ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ އެމީހުން ރާއްޖޭގައި ތިބި ސަބަބު ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

ނަވާޒު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަ ކުރުމަށް ޑިފެންސް މިނިސްޓްރީ އިން ދެކޮޅު ހަދާފައިވާތީ އެކަމާއި ދެކޮޅަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަ ކުރެވެން ނެތީ އެކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އަބްދުﷲ ނަވާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިގައުމުގެ ސަލާމަތީ ބާރުތަކުގައި ތިބި އަދަދުވެސް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ. އޭނާ ވަނީ ދިވެހި ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަދަދު ނޭންގެންވީ ކޮން ސަބަބަކާއި ހެދިތޯ ސުވާލުކުރައްވާފައެވެ. އަދި ވިދާޅުވީ ގިނަ އަދަދެއްގެ ބޭރުގެ ސިފައިން ތިބި ނަމަ، އެމީހުން ރާއްޖޭގައި ތިބި ސަބަބުވެސް ރައްޔިތުންނަށް އޮލުންފިލަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުގެ ނޫސްވެރިއާ އަހުމަދު އަޒާންއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ކުރާ ޚަރަދު ޑިފެންސް މިނިސްޓްރީން ހާމަނުކުރުން އަޒާން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން މިއަދު އެ ކޮމިޝަނުން ބޭއްވި މި މައްސަލައިގެ އާންމު އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރަ ހުސައިން ފިޔާޒް މޫސާ ވަނީ ޑިފެންސް މިނިސްޓްރީން މިމައުލޫމާތު ހާމަނުކުރީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ އަހުމަދު ސިމާހު ވިދާޅުވީ އަޒާން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުަށަހަޅާފައި ކަމަށާއި، އެމަޖިލީހުން ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިކަމަށެވެ. އެ މަޖިލީހުން މިއީ އާންމުކުރެވެން ނެތް މައުލޫމާތެއް ކަމަށާއި، ގައުމީ ސަލާމަތަށް މިކަމުން ނުރައްކަލެއް އޮތް ކަމަށް ވިދާޅުވުމުން އެއީ ކީއްވެގެންތޯ އޮޅުން ފިލުވާފައި ނުވާނޭ ކަމަށް ސިމާހު ވިދާޅިވިއެވެ.

ސިމާހު ވިދާޅުވި ގޮތުގައި މިނިސްޓްރީ އަށް އެފަދަ މައުލޫތެއް ހޯދުމަށް ހުށަހެޅުމުން އެ މިނިސްޓްރީގެ އުސޫލުތައް އޮންނަ ގޮތުން މައުލޫމާތު އާންމުކުރެވޭނީ ސިފައިންގެ އާންމު މަޖިލީހުގައި އެކަމަށް އެދިގެންނެވެ. ސިފައިންގެ އާންމު މަޖިލީހަކީ ސިފައިންގެ އެންމެ އިސް ފަރާތްތައް ހިމެނޭ ސިޔާސީ ނުފޫޒެއް ނެތް މަޖިލީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއަބޫ

    ނަވާޒް ؟؟ ރާއްޖޭގެ ސިޔާސީ ލިސްޓުގައިވެސް، ކަމުވޮށިވެގެންވާ މީހުންގެ ލިސްޓުގައިވެސް ނެތް ތިނަމެއް، ސިފައިންނޭ ފުލުހުންނޭ ކިޔާވަރު މީހެއްނޫން ތީކީ. އޭ.ޕީ.ސީ އަކަށް ހުރިދުވަސްކޮޅު ވެސް ފުލުސްއޮފީހުގެ ވާނުވާވެސް އެނގެނީކީ ނޫން. އަލިފުން ޔާ އަށް ވާނުވާ ކިޔާދެނީ ސިފައިންގެ ޖެނެރަލުން.

    2
    1
  2. އައްގަބޭ

    ތިޔަ އާޓިކަލް ކިޔާލީމާވެސް އެބަ އެނގޭ ސިޔާސީ ނުފޫޒެއްނެއްކަން މިގައުމުގަބޭރުގެ ސިފައިން ތިބީމަ ނޫންތޯ ގައުމީ ނުރައްކަލަކައް ވާނީ މީގުރޭޑް 4ގަ އުޅޭ ދަރިވަރކައްވެސް ގަބޫލް ކުރެވޭނެ ކަމެއް

  3. ބެއްޔާ

    އިސް ފަރާތްތައް ހިމެނޭ ސިޔާސީ ނުފޫޒެއް ނެތް މަޖިލީހެއް . ހީހީހަލާކުވޭ. ތިފަދަދޮގެއް ހަދާއިރު ލަދެއްުަނޭތަ.