ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މެދުވެރިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަޤާވާތަކުން ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ތުހުމަތު ކުރައްވައިފިއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ސަރުކާރުގެ މިސްރާބު ބަދަލު ނުކުރާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ތެރެއިން ނުރައްކާތެރި ކަންތައްތަކެއް ދިމާވެދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވުމާއި ގުޅިގެންނެވެ.
ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅައި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ގައުމުގެ މިސްރާބު ބަދަލުނުކޮށްފި ނަމަ، ރައްޔިތުންނާއި ސިފައިން ރައީސް ސޯލިހުއާ ދައުރުގެ މެދު ތެރެއިން ބައްދަލު ކުރައްވާނެ ކަމަށެވެ.
"އެކަންތައްތައް ދިމާވީމާ އެއީ ޕޮލިސް އިމުއިނިޓީއޭ ނުވަތަ ބަޣާވާތެކޭ ޑރ. ވަހީދަކީ މިވެނި މީހެކޭ އެވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯނާނެ އޭރަކަށް." އޭނާ ވިދާޅުވިއެވެ.
ތޯރިގް މިފަދައިން ވިދާޅުވުމުން މެމްބަރު ހަލީމް ވަނީ އެއީ ރައީސް ސާލިހު އަށް ދިން އިންޒާރެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެއީ ރައީސް ވަހީދު މެދުވެރިކޮށް ބަޤާވާތް ކުރަން އުޅުން ކަމަށާއި ޕީޕީއެމް ފަދަ ޑިމޮކްރަޓިކް ޕާޓީއެއްގެ ތެރޭގައި ބަގާވާތެއް ކުރުން ފަދަ ވިސްނުމެއް ޑރ. ވަހީދު ގެންގުޅުއްވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާލުވީ ޕީޕީއެމް ދުޅަހެޔޮކޮށް، ރަނގަޅު ގޮތުގައި ހިންގާތަން ފެންނަން ބޭނުންވާ ކަމަށާއި އެހެންކަމުން ޑރ. ވަހީދު ޕީޕީއެމުން ދުރުކުރުމަށް ގޮވާލައްވާ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ޕީޕީއެމްއިން އޭނާ [ރައީސް ވަހީދު] ބޭރުކުރަން. އަޅުގަނޑުމެންވެސް ބޭނުންވޭ ޕީޕީއެމް ހެލްތީކޮށް އޮންނަން." އޭނާ ވިދާޅުވިއެވެ.

ތޯރިގް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ ހަލީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް މެމްބަރަކު ދެއްކުމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ހަލީމް ވިދާޅުވިއެވެ. ކުރިންވެސް އަސްކަރީ ތަމްރީނުތަކަށް ޤައުމުތަކުން މީހުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އިންޑިއާ ސިފައިން ޤާއިމްވެ އެއް ނެތް. އެހެނެއްނޫން އެކި އެކި މަސައްކަތްތަކަށް އައިސް އެބަ ތިބި. އެމެރިކާ ސިފައިންވެސް ޖަޕާނު ސިފައިންވެސް ތިބޭ. އަދި ޗައިނާ މީހުން އެކި ޕްރޮޖެކްޓްތަކަށް އައި އިރުވެސް ދެވައްތަރެއްގެ މީހުން އުޅޭ. ޗައިނާ ސިފައިން ޔުނިފޯމުގައި ނޫނަސް އެބަ ތިބި. ރާއްޖޭގައި ޗައިނާގެ ޖަލުގައި ތިބި މީހުން ތިބި. އެހެންނަމަވެސް އަޅުގަނޑުމެން ނުދެކެން އެއީ ރާއްޖެ ހިފަން އައި ބައެއް ކަމަކަށް." އޭނާ ވިދާޅުވިއެވެ.

