ކޮވިޑް-19 އާ ހެދި ގިނަބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ އެވެ. ބޭނުންވާ މިންވަރަށް ފައިސާ ނުލިބު ދަތިވެއްޖެ އެވެ. ހާލުގައި ޖެހި މުޅި އާއިލާ ނިކަމެތިވެއްޖެ އެވެ. ވަޒީފާ ގެއްލި އާއިލާ ބިކަވެއްޖެ އެވެ. މިފަދަ ހާލަތުގައި އެތައް ބަޔަކު މިހާރުވެސް މި ރާއްޖޭގައި އެބަ ތިއްބެވެ. ހާއްސަކޮށް މާލޭގައި ޒަރޫރީ ބޭނުންތައް ނުފުދި، އުޅޭ އެތައް ސަތޭކަ އާއިލާއެއް އެބަ ތިއްބެއެވެ.

އެފަދަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އުޅޭ ރާއްޖޭގެ ޖަމިއްޔާއެއް ކަަމަށްވާ އަހީން ދަނީ އެފަދަ އާއިލާއަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފައިސާގެ ގޮތުންނާއި، އެ މީހުން ބޭނުންވާ އެހެނިގެން އެހީގެ ގޮތުންނެވެ.

އެހީ ޖަމިއްޔާގެ ރައީސް އަހުމަދު އިގްބާލް މިއަދު ފޭސްބުކް ޖެހި ޕޯސްޓެއްގައި މާލޭގައި ދިރިއުޅެމުންދާ ނިކަމެތި އާއިލާއެއްގެ ވާހަކަ މި ވަނީ ހިއްސާ ކޮށްފައެވެ.

އޭނާ ލިޔެފައިވާ ޕޯސްޓުގައި ވަނީ، މި މާލޭގައި ކަރަންޓު ބިލު ނުދެއްކިގެން 12 ދުވަސް ވަންދެން އާއިލާއެއް އުށްބައްތި ދިއްލައިން އުޅުނޭ ބުނެފިއްޔާ ގަބޫލު ކުރާނެ ބަޔަކު ތިބޭތޯ ސުވާލު ކޮށްފައި ވެއެވެ.

އެއަށް ޖަވާބުވެސް ދިނީ އޭނާ އެވެ. އޭނާ ވިދާޅުވެފައި ވަނީ "ލައްބަ". އެވެ.

އިގްބާލް ވިދާޅުވީ، ނިކަމެތިންނަށް ހެޔޮއެދޭ ފަރާތަކުން އެހީ ޖަމިއްޔާ EHEE އަށް ދިން މައުލޫމާތަކާއި ގުޅިގެން އެ ޖަމިއްޔާގެ ޓީމެއް އެ އާއިލާއަށް ޒިޔާރަތްކުރީ މިދިޔަ ހަފްތާގައި ކަމަށެވެ.

"ކުޑަކުދިންތަކަކާއި އެކު ދިރިއުޅެމުން އަންނަ މި އާއިލާ ހާލުގައި ޖެހިފައިވާ މިންވަރަކީ ކަރަންޓު ބިލު ނުދެއްކި ގިނަ ދުވަސްތަކެއް ވުމުން ސްޓެލްކޯއިން ދިން އިންޒާރާއި އެކުވެސް އެ ކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި މާޔޫސްވެ ގޮތްހުސްވެފައި ވުން". އޭނާ ލިޔުނު ޕޯސްޓުގައި ވެއެވެ.
.
އޭނާ ވިދާޅުވީ، މާލެ ސަރަަހައްދަށް ކަރަންޓް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން އިންޒާރު ދިނުމަށްފަހު ކަރަންޓު ކަނޑާލުމާއި އެކު އެ އާއިލާއަށް ދެން މަޖުބޫރުވީ އެ ނިކަމެތިކަންމަތީ ދިރިއުޅެން ކަމަށެވެ.

"އުއްބައްތީގެ އަލީގައި 12 ދުވަސް ހޭދަކުރަން މަޖުބޫރުވި! ޒަރޫރީ މިންވަރު ނުފުދި އާއިލާ ބިކަވެގެން ދިޔައީ ކާބޯތަކެތީގެ އެހީއަށް ވެސް ބޭނުން ޖެހިފައިވާ ހާލުގައި!". އިގްބާލް ވިދާޅުވިއެވެ.

އިގްބާލް އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އެ ޖަމިއްޔާއިން ކުރަމުން މި ގެންދާ މަސައްކަތަށް ތަރުހީބު ދޭ ފަރާތްތަކުން ދީފައިވާ ފައިސާއިން އެ ޢާއިލާއަށް މި ދަތިކަން ފިލުވާދެވުނެ ކަަމަށެވެ.

އެގޮތުން އެ އާއިލާގެ ކަރަންޓް ބިލްތަކަށް އަރާފައިވާ 15,036.45 ރުފިޔާ އެއްކޮށް ދެއްކުމަށް ފަހު އެ ޢާއިލާއަށް ބޭނުންވާނެ މިންވަރަށް ކާބޯތަކެތި ގަނެދީފައިވާ ކަމަށް އިގްބާލް ވިދާޅުވިއެވެ.

"އިންޝާﷲ ކޮންމެ މަހަކު ވެސް އެ ޢާއިލާގެ ހާލު ބެލުމަށް ފަހު އެނިކަމެތިކަމުން އަރައިގަނެވެންދެން އެހީ ޖަމިއްޔާގެ ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދެވޭނެ". އޭނާގެ ޕޯސްޓުގައި ވެއެވެ.

އޭނާ އިތުރަށް ވަނީ، ނިކަމެތިން ބިކަވެގެންދާ ތަން ބަލަން ނުތިބުމަށް އެދިފައެވެ. އަދި ވެވުނު މިންވަރަކުން އަމިއްލައަށް ސިއްރުން ވިޔަސް ޖަމިއްޔާ އެއްގެ ބެލުމުގެދަށުން ވިޔަސް އެހީވެދިނުމަށް ބަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނާސިރު މުހަންމަދު

    ކަރަންޓު ބިލް ނުދެއްކި އުއްބައްތި ދިއްލައިގެން 12 ދުވަސް ވިއިރު މިސަރުކާރަށް މިކަމުގެ ހިލަމެއްވެސް ނުވޭބާ؟؟؟

    52
    2
    • Anonymous

      އެންސްޕާގައި އެދުނަސް ދެނީ 2000 ރުފިޔާ އެކަނި

      11
  2. ޓާޓާ

    މިސަރުކާރު އަކީ މީހުންގެ ހިލަމެއްބަލާ ސަރުކާރެއްތޯ ދިވެހިން ގެސަރުކާރެއްނޫން މޯދީގެސަރުކާރެއް

    36
    1
  3. މަރިއްކޮ

    ނިކަމެތި ބައެއްގެ ކަރަންޓް ބިލަށް 15 ހާސް ރުފިޔާ އެރީމަ މިހިރީ ހައިރާންވެފައި... އަހަންނަކީ ވެސް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް. 3 ކޮޓަރި ހުރޭ... މަހެއްގެ މައްޗަށް އެއް ހާސް ރުފިޔާ ވެސް ނާރާ.

    15
    34
    • ޢަލީ

      ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެއް މަހުން ނެއް ނޫން އެވަރު އެރީ.

      14
    • Anonymous

      ގަބޫލު ކުރިޔަށް ނުކުރިޔަސް ތީ މިހާރުގެ ހާލަތިކީ.

    • މައިރާ މެހޫދް

      އެއީ އެއްމަސް ނޫނީ ދެމަހުން އަރާފަ އޮތް ވަރެއް ނޫނޭ. ދެއްކޭނެ ފެންވަރު ނެތީގެން ނުދައްކާ އޮތީމަ އަދަދު ދާނީ ހަމަ މައްޗައްދޯ.

      10
      1
    • ހަސަނުގެ ދަރި

      އެވެދާނެ އެއްނު 1 އަހަރު ދުވަހުގެ ކުލި ކަމަށްވެސް ތި މައުލޫމާތު ދިން ފަރާތުން ވެސް ބުނެދިން ނަމަ ކިތައް މަހުގެ ބިލަށްތޯ އެވަރު އެރީ

      10
  4. ޅަބޭ

    ހާލުގަ ޖެހުނީ މާލޭ ރައްވެހިންތަ.؟

    23
    5
  5. ޒާ

    ދބޯހިޔާވަހިކަން ނެތި ކުއްޔަށް އުޅެންޖެހޭ އެތައް އާއިލާއެއް ތަހުޒީބު ޒަމާނުގައި މި ތަހުޒީބު މާލޭގައި ތިޔަފަދަ ޚަރަދު ކުރެވޭނެފަދައެއްނެތި ކެވޭނެފަދަވެސްނެތި އުޅޭކަމީ ހަގީގަތެކެވެ. ނަމަވެސް ފްލެޓަށް އެދި ފޯމުލީމާ އުޅެތަން ބަލަންއައިސް ބައެއް ގެ އިމާރާތެއްބަލާފައި ޕޮއިންޓް އުނިކުރީ މިސަރުކާރުންނެވެ. މިނިކަމެތި ހާލުގައި ދިރިއުޅޭއިރު އެއްކަލަ މަހުޖަނުން އާކައިވަނިކޮށް ދުނިޔަވީ އުފާހޯދައެވެ. ސްޓެލްކޯއިން މީހުން ނިކަމެތިވީދުވަހު އިތުރަށް ހާލުގައިޖެއްސިއެވެ. ﷲނިކަމެތިމީހާގެ ހާލު ބައްލަވާވޮޑިގެންވެއެވެ. އަހަރެން ގެ ކޮޓަރިކުއްޔަށްދިންމީހާ އަހަރެން ގެ ހާލަތު މިވަގުތު އިހްސާސްވެސްނުކޮށް މަސްފެށޭތަނުން ކުލިހޯދަންގުޅަނީ ލަދެއްވެސްނެތިއެވެ.

  6. ައަހުމަދު

    މި ތަނަށް ފައިބައި ތިބި އިންޑިއާ ސިފައިން ނިކަމެތި ހާލުގަ ތިބިނަމަ މި ސަރުކާރުން ބަލާނެ. ރައްޔިތު މީހާ ހަންދާން ވާނީ 5 އަހަރުން 1 ފަހަރު

    12
  7. ނަސޫ

    ކަރަންޓް ބިލަށް ފައިސާ ސަރުކާރުން ދައްކަންވީ ކިހިނެއްވެގެންތައް؟ ސަރުކާރުގެ ބޭނުމެއްގައިތައް ކަރަންޓް ބޭނުންކުރީ

    5
    13
    • ނޯ

      ކަލޭ ބުނެގެން ކަރަންޓް ބޢނުން ކުރީ

    • ބަސޫ

      ކޮންމެ 5 އަހަރަކުން 1 އަހަރު ތިޔަ ބުނާ ސަރުކާރު އަން ނާނެ.. އެދުވަހު ރަ އްޔިތުމީހާ ލާ ޖަންގިޔާ ކަރަންޓް ނެތިގެން ނުދޮވެވި ކަޅު ކުލަ އަރާފަ އޮތަސް ދޫ ކާ އްތަ އިގެން ވެސް ދޮވެދޭނެ. ސެސް.ތަ އް.

  8. ހަސަދު

    ކަރަންޓަކީ އަސާސީ ހައްގެއް ކަޑާލެވިގެން ނުވާނެ. ބިލް ނުދެއްކިއްޖެއްޔާ އެހެން ގޮތަކުން ފައިސާ ހޯދޭތޯ ބަލާނީ.