ކުރާ ކޮންމެ ކަމަކުން ނުކުމެދާނެ ނަތީޖާ އަންދާޒާ ކުރުމަށް ފަހު ކުރުން މުހިންމު ކަމަށާއި ހަ ކުޅިއަށް ކުޅެވޭނީ ތަފާސް ހިސާބު ބަލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާ ޝަރަފުވެރި ކުރައްވާ ނަޝީދު ވިދާޅުވީ ތަފާސް ހިސާބަކީ ސިޔާސީ މީހުންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

އެގޮތުން އެމެރިކާގައި އިންތިޚާބަށް ފަހު ފޭސްބުކުން ޑާޓާ އެނަލައިޒްކޮށް، ހައިޖާނު އުފައްދާ ވަކިވަކިން ވޯޓު ހޯދި ކަމަށާއި އެ ހުރިހާ ކަމެއް ބިނާކުރީ ތަފާސް ހިސާބަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިވަގުތު ތަފާސް ހިސާބާއި ބެހޭ ބިލް އޮތީ ކޮމިޓީ މަރުހަލާގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އާއްމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ހިމެނޭ ތަފާސް ހިސާބު އެކުލަވާލުމުގެ ގަވާއިދަށް ގާނޫނީ ބާރު ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ތަފާސް ހިސާބުގެ ގައުމީ ނިޒާމެއް އެކުލަވާލައި އާއްމުކޮށް ބޭނުންކުރުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށާއި އެ މަސައްކަތް އޮންނަން ވާނީ ގާނޫނުއަސާސީއާ އެކު ނިމިފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ އެނގިގެން، މިނިގެން ދެންވާނެ ގޮތް ވެސް ވިސްނިގެން ކުރެވޭ ކަމަކަށް ވުން. ހަކުޅި ކުޅިއަށް ކުޅެވޭނީ އެ ކުޅި ހިނގާ ހުރިހާ މަގެއް ޕަމެއުޓޭޝަނެއް އަޅުގަނޑުމެން އެގްޒޯސްޓް ކޮށްގެން،" ނަޝީދު ވިދާޅުވިއެވެ.

ތަފާސް ހިސާބަކީ ރާއްޖެ އާއި ދުނިޔޭގައި ވެސް މީހުން ގެ ދިރިއުޅުން އޭގެ މައްޗަށް ވަރަށް ބޮޑަށް ބިނާވާ އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުލޫމާތު ނުވަަތަ ޑާތާ ނުވަތަ ތަފަސް ހިސާބަކީ މައުލުމާތު އެއްކޮށް އެކުލަވާލާ، އެ ދޭހަވާނެހެން އެކުލަވާލާފައިވާ އެއްޗަކަށް ވާން ޖެހޭ އިރު އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރަމުންދަނީ އަރަބި ދުނިޔޭގައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެސް ތަފާސް ހިސާބު އެއްކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ ކަމަށެވެ.

އެގޮތުން މިނުމާއި އިންއެޅުމާއި ހިސާބު ޖެހުމުގެ މަސައްކަތް ރާއްޖޭގައި ވަރަށް ކުރީއްސުރެން ހިނގާ ކަމަށާއި 1800 ގެ އަހަރުތަކުން ފަށައިގެން ވިޔަފަރީގެ ހިސާބު ބަލަހައްޓަމުން އައިކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު

    ހަކުޅިކުރިއައްކުޅެވުމަކީ މިގައުމު އިންޑިއާގެ އަޅުވެތިކަމައް ދިއުން

    25
  2. ބޮޑުވަގު

    ‏މިއީ ސީދާ މީސްމީހުންގެ ޒާތީ މައުލޫމޫތު އޮޅުވާލައިގެން ވަގަށްނަގައި އިންތިޚާބަށް ނުފޫޒު ފޯރުވައި ނަތީޖާ ނެރުމަށް ހިންގާ ޖަރީމާއެއް. އަރަބިންނޭ މިކަން މޮޅަށް ކުރަނީ ބުނީ އޮޅުވާލުމަށް. މިކަމަކީ ހުޅަނގުގައި ވަރަށް ގަދައަށް ކުރާ ކަމެއް. މީހުންނަށް އޮޅުވާލަން މީ

  3. ބެއްޔާ

    ކުޅެން އުޅުނު ކޮންމެ ކުޅިއެއް އަތަށްގޮވާ އަދިއޮތީ.

    26
  4. ކަނަމަނަ

    ޢަގަހުޅުވަނީ ކޮންކަމެއް ރަގަޅައްކުރެވިގެންތަ އިންތިހާބެއްވެސް ކާމިޔާބު މިކުރެވެނީ ގައުމު ވިއްކާލާހިސާބުން ބޭރުގައުމެއްގެ އެހީތެރިކަމާއިއެކް ތިވަރުމީހުނައް ކޮންހިސާބެއްކުރެވޭނީ ދެންވެސް ތަފާސް ހިސާބުގެތެރެއިން ގައުމުވިކާލާ

  5. Anonymous

    ހަކުޅި ކުރިއަށް ކުޅެގެން 07 ފެބްރުއަރީ ގައި ކަލޭ ވެއްޓުނީވެސް. ހަމަ އެގޮތަށް 2013 އިންތިޚާބު ފެއިލްވީވެސް

    28
  6. ހަސަނު

    ތަފާސް ހިސާބުން ދައް ކަފާނެ އަންހެންވެރިން ސިގިރޭޓްބޯކަމަށް، އެ ކަމު އެއީ ގޯސް ކަމެއް.

  7. ސިނެކް

    ﷲއިރާދަކުރެއްވިއްޔާ ނަޝީދަކަށް މިގައުމުގަ އެއް
    ކުޅިވެސް ނުކުޅެވޭނެ

    11