހުންވިއްޔާ... އަބަދުވެސް ސެލްފު ޕުރޮމޯޝަނުގައި އަވަދެނެތި އުޅޭތަން ފެންނަނީ ދީނުގެ ދަޅަދައްކައިގެން. އެންމެ ފަހު ރިޔާސީ އިންތިޚާބުގައިވެސް ކުކުޅުތަކެއް މެދުގަ ހުރި ހާލެއްހެއްން ގޮސް ހިލޭއަންހެނުންތަކެއްގެ ތެރެއަށްވަދެ ފޮޓޯނަގަންހުއްޓާ ފެނުނީ. ދެން ފެންނަނީ ހިލޭއަންހެނުންނާއި އަތާ އަތްޖޯޑުކޮއް ސަލާންގަލާން ކުރާތަން. އެޔައްފަހުވެސް ތާކިޔާ އަޅައިގެން ދީނީ ކުލަވަރު ޖައްސައިގެން ހުންނަންބޭނުންވަނީ. ރާއްޖެއަކައް ތިފަދަ މީހުންނެއް ބޭނުމެއް ނޫން. ރާއްޖެއަށް ބޭނުންވަނީ އުޅުމާއި ދިރިއުޅުމުން ތަގުވާވެރިކަމާއި ދީންވެރިކަމުގެ ނަމޫނާދައްކާ ތެދުވެރި އިޚްލާސްތެރި އިލްމުވެރީން.
ދީން ހަތިޔާރަކަށް ހަދައިގެން ވެރިކަން ހޯދަން އުޅޭ އެކަކު ތިއީ ... ވަގުންގެ އަތްކަނޑާ ވާހަކަ ނުދައްކާ ޝޭޙުވެސް
ކޮންމެ ވަގެއްގެ އަތްކަނޑާކަށް ނުވޭ. ވައްކަންކޮށްގެން އެކަން 2 ފިރިހެނުންނަށް ފެނި ހެކިބަސް ތަފާތު ނުވެއްޖެއްޔާ ނޫނީ ވައްކަން ކުރިމީހާ އެކަމަށް އިއުތިރާފް ވެއްޖެއްޔާ އަތްކެޑުން އޮތީ. ބައެއް މީހުންނަށް ހީވެދާނެ ވައްކަން ކުރިމީހާ ސާބިތު ނުވިޔަސް ހުރިތާގަ ހުރެގެންނޭ އަތްކަނޑަން ޖެހޭނީ. ކަލޭ ތީ އޭގެ އެކަކު.
މަނިކުފާނު ، އަވަހަށް ރާއްޖޭގެ އެތަން މިތަނުގައި ޤްރުއާން ކިލާސްތައް ހައްދަވާ މުޅިގައުމުގައި ފަތުރާ ލައްވަވާ! ތިކަމަށް އެއްވެސް ހުރައެއްނެތް. ނޫނީ ގޫގުލް ކިލާސްރޫމް ބޭނުންކޮށްގެން ރޭގަނޑާއި ދުވާލު ކިލާސްތައް ހިންގަވާ! މަނިކުފާނަކީ ޤްރުއާން ހިތުދަސް އަދި އެހާމެ ރިީތިކޮށް ކިޔަވާ ވިދާޅުވާ ބޭފުޅެއް ! އެއްވެސް ސަރުކާރެއްގެ ނުވަތަ މީހެއްގެ ބޮލަށް ތިޔަކަން ނުޖައްސަވާ ފަރުދީ ޒިންމާ އަދާކުަރައްވާ !
މީހުންގެ ކުރިމައްޗައް ދީނީ ގޮތުންވެސް ހެދެން ހުރި ހުރިހާދޮގެއް ހަދައިގެންވެސް ވެރިކަމަށް ސަވާރުވެވޭތޯ ކަލޭވެސް ތިބަލަނީ ކަލޭ ހަމަ ތަންދޮރު ދަންނަލެއް ބޮޑުކަމުންތަ ؟
ނޯ އިންޓަރެސްޓް އޮން ނޮންސެންސް.
ޝަހީމު އަށް ބަވާނެ ލާދީނީ މީހުން ބަޔަކު ޕެޗް އެޅިޔަސް ސަރުކާރު ފެއިލް...
ޝަހީމު އަށް ބަވާނެ ލާދީނީ މީހުން ބަޔަކު ޕެޗް އެޅިޔަސް ސަރުކާރު ފެއިލް...
ޑރ.ޝަހީމްތިވިދާޅުވީވަރަށްބޮޑުތެދުފުޅެއް. ހިގަމުންދާކަންތައްތަކަށްފަސްއަޅާފޮރުވަންއުޅުނަސްދިވެހިހުރިހާ ރައްޔިތުންމިތިބީނިދިފައެއްނޫން. ބަޔަކަށްހަޖަމްނުވެގެންބޭކާރު ވާހަކަތައްލިޔެކޮމެންޓްކުރިއަސް ޑރ.ޝަހީމްއަކީ ކޮންމެހެން ދެފަހަރުދެގޮތަށްވާހަކަދައްކާދީން ހަތިޔާރަކަށްހަދައިގެން އުޅޭ ވަރަށްވުރެމާތަޢުލީމީޤާބިލްބޭފުޅެއް.ކޮމެންޓްކޮބޭކާރުވާހަކަތައް ޤަބޫލު ކުރާނީ
ޝަހީމު ވިދާޅުވި ވާހަކަފުޅުގެ ވަރަށް ބޮޑު ހެއްކެއް ގްރޭޑް 10ގައި ނަގަން ހަމަޖައްސާފައިވާ ޤުރްއާނުގެ ޓެސްޓް މަޖިލީހަށް ވައްދައިގެން ހުއްޓުވުން