މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯމިއުލާގެ ކޮންސްޓެންޓަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އޭނާގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒް މިހެން ވިދާޅުވީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، އޭނާ އަށޤ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވޭނެ އެއްވެސް ފޯމިއުލާއެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރިން ޖޭޕީގެ ކައުންސިލް މެމްބަރަށް އުޅުއްވި އަހުމަދު ސަމީރު ވިދާޅުވުމާ ގުޅިގެނެވެ.

ނަވާޒް ވިދާޅުވީ ބަކްލަވަސް ގާސިމް އިބްރާހިމްގެ ޕާޓީއަށް މެމްބަރުން އިތުރުވަނީ މުގު އުކައިގެން ނޫން ކަމަށެވެ. މުގު އުކައިގެން ހިނގި ކަންކަން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންއިން ފެނިގެން ހިނގައްޖެ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.

"މުޅި ރިޔާސީ އިންތިހާބުގެ ފޯމިއުލާގެ ކޮންސްޓެންޓް އަކީ ގާސިމް. ދެން ތިބޭނީ ވޭރިއަބަލްސް. އިންޝާ ﷲ މިއީ ޖޭޕީގެ ފަހަރު." ނަވާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ގެނައި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ކުރީގެ ތިން ސަރުކާރުން ވެސް ވެރިކަންކޮށްފައިވަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު، ގާސިމްގެ މުދާ ނަގައި، އޭނާ ޖަލަށްލައި، އާއިލާއަށް އެތަކެއް ދުއްތުރާތައް ކޮށްގެން ކަމަށެވެ.

މި ސަރުކާރުން ޖޭޕީ ވެސް ހިމެނޭ ކޯލިޝަން ރޫޅާނުލައި، ގައުމަށް ހަމަޖެހުން ގެނުވައި، ހުދު ގާސިމަށް ވެސް ހިތްހަމަޖެހިލައިގެން މަސައްކަތްކުރެވޭނެ ފުރުސަތު ދެއްވި ވެރިއަކާއެކު ހުންނެވުމަކީ ގާސިމް ގެންގުޅުއްވި އުސޫލު ކަމަށް ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެ އުސޫލާ ހިލާފަށް، އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ގާސިމް ނުކުންނަވަން ނިންމެވީ، ޕާޓީގެ ތެރޭގައި އަމިއްލަ އެދުމެއްގައި މަސައްކަތްކުރާ ބައެއްގެ ސަބަބުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަމަސްތޭ

    ތިބުނީ ހަމަ ހަބޭސް ވާހަކައެއް . . ބޭފުޅާ ހޮވޭނޭ ކިޔައިގެން ކައިރީގަ އުޅޭ ކުދިންކޮޅު ޗިޕް ޖަހައިގެން ބެއްޔާ ނޮޅާލަންވެގެން . . . ސައިލެންޓް މެޖޯރިޓީ އެއް އޮތްކަން ހަނދާން ކުރއްޗެ . . ޤާސިމް އަކީ ވެރިކަމަށް ޤާބިލްނޫމީހެއްކަން އެންމެންނަށްވެސް އިނގޭނެ . . ނަހުލާވެސް ނުލާނެ އޭނާޔަކަށް ވޯޓެއް

  2. ޣބލ

    ޤާބިލްވަނީ ކޮންގޮތަކަށް؟ ގައުމެއްފަސާދަވުންނޫން ދެވަނަކަމެއްނުފެންނާނެ ، އަންހެނަކު ފެންނައިރަށް އިންނަންވެފަހުންނަ މަހުޖަނު ތިޔަމީހާ މިހާރުވެސް ތިޔަހުރީދައުލަތުގެ ފައިސާގަނޑު ފެނި ދަހިވެތިވެނިމިފަ. ރިސޯޓުތަށް ވީރާނާވެފަ އޮއްވާ މިސަރުކާރުފެށުނުފަހުން އަލުންޢާކޮށް ރީބުރޭންޑް ކުރީ ކޮން ފައިސާއެއްބާ؟