އިންޑިއާ ސިފައިން ތިބި ވަރު ބެލުމަށް ރައްޔިތުން ސަރުކާރުގައި އެދުމަކީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިފައިވާ ބާރެއް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ.

ސައީދު ރައީސް ނަޝީދަށް ރައްދުދެއްވާފައި މި ވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ސައީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް އެދުމަކީ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދޭ ހައްޤެއް ކަމަށެވެ. އަދި މައުޟޫއާ ނުގުޅޭ ކަންކަމާއި މިކަން ގުޅުވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، މުސްލިމު ގައުމަކަށް ރާއްޖެ ވުމާއި "ހަރުކަށި ފިކުރު" ކަމަށް ބުނެ އެހެން ގައުމުތައް ރުއްސުވަން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު މިގޮތަށް ވިދާޅުވިއިރު، "އިންޑިއާ އައުޓް" ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ މީހުނާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ކުރަމުންދާ ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ތުހުމަތު ކުރައްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހަމަކުރައްވަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހައްދަވައެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށެވެ.

ޑިފެންސް މިނިސްޓްރީ އިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، އެމީހުންނަށް ހޭދަކުރާ މިންވަރާއި ގުޅޭ އެއްބަސްވުންތައް ހާމަކޮށްފި ނަމަ އެގައުމާއި ރާއްޖެ އާއި ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކުވެސް ނުރުހޭ ކަމެކެވެ. އެހެން އެއްވެސް ގައުމެއްގެ ސިފައިންނެއް ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަައީމް

    ރައްޔިތުންލައްވާ ފަހުބަސް ބުނުއްވަން އައްނީ ނޫޅުއްވާ

    13
  2. ޖަމީލު

    އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކިހާފާސާއެއް ކިހާބަޔަކަށް ލިބުނުތޯ އެގުން އެއީ މާމުހިންމުކަމެއް. މިކަން އެގެން ބޭނުންނުވަނީ ރައީސް ޔާމީނާ ސައީދުމެންކަހަލަ ތިރީހަކަށް މީހުން އެކަނި.

    3
    14
  3. ޤައުމު

    ސައީދު އަދި ތިއުޅެނީ ޑިމޮކްރެސީ ދަސްނުވެގެން ކެނެރީގޭ ގެރިމޯދީގެ ދިމާކުރާތީ އަކީ އަސްލު އަޅުވެތިކަން !!!
    މިއަދު މިޤައުމުގާނެތް!! ޒައީމުގެ ވެރިކަމުގާ 3ބާރު 5ބާރު އަތްދަށުލަިގެން އަޅުވެތިކުރަނިއްޔޭ ގޮވާ މަގުމަތީ ނިދުމާ ނޮހޮރޮއްޕާން ކޮށް މުޒާހަރާ ކުރިބައެއް ނޫންތަ؟

    16
  4. ރާކަނިމަސް ކޭ

    މީމާކުރިންވެސް އެނގޭ ކަމެއް ނޫންތޯ ބައްލަވާ އައްޑޫގައި ކެންޕޭން ތެރޭގައި ބުނެފައި ވޭނޫންތޯ ދެން އައްޑޫ މީހުންނަކައް ތިމަން މަނިކުފާނުގެ ކިބަޔަކުން ސަލާމަތެއް ނުވާނޭ އިންޑިއާގެ ދަށުވެގެންވެސް ބޭނުމީ ވެރިކަން މަންޑޭލާ ބުނާހެން ވެރިކަމަކީ ދަހިވެތިކަމެއް ދެވިހިފާކަމެއް އެހެންވީމަ ވާގޮއް އެއީ ސައީދުމެން އަދި އަލީ ސިޔާސީ މައިދާނުގައި