ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ހަނގުރާމަތަކުގައި ބައިވެރިވަމުން އަންނަނީ ދިވެހިން ކަމަށް ނޭޝަންލ ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.

ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ހަނގުރާމަތަކުގައި ބައިވެރިވަމުން އަންނަނީ ދިވެހިން ކަމަށެވެ. ރާއްޖޭގެ އާބާދީ އަށް ބަލާނަމަ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު ގިނަކަން ޒަކަރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތުން އެ އަދަދަކީ ވަރަށް މަތީ ޕަސެންޓޭޖެއް. މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނައީ ދިވެހިންނޭ ބުނާ ހިސާބަށް ކަންތައްތައް ދިމާވެފައި އެބަހުރި" ޒަކަރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހިން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން އެދެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ގޮންޖެހުންތައް އެގޮތަށް ކުރިމަތިވި ނަމަވެސް އެމީހުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ގުޅިގެން އެކަމާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އެތަނަށް ގޮސްފައި ތިބި ދިވެހި އަންހެނުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެ އިން ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ނުވަތަ އައިޑެންޓީޓީއެއް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ރަނގަޅު ސައްހަ ލިސްޓު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޒަކަރިއްޔާ މިފަދައިން ވިދާޅުވިއިރު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އައުމުން ހައްޔަރުކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވާއިރު މިހާރު އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މާމިގިލީ މީހާ

  ރާއްޖޭގަ ތިބި ދީނީ ފަތުވާދޭ މީހުންގެ ސަބަބުން ދިވެހިން ޖިހާދައް ދަނީ. ސަރުކާރުން ބަލާންޖެހޭ. ދީނީ ފަތުވާދޭ މީހުން ދޭ ފަތުވާތައް. މިކަމުގެ ސަބަބުން ރާއްޖޭގަ ހަރުކަށި ފިކުރުގެ މީހުންވެސް ގިނަ ވަނީ.

  4
  12
  • އިބްރާހިމް

   ބައެއްގެ ބޮލުގައި ނުބައިކަމެއް އަޅުވާއިރު އެކަމުގެ ދަލީލު ދައްކަންޖެހޭނެ. ބޭފުޅާއަށް ފާހަގަކުރެވިފައިވާ ކަންތަށްތަަކަކީ ކޮބައިތޯ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރާއްޖެއިން ޖިހާދުގެ ނަމުގައި ބޭރަށްދަނީ ރާއްޖޭގައި ކޮންމެވެސް ނުބައިކަމެއް ހިންގާފައެވެ. މިކަމުގައި ފަހަތުގައި ތިބެނީ ސިޔާސީ ވެރިންނެވެ. މިސާލަކަށް ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވިމީހުން ޖިހާދުގެ ނަމުގައި ފުރުވާލާފައިވާއިރު އެ އެންމެން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އަދި ޑރ އިންޓަވިއުތަކުގައި އެންމެ ބޮޑު ރައްދެއް ދެއްވާފައިވަނީ އަންނި އަށެވެ. ޑރ. އަވަހާރަ ކޮށްލިމީހުން އެނގޭކަމަށްވެސް ތަފާތު ޕޯޑިއަމްތަކުގައި އަންނި ވަނީ ހާމަކޮށްފައެވެ.

  • ބުރުމާޕަޕެޓުން

   ކަލޯގަޔާ ނަމަނަމަ ދިވެހިން މިކިޔާ މެދުމިނަށް ނޫޅޭތި އޭރަކުން ހަލާލެއް ޙަރާމެއް އައުރަ ނިވާކުރުމެއް ނަމާދެއް ނޯންނާނެ.

 2. ގައުމީ ލޯބި

  އާބާދީގެ ނިސްބަތުން އެންމެ ގިނައިން އެހެން ގައުމެއްގަ މިލްޓްރީ ފައުޖެއްވެސް އޮތީ ރާއްޖޭގައި ނޫންތޯ އެހެންވެ ހާމަ ކުރަން ނުކެރިގެން ތިއުޅުއްވަނީ ދޮއްތޯ؟

  އަބާދީ އާއި އަޅާ ކިޔަނީ ކޮންމެހެން ވަކި ކަމެއް ވީމަ ތޯ؟

  އަޅުގަނޑުމެން ބޭރުގެ މިލްޓްރީ މިގައުމުގައި ތިބެންވެސް އަދި ބޭރުގެ ހަގުރާގައި ދިވެހީންބާވެރި ވުމަށްވެސް ނޭދޭން ކީއްވެ ވަކި ވާހަކައެއް ތިޔަބޭފުޅުންނަށް ބޮޑު ކަމަކަށް ތިވަނީ؟

  ލިބޭ އެތިކޮޅު ގިނައީތޯ؟

  12
  2
  • މޯލްޑިވިޔަން

   އެވްރަށް ޓެރަރިސްޓުން ތިބީ މާ ދޯ

 3. އަލީ

  އިންޑިއާގެ މިލިޓަރީ ސިފައިން މިގައުމުގަ ތިބިވަރު ނިކަން ހާމަ ކޮއްދީބަލަ؟ ބުނަން ތިލައިގެން ތިތިބަ ޔުނިފޯމައް ވެސް ގަދަރު ނުކުރަނީތޯ. ދެން ދީނައް ފުރައްސާރަކުރިއަސް އޯކޭބަޔަކައް ތިއަކީ މައްސަލައެއްނޫން..

  7
  2
 4. އައްޑޫ ލެއި

  ކީއްކުރަން މިތަނަށް އަނބުރާ ގެންނަނީ އެތަނަށް އެމީހުން ދިޔައީ ވަކި މަޤްސަދެއް ޚާސިލްކުރަން އެކަން އެކަން އެމީހުންނަށް ކާމިޔާބް ވަންދެކަށް ބޭތިއްބީމަ ނިމުނީއެއްނޫން. އަނެއްކާ ތިމީހުން ގެނެސް މުޖުތަމައުގެ ތެރެއައަށް ދޫކޮށް ރައްޔިތުންނަށް ބޮޑު ބިރުވެރިކަމަކަށްވާނީ. ކުރާނެ ކަމެއް ނޭގިގެންތަ ތިއުޅެނީ.؟ނޫނީ ސަރުރުކާރުން މިލިޓްރީ ޓްރޭނިން އަށް ފޮނުވިބައެއްތަ އެއީ؟

  4
  1
  • މުސްލިމްލޭ

   ހާދަހަހި ރުޅި އެކޭ ތިޔަ އަރަނީ މުސްލިމުންދެކެ ދާހިލީ ހަގުރާމައިގައި ބައިވެރިވާ އެމެރިކާ އިނގިރޭސި އިޓަލީ ރަސިޔާ ފަދަ ގައުމުތަކުގެ ސިފައިން ދެކެ ހާދަހައި ލޯއްބެކޭ ތިޔަވަނީ.

 5. އިބްރާ

  އާބާދީގެ ނިސްބަތުން އެންމެ ގިނަބަޔަކު މަސްތުވެގެން މަގުމަތީގައި ތެޅިފޮޅެމުންދަނީ ކޮން ރާއްޖެއެއްގައިތޯއެވެ؟

 6. ދާހިލީ

  އާބާދީގެ ނިސްބަތުން ހަކުރު ބޮނީވެސް ރާބޮނީވެސް ރައްމެދަށް ވިހަނީވެސް މަގުފޭރެނީވެސް ވައްކަން ކުރަނީވެސް ހަށި ވިއްކަނީވެސް ރާއްޖޭގަކަމަށް ވާނީ ސަބަބަކީ އެހެނިހެން ގައުމުތަކާ އަޅާއިރު އާބާދީ ދަށީ ރާއްޖޭގަ ކަމަށްވާތީ.