މަސްތުގެ ހާލަތުގައި ހުރެ މާތްﷲ ސުބުހާނަހޫ ވަތައާލާއަށް ނިސްބަތްކޮށް ބަދުބަސްބުނެ، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔަ އިންޑިއާ މީހާ ދޫކޮށްލުމުން މި ސަރުކާރުން ދީނަށް ކުރާ އިހުތިރާމާއި ދީނަށް ދެމުން ގެންދާ އަހައްމިއްޔަތުގެ މިންވަރު ސާފުކޮށް ހާމަވެގެން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މާތްﷲ އަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ބުނީ، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި، މުޖުތަމައަށް ދޫކޮށްލުމަކީ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެކަން އެކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެމީހާއި ދޭތެރޭ ފިޔަވަޅު އެޅުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

"އެފަދަ މީހަކު، އެއީ ކޮންމެ ގައުމެއްގެ މީހަކު ކަމުގައިވީނަމަވެސް މިނިވަންކަމާއި އެކު، މުޖުތަމައުގައި އާންމުންގެ ތެރެއިން އުޅެވިގެންވާނެ ކަމަށް މިކޯލިޝަނުން ގަބޫލެއް ނުކުރަމެވެ. އެހެން ކަމުން އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމައްސަލަ ބަލާ އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާ ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިހާރަކަށް އައިސް ދީނަށް ފުރައްސާރަ ކުރުން އިތުރު ވަމުން ދާއިރު، އަދި އެމްޑީއެން އާއި އެމްޑީއެން ފަދަ ޖަމްއިއްޔާތަކުން ދީނަށް ފުރައްސާރަ ކުރުން ހައްދު ފަހަނަ އަޅައިދާއިރުވެސް، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސްޖެހުމަކީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދީނީ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސް ކުރުމެއް ނެތި އަޅަމުން ގެންދިއުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިމުހަންމަދު

    ތިއީ ވަރަށް ރަނގަޅު ވާހަކައެއް!

  2. ބެއްޔާ

    އިދިކޮޅު ކޯލިޝަނުން އިންޑިޔާ އައުޓް ޕްރޮގްރާމް ހުއްޓާލީތަ

  3. ބުޝްރީ

    އިސްލާމީގައުމެއްގެސަރުކާރުން ވިސްނުންބެހެއްޓެވުންރަގަޅެއްނޫން އެދީނަށްފުރައްސާރަކުރާ ހަޖޫޖަހާ
    ލާދީނީ ފަރާތްތައްރުހޭގޮތަށް ކަންތައްކުރުން ނަމަވެސް ދީނަށްފުރައްސާރަކުރިމީހާ ދޫކޮށްލުމުން ބެލެވެނީ އިސްލާމްދީނަށް އިޙުތިރާމް ނުކުރައްވާކަން

  4. މަހުދީ

    އެމީހުން ދުކޮށްލީ މިސަރުކާރުން ދީނަށް ފުރައްސާރަކުރަން ބޭނުންވާތީއެއްނޫން. މިސަރުކާރުންވެސް ބޭނުންވޭ ނަމާދުކޮށް ގުރުއާންކިޔަވައި ދީނަށް އުޅެން. އިސްލާމްދީން ހިމާޔަތްކުރަން.
    އެހެން ނަމަވެސް ދިވެހިން ބޭނުންވަނީ މަގުތާރު އެޅުމާއި ބްރިޖްއެޅުމާއި ބަނދަރުހެދުމާއި އެއަރޕޯޓްހެދުމާއި ރިސޯޓްތަށް ހެދުމާއި ދެން މިހެންގޮސް ހުރިހާކަމެއް ފަޓާސް ބަރިއެއްހެން ނިންމާލަން. އަދި މިހުރިހާކަމެއް ނިމިގެންދާއިރު ސަރުކާރުގެ ވަޒީރުންނާއި ނައިބުންނާއި މަޖިލިސްމެމްބަރުންނާއި ދެންވެސް ސަރުކާރުގެ މަތީފަޑީގައި ތިބި އެންމެންނަށް ބޮޑެތި ގަނޑުވަރުތަށް ހެދި އަދި އެމީހުންގެ އެކައުންޓްތަކުގައި މިލިޔަނުން ފައިސާވެސް ހުންނާން އެބަޖެހޭ. މިހުރިހާ ކަމެއް ކުރަން ކޮންމެ ބަޔަކަށް މިލިބެނީ ފަސް އަހަރު އެހެންވީމައި އެފަސް އަހަރުތެރޭގައި މިހުރިހާ ކަމެއް ކުރާނެކަމަށް ރައްޔިތުންނަށް ހުވަފެންދައްކައި ޖީބުތަށް ފުރާލެވޭނީ އައިރު މުސްލިމުންނަށް ބައިއަތު ހިފައިގެންވީމައި ދެން އެމީހުންގެ މީހުން މިތަނަށް އައިސް މިތާގައި ވައްވައްޖެހީމައި އެކަން ފެންނާނެމީހަކު ނުހުންނާނެދޯ. މިކަހަލަ ކަންކަން ވީމައި ވާހަކަ ދައްކާނީ އެއިރެއްގައި އިދިކޮޅުގައި ތިބޭމީހުން، ރާއްޖޭގެ އާބާދީގެ %99 އެތިބީއެއްނު އަނގައިވެސް ނުބުނެ. މާނައަކީ ރައްޔިތުންނަށް މައްސަލައެއްނެތޭ. އިދިކޮޅު މިހުން ދައްކާވާހަކަ އަކީ ސިޔާސީ ގޮތުން ދައްކާވާހަކައެކޭ. ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް މިއީ ހަގީގަތް.
    މިއަދުގެ ހާލަތަށް ބަލާއިރު، އިސްލާމްދީނާއި ހިލާފް ކިތަށް ކަންތޯ މިގައުމުގައި މިހިނގަނީ؟ އެންމެ ފުރަތަމަ އިސްލާމީ ޝަރީއަތް ގާއިމް ނުކުރެވޭ، އޭގެ ނަތީޖާ މިހިރަގެން ފެންނަނީ ގައުމުގެ ޒުވާނުންނާއި ހަރުމީހުންނާއި ވެރިން މިތިބީ ޖާހިލިއްޔަ ޒަމާނުގެ ދަރަޖައަށް ވެއްޓިފައި، މަސްތުވެ ޒިނޭކުރަނީ، ޖިންސީ އެދުން ފުއްދުމަށް އަމާ ބަފާ ބޭބެ ދައްތަ ކޮއްކޮ ކިރުބޯ ކުޑަކުއްޖަކަށް އަންހެނަކަށް ފިރިހެނަކަށް ވަލުޖަނަވާރަކަށް ނުބަލައި އެތިބަގެން ދުވަނީ، ރައްޔިތުންގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ އަތުން ވައްކަންކޮށް މަގުފޭރެނީ، ވެރިން ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރަނީ ދެން ބަޔަކު މީހުންނަށް ދީނަށް އުޅެވޭނީ މިހާވަރަކަށް. ކޮންމެ މީހަކުވެސް ކޯޓްފަޓްލޫން ލައިގެން ނިކުމެ ހުރެ އަނގަފުޅާކޮށް ރިވެތި ބަހުން ވާހަކަ ދައްކާލީމައި އެއޮތީ ގައުމު ހިންގިފައި ދީނަށް އުޅެވިފައި ދީން ހިމާޔަތްވެފައި، ގަލޮޅުދަނޑަށް ފުޓްބޯޅަ މެޗެއް ބަލަންދާހެން ހުކުރުނަމާދަށް ގޮސް މިސްކިތްފުރާލީމައި އެއޮތީ ދީނަށް އުޅެވިފައި.