ރާއްޖޭގައި ދެ ވަނަ ފަހަރު ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ދިއުމަކީ ރާއްޖެ އަށް ކަތާނެ ވަރުގެ ކަމެއް ނޫން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ކޮވިޑް-19 ގެ ވޭދަނަތަކުގެ އަދަދު ވަރަށް ބޮޑަށް އުފުލިފައި އޮންނަތާ ދުވަސްކޮޅެއްވުމަށް ފަހު، މިހާރު ވޭދަނަތަކުގެ އަދަދުތައް ތިރިވަމުން އަންނަ ކަމަށެވެ.

ނަޒްލާ އެގޮތަށް ވިދާޅުވީ މީގެކުރިން ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 100 އަށް ވުރެ މަތީގައި ހުރުމަށް ފަހު، އެ އަދަދު މަޑުމަޑުން ދަށްވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ވޭދަނަ މަދުވީ، ކަމާއި ބެހޭ ފަރާތްތަކުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

" ކޭސްތައް ދަށްވުމާއި އެކު ކުރިން އެޅި ފިޔަވަޅުތަކަށް ލުއިވެސް ދީފައި ވަނީ. އެކަަމަކު ހަނދާން ނައްތާލައިގެން ނުވާނެ ކޭސްތަައް ދަށްވީ އެންމެން ކުރި މަސައްކަތުންކަން. މާސްކް އެޅުމާއި ގައިދުރުން ހަނދާން ނެތި ގިނަ ބަޔަކާއި ދިމާވެ އުޅޭނަމަ ކޭސްތައް އިތުރުވާނެ. އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ ދެވަނަ ފަހަރު ކޭސްތައް އިތުރުވާކަަށް." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ބަލާއިރު ވެސް ދެ ވަނަ ފަހަރު ކޮވިޑްގެ ވޭދަނަތަައް އިތުރުވުމަކީ ރާއްޖެއަށް ކަތާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން މީޑިއާތަކުން ކޮވިޑާއި ގުޅޭ މައުލޫމާތުތައް ގެނެސްދިނުމުގައި ސަމާލުވުމަށް ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ޚާއްސަކޮށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކުރާ ވާހަކަތައް ލިޔާ އިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

" އެބަހުރޭ ބޭރުގެ މީޑިއާތަކުގައި ކޮލަމްވެސް އޮޕީނިއަންވެސް. ރިޕޯޓްކުރާ އިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. މީޑިއާތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރޭ ކޮވިޑް ކޮންޓްރޯލް ކުރުމުގައި،" ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ގަޑިއަށް އޮކްޓޯބަރު ތިނެއްގައި ވަނީ ބަދަލު ގެނެސްފައެވެ.

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ރޭގަނޑު 10:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އަލުން ދީފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި ރޭގަނޑު 8:00 އިން ފަށައިގެން ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތުމަށް ފަހުގައެވެ.

އެގޮތަށް ނިންމާފައިވަނީ މިދޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރޯދަ މުބާރިކް

    ދެވަނަ ތޯ ނޫނީ 3 ވަނަ ތ؟..! ސާފުވެއްޖިއްޔާ ވަރަށް ޝުކުރު!

    11
    2
  2. ސަނާހް

    ނުތެކުން ތޯ ؟ ނުކެތުން ތޯ ؟ ނުސެކުން ތޯ ؟؟

    ނޭނގޭތީ އަހާލީ

  3. އިކްލީލް

    އެޗްޕީއޭ މީހުންގެ ހާލަތު ހުންނަ ވަރަކީ ރޭގަ ވެސް ފުލުހުން އެމްބިއުލޭންސް އައީ ސާމްޕްލް ނަގަން އާއިރު ހަވަރަކަށް ޒުވާން ފިރިހެން ގްރޫޕެއް އެންމެން މާސްކް ތިރި ކޮށްގެން ގޭ ކުރިމަތީ ތިބި އިރު އަޅާ ވެސް ނުލާ، ފުލުހުން އެތާތިބި އިރު ޒުވާން ގުރޫޕް މީހުންނަށް ނަސޭހަތް ދިނިއްޔާ ކީއްތަށް ވާނީ.... ފުލުހުން ނަށް ވެސް ފެންނާނީ އެންމެ ދެތިން މީހުން.... ދެން ތިބި މީހުންތަށް މިހެން ގުރޫޕް ހަދައިގެން އާއިލާ އަށް ބަލި ފަތުރަމުން ދާއިރު ނުފެންނާނެ.... ދިވެހިންގެ ޒުވާނުން އިސްލާހު ވާނީ އަދަބް ދިނީމަ.... ފުލުހުންނަކަށް ހާދަ ކަމެއް ނުވެޔޭ... ދެރަވެސް ވޭ.... މި ޒުވާން ގުރޫޕްތަށް ސަޅި ބައިސާ ކަޑަން ތިބެފަ ދެން ގޭ އެންމެނަށް ބަލި ފަތުރަނީ... ކިހާ ދެރަކަމެއް...

  4. ޙަނީފް

    ނުތަކާނެ އެއް ނޫން.
    ރަނގަޅު ގޮތަކީ ނުކަތާނެ

    3
    1
  5. އަބްސީ

    އެކަށްޗެއްވެސް އެގޭބައެއްނޫ! މިހާރު ތި އެންމެނަށް ޖެހިފަ ރަގަޅު ވާނެ މީހުން ރަގަޅުވެ ނިމުނީ. ޤައުމުގެ ބަޖެޓް އެއްކޮން ތިކަމަށް ހުސްވެ ނަތީޖާ 0 އިން ދިޔައީ

  6. އަންނި

    ދެން ކޮވިޑް ޖެހޭ މީހުން އިތުރުވާނީ ތިޔަ ޓެސްޓެއް ހަދައިގެނެއްނު ހަމަ ގައިމުވެސް މަށެއް ތިޔަ ޓެސްޓެއް ދެނެއް ނަހަދާނަން.

  7. މޯދީ

    ޑރ ނަޒުލާ މިހާރު ހީވަނީ ހަމައެއްނޫންހެއް އެހެއްވީމަތަ މިވަރަކަން މި މޮޔަގޮވަނީ ބަލަ މި ސަރުކާރާ ކަލޭމެއް މި ރާއްޖެއަށް ތިޔަ ބުނާ ކޮރޯނާއެއް މި ފަތުރަނީ ފުރަތަމަ ރޯޔަލް އާއިލާ ރާއްޖެއިން ބޭރުން އާމަ މާލެތެރެއަށް ދޫކޮންލީ ދެއް ގެރި މޯދީގެ ސިފައިން އަށްޑޫއަށް މި ބަލިފަތުރަނީ ކޮބާ ކަލޭމެނަން ކުރެވުނު ކަމަކީ ހަމަ އެކަނީ ކުރެވުނީ ދައުލަތް ލޫޓްވާލުން

  8. އޮޅުވާލި ވޯޓު

    މިހާރުދެން އަދަދުވެސް ހްމަވެއްޖެތާ ދެންތިކުޅިގަޑު ހުއްޓާލާކައް އަދިވެސް ނުވަނީތޯ

    2
    1