އިސްލާމް ދީނަށް ފުރައްސަރަ ކުރުން އާއްމުވެއްޖެ ކަމަށާއި، މިކަަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅައިދނުމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި،ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް މާތްﷲ ވޮޑިގެންނުވާ ކަމަށް ބުނަމުން ދިއުމާއި މާތް ރަސޫލާއަށް މަލާމާތްކޮށް ފާޅުގައި ފާޑުކިއުން ގެންދާ ކަމަށެވެ.

"މި ގައުމުގައި <ދީނަށް> ފާޑުކިޔަމުން ގެންދާކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، މި ކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން،" ގާސިމް ލިިޔުއްވާފައިިވެއެވެ.

ގާސިމް މި ގޮތަށް ގޮވާލައްވައި ޓްވީޓެއް ކުރައްވާފައި މިވަނީ މާލެ މަގުމަތީގައި އިންޑިއާ މީހަކު މަސްތު ހާލުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތިވެ އޭގެ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

މި މައްސަލާގައި ފުލުހުންގެ މީޑިއާގައި ގްރޫޕްގައި ނޫސްވެރިން އަމާޒު ކުރަމުންދާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ފުލުހުންގެ ފަރާތުން ނުދެއެވެ.

ފަހަކަށް އައިސް ދީނަށް ފުރައްސާރަ ކުރާ މަންޒަރު ފެންނަ ކަމަށް ގާސިމް ވިދާޅުވިއިރު، ސަރުކާރު ބަދަލުވި ފަހުން ޕީޕީއެމްއިން ނުކުމެވަޑައިގެން ޖޭޕީއަށް ބަދަލުވި އަހުމަދު ނިހާން ވަނީ އެ ކަމާ ދެކޮޅަށް މަގުމަތީ ހަރަކާތްތަކެއް ބާއްވަން ވެސް ގޮވާލައްވައިފައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މަދަނީ އިއްތިހާދުގެ ނަމުގައި ދީނީ އިލްމުވެރިންތަކަކާއި ސިޔާސީ ޕާޓީތައް ގުޅިގެން ޑިސެމްްބަރު 23، 2011 ގައި ފެށި އެ ހަރަކާތްތަކުގެ ހަނދާންތައް ވެސް ނިހާން އާ ކުރެއްވިއެވެ.

ނިހާން އެހެން ވިދާޅުވުމުން ސަރުކާރާއި އެމްޑީޕީގެ ސަޕޯޓަރުުން ފާޑުކިޔުން އަމާޒުކުުރުމުން އެ ކަމަށް ވެސް އޭނާ ރައްދެއް ދެއްވިއެވެ. ވިދާޅުވީ، ދީނާއި ގައުމު ކުރިއަށް އަންނާނެ ކަމަށާއި ޕާޓީއާއި ކޯލިޝަން އަންނާނީ އޭގެ ފަހަތަށް ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެގެން ދިޔައީ ދީނަށް ފުރައްސާރަ ކުރުން އާންމުވުމުން އެ ކަމަށް އެންމެ އެކަށޭނެ ފިޔަވަޅުތަކެއް ނޭޅުމުންނެވެ. މި ސަރުކާރަށް ވެސް ފާޑުކިއުންތައް ވަރަށް ގިނައިން އަމާޒުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަރަނގު

    ޤައުމަށް ކޮންމެ ފަދަގޮތެއް ވިޔަސްހެއޮ އަމިއްލަ އެދުމާއިގެން ހަނުތިބެވޭތޯބަލާ ޓްވީޓެއް ކޮށްލައިގެން ފޭސްބުކުގަ ޕޯސްޓެއް ޖަހާލައިގެން ތިބެވޭވަރަށްވުރެރާއްޖޭގެ ކަންކަން ދިވެހިންހެގެ އަތްނުފޯރާ ހިސާބަށް މިވަނީ ބަޔަކު ގެންގޮސްފަ!

    65
  2. ޚާލިދު

    ބަލަ ކަލޭ ތިހެން ބުނާއިރު އެފަދަމީހުންނައް ފިޔަވަޅުނާޅާ ދޫކޮއްލަނީވެސް ކަލޭވެސް ހިއްސާވާ މިއަދުގެ ސަރުކާރުން އެކަން ކަލެއައް ނޭންގިގެންތަ ފިޔަވަޅުއަޅަން ތިގޮވަނީ ބަލަ ކަލެއަކީވެސް 23އިއްތިހާދުގަބައިވެރިވެ މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގަ ކުރަންޖެހުނު ކޮންމެ މަސައްކަތެއްކުރުމައް މާތްﷲގަންދީ ހުވާކުރިމީހުންގެތެރެއިން މީހެއް އެކަން ހަނދާންބަހައްޓާ

    49
  3. މިއަދު

    ޤާސިމުގެ ތިގޮވާލުން އަޑުއިވި ޢަމަލުކުރަންކެރޭނެ ވެރިއެއް މިސަރުކާރަކު ނުހުންނާނެ

    48
  4. އަހްމަދު

    ކޯޓުންއެމީހާދޫކޮށްލުންއެއީ ސަޕްރައިސްއެއްނޫން އެމީހާގޮވަމުންދިޔައީ ކޯޓުތައްއޮތީ އެމީހުންގެބާރުގެދަށުގަކަމަށް އެހެންވީމައެއްވެސްމީހަކު ހައިރާން ވާކަށްނުޖެހޭ

    46
  5. ފައްޔާޒު

    މިވެރިކަމުގަ މިގައުމު ލާދީނީ ވާނެ ، ލާދީނީ ކުރާނެ.

    42
  6. އަބްދޫ

    ވެރިކަމުގާt ތިބިފަރާތްތަކުގެ ދީނަކީ އިސްލާމްދީން ކަމުގަ ނުވާނަމަ އެމީހުންގެ ދީނާ އެއްކޮލަށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާބަޔަކަށް އެމީހުން ފިޔަވަޅު އެޅޭނެތަ ؟

    38
    2
  7. ބެއްޔާ

    މީފެށުމެއް. ބޭރުމީހުން މިރާއްޖޭަގއި ދީނަށް ފުރައްސާރަ ކުރާނީ މަސްތުވެގެން ކަމަށް ހެދިގެން. އޭރުންތާ ބަންދުކޮށް އަދަބެއްވެސް ނުލިބޭނީ. މަސްތު ވެފައި ހުރި މީހަކު ކިޔާފާނެ ކޮންމެ އެއްޗެއްވެސް. މިކަން އާންމުވީމާ ދެން ފަށާނީ ސީދާ ހަރަކާތް. މިހިރަ މިހިރަ ކަންތައްތައް ހިނގާ އިރު މިރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގކޮބައިބާ؟ އަޑެއް ބަޑެއް ނީވޭ. ކަންބޮޑެއްނުވޭ. ދީނީ އިލްމުވެރިންނަށްވުރެ ކާސިމްބެވެސް މާރަނގަޅު.

    37
    4
  8. Anonymous

    ކޮބާތޯ ޝޭޚް އިލްޔާސް . ވިދާޅުވި ސޯލިޙަކީ ދުޢާދެއްވި ވެރިއެއް ކަމަށް. މިހާރު ހަނުތޯޝޭޚޫ .
    މިސަރުކާރު ފެންނަށް ފޫގެޅި އެންމެން މީގެ ޒިންމާ ނަންގަވާ.

  9. މާމިގިލީ މީހާ

    މުސްކުޅި ކަލޭގެ 70 އަހަރޯ ކިޔާގެން ޒުވާންވާން. މިހާރު 80 އަހަރަށް ވުރެ މަތިވެފަ ހުރީ. މޫނައް ބަލާލީ މާ ވެސް އެގޭ މުސްކުޅިއެއްކަށް. ރޫމަތީ ރޫޖެހިފަ.

  10. ކެނެރީ

    ކަލޭތިހުންނަނީ އަމިއްލަ އެދުމާގެން ހަލާކުވެފަ ޖާހިލް

    2
    1
  11. ހުސޭނުބޭ

    ސޭޓް ހާދަ ޔަހޫދީގޮތް ބޮޑޭ! ދީނަށް ފުރައްސާރަކުރުމް ބޮޑުވެއްޖޭ ކިޔާފައި މިރޭ އިންނާނެ އެ ފުރައްސާރަކުރާ ދެ އިބިލީސް ދެފަރާތަށްލައިގެން ފޮނިކަނޑަން!

  12. ސޭހް

    ދީނަށް މަލާމްކުރުމާ ދީނަށް ނޫޅުމާއި އަދި ދީނަށް ގޮންޖެހުން މިތިންކަމަކީވެސް ބޮޑެތި ފާފަތަށް މީގެން ކިތަށް ފާފަ ގާސިމް އަށް ކުރެވޭތޯ އަމިއްލަ އަށް ވިސްނާލުމަށް ނަސޭހަތްތެރިވަން (ދީނަށް ގޮންޖެހުން ކަނޑައެޅިގެން ދީނުގަ ހަރާމްކޮށްފައިވާ ކަ ންކަމަށް އަރައިގަތުން)

  13. އުމަރު

    ވަރަށްވެސް ރަނގަޅުވާހަކަފުޅެއް، ހަމަތިނޭވާގަ މަނިކުފާނުގެ ޕާޓީއާގުޅިވަޑައިގެންނެވި ކުރީސަރުކާރުގެ ވައްކަމާ ކޮރަޕްޝަން ހިންގެވިފަރާތްތަކުގެ މައްސަލަބަލާ ފިޔަވަޅުއަޅައް ގޮވާލިނަމަ ވަރައްސަޅިވީސް

    1
    2
  14. ީކ

    ތެދެ ތީ ހަމަ ގާސިމް ތިބުނަނީ ޖަސިމަކަސް ތީ ހަމަ ތެދެ.

  15. ޖާސިމް

    ވީއިރު އަވަހަށް އެންމެންނަށް ވިސްނައިދީ ހެޔޮގޮތް ބުނެދޭންވީނު؟ މަޖްބޫރަކުން ކަމަކަށް ލޯތްބެއް ނުޖެއްސޭނެއެއްނު؟

  16. ރޭކުރުބޭ ބޭރުކުރޭ

    ބެލެވޭގޮތުގަ ތިޔަމީހަކު ތިޔަޖަރީމާއެއް ހިންގީ އަޖުމަބެލުމައް.
    ނޫންނަމަ އެހާފާޅުކަންބޮޑު ގޮތެއްގަ ތިޔަކަންް ކުރާކަށް ނުކެރޭނެ. އެއްގޮތަކުން ބުނާނަމަ މިހާރުކަންހިނގާދިޔަގޮތައް ބަލާއިރު އެވަނީ މަގްސަދްހާސިލްވެފަ. ތިޔަމީހާ އެޖަރީމާ އެހާފާޅުކަންބޮޑުގޮތަކަށް ހިންގިއިރުއަސްލު މަސްތުވެގެން ހުރުމައްތުރެ ބޮޑައް އެމަންޒަރު ދައްކާގެން އުޅުނުކަމައްބެލެވޭ. ސަބަބަކީ އޭނާގެ ބަސްމަގުހުރިގޮތް. މިހާރުއެއަމަލް ހިންގިމީހާ އެވަނީ ކޯޓުން ދޫކޮށްލާފަ . މިހާރުވެސް އެހެންގައުމެއްގެ މީހަކު އިންޑިއާގަ އެމީހުންގެ ކަލާންގެ ކަމައްގަބޫލް ކުރާ ފަރާތަކަށް ބަދުބަހެއް ބުނެެފިނަމަ ހުރިތަނައް ކޮށާތިރިކޮށްލާނެ. މާދަމާ މިމީހުން މިގައުމުގެ ގާނުންތަކާ ގަވާއިދްތަކަށް ގޮންޖަހާ މުގުރުމައް އެވަނީ ދޮރުހުޅުވާދެވިފަ. އެކަމަކު އެއީ ކޮންމެކަރައެއްގެ މީހަކައްވިޔަސް އެފަދަ ނޭއްގާނީކަން ދެއްކުމައް ފުރުސަތުދީގެން ނުތިބޭނެ. މިގައުމުގެ ދީނާ މިނިވަންކަމާ ސިޔާދަތް ހިމާޔަތްކުރާނެ ކެރޭދިވެހި ރައްޔިތުން މިގައުތިބިކަން ދަންނަންޖެހޭނެ. މަންޖޭސުދީރު މިގައުމުގެ ފަސްގަނޑުގަ މާބާރުގަދަވެގެން އުޅެންޏާ ކަންފަތުގަ ހިފާފަ ޑީޕޯޓް ކޮށްލަންޖެހިދާނެ.

  17. ރާއްޖެތެރެ

    ކަލޭމެން ޤައުމު ވިއްކާލީ

  18. ދަރަނި ދަންތުރަ

    ގާސިމް ، ސޭހުއިމްރާން ، މައުމޫން ލަދުގަނޭތޯ މިއަދު މިގައުމުގައި އިސްލާމްދީނަން ފުރައްސާރަކޮން މުސްލިމުންގެ ލޭބޯ މީހުންނާއެކު ގުޅުންބަދަހި ކުރަމުންދާއިރު ޗުޕުވެސް އަޅާނުލާ ތިޔަތިބެނީ ވެރިކަމަށް ބޫތުކައިފަ ސާބަސް