އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކޮށްފައި ކަމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން އަމުރު ނެރުނީ ޤާނޫނާއި ހިލާފަށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމުމުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އިޤުތިޞާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރަން ރައީސް ޔާމީން ރައީސްކަމަށް އިންތިޚާބު ކުރާނެ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަސައްކަތް އިންޝާﷲ ނިންމާނީ ރައީސް ޔާމީން މިނިވަންކަން ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ހިމާޔަތުގައި ދިވެހި އިޤުތިޞާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރަން އެމަނިކުފާނު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކޮށްފައި." ޣައްސާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގޮވާލުންތައް ތަކުރާރުކުރަމުންނެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވިދާޅުވީ އިސްލާމިކް ބޭންކްގައި ރައީސް ޔާމީން ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު އެ 8 އެކައުންޓުގައިވާ ފައިސާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް، 10 ޖޫން 2018 ދުވަހު ރައީސް ޔާމީންގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅެނީ ކިހިނެތް ކަމެއް ނުވަތަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައިވާ ފައިސާއާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާތީ، އިސްލާމިކް ބޭންކްގައި ހުރި ރައީސް ޔާމީން 08 (އަށެއް) އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ަސާޖީ

    ސާބަހޭ ގައްސާނޫ..... ތިޔަކުރާ ހިތްވަރަކަށް... ތިޔަ ސާބިތުކަންމަތީ ހުރެވިއްޖެޔާ ކިތައްމެހާވެސް ރަނގަޅު.... އާ ކޮށްމެސް އެއްބަޔަކު ޔާމިނާ އެކީވެސް ތިބެންވާނެތާ ދޯ... މަގޭ ވޯޓު ޔާމިނުއަށް....

    34
    8
  2. Anonymous

    އެމަނިކުފާނު ޖަލަށް ގަޅުވާފަ އިބޫއާއި ކޮސްކަލޭގެ ދެމީ ހުން ވެގެން މިގައުމުގެ ކަންކަން ހިތު ހުރި ގޮތަކަށް ކުރަމުން މިގެންދަނީ، އެމަނިކުފާނު ދައްކަވާނީ ބިނާކުރުވަނިވި ވާ ހަކަ، އެވާ ހަކަ އަޑުއިވިފަ މިސަރުކާރުގަ ތިބި ޖަންގަލީ އުސޫލުން ވާ ހަކަ ދައްކާމީ ހުން ދެފައި ތުރުތުުރު އަޅަނީ، އެހެ ހެންވެ އެ ލޮޓި ޔާމީނުއަށް ބޭލީ، ޔާމީނު ހުރެގެން ހިތު ހުރިގޮތަކަށް ކަންތައް ނުކުރެވޭނެތީ،

    29
    8
  3. Anonymous

    އިންޝާ ﷲ ޣައްސާން ދަރިފުޅާ. ތިޔައީ މިއަދު ސޯލިޙް ވެރިކަމަށް ގެންނަށް މަސައްކަތް ކުރި ގިނަ މީހުންގެވެސް ދުޢާ. މާމާތް ދުޢާދެއްވި ވެރިއަކަށް ހެދިގެން ޝެއިޚް އިލްޔާސްމެން ދެއްކި ވާހަކަތައް ދިމައެއްނުވި. ސޯލިޙް ވެސް ދެއްކި ވާހަކަތައް ދިމައެއްނުވި. ރައްޔިތުން އަނގަޔާއި އަތާއި ދިމައެއްނުވި. ދެން އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވިއްޔާ.

    32
    8
  4. Happy

    ޢެހެންތަ.. ދެންދޭ ޖަލަށް ރައީސްކަންކުރުވަން. ޢަދީބް އެބަޙޯދާ ފައިސާގޯނި🤭

    11
    30
    • Anonymous

      ލާހިކަ ކުޅަދާނައެއްނުން މިމީހުން އަނގަޔަކުން އަރައިގަންނާކަށް.

      3
      6
  5. ފާއިޒް

    އިންޝާ ﷲ ރައީސް ޔާމިން 2023 ވަނަ އަހަރު މިޤައުމުގެ ވަލިއްޔުލް އަމުރުގެ މަޤާމައް އައްޔަން ކޮށް މިޤައުމު ފަސާދަ ކޮށް އަޅުވެތި ކުރަން މަސައްކަތް ކުރާ ކެރަފާ އާއިލާ ހިފާ ހައްޔަރު ކޮއް އަބަދުގެ އަބަދައް މިޤައުޖު މިނިވަން ކޮށްފަ .އިންޝާ ﷲ....

    33
    7
    • ރިޝާނާ

      އިންޝާ ﷲ. ރައިސް ޔާމީން 2023

      17
      4
  6. ޏަމް

    ސާބަހޭ ގައްސާނު އަޅުގަނޑުމެން ރަށްޔަތުން މިތިބީ ރައީސްޔާމީނާއިއެކު އަޅުގަނޑުމެންނަށް މިހާރު އެގިގެން ހިގަށްޖެ މިގައުމުގަ މިހިރަ ވެރިޔަކީ ވަގަށް އަރާހުރި ތައުލީމެއް ނެތް ލަޔާގަތާއި ގާބިލުކަމެއްނެތް ބާޒާރުމަތީ ބެއްޔާއެއް ކަން.

    15
    3
  7. ނަހޫ

    މިހާރު އެމް.ޑީ.ޕީ އަށް ވޯޓް ދެވުނީތީ ހިތާމަކުރަން. ރައީސް ޔާމީންއަށް ނޫނީ ދިވެހި ޤައުމު ހިންގޭނެ ވެރިއެއް މިއުޑު ދަށުގަނެއްކަން މިހާރު ގަބޫލް ކުރަން. ދެންލާ ވޯޓެއްގައި މަވެސް މައާއިލާގެ ވޯޓްވެސް ސީދާ ރައީސް ޔާމީންއަށް. ރާއީސް ޔާމީން މިނިވަން ކުރޭ. 5 އަހަރު ތެރޭ އެފަދަ ތަރައްޤީ ގެނެސް ދެއްވީތީ އެމަނިކުފާނު އޮންނަވަން ޖެހި ވަޑައިގަތީ ޖަލުގަތޯ! ކޮންފަދަ ނުބައި ނުލަފާ ބައެއްތޯ! އެމަނިކުފާނު ޖަލުގެ ތޭރި ތަކަށް ވެއްދި އެންމެނަށް ﷲ ލައުނަތް ލައްވާށި. އާމީން

    15
    2
  8. ޝިފޫ

    މިއޮއްދޭ އިންކަމް ސަޕޯޓް އެލަވެންސެއްވެސްދޯ! އުޅުން ރިޒޯޓުން މުސާރަ ނުދީގެން ކެޑެން ޖެހުނީ. ކެޑުނީމަވެސް ކޮށާ މަށާފަ ދިނީ އެތިފުކެއް. މިހާލަތުގަ އަޅުގަޑު އިންކަމް ސަޕޯޓްއަށް އެޕްލައި ކުރީމަ ރިޖެކްޓްކުރީ. އަމިއްލަޔަށް ކެޑުނީމަޔޯ. އަޖައިބެއް ނުވާނެތަ؟ މުސާރަ ނުދޭ ތަނެއްގަ ގެސްޓުންވެސް ނާންނަ ތަނެއްގަ ހުރުމުގެ ބޭނުމަކީ ކޮބައިތޯ؟ އަޅުގަޑަށް އިންކަމް ސަޕޯޓް ހައްގުވާނެ. މިހާރު އުޅެން މިޖެހެނީ މިހުން ކައިރި ސަލާން ޖަހައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ. ސަރުކާރު ފެއިލް. ރައީސް ޔާމީން ވެރިކަމަށް ގެނޭ. ރައީސް ޔާމީންގެ ވެރިކަމެއްގަ ނަމަ ޔަގީން އަޅުގަޑުގެ މިހާލަތުގަ އަޅުގަޑަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނީސް.

    13
    1
  9. ފެކްޓް

    މަސައްކަތް ހުއްޓާނުލާނެތާ ބައިތުލް މާލުން ކެވިފަ ހުރި ވަރުން.
    ދެންވެސް ބައިތުލްމާލހ ލިބެންދެން މަސައކަތް ކުރާނެއެއްނު.
    ހުސް ވގނ

    6
    14
  10. މެކުނު

    ހުރިހާ ވަގުން ޖަލައް ވަގުންނަކަށް ވެރިކަމެއްނުލިބޭނެ

    7
    3
  11. ނަައީމް

    މިހާރު ހުރިހާ ރައްޔިތުންނަށްވެސް ފެނި ހާމަވެއްޖެ ރައީސްޔާމީން އާއި ގަދަކަމުންވެސް ގައުމުގެ ވެރިމަން ހަވާލުކޮށްގެންނޫނީ ސަލާމަތެއްނެތްކަން މި އައނިއާއި އިބޫގެ ވެރިކަމުގާ ވީކަމެއްހަތާން އެޖެންޑާ 19ތަފާތުވާނޭކިޔާ އިދިކޮލަށް ކޮރޯނާޖައްސާނަމޭ ކިޔާ އެތަކެއްހާސްމީހުން ނަޢް ޖައްސާނެކަމުގެ ސިޔާސަތެއގެންގުޅޭ މީހަކު ކިހިނެއްތޯ ދިވެހިންނަށް އޯގާތެރިވާނީ މިސަރުކާރުގެ ވެރިން ބުނާ އެއްޗަކާ އަމަލަކާ ބިމައެއްނުވާނެ ރައްޔިތުންނޭ ރަނގަޅަށްވިސްނަވާތި އައްނިގެ 2ވަނަފަހަރުގެ ރޭވުން ހިތިވާނެ .....

  12. އަލްޖިބްރާ

    ތިގޮތަށް ގަދަބަސް ބުނި ޚުދު ޔާމީނުވެސް ! އަދި އަދުރޭ ، ނިހާން ކަހަލަ އެންމެންވެސް އުޅުނީ ތިކަހަލަ ގަދަބަސްތަށް ބުނަމުން ! ވީގޮތް ކަލެއަށްވެސް ފެނިއްޖެނު ! ތަންފުކެއް މައިތިރި ބަހުރުވައަކުން ވާހަކަ ދެއްކިއަސް ކަލޭ ޔާމީނުއާ ހެދިޮޔަގޮވާވަރު އެހެންމީހުނަށް އެގޭނެ !