ހަލީމް ވަނީ ދާދިފަހުން ރާއްޖެއިން ފެނުނު މަސްތުވާތަކެއްޗާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާއި ގުޅުމެއް ވާކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ތޫތީގެ

    ދޮންބިލަތް ރަނގަޅުވާނީ ކިއްލިތަޅަން އެއީ ބޭނުމެއްހިފޭނެ ބިލަތެއްނޫން އިސްތިއުފާ

    54
    1
    • ޙައްގުބަސް

      ކޮންމެހެން ރައްޔިތުން ނޫޅޭ ބަޣާވާތަކުން ސަރުކާރު ބަދަލުކުރާކަށް! ރައިސް ވަޙީދުވެސް އަދި އިދިކޮޅުންވެސް ނޫޅޭ ބަޣާވާތަކުން މިއޮތް ނުބައި ނުލަފާ ގައުމު ވިއްކާލައިގެން އުޅޭ ސަރުކާރު ބަދަލުކުރާކަށް! މިހާރުވެސް ވޯޓަކަށް ދާންވީ ހަމަ ބަދަލުވީ!! އަދި 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުން ބޮޑުތަނުން ވަރަށް ތަފާތު ބޮޑުކޮށް މިގުންޑާ ނާގާބިލް ސަރުކާރު ބަލިކުރާނެ!! ދެން ބަޔަކު ވައްކަންކުރަން އުޅުނަސް އެފުރުސަތު ނުދޭނެ!! 2018 އިގެ އިންތިޚާބުންވެސް ވައްކަން ކޮށްގެން ވޯޓު އޮޅުވާލައިގެން އިލެކްޝަނުން ކުރިކަމެއްކޮށް މިވެރރިކަން ގެނައިކަމަށް ދިވެހި ރައްޔިތުން އޭރުވެސް އަދި މިހާރުވެސް ތުހުމަތުކުރޭ!! އޭރު އެކަންތައްތައްކުރީ މިހާރު މިއޮތް ސަރުކާރުން ވަރަށް ނުބައިކޮށް ރާވައިގެން ގިނަ ޢަދަދަކަށް ފައިސާ އޭރު ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސް ފަރާތްތަކަށް ދީގެން އަދި ވެރިކަން ބަދަލުވިޔަސް މަގާމުތަކުގައި ބައިތިއްބާނެކަމަށް ބުނެ ވަޢުދުވެގެން!! އެގޮތުން އޭރުގެ ޕީޖީ އާއި ސްޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން ލައްވާ އެމީހުން ކުރިން ކުރި ޙުކުމްތައް (ގާސިމް، އަދީބު، މައުމޫނު، އިމްރާން، ޒިޔަތު) ބާޠިލްކުރުވީ!! އެކަންވެ ނިމުނީމަ އެމީހުން އެންމެން ބޭރުކުރީ! ދެން އޭރު އިލެކްޝަންގައި މަކަރު ހަދައިފިކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުން މައްސަލަ ފުލުހަށް ވެއްދީމާ ހެދިގޮތަކީ ކޮމިޝަނަރަކަށް ހުރި ހަމްދޫނު ގެންދިޔަ ތަނަކަށް ގެންގޮސް އިބޫ އާއި ބައްދަލުކުރުވާ އެމަގާމުގައި އޭނާ ބައިންދާނެކަމަށް ބުނެ މިދެންނެވި އެއްވެސް މައްސަލައެއް ތަޙްގީގުނުކޮށް އެމައްސަލަތައްވެސް ކޯޓަށްވެސް ވެއްދިޔަ ނުދޭނެކަމުގެ ހެޔޮ ޚަބަރު ހަމްދޫނުކައިރިން ހޯދީ!! ދެން އޭގެ ފަހުން މަޢުލޫމާތު ލިބެނީ ޕޮލިސްއިން މޫސާ ކިޔާ މީހަކު އަޑީގައި ހުރެގެން ވޯޓުކަރުދާސްތައް އަންދާލާ ހެކި ގަސްތުގައި ނައްތާލީކަމަށް!! މިއީ އޭރު އަޑު އިވުނު ވާހަކަތައް! މިކަންކަން ހަމްދޫނުކޮށް ނިންމާލީމަ އޭނާވެސް ކޮމިޝަނަރުކަމުން ވަކިކުރީ!! މީގައި ވިސްނާލަންވީ ނުގުތާއަކީ މިސަރުކާރުން ވެރިން ނުވަތަ ބަދަލުނުކުރާ އެންމެ މުއައްސަސާއެއް އޮތްކަން! އެއީ ވޯޓް އޮޅުވާލާ މިސަރުކާރު ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރިކަމަށް ތުހުމަތުކުރެވޭ މުއައްސަސާގެވެރިން!! އެއީ މިދަންނަވާ އިލެކްޝަން ކޮމިޝަން!! އެތަން ބަދަލުނުކުރުމުން ކުރަމުންދިޔަ ތުހުމަތުތައް ޔަގީނާ ގާތްވީ!! ސްޕްރީޯމް ކޯޓް ބެންޗު ބަދަލުކުރީ! ޕީޖީ ބަދަލުކުރީ! ކޮމިޝަނަރު ބަދަލުކުރީ ޅިޔަނަށް އެމަގާމުދޭން! ހުރިހާ މިނިވަން މުއައްސަސާތަކުގެ ވެރިން ބަދަލުކުރީ!! ހަމައެކަނި ބަދަލުނުވެ އޮތީ އިލެކްޝަން ކަމިޝަން! ކީއްވެ؟ ޖަވާބު ތިބޭފުޅުންނަށް މި ދޫކޮށްލީ!!

  2. އަލިފް

    ހީވާ ގޮތް..ސިހި ސިހި ސިހި އެކަނިވެފައި.....

    44
  3. ރަބަރޭ

    މިއީ އަދި މާމޮޅު މީހެކޯ އީޕީއެސް ގުރޭޑް 4 ކުން ޕީއެޗްޑީ ހާސިލްކުރެއްވީ
    ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް

    21
  4. ބޭކާރު

    ތާކުންތާކު ނުޖެހޭ ވާހަކަ ނުދަށްކާ ގައުމުމިވަނީ ނުރަށްކާތެރި ފަށްތަރެއްގައި ސޯލިހުގެ ސަރުކާރު މިހާރުވަނީ ނޭވާހޮޅިޔަށް އެޅިފަ ވެއްޓެން ވަނީކައުރިވެފަ މިކަންވެއްޖެނަމަ ކަލޭމެންގެ ބަހުން ބަގާވާތަކަށް ވާނެ.

    21
  5. Anonymous

    މިކަހަލަ ބޯހަމަ ނުޖެހޭ މީހުން ދިވެހިރާއްޖޭގެ، ރައްޔަތުންގެ މަޖުލިސްގެ މެމްބަރުންނަށް ތިބުމަކީ ދިވެހިން ލަދުގަންނަންޖެހޭކަމެށް. ދިވެހިންނޭ ތިޔަތަނަކީ އަތިރިމަތީ ޖޯލިޔެއްނޫނޭ، މ ޑ ޕ ވެރިކަމަށް އައިސް ކަލޭމެން މުއްސަދި ކުރުވާފަ ތިތިބީ ކަލޭމެންނޫން މީހަކު މުއްސަދިވެސް ވެގެންނުވާނެ، ކާއްސަކޮށް މޑޕ އަށް ނިސްބަށްވާމީހަކު ހުރި ސަރުކާރުގެ އޮފީހެއްވެސް އަދި ކުންފުންޏެއްވެސް ދުވަސްކޮޅެއްވާއިރު އޮންނާނީ ދޮވެލާފަ ފައިސާފޮއްޗެށް ޖެހުނުތަނެއްވެސް ނުހުންނާނެ، ޕުރީޕެއިޑް މުއްސަދިވީ ކޮންތާކުންލިބުނު ފަިސާއަކުން؟.........ދެން ތި ބިލަށް ދޮންކުރާ މީހާ ހާދަވަރެކޭތިވަނީ ބަޣާވަތަކޭ ކިޔަމުން، ހޭބަލިނުވެ ހުރިނަމަ ވެރިކަން ވައްޓަން ގޮވަމުން ދުވީ ކަލޭމެންގެ ގޮނޑި ކޮއްކޮނޫންތޯ؟ ޢެހަނދާން ކަލޭނެތަސް އަހަރުމެން އެބަހުރި، ތުއަރިޒަމް ބޮއިކޯޓުކުރަން ގޮވަމުން ދުވީ އެގޮނޑިކޮއްކޮ.

    18
  6. ހުސޭނުބޭ

    މީނައަށް މިހުރީ ފާޑެއްގެ އެއްޗެއް ފާވެފައި! ކޮންމެވެސް ކަހީނަކަށް ދައްކައިގެންވެސް ތި ހުސްއަނގަތެޅުން ހުއްޓުވަންއެބަޖެހޭ!

    24
    1
  7. ބިލެއްދޫ ރައްޔިތެއް

    މިހިރަ ބޮޑުވަގާ ފެރީގެޚިދުމަތް ދޭނަމޭބުނެ ރިރޯޓް ހަދަން ފަޅުރަށްނަގައިފައި ފެރީގެ ޚިދުމަތެއްވެސް ނުދޭ ބަޔަކު ނިސްބަތްވާ ސަރުކާރެއް އޮންނާކަށް ބޭނުމެއްނޫން އަވަހަށް ބަދަލުވާންޖެހޭ

    18
  8. އައިސް

    ގަހަކުން ފަތެއް ހިރިލޔަސް ހީވަނީ ބަޣާ ވަތޭ ވެރިކަން ވެއްޓޭނޭ...ހަމަ ނިދި ނުލިބިފަ ސަރުކާރު ހޭބަލި ވިޔަސް ފުކެއް ބޮޑުވަރު...

    18
  9. މަބޭ

    ދަތުރުފަތުރުގެ ހިދުމަތްނުދީ 2 ރިސޯޓް އަމިއްލަޖޮއގެން އުޅުމައްވެސް ބަގާވާތެކޭ ކިއިދާނެ

    15
  10. މކލރށ

    ހަލީމޫ! ދެރަނުވޭ! ޕޕމ ކީއްކުރަން! މިހާރު މި ރާއްޖޭގެ ކޮއްމެ މީހަކަށްވެސް އެނގެޔޭ - އިދިކޮޅުގެ އެއްވެސް މީހަކު ނު ނިޔަތުގައި އިސް އުފުލާލިޔަސް؟ އިންޑިޔާގައި މިއަދުވެސް މުސްލިމުންނަށް ހަދަމުންދާގޮތަށް ވަގުތުން އުފުރާލައިގެންގޮސް ދުނިޔެއިން ނައްތާލުމަށް، އެކި ދިމަދިމާލުގައި ރާޑަރ ތަކާއި ޢަސްކަރީ ސިފައިން ރުކުރުވާލާފައި ތިބިކަމާއި، ހަމަ އެއާއިއެކު ބާޒު ފިޔޮކަށް ބަލާގެން، ޕޕމ އާ ދި.ާލްށް ކަޅިއަޅއިގެން " މޯދީ ބޭ " އެބަ ހުރިކަން. ޢެނގެޔޭ!! އެނގެޔޭ! ޕޕމ ދޯ؟! އެ ޕާރޓީ އުވާލާނެ! يقي٦! مجرب!

    10
    2
  11. ހިކިބިލަތް

    ޅިޔަނާ ގާނޫނުއަސާސީގެ އިމުގެތެރެއިން ރައްޔަތުން ވެރިކަން ބަދަލު ކުރުމަށް ކަލޭ ބަޣާވާތޭ ތިކިޔަނީ ރައްޔަތުންގެ ބާރު ކަލެއަށް އިހުސާސް ނުކުރެވޭތީ. މޭކަރަކަރާ ހުއްޓާ ފުށުންޖަހާލާބުރު ކަލޭ ޅޮސްބުޑަށް ވައްޓާލާނެ.

    17
  12. އްކްޝޭ

    ދޮންހަސަނައް ހީވާނެ އަބަދުވެސް ފުޅައް ބުޑުންދަންޏާ ކެޔޮގަނޑު ކަޑާލަފާނޭ ދަތރުފަތުރުނަމުގަ ދިން ރައްތައް ބީވެދާނެތީތޯ ތިޔަ އުޅުއްވަނީ ދެފސޔައް ހިނިއަރައިގެން

    17
  13. ޖާހިލު

    އަނގަފުޅާކޮއްފަ ބަޢާވާތޭ ކިޔަން މިމީހުން ލަދުގަންނަން ޖެހޭނެ މީ ބަޢާވާތުގެ ޢާއިލާއައް ނިސްބަތްވާމީހުން އަނގަ ފުޅާނުކޮއްހުރިއްޔާ ރަނގަޅުވާނީ ދޮންބިލެއް

  14. ނާނީ

    ތީ ހަމަ ވަރަށް ބޮޑު ތެދެއް..

  15. އިބްރާހިމް

    ޖާހިލުން ޤައުމުގެ އިސްމަޤާމުތަކަށް އައުމުން ފެންނަ މަންޒަރު މިދަނީ ކިތައްމެހާވެސް ރަގަޅަށް ފެންނަމުންނެވެ.ރައްޔިތުން ކުރިޔަށް އޮތްދުވަސްތަކުގައި ވޯޓްދީގެން މީހުންހޮވުމުގައި މިކަންކަމަށް ރިޢާޔަތްކުރަންޖެހެއެވެ.