ތިން ގޯއްޗެއް މޯގޭޖްކޮށް އޮޅުވާލައިގެން ބޭންކަކުން ލޯނެއް ނެގި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަގެންދެއެވެ.

މިމައްސަލައިގައި ފުލުހުން ތުހުމަތުތައް ކުރަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު (50އ) އާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ) އަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.

އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ދެއްވަމުން ފުލުހުން ވިދާޅުވީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން ދެގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

މިދެމީހުން ވެސް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ 2020 އޮކްޓޯބަރު 18 ވަނަ ދުވަހުގެ 10:00 އަށެވެ.

ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅިގެން ލަތީފާ ހައްޔަރުކޮށްގެން އެކޯޓަށް ހާޒިރުކުރަން މިދިޔަ ނޮވެމްބަރ މަހު އަމުރު ކުރުމުން ވެސް އޭނާ ހޯދަން ފުލުހުން އިއުލާން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގޮމަ

    ސ.އ.ޑ ކޮބާ ؟

  2. އެކްސް ޒިބިޓް

    އޭބަލަ މިހިރަ ލަތީފާ، ކިހިނެއް ހަދާގެން ތިއުޅެނީ! އޭނ ބުނެބަލަ ނިކަން. އަޖާއިބެއް މީހަކު ފަހެ ނުވާނެތަ މީނަޔާގެން. ތަނެއްގަ ހަމަ ލޯނެއް ދުކުރާއިރަށް އެތަނަކަށް. ތަނެއްގަ ގޯއްޗެއް ހުރެއްޖިޔާ އެތަނަކަށް. ތިމާވަރެއް ނެތިގެން. އަޖާބެއް މީހަކު ނުވާނެތަ. ދެން ލޯނެއް ނަގައިގެން ނުވާނެ، މިބުނަނީ. މިފަހަރުވެސް އެލޯނު ނެގީ އެ ނަސީރުއަށް ތިއްތި ދެއްކެންވެގެންނޭ. އެހެންކަމަކު ނޫނޭ. އޭނަ ނުބަލާނެ، ލޯނު ނަގަން އިނގެނީކީ ނޫން، ލާރިއެއް އޮތީކީނޫން، ލާރި ގެންގުޅެން އިގެނީކީނޫން. ޢަހަރެމެންވެއްސް ކުޑަވެގެންނޭ ބޮޑުވެފަ މިހުރީ. ތަނަކުން ލޯނު ދޭއިރަކަށް ނުދަމޭ. ކިހާ ރަނގަޅަކަށްތަ މިއުޅެނީ ކަލޭގެ އަދީބު ރާއްޖޭގެ ބައިތުލްމާލު ދަވާލިފަހުން ގޭގަ. ވިސްނާ ފިކުރު ކޮށްލަބަލަ. މިހާރު އަހަރެން ލަދުހުން ބޯ ފަޅާއިގެން ދާވަރުވެއްޖެޔޭ މީނަ މިއުޅޭ ވައްތަރަކުން. އެއްގޮތަކަށްވެސް ދެން ލޯނު ނަގާއިގެން ނުވާނެ. ހިނގާ ދާން ފުލުސް އޮފީހަށް. ދެން ލާހިކައެއް ނޫން ސަލާމަތްވާކަށް

    17
    8
    • ޕަކާސް

      😃😃😃😷😂😂😂

      4
      1
  3. ބައްޑާ

    މީ މާލޭ ބައެއްތަ؟ މީ ދެ ބައްޑާއިންނެއްނު

    13
    2
    • ބުރިޓޯ

      ޔަގީންތާ! ދެ ގޫބައްޑާ

      1
      1
  4. އެކްސް ޒިބިޓް ގެ ބައްޕަ

    ކަލެއަށް ހަމަ ލަތީފާ ޖެހިގެން ހުރި ފިރިހެން މީހާ ނުފެނޭ؟ އަންހެނެއް ވީމާ މާ ބޮޑަށް ވެސް ގޯސް ސެކްސިސްޓް

    3
    1
  5. ޢިބްރާހިމް

    ތި ނަސީރަކީ ކުރިންވެސް ފުލުހުން މަކަރާ ހީލަތުގެ މައްސަލައެއްގަ އިއުލާންކޮށް އަތުލައިގަތް މީހެއް. ހައްގު އަދަ ބު ނުދެވޭތީ މައްސަލައަކީ

  6. ޜިފާ

    😂😂😂🤣🤣🤣🤣🤣🤣ލަތީފާ ކޮމެންޓް ވަރަށް ފައްކާ

    2
    1
  7. ސަންތިމަރިޔަނބު

    ކުރިންވެސް ދެކުނިން މިދެމީހުން ހަބަރުގެ ޖަހާފަ

  8. މަހިބަދޫ މީހާ.

    ހުސެން ނަސީރު ދަންނަން އަހަރެން ކުރީ އުޅުނު އޮފީހުގަ އެޗްއާރު މެނޭޖަރ އަކަށް ހުޅުނު

  9. ލާރިޔާޖެހުނީމަ

    އައްޑޫ މީހުން ނުވާނެ ސަހަލައެއް