ށ. ފޯކައިދޫން ފުލުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފޯކައިދޫ ކައުންސިލުން ބުނި ގޮތުގައި، އެ ރަށުން ފައްސިވެފައި ވަނީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހެކެވެ. އެމީހާއަކީ، އެ ރަށުން މީގެކުރިން ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެފައި ހުރި މީހެއް ކަމަށްވެއެވެ.

ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހަކު މިދިޔަ ހޯމަ ދުވަހު، ކޮވިޑް-19 އަށް ފައްސިވި އިރު، އެ ވޭދަނައާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއި އެހެން ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުން ވެސް ހިމެނއެވެ.

ކުޅުދުއްފުށިން މިހާތަނަށް ތިން ފުލުހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ފުރަތަމަ ފައްސިވި ފުލުހާއި ގާތުން ބައްދަލުވި ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުޅުދުއްފުށީ ހއ.ދިއްދޫ 26 މީހުންނާއި، ހޯރަފުށީ 27 މީހުންނާއި، ބާރަށް 30 މީހުންނާއި، އިހަވަންދޫ 8 މީހުންނާއި، ސިޓީގެ 10 މީހުންނާއި، ކުރިނބީ 13 މީހުންނާއި، ށ.ފުނަދޫ 27 މީހުންނާއި، މިލަންދޫ 2 މީހުންނާއި، ފީކައިދޫ 6 މީހުންނާއި، ކަނޑިތީމް މީހެކެވެ.

ފުރަތަމަ ފައްސިވި މީހާއަކީ ހދ. ކުރިނބީގައި މަސައްކަތް ކުރާ ފުލުހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު