މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހްމީ "ދިޔަރެސް"ގެ ދެނޫސްވެރިޔަކާއި މަގުމަތިން ދިމާކޮށް އެމީހުންނަށް އިންޒާރު ދީފިކަމަށް ބުނެފިއެވެ.

"ދިޔަރެސް"ގެ ނޫސްވެރިއެއް ކަމަށްވާ އަހްމަދު އަޒާން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އޭނާ އާއި "ދިޔަރެސް"ގެ އެހެން ނޫސްވެރިއެއް ކަމަށްވާ ނާހިލްއަށް އަލްހާނާއި އިތުރު މީހަކު ވެގެން މިރޭ އިންޒާރު ދީފައިވާ ކަމަށެވެ. މަގުމަތިން އެމީހުންނާއި ދިމާކޮށް އިންޒާރު ދިން ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން "ދިޔަރެސް"ގެ އޮފިޝަލަކު ވަނީ އެނޫހުގެ ދެނޫސްވެރިޔަކަށް އަލްހާން އާއި އިތުރު މީހަކު ވެގެން އިންޒާރުދިން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަލްހާން ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލްހާން މިރޭ ދެނޫސްވެރިޔަކަށް އިންޒާރު ދީފައިވާ ކަމަށް އެނޫސްވެރިން ބުނެފައި ވާއިރު ފާއިތުވި ހަފްތާއެއްހައި ދުވަހުގެ އޭނާގެ ގިނަ ޚަބަރުތަކެއް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. އޭގެތެރޭގައި ރާއްޖޭގައި މަރުޖުއާނާ ހުއްދަކުރަން އަލްހާން ގޮވާލި ޚަބަރު ވެސް ހިމެނެއެވެ. އަދި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒަށް ފާޑުކިޔައި އަލްހާން މިހަފްތާގައި ކުރި ޓްވީޓްތަކަކާއި ގުޅިގެން އަލްހާނަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފައްޔާޒް

    މީހަމަ މުގުރާމެއް އެއުޅެނީ ކޮންމެސް މީހަކު ރަނގަޅައް ބޮލައްފިތާލާފާ ދޫކޮއްލައިގެން ދެން ނޭންގޭނެ ކުރެވޭ ނުކުރެވޭ އަދި ކިޔޭ ނުކިޔޭ އެއްޗެއް މިވަރުމީހުން ކިހިނެއްބާ މޭޔަރުކަން ކުރާނީ ލިބުނަސް ނޭންގޭނެ ކުރާކައް

    77
    • ސަމާ މާލެ

      ނަގޫ ފިތިފަ އިން ތާވަޅެއް ތީ.

      21
    • ދާއިން

      ރަގަނޅު ވާހަކައެއް ފައްޔާޒު...މީނަޔަށް ވެފައިވާ ގޮތެނޭގެ ކުރިން ޢަލީރަމީޒު އާއި ބެހުނީ މިހާރު 2 ނޫސްވެރިންނަށް އިންޒާރު....އަދި އިންޒާރު ދިނޭ ކިޔާފަ މައްސަލައެއް ބެލޭނެކީވެސްނޫން

      19
  2. ފަރީދާ

    މީނައަށް ކުރެވޭނީ މޭޔަރު ކަމެއްނޫން މިކަހަލަ ބުރާންތި މީހަކަން ވޯރޓްވެސް ދޭނީ އެއްށްވުރެ ބޮޑު ބުރާންޗެއް

    21
  3. ސަމާ

    މީދެންމީހެއްތަ އަޅެ؟ ޙަހަ ލަދުވެސްގަނޭ ތިފެނުނަސް... މީދެންކާކުތަ....

    18
    1
  4. ފަހުމީނާ

    ތިއޮތީ މޭޔަރުކަން ލިބިފަ ، އެންމެ ވޯޓަކުން (އަމިއްލަ މީހާގެ ވޯޓު) 🤣

    20
    1
  5. ޒުވާނުން

    މމީނަ މައިތިރިނުވެގެން ތިއުޅެނީ...ތީނާ ބޭނުންވަނީ ލާރި ބޯން...އެހެންކަމުން އަލީރަމީޒައް ރައްދުދިނީވެސް އެއިރުން އަންނި އުފާވާނެތާ...އަންނި ބުނާނެތާ ހާދަރަގަނޅޭ އަލްހާން...އަންނި އުފާކުރިކުރީނުން އަލްހާނުގެ ބޮލައް ލާރީގެ ވާރޭކަންނޭގެ އޮއްސާނީ

    19
  6. ޔަމާނީ

    ބުއްދިހަމަ ނުޖެހޭ މީހުން ބައިތިއްބާ މަރުކަޒުން ފިލައިގެން އުޅޭމީހުންވެސް އެބަޖެހޭ މޭޔަރުކަން ކުރަން ތެދުވަން.

    18
  7. ކައުންސެލަރު

    ބުރާންތިން ސަހާދެއްމިބުނީ. މިދެންކާކުއަޅެ ތަންތަނުގެ ވެރިކަމަށްގެންނަން؟

    15
  8. މޮކޮޅު އިއްބޭ

    އަލްހާނަކީ ވަރަށް ބަސް އަހާ ކުއްޖެއް އެކަމަކު އޭނާ ތި މީހުންނާއި ދިމާ ކުރީ މޭޔަރު ކަން ލިބުން ލަސްވާތީ ކަމަށް ވެދާނެ

    2
    2
  9. ހަންނާނު

    ދިވެހިރާއެްޖޭގެ ރައީސް އަލް އުސްތާޒު އުސްތަނަކުން ވެއްޓި ހަލާކުވެ ނިމިފައިވާ އަލްހާން ފަހުމީ

  10. ޢަސްލަމް

    ތީ ބޮޑު ވަގެއް.

  11. އަޒްބާން ފަހުމީ

    އަލްހާން ތޯ ކޮބާ؟ ތޯ ބެނީ ދީ ބުދު ބާށުމާއުއަސް.ކަލޭގެ ލަދު ކޮބާ؟؟

  12. ބުއްޅަބޭ

    ގޮތެއްފޮތެއްނެތް މީހެއް!

  13. މާމީ

    ކެނަބިސް ކޮޅު ގެއްލުނީމަ ކަމައްވެސް ވެދާނެ.....

  14. ހޮޅިފެން

    އަމިއްލަޔަށް މާ މީހެކޭ ހީވެގެން