އޭނާއަކީ އެއްވެސް މިންވަރަކަށް އަލްމާނީ ނުވަތަ ލާދީނީ ފިކުރު ގައުމުގައި ހިންގުމަށް ބާރު އަޅާ މީހެއް ނޫން ކަމަށް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒަކީ "ފޭކް ޝެއިޚެއް" ގޮތުގައި ސިފަ ކުރައްވައި، އަލްހާން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، އާންމުންގެ ގިނަ ބައެއްގެ ނުރުހުން އަލްހާނަށް ވަނީ އަމާޒުވެފައެވެ. އަލްހާންގެ ބޮޑެތި ފާޑު ކިޔުންތަކެއް އަލީ ރަމީޒަށް އަމާޒުވާން ފެށީ ގައުމުގައި ހިނގާ ސިޔާސީ ބައެއް ކަންކަމަށް އަލީ ރަމީޒް ފާޑު ކިޔަން ފެށުމުންނެވެ. އަލްހާންގެ "ތީރުތައް" އަލީ ރަމީޒަށް އަމާޒު ކުރަން ފެށުމުން ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، އަލްހާނަކީ "ހަމަ ސީދާ ފައްކާ މުނާފިގެއް" ކަމަށެވެ. އަލްހާނަކީ "އުރަތްޕެއް" ނެތް ބޭފުޅެއް ކަމަށް ބުނެ ފާޑުކިއެވެ.

އަލްހާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާއަކީ އެއްވެސް މިންވަރަކަށް އަލްމާނީ ފިކުރު މި ގައުމުގައި ހިންގަން ބާރު އަޅާ އަދި ހިތްވަރުދޭނެ މީހެއް ވެސް ނޫނެވެ.

"ސިޔާސީ ކަންކަމާ ބަސް ވިދާޅުވާ ޝެއިޚުންނާއި ދީނީ ބައެއް ބޭފުޅުންނާ ކުރެވޭ ޖަދަލަކީ ދީނަށް ކުރާ އިހާނާތެއް ނޫން،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ދައުލަތެއްގައި ދީނީ ޢިލްމުވެރިންގެ ޚިލާފު ބޮޑުވުމަކީ މުޖްތަމަޢުގައި ދީނީ ބައިބައިވުމާއި ފިތުނަ އުފެދޭ ކަމެއްކަން ތާރީޚު ހެކިދޭ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނަކުން ދިވެހި ދައުލަތުގެ މުފްތީ ގެ މަގާމު އުފައްދަންވެއްޖެ،" އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރިން ކުރެއްވި އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ ފާޑު ކިޔުން އަލީ ރަމީޒަށް ބޮޑަށް އަމާޒުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް މީސް މީޑިއާގައި އަޑު އުފުލަމުންނެވެ. އެހެންވެ، ޓުވިޓާގައި އަލީ ރަމީޒްއާ އެންމެ ބޮޑަށް ދިމާކުރާ އެކަކީ ވެސް އަލްހާނެވެ.

އަލީ ރަމީޒް ޓެގްކޮށް، އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާއަކީ ފޭކް ޝެއިޚެއް ކަމަށެވެ. އަދި އިސްލާމް ދީނާ ގުޅޭ ގޮތުން އޭނާ އަށް އެނގިވަޑައިނުގަންނަވާ އެއްޗެއް އަލީ ރަމީޒަށް ދަސްނުކޮށް ދެވޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ލޮލްލް

    އަހުންނާ ކޮންކަމެއް

    8
    4
  2. ހަނާ

    އަހަރެން ގެ ދީން ވަހިއްދީން.

    1
    35
  3. އަލީ

    ޝެއިޚުންނާއި ދީނަށް ޝައުގުވެރިވެ ދީން އުނގެނެން މަސައްކަތް ކުރާ މީހުންނާއި މިދެބައި މީހުން ވަކިކުރަން ނޭނގޭ މީހަކު ތިކަހަލަ މަގާމަކަށް ކުރިމަތިލައިގެން ދެންވާނީ ކިހިނެއް؟ މިއީ ވަރަށް އަސާސީ ކުޑަކުޑަ ކަމެއްގެ ވާހަކަ. ތިއީ ތިޔަކަހަލަ މީހުންގެ ހަގީގީ ފެންވަރަކީ.

    53
  4. ރަދީފް

    އަލްހާން ކަލޭ ބަލިވީމަ ދެރަނުވާންވެގެން ކޮސްގޮވަނީ ދޯ.ކަލެއަށް ނެތޭ ރައްޔަތުންގެ ތާއީދެއް.މަހަށް ދޭބަލަ މުފްތީއޭ ނުކިޔާ.

    55
    2
  5. ކޮވިޑް

    އާން! ކެނަބިސް ޚާން މިހާރުތިއުޅެނީ ސުރުހީ ހޯދަން . މިރާއްޖޭގައި ތިބި އިސްލާމްދީނުގެ ޢަދުއްވުންގެ ތާއީދު ހޯދުމަށް ތިނޫން ކުޅިއެއް ކުޅޭކަން ނޭގުނުދޯ! ބޮޑުމަޤާމްވެސް ދެން ލިބިދާނެ. ދުވަސްކޮޅަކު ތިގޮތުގައި އުޅެފައި މިތާގައި ދީނީ މިނިވަންކަމެއް ނެތޭގޮވަންފެށީމައި އިންޑިޔާ ނޫނީ ޔޫރަޕަށް ބަދަލުވުމުގެ ފުރުޞަތު އެބައިމީހުން ފަހިކޮށްދީފާނެ! ތިޔައުޅެނީ އެކަމުގައިހެން ހީވަނީ!

    45
  6. ޢަހުރނ

    ޢަލީ ރަމީޒު ބުނީ އައިއެސްއޭ ކިޔައގެން އަންނި ރައްޔިތުންނަށް ހަދަނީ ދޮގޭ.. އެއަށްފަހު އަލްހާނު އައްޔަ އާއި ހިތާވީ

    48
  7. ގައުމީ ލޯބި

    އަޑު ގަދަ ނުކޮށް ހުރެބަލަ.. ފައިސާ ނެތިގެން އެހެންމީހުން ގެ އަބުރު ކަތިލާފައި ފައިސާ ހޯދާނެ މަގެއް ދޯ ތަނަވަސް ތިކުރަންނީ.

    މިގައުމުގައި ނެތް ތިކަހަލަ މީހުން ބަލައިގަން ނަބަޔަކު..

    ތީ ދެއިރު ދެދަޅަޔަށް ކުލަ ބަދަލުވާ އެއްޗެއްކަން އެންމެނަށް އެގޭ..

    ގިނައިން ފައިސާ ލިބޭ ކޮޅަކީ އޭރަކު ތާއިދު ކުރާ ކޮޅު

    17
  8. ޖިންނި

    ތީ އެލެކްސް ފިކުރުގެ މީހެއް

    14
  9. ރަދީފް

    އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް ، އަލްހާން އެއީ މަރުކޮހެއް. އަޒްބާން ވެސް އެއީ ކޮހެއް.ހެހެހެހެހެހެ

    17
    1
    • ވަޒީރެއާލާ

      އަލްހާނަކީ ސިޔާސީ ހައްފުނޑެއް. ސިޔާސީ ފީކުދާނެއް.

  10. ބޯކަތި ފަހުމީ

    އަލްހާނު ހިލޭ ނޫސްތަކުން ހެޑްލައިން ހަދަން އަލީރަމީޒާއި އަޅައިގަނެގެން އުޅެނީ.
    އަހަރުމެންނަށް އިނގޭ އަލީރަމީޒު ލަވަކިއައި ނަށައި ލަވަކުޅެ ހެދިކަން. އަހަރުމެންވެސް އޭނަވެސް ނުބުނޭ އޭނައަކީޝޭހެކޭ.
    އަހަރުމެން އަލީރަމީޒަށް ސަޕޯޓްކުރަނީ މިރާއްޖޭގެ އެއްމެ މަޝްހޫރު މީހާގެ ގޮތުގައި ހުރެ އެގޮތް ބޭނުން ނުވެގެން އެގޮތް ބަދަލުކޮށް ދީނަށް ކުރަންފެށި ލޯތްބެއްގެ ބޮޑުކަމުން.
    ދެން ކަލޭ ކޮން ފަޅޮލެކޭ ތިކިޔަނީ.

    28
  11. އަލްބޭރި ފހމ

    ކަލޭ ފޮލޯ ކުރާބަޔަކު މިގައުމަކު ނެތް.
    ތިއުޅެވެނީ ހުވަފެނެއްގެ ތެރޭގައި.
    އަލަށް ލަވަކިޔާ މީހަކުވިޔަސް އަލީރަމީޒު ކޮޕީ ކުރެވޭތޯ އުޅޭ (އަލީ އެއްގޮތަކަށްވެސް ބޭނުންވާކަމެއްނޫން)
    ލަވަކިއުމާ ދުރަށްދާ ހުރިހާ ޒުވާނުން އަލީރަމީޒަށް ޝުކުރު އަދާކުރޭ ، އަދި ރޯލް މޮޑެލް އަކަށް ބަލައި ގަނޭ.
    ކަލޭ ތީ ކީއްކުރާ ކާކުތަ އަޅޭ ؟

    21
  12. ބޭކާރު

    އަލީރަމީޒް އާއި ޖައްސާލަން ތިއީ އެއްވެސް މީހެއްނޫން.
    ރާއްޖޭގެ ގިނަޒުވާނުން ދީނީ ކަންކަމަށް ފަރުވާކުޑަކުރިޔަސް އަލީރަމީޒު އުޅޭ ގޮތަކަށް ފާޑެއް ނުކިޔާ!!
    އަހަރެން ލަވަކިޔަން މަޖާ ކުރަން. ނަމަވެސް އަލީ ރަމީޒް ފެނުނީމާ ސައިޒަށް ކެނޑޭ.
    ސަބަބަކީ އަހަރެންނަށް އިނގޭ އޭނާ ލަވަކިޔާގޮތަށް ދުވަހަކަވެސް ލަވައެއް ނުކިޔާނެކަން، އަދި އެހާ މަޝްހޫރެއްވެސް ނުވެވޭނެކަން. ވާގޮތަކީ އަލީ ރަމީޒު ފެނުމުން ހިތުގައި އުފެދެނީ ސުވާލެއް.
    އަހަރެން މިއުޅެނީ ކީއްކުރަންބާއޭ. މިކަން ކޮށްގެން މަޝްހޫރުކަން ލިބި ފައިސާލިބުނު މީހަކު މިހިރީއޭ މިކަމުން ދުރވެގަނެގެން.

    20
  13. ހަނި

    އަލީރަމީޒު ދުވަކުވެސްނުބުނޭ ބުދުބަހަ ޓާފާއޮންނާނީ އަދިވެސް ބަހަ ޓާނަމޭ އަލްހާނު ބުނީމެންްނޫބުދުބަހަ ޓާނަމޭ

    17
  14. ކަމަނަ

    އަދިކިރިޔާ ހޭއެރީދޯ އަލްހާނުބުނި ބުދުހުރީ ބަހައްޓާފައޭ އަދިވެސް ބަހައްޓާނަމޭ ދިވެހިން އެހި އެވާހަކަ

    17
  15. އަހުމަދު

    މާ ނޫން ކަމަށް ހެދެން އުޅޭނެ ކަމެއް ނެތް. ތީލާދީނީ އަންނި ރުއްސަން ވެގެން މީޑިއާގެ ސަމާލު ކަން ހޯދަން އުޅޭ ބޮޑު މުނާފިގެއް. އަލީ ރަމީޒު އިސްލާމް ދީނައް ޓަކާ އެ ކުރައްވާ މަސައްކަތް ތި ލާދީނީ އަލްހާނައް އެނގޭތަ؟ އަލްމާނީ ފިކުރު މިރާއްޖޭގަ ހިންގަން ނޫންތަ ކެނަބިސްއޭ ކުކުޅު ބިހޭ ތިކިޔަނީ؟ ތިމާމީ މާ މޮޅު މީހަކަށް ހީވިޔަސް ތީ އަހަރެމެން ކުރިމަތީ ލާދީނީ ހައްޕުނޑު. ދެންވެސް މަޑުމަޑުން ބަހެއް ނުބެނެ އިނދެވޭތޯ ބަލާބަލަ

    17
    1
  16. ކައުންސެލަރު

    މޮޅެތިހާ ވާހަކަ ދައްކާނެކަމެއްނެތް ވޯޓުހޯދާކަށް.
    ސަބަބު:
    1. ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެއް ހުއްދަކުރަން ބުނުން.
    2. ޢަލީރަމީޒު ކުރައްވާ މަސައްކަތް ބަލައިނުގަނެ "ހޯއް" ގޮވުން
    އަދި މީގެ އިތުރުންވެސް އަލީރަމީޒާ ތިފާޑަށް ބެހުނީމާ ވޯޓުތަކެއް ގެއްލޭނެކަމެއްނޭނގޭދޯ. މޮޔަތަ؟ މިދޭތެރެއިންވެސް ޒަކިއްޓޭ ކިޔާ މީހަކަށް ދިމާވި ހާލު އަދި މިއުޅެނީ ހަނދާން ނުނެތެ.
    މިބުނިވާހަކަ ހަނދާން ބަހައްޓާތި

    15
  17. ދެފުއްކެހެރި

    އަޅުގަނޑަކީ އަލްމާނީ ފިކުރަށް ބާރު އަޅާ މީހެއް ނޫނޭ ތިޔަބުނަނީ އެކަމައް ބާރު އަޅާތީ ދޮގެއްހެދުމުގެ ބޭނުމުގަ.

    16
  18. އަބް

    އެހެން މީހުންނާއި ދިމާކޮށްފަ އެންމެ ފަހުން ނަތީޖާ އަކަށްވީ އަމިއްލަ ދިފާއުގަ ބަސްބުނަންޖެހުން.
    ތިމާ ފޭސި އިލޮށިގަޑު ތިމާގެ ލޮލަށް.
    ގޮތެއް ފޮތެއް ނެތް މީހަކަށް ހައްގު މިއްވަރަކީ އެއީ.

    15
  19. އަލިބެއްޔާ

    މިސްރުގައި ކިޔަވަން ހުރި އިރު ސައިބޯނި މަތިން ހަނދާންވޭތަ އަލްހާން!!! ވާހަކަ ފަޅާލަން ވީތަ؟ ލަދު ގަންނާނެތަ؟ ހެހެހެ

  20. Anonymous

    އަލްހާނުގެ ނަން މިވީގޮތުން އަލްމާނު އަށް މި ބަދަލުކުރީ. ވ.ސަލާމް އަލްމާނޫ

  21. 😠😡

    ތިއީ ޢަރަބިއްޔާ ސުކޫލު އަގު ވައްޓަން އުޅޭ މޮޔައެއް.

  22. ސަރުބަތު

    ތިއޮތީ މޭޔަރުކަން ލިބިފަ 🤐 ބޭޒާރު ނުވަނީސް އަމިއްލަ ނަން އަނބުރާ ގެންދަންވީނުން

  23. ސުންބުލޮޅި

    ކަލޯ ، ތިގޮލާ ފުއްޕާފައި ބަހައްޓާނަމޭ ބުނި އެއްމެ ބުދެއްވެސް މިހާރު ނެތްކަން އިނގޭތަ ؟
    ތިގޮލާއަށް ލިބޭނެ ވޯޓެއް ނޯންނާނެ.
    ބުދު ބަހައްޓާނަމޭ އެހެރީ ބަހައްޓާފައޭ ބުނީ ކާކުކަން އިނގޭތަ ؟

  24. މުހައްމަދު

    އަލީ ރަމީޒު ގޮށްވާލަން ވެގެން ހެދި ބޮން އަތައް ގޮވީ ދޯ... ހެއްހޭ. މިހާރު ވިސްނޭނެ އަލްހާން ގެ ސައިޒު.

  25. ފެކްޓް

    އެހެންވެ ކަލޭގެ ކިބައިން ދީނުގެ މަތިވެރި ސިފަތައް ފާޅުވޭވޭ ތިހުންނަނީ... ހިނި އަަދޭ.
    އަމިއްލަ މޮޅުކަމާއި ރަނގޅުކަން ފެނި ތިމާމެންގެ ހާލަތު ނޭނގޭނީ މޮޔައިންނަށް.
    އެއަށްވުރެވެސް ކަލޭގެ ހާލު ދަށް.
    بلهم اضل، ألئك هم الغافلون