ރާއްޖޭގައި ހިންގާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު އުވާލީ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށް ބުނެ، މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު އުވާލި މައްސަލަ ބަލައި ދިނުމަށް އެދި، ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ނުދެއެވެ.

ރާއްޖޭގައި ހިންގާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ޖުލައި 16 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ރާއްޖޭގެ ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ އުވާލައިފައެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ ގަވައިދަށް އަމަލު ކުރަމުން ދިޔަ އިރު ވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށް އޭގައިވެއެވެ.

ހަތް ދިހަ މީހަކު ސޮއިކޮށް އޭސީސީ އަށް ފޮނުވި މައްސަލައިގައި ވަނީ ގަވައިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ މިނިސްޓްރީން ކަން ގަވައިދުން އެނގެން އޮންނަ ކަމަށެވެ.

އެކަމަކު، ގަވައިދު އުވާލައި ޝިޕިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރު އިންޓާނަލް މެމޯއަކުން ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. އަދި ގަވައިދު ތަންފީޒު ނުކުރެވޭތީ ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީ އަށް އެކަން ތަކުރާރުކޮށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭގައިވެއެވެ.

އެ މައްސަލައިގައި ފާހަގަ ކުރި ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަނޑައަޅަން ޖެހޭ އުސޫލުތައް ކަނޑައެޅުމާއި އެ އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި އަދި ގަވައިދު ހެދުމަކީ އެ ގާނޫނުގެ ދަށުން އައްޔަން ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

އެކަމަކު، ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާ އަދި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސް ކުރުމެއް ނެތި އޭރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައިވެއެވެ.

އެހެންވެ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ ބަހެއް ނެތި ގަވައިދު އުވާލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކޭތީ މި މައްސަލަ ބަލައި ދިނުމަށް އެދިފައިވެއެވެ.

"ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލު ކުރުމަށް ހެދި ގަވާއިދެކެވެ. އެ ގަވާއިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެއެވެ.

ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެއެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަނި

    ފިރިކަލުންނަށްފައިދާވާގޮތަށްހުރިހާމެތްބަޓަންކުރާނެ އަދިމިވަރުން ދަނިޔާ .ވެލާނާއިޓަނޭސަލްއެއާޕޯޓްކެސަލްކޮށްފާ މާމިގިލި އިންޓަނޭސަލް ކޮށްފާޙުރިހާބޯޓެށްއެކޮޅަށްޖެށޭގޮތްހަދާނެފ

    18
    4
  2. ނަައީމް

    ޔާމީން ފިރިކަލުން ޖަލައްލީ އިބޫ އަބިކަބަލުން ޖަލައްލީ ދެންކަލޭ ވަންނަނީ ކާކު ކައިރިޔަށް ތިޔަހެންވެ މުސްކުޅިން ބުނެއުޅެނީ ....... ފެންވަރާށޭ ދެން ނިކަން ތިބުނާ އިހުލާސްތެރިކަމެއް ދައްކާލަބަލަ ރައްޔިތުންނަށް ބަލަ ތިހެން ކައިގެން މުއްސަދީ ވީމާ މައުމޫނުވއސް އެއްލާލީ ޔާމީންވެސް އެއްލާލީ ކަލޭމެނައް ރަނގަޅަށް ނަނާހުވފެންތައްޔިތުން ނިކުމެ ދައްކާނެ މި ދިވެހިގައުމު ދުވަހަކުވެސްނުދެކޭފަދަ އަޑިގަނޑަކަށް ތިޔަވައްޓާ ލީ އަމިއްލަފައިދާއައްޓަކާ

    20
  3. ޓަކަފިރޯށި

    ހަދާނެއެއްޗެއް ހަދަން ދޫނުކުރާތި އަޅުގަނޑުމެން މިތިބީ ތިޔަ އިއްޒަތްތެރި ވިޔަފާރިވެރިންނާއެކުގައެވެ. ނަހުލާ ކެޓްވޯކް ޖައްސާނީ ގާސިމު ކުރިމަތީ! އަބުރެއްނެތް ކުނިގަނޑު ގަނޑު ރަށްޔިތުން ބަލައެއްނުގަންނާނެ! އިސްތިއުފާ!!

    21
  4. ޅަތީފް

    ފިސާރެ ތުއިވެގެން އުޅޭ މަހުޖަނެއްމީ ހާ ދަފޫއްސެއްކުރައްވަޔޭ

    20
    1
  5. އަދުރޭ

    ހަމަ ޔަގީންނުން ވެސް އިނގޭކަމަކީ ބޭރު ޝިޕިން އެޖެންޓުންތައް މިތާ އެއްވެސް ގަވާއިދެއްނެތި ހިތު ހުރި ގޮތަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވިގެން ނުވާނެކަން. ގޯސްކޮށް ހިނގާކަމެއް ރަނގަޅު ކުރަން ހެދި ގަވާއިދެއް އުވާނުލެވޭނެ. ގަވާއިދު ޖެހޭނީ އިސްލާހު ކުރަން.

    12
  6. ސަމްސިއްޔާ

    ވަރަށް ރަނގަޅު. ގަވާއިދެއް ހަދަންޏާ އަނެއްގަވާއިދު އުވާލަން ވާނީ. އުވާލާފަ ނުނީ އާގަވާއިދެއް ނުހެދޭނެ. އެއި ނުވެސް ވާނެ ކަމެއް. އަނެއްކާ ޤާނޫނީ ގޮތުން މަނާވެސް ކަމެއް. ވަރަށް ސަލާން.

  7. ޑރ. ރާމީ ހަސަން މަނިކު ވައިނުޖެހޭގެއާގެ

    (1) ނަޙްލާ ގެ މައްސަލަ (2) ޢަލީ ވަޙީދު ގެ މައްސަލަ (3) ފައްޔާޒު ގެ މައްސަލަ (4) ސިދާތާ އަށް އޮފީސް ނުހިންގުން (5) އަމީނު ގެ މައްސަލަ (6) ޒަހާ ގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުން. (މިހުންނަނީ ބޮޑެތިވެގެންވާ ބޮޑެތި މައްސަލާ ތައް. ނަމަވެސް މިއިން ކޮންމެ ބޮޑު މައްސަލައެއް ވެސް އިބޫ އަށް ފެންނަނީ އެމައްސަލާ އެއް ބޮއްސުންލާ ފަހުން). އިބޫ އަށް ނުފެންނަނީ ބާއޭ، ނުވަތަ ނުފެންނަ ކަމަށް ހަދަނީ ބާއޭ ހިތަށް އަރާ. މިހާރު، ހުކުރު މިސްކިތް ހުޅުވުން ވެސް "ދަންބެރަށް ވުރެ ތަގުޑި" ދިގުވެއްޖެ. އިބޫ އަށް ހަމަ "އޯކޭ". ހެރިޓޭޖު އަކީ ޔުމްނާ އަށް، "ޓެއިލަރ މޭޑު" ކޮށް މައުމޫނުގެ ދަރިފުޅު ޔުމްނާ އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ޖީބުން ބޮޑު ސިންގާހަ މުސާރަ އެއްގެންދަން ހަދާފަ ހުރިތަނެއް. ހެރިޓޭޖް އަކީ މައުމޫނު ގެ ދަރިފުޅު، ޔުމްނާ ހިންގާ ތަނެއްވީމާ އިބޫ ނުވޭ އެއްޗެއް ބުނެގެން. އެކަމަކު، މުންނާރު ގައި ކުލަކޮޅެއް ލެވެނީވެސް ރައީސް އޮފީހުން އަންގައިގެން. މިއީ މައުމޫނު ގެ ދަރި ވީމާ، ސޭޓު ގެ އަނބި ވީމާ، މައުމޫނުގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް ޒަހާ މުނިކާފަ ކިޔާތީ މިނިސްޓަރު ކަންދޭން ނުވާ ސަބަބަކީ.