ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް ހަސަން ވަހީދު އިސްތިއުފާދެއްވައިފިއެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ހާމަކޮށްފައި ވަނީ، އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އޭނާ ވިދާޅުވީ، ގާނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލެއް ނުލިބިގެން މަޖުބޫރުވެގެން ޕީސީބީގެ ރައީސް މަގާމުން އިސްތިއުފާދެއްވުމަކީ ހިތާމައެއް ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާ ސިޓީ، ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅޭގޮތުން ސީދާ ހަސަން ވަހީދު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ.

ހަސަން ވަހީދު ހިމެނޭހެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޕީސީބީ ބޯޑު އަލުން އެކުލަވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނި

    އިބުރާހިމްޜަސީދު ކުބާހީވޭ ކަލޭމެންގެ ކޮލިސަން ސަރުކާރުން ކުފުނިތަކުން ވެސް ވަކަންކުރަނީ ކިހިނެތްބަލާނީ ހުރިހާ ބާރެ މިއޮތީ އެތްވެފާ ހުރިހާބާރެތް އެތްވެގެން ވަކަންކުރަނީ ކާލޭމެންވެރިކަމަށްގެނަސްފާ ތިހުރީނިދާފާހުރިމީހެތް

    15