ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން މިހާތަނަށް ހިނގި ދެ އަހަރު ދުވަހުގެ ކުރު މުއްދަތުގައި މާ ބޮޑެތި ދަރަނި ނަގާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު، މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑު ވިދާޅުވީ، އެ ސަރުކާރުގެ ދަރަނިތައް މި ސަރުކާރުން ދައްކަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން "ވަގުތު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާ ތަމްސީލު ކުރައްވާ ސައީދު ކުރެއްވި އެ ޓްވީޓްގައި މި ސަރުކާރުން ނެގި ބައެއް ލޯނުތަކާއި ބޭރުން ހޯދި ބައެއް އެހީތަކުގެ ހިސާބުތައް ލިޔުއްވާފައިވެއެވެ.

އަދި އެ ދަރަނިތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ "މިއީ އެންމެ ދެ އަހަރުގެ ނާގާބިލްކަން" ކަމަށެވެ.

"އިންޑިއާގެ 520 މިލިއަން ޑޮލަރުގެ އެހީ، ހަތަރު ބިލިއަަން ރުފިޔާ ޗާޕްކުރުން، 1.2 ބިލިއަން ރުފިޔާގެ ލޯނު، އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލޯނު ކްރެޑިޓް ފެސިލިޓީ، އިންޑިއާގެ 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް، މި ވަރުން ވޯލްޑް ބޭންކް ވެސް ފާޑު ކިޔާނެ،" ސައީދު ލިޔުއްވާފައިވެއެވެ.

ކުރީ ސަރުކާރުން ނެގި ދަރަނި ދައްކަން ޖެހެނީ މިސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު ހަމައެކަނި ކޮވިޑް-19 އާއި ގުޅިގެން ވެސް މިސަރުކާރުން ވަނީ 7.3 ބިލިއަން ރުފިޔާގެ ލޯނު މިހާރު ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނި

    މިސަރު ކާރުން ދަރަނި ނަގާގެން ކުރާ ކަ،މެތްފެންނާ ކަށް ނެތް ރައިތުންގެ ހާލް ދިރި އުލުމުގެ ހާލަތު ދަނީ ދަސަށް އިސްތިއުފާ މިސަރު ކާރު މިހާރު އިސްތިއުފާ އަވަސް

  2. ރެއްކާ

    މިސަރުކަރުން އިންޑިޔާއިން ލޯނުނަގައި ތިޖަހާ ހުރިހާ ސަކަރާތެއް ތިޖަހަނީ ނާގާބިލުވެގެނެއްނޫން. މިސަރުކާރު ހިންގަންތިބި އެންމެންނަށްވެސް އެމިހުން އެކުރާހުރިހާކަމެއް ހަމަ ސައީދުމެން ދެންތިބިބަޔަކަށްވެސް އެނގޭފަދައިން އެބައެނގޭ. ހުރިހާވެސް މައްސަލައަކީ އިންޑިޔާގެ ނުފޫޒު. މިސަރުކާރު މިރާއްޖޭގެ ވެރިކަމަށް އައީ އިންޑިޔާގެ އެހީތެރިކަމާއި އެކީ، އިންޑިޔާ ރުއްސުމަށް އެތަކެއްވާހަކަތަށް ދައްކަމުން، ޗައިނާގެ މިލިޓަރީ މިތާގައި އޮތޭ ޗައިނާގެ ލޯން ދަންތުރައޭ އަނެކައްޗެކޭ ކިޔައިގެން. ދެން މިހާރު އިންޑިޔާ އެއޮތީ އެމީހުން ބޭނުންވާގޮތަށް ހުރިހާ ކަމެއް ބައްޓަން ކޮށްފައި. ދެން މިރާއްޖެއިން އިންޑިޔާ ސިފައިން ނުވަތަ އެމީހުންގެ ނުފޫޒު ބޭރުނުކުރެވޭނެ. ދެން މިރާއްޖޭގައި އެމްޑީޕީ ނޫންބަޔަކަށް ވެރިކަން ލިބުމަކީވެސް ނާދިރުކަމެއް، ރައްޔިތުންބޭނުންވިޔަސް ދެން އެކަން ކުރުންވާނީ ބޮޑު ހައިޖާނަކަށް.
    އަރަބި ކުޑަ ގައުމެއްކަމަށްވާ ބަހުރެއިންވެސް އެއޮންނަނީ ސައުދީގެ ނުފޫޒުގައެއްނު. އެގައުމުގެ ރައްޔިތުން ސަރުކާރާއި މެދު ހިތްހަމަ ނުޖެހިއްޖެއްޔާމު ސައުދީ މިލިޓަރީ އެތަނަށްޖަމާކޮށް ރައްޔިތުންނަށ ބިރުދައްކައިގެން ސައުދީ ބޭނުންވާގޮތަކަށް އެގައުމު އެހިންގަނީ.
    ދެން މިރާއްޖޭގައިވެސް އޮންނާނީ އެކަހަލަގޮތެއް، އެމްޑީޕީ ނުވަތަ ރައީސް ނަޝީދާއި މެދު ނުވަތަ ރައީސް ނަޝީދު ބައިއަތު ހިފާބަޔަކާއި ރައްޔިތުން ނުރުހިއްޖެއްޔާމު ދެން އެކަންތަށް ހައްލުކުރާނީ އިންޑިޔާގެ މިލިޓަރީން. މިސަރުކާރުން އެއޮތީ އެމީހުންނަށް އެމަގުފަހިކޮށްދީފައި. ބޭނުމަކީ ރައްޔިތުން ކޮންމެ ހާލެއްގައި އުޅެން ޖެހުނަކަށް އެމީހުންގެ ވެރިކަން ހިމާޔަތްކުރުން.