ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި ހައްޔަރު ކުރި އިރު މަރުތަކުގެ މައްސަލަތަކާ ގުޅުން ހުރި ކަރުދާސްތަކެއް އަތުގައި އޮތް ކަމަށާއި އެކަމަކު ހައްޔަރު ކުރުމަށް ފަހު އެ ކަރުދާސްތައް އަތުލި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.
މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން "އަނިޔާވެރިކަމާ ދެކޮޅަށް" ހިންގި މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި އިމްރާން ހައްޔަރު ކޮށްފައި ވަނީ އެ މުޒާހަރާގެ ތެރޭގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެން، އެއީ ޓެރަރިޒަމްއަށް ހިތްވަރު ލިބިދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެއެވެ. އެ މައްސަލައިގައި އިމްރާންގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ފަހުން ބާތިލްކޮށް، އިމްރާން މިނިވަންކޮށްފައެވެ.
އެ ދުވަހުގެ މުޒާހަރާގެ ބައިވެރިންނާ އެކު މާލެ މަގުމަތީގައި ހުންނަވައި އިމްރާން ވަނީ އަތުގައި އޮތް ބައެއް ކަރުދާސްތައް ދައްކަަވައި އަވާހަރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅުވައި ވާހަކަ ދައްކަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުވެ އިންނެވި އިރު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެ ކަރުދާސްތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ. އެ ކަރުދާސްތައް ދައްކަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އެޅުވިއިރު މިހާރު އެ ކަރުދާސްތައް ކޮބައިތޯ ސުވާލު ކުރެއްވިއެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މޭޑޭގެ މުޒާހަރާގައި އޭނާ އޭރު ހައްޔަރުކުރި އިރު އޭނާގެ އަތުގައި އޮތް ކަރުދާސްތައް ވެސް ބައެއް ފުލުހުން ގެންދިޔަ ކަމަށެވެ.
އެ ކަރުދާސްތައް ހޯދަން ޖެހޭ ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެ ކަމަށް އިތުރު ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އަދި އެ ތަހުގީގު ފެށިފަައި ނުވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ދެން ޖެހޭނީ އަނެއްކާ ތަހުގީގެއް ފަށަން. އަޅުގަނޑު ހައްޔަރު ކުރަން އައީ ކޮން ފުލުހުންނެއްތޯ، ކޮން ފުލުހުންނެއްތޯ އެ ތަކެތި ގެންދިޔައީ، ދެން އަދި އެ ތަހުގީގާ ހަމައަށް ދެވޭ ވަރެއް ނުވޭ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކުރީގެ ސަރުކާރުގައި ހިނގާފައިވާ ގޯސްތަކާ ގުޅޭ އެތައް ތަހުގީގެއް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. މި ގޮތުން އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވަރަށް ގިނަ ތަހުގީގުތައް ހިނގަމުންދާ ކަން އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާން އަތުގައި އޮތް ކަރުދާސްތައް އަތުލި މައްސަލަ ތަހުގީގު ނުކުރެވި އަދި އޮތީ ވެސް އެހެންވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު އެ ތަހުގީގު ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މި ތަހުގީގާ ހަމައަށް ވެސް އަދި ދެވޭނެ." އިމްރާން ވިދާޅުވިއެވެ.
ޑރ. އަފްރާޝީމްއާއި ރިލްވާންގެ މަރުގެ މައްސަލައާ ސިޔާސީ އެކި ބޭފުޅުންނާ ގުޅުވައި މީގެ ކުރިން އެކި ތުހުމަތުތައް ކުރެިފައިވެއެވެ. އެހެންވިޔަސް މަރުތައް ތަހުގީގު ކުރަން މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ އެ މައްސަލަތަކުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ. އެ މަރުތަކާ ސިޔާސީ ބޭފުޅުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ދެންއަނެއްކާ ކަރުދާހެއް ލިޔަންވީނު ތިޔަ އެމްޑީޕީ ވަރައްމޮޅުވާނެ ވާހަ ކަ ލިޔަން ކަންމަތީފިހާރަ ހުޅަނގުބިތުގަ ސިމެންތި ޖެހެނީ ރިސޯޓުގަ ހުންނަދަރި އައިސް ގޭދޮށު މަސްފެ ކްޓަރީ ކިރުދަޅު އަގުބޮޑު މިހެންގޮސް ރައްޔިތުން ބޮލައް ވަދެވޭހާ ދޮގާމަ ކަރު ކޮބާ ކިރުދަޅުގެ އަގު ކަންމަތީ ފިހާރައިގެ ދަރަނި
މިއަހަރުގެ ޖޯކުތެރެއިން 1 ޖޯކު ތީ ގެޅެނީ ހިނި !!!!!! އިމްރާނޫ !!!!!!
ރެކެން ދައްކާ ހަމަނުޖެހޭ ވާހަކަ ދެކިފައި ހިނި އަންނަނީ.
އެއީ އެއްވެސް ކޮޕީއެއް ނެތް އެވާހަކަތައް ލިޔުުނު ބައެއްގެ އަތުލިޔުންތަކެއްބާ؟ އެ ހިސާބުން އެވާހަކަތައް ދެއްކިމީހުން ވެސް މަރުވެގެން ދިޔައީދޯ. އެހެން ކަމަށްވާނަމަ، އެދުވަހު ޢިމްރާނު ގެންގުޅުނު ލިޔުންތަކަކީ ޑރ އަފްރާޝީމުގެ މަރާއި ގުޅޭ ގޮތުން ޑރ އަފުރާޝީމު ލިޔުއްވާފައިވާ ލިޔުމެއްބާ.
ޢިމްރާނު އަކީ އޭރުގައި އެއްވެސް ތަޙުޤީޤީ އިދާރާއެއްގައި އުޅުނު ފަރާތަކަށް ނުވާއިރު އެފަދަ ލިޔުންތަކެއް ޢިމްރާނު އަތުހުރީ ކީއްވެބާ؟
އަނެއްކާ އަނެއްފަހަރު ތިޔަ ބަދުނާމުކުރެވުނީ ދިވެހި ފުލުހުން. މިހާރު އެ އެންމެންގެ މައްޗަށް ވެރިކަން ކުރަން ހުރި ހޯމް މިނިސްޓަރަކީ ތިޔަ މުނާފިޤު ޢިމްރާން. މޭ ޑޭ ގައި ޢިމްރާނު ހައްޔަރު ކުރީ ފުލުހުން. ޢިމްރާނުގެ އަތުގައި ހުރި އެއްޗެއް އެދުވަހު އަތުލާނީވެސް ފުލުހުން. އެމީހުން އެތަނަށް ވެއްދި ހުރިހާއެއްޗަކާއި ޙަވާލު ވެގެން ތިހުރީ ދެފުށް ދެގޮތް ސޭކު ޢިމްރާނު. ތިހާ ސޭކުވާހަކަ ނުދައްކާ ހިމޭނުން ހުރެބަލަ. އޭރުން އިތުރު ދޮގެއް ނުހެދި ހުރެވިދާނެ.
އިތުރު ތަހުޤީޤެއް ކުރެވޭތޯ އަނެއްކާވެސް ރުގުޔާގެ ސްޓަންޓެއް ޖައްސާ
5 އަހަރުގެ ދައުރެއްގެ ދެބައިކުޅައެއްބައިދިޔައީ ބާކީމިއޮތް މަދުދުވަސްކޮޅުތެރޭ އިމުރާނު މިނިސް ޓަރުކސމުން ދުރިވެސްކުރެވިދާނެ އަދި ސްޕްރިމްކޯޓުން ބާތިލުކުރިހުކުމް ރިއޯޕަންކޮށް އަލުންޖަލައްދާންވެސްޖެހިދާނެ މީހުސްވެދާނެކަންތައް ވީމާ މިހާރުއްސުރެން ރުގިއްޔާ ކިވަންފެށުން މުހިއްމުކަމައް ފެނޭ
ރުގިއްޔާ ދޯ
ދެންތި ނުވެފަ އޮތް ކަމަކީ
އެހެންވެ މީހުން ބުނަނީ ކިޔެވިއަސް ރޯނު އެދުރުން ތިބެއޭ ... މިއަދު ޔަގީން މިވީ ހަގީގަތުގައި ވެސް ހަމަ ސޭކެއްކަން ސޭހެއް ސޭކަކަށް ވީ
އަންނި ވެސް ބުނި ތިމަންނައަށް އެނގެއޭ އަފްރާޝީމް މަރާލި މީހުން
އިމްރާނު ވީނޫންތޯ ޕޮލިސްކަމިޝަރަށް ދަންނަވައިގެން ތިޔަ މައްސަލަ ބަލަން ދެއަހަރު ވީއިރު ކަލެއަށް ކުރެވުނު ކަމެއް ބުނެބަލަ ގޮނޑި ހޫނު ކުރުން ފިޔަވާ
ހޯމް މިނިސްޓްރީ ތެރޭގައި ފުލުހުން ޖަވާބު ދާރީ ކުރަން ހެދި ޔުނިޓް ވެސް ދިޔައީ ތޮޅިއަށް
ކަލޭ ފޮނުވާ ސިޓީ އަކަށް އެމީހުން ޖަވާބެއް ނުދޭ ހެ ހެ
މި އީ ހާދަމުނާފިގު އިންސާނެކޭ، މައްދިއްޔަތައް ގެއްލިފަހުރި ބޮޑު މުނާފިގެއް، މިއީ ދެންބޮޑުވަރު، މީނަ ދޮގުހެދުމުގަވެސް ހައްދެއްނެތް، މީނަގެ އެކުވެރިންކޢިރީ މީނަ ބުނިކަމައްވޭ، އެއީ ހަމަ ފޭކު ކަރުދާސްތަކެކޭ ތިމަންނަ ގެންގުޅުނީ، ރޔމނ ބަދުނާމުކުރަން، ދެންކޮބާ މިކަލޭގެ އަގައިން ނަށީދު ސިފަކޮއްދިނުން، އެއީ މީނަގެ ސޫރައިގަހުރި އެހެން މީހެއްތަ، ލަދުގެ ކަންފުޅެއްވެސް ހުރި އިންސާނެއްނޫން، މަގާމާ ހެދިމޮޔަވެފަ، ދުނިޔެއައް ގެއްލި މަކަރުން ފޯވެފަ
އަފްރާޝީމްގެ މަރުގެ އިލްޒާމު ނަޝީދުގެ ބޮލުަގަޔާ އެމްޑީޕީގެ ބޮލުގައި އެޅުވި ލިޔެކިޔންތައް ކޮބައިބާ؟
އެކަން ތަހުގީގު ކުރާ އިރު އެތަނުގެ ވެރިޔަކަށް އިމްރާން ހުރެގެން ތީ ކިހެނެން އިންސާފުކުރާނެ ކަމެއް. މުޅިންވެސް މޮޔަ ގޮވުން ނޫން ކަމެއް މިވެރިންގެ ކިބައިގާނެތް. ބަލަ މި އޮތް ޒަމާނުގައި އެލިއުމުގެ ކޮޕީ އިމްރާން އަތުގައި ނެތޭ ބުންޏަަސް އަތުގައި ފޯނުން އެކަން އެހެން ނުވާނެ ކަމަށް ހެކިދޭނެ ކޮންމެވެސް މީހެއްގެ ފޯނުގައި ނުވަތަ އެނޫންވެސް އެފަދަ އިލެކްޓްރީނިކް ވަސީލަތެއް އެ ހުންނާނެ އަދި ނޫނީ އޭގައި ހުރި ހުރިހާ ވާހަކައެއް އިމްރާން ހިތު ދަސްވެފަ ހުންނާނެ.
ހިނި ގެޅެނީ ... ރުގުޔާ
ރުގިޔާ ކު ރަން ނުދަންނަމީހަކު ލައްވާ ރުގުޔާކު ރުވީމަ ވާގޮތް މިފެންނަނީ ދެންގޮވާނި ހުސްކޮސް ހަދާނީ ހުސްދޮގު ހަމަ ފައްކާ އިބިލީހެއްމީ
ކަލޯ އިމްރާނާ ، ތީ ތަންފުކެއް ބޮޑުވަރު ......................
ގެއްލުވާލި ޢަބުރު އެޕިސޯޑް 20 # އަގަފުޅުސަރުކާރު އިސްތިޢުފާ
ކަލޭގެ ދުލުން ބުނާއަޑު އެހިން ތިމަންނަ އެދުވަހު ގެންގުޅުނީ ހަވީރުނޫސްގެ ގަނޑުތަކެކޭ ދޮގުވެރިޔާ!
ތިބުނާ ލިޔުންތަކެއް ހުރެ ފުލުހުން އެ އަތުލި ކަމުގައިވިޔަސް ތިބާ މަރުކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ނުދިނީ ކިއްވެބާ ؟ އަދި އެލިޔުންތަކެއް ލިބުނު ގޮތެއްވެސް އެލިޔުންތަކުގައި ހުރި އެއްޗެއްވެސް ތިބާއަށް މަރުކޮމިޝަނގައި ބުނެވޭނެ ދޮއްތަ. ފުލުހުން އެދުވަހު އިމްރާންގެ ދޫ ދަމައިގަނެގެން ގެންދިޔަ ނަމަވެސް މަރު ކޮމިޝަނަށްގޮސް ލިޔުމުންވެސް އެކަން ބަޔާން ކޮށްދެވޭނެތާ! ހަމަ މުނާފިގު ވާހަކަ ތިޔަ ދައްކަނީ މަގާމުގެ ބޭނުމުގައި .
އެބުނާ ކަދާސްތައް އިސްތިހާރު ކުރުމަށްފަހުއުކާލީ އޭގައި ލިއެފާހުރިއެއްޗެއް އިމުރާނު އަކަށް ވެސްނޭގޭ އެކަރުދާސްތަކުގައި ހުރީ މުޒާހަރާ ކުރިއަށްދާ ގޮތުގެ ތަފްސީލް ލުއްޗާ
ތީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްއުޅޭ ސޮހޮލަކާ ވައްތަރީ. އެވަރުގެ މުޒާހަރާއަކަށް އަތުގައޮތް އޮރިޖިނަލް ހަމައެކަނި ކަރުދާހެއް ހިފައިގެންގޮސް އެތާ މޮޅުވާހަކަ ދައްކަން ކުރުމަކީ ކަލޭ ތިދައްކާ ވާހަކައިގަ ކިހާ ބުރަދަނެއް ހުރިކަން ވަރަށް ރަނގަޅަށް ސާފުވާކަމެއް. ތިބުނާ ހުރިހާ މައްސަލައިގެ ރިޕޯޓް ދައުލަތުގެ އެއްވެސް ތަނެއްގަނެތި އެ އޮތީ ތި ސޮހޮލު އަތުގަ. ތިކަރުދާހަށް މަގޭ ސަލާން.
އެވަރުގެ މުހިއްމު ލިޔެކިޔުންތަކެއް ނަކަލް ނުބަހައްޓާ ނުގެންދާނެ! ނަކަލްތައް ގެނޭ! ގަޅިވިޔަސް ބޯހަމަޖެހޭވާހަކަ ދައްކާބަލަ!
ޝައުޚް އިމްރާނޫ! ތިކަހަލަ މަރުތަކާ ބެގޭ ކަރުދާސް ބޭނުންވަރަކަށް ބުމްޝޮޕްތަކުގައި ހުންނާނެ ވިއްކަން! ފޮށިފޮށިން. ރީމް ހުރިގޮތަށް! ކަލޭ ގެންގުޅުނީ ހުސް ކަރުދާސްތަކެއްކަން އެންމެންނަށް އެގޭވިއްޔާ!
ތި މަ ރުތަކުގެ މައްސަލަތައް ބެލުމަކީ ދިވެހިންނަށް ދެން ކު ރެވޭނެ ކަމެއްނޫން ރަންނަމާ ރި ކަންތައްގަޑު ކަހަލަ ކަމަކަށް ތިކަންވަމުންދަނީ ސާބިތު ނުހިފޭ ގިނަވާހަކަތައް އެކިފަ ރާތްތަކުން ދައްކާ ކަމުގެ އަސްލުތިވަނީ ގަސްދުގައި ގެއްލުވާލާފައިކަމަށްބަލަންޖެހޭ.
ހެޔޮނުވާނެ ސޭކު އިމްރާން .މިރޭ ކޮންމެވެސް ޓ.ވީ އަކަށް އަރާފަ ބުނަން ވީނު މަގޭ ދޮށީ އަނބި ދަމުން ދިޔައީ މަގޭ ގުނަވަންތައްވެސް ހިފަިގެންނޭ؟ހިނި ގެޅޭނެ ދޯ؟މީ ގައުމެއްގެ ދާހިލީ ވަޒީރޯ؟
އިމްރާން ކަމުން ރެކެން ވާހަކަ ނުދައްކާ. އަތުގައި އޮތީ އެންމެ ކޮޕީއެއްތަ؟ ކަރުދާސް ރީމެއްގެ ހެކި ޕްރިންޓްކޮށް އުކީމުނޫންތަ؟ ހަމަޖެހޭ ވާހަކަ ދައްކާ ތިމަގާމުގައި ހުރެގެން. ތީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ދައްކާ މީހެއްނޫން.
ބޭފުޅާ ވަޑައިގެންނެވީ އޮރިޖިނަލް ޑޮކިއުމެންޓްތައް ހިއްޕަވައިގެން، ކޮޕީއެއްވެސް ނުބާއްވަވާ. މާނައަކީ އެންމެ ކުޅިއެއްވެސް ކުރިއަށް ކުޅޭކަށް ނުވިސްނެވޭކަން ދެއްތޯ. އަ ޖޯކް
އިމްރާާނޫ...
އެ ކަރުދާސްތައް ލިބުނުތަނަކު އަޭގެ ސޮފްޓް ކޮޕީވެސް ހުންނަންވާނެ ނޫންތޯ.. އެވެސް އަތުލީތޯ..؟
ހާދަ މޮޅު ވާހަކައެކޭ ތިޔަ ފަތުރާލެއްވީ ދެއްތޮ! މިފަހަރު ވަރަށް ވައިގާ ހިފާނެހެން ހީވޭ
ބުއްދި ގާބޫލުކުރާކަހަލަ ވާހަކައެއްދައްކަބަލަ....ބަލާއެއްތާމީ
ހުރިހާ އެއްޗެއްގެ އޮރިޖިނަލްތައްތަ؟ ހިފައިގެން އެދުވަހު ނުކުތީ ދެން ކުރާނެކަމެއް ނެތް އެ އަތުލި ޕޮލިހުންނާ ދެކޮޅަށް ފިޔަވަޅުއަޅާ އެތަކެތި ހޯދަންވީނު މިހާރު ތިހުރީ ޕޮލިހުންގެ އެންމެ އިސްވެރިއަކަށްވިއްޔާ .. އެމީހުންނެއް ނޭގެއޭ ބުނާނީ ދޯ ހެހެހެ
އިމްރާނޫ. ކަލޭވެސް ގެންދިޔަދޯ. ދެން ކަލޭ ހޯދަންވެސް ތަހުގީގެއް ހިންގަންވީނު. މި ޒަމާނާ ގުޅޭކަހަލަ ގަޅިވާހަކަދައްކަބަލަ.
މަވެސް ގެންގުޅުނިން ޢެކަމާއި ގުޅޭ ގޮތުން ނޫސްތަކުގައި ލިޔެފައި ހުރި ޚަބަރުތައް ޕްރިންޓްކޮށްގެން.. ދެން އެ ހެއްކަށް ވަންޔާ ހުންނާނީ ހުސް ހެކި .. ބޯ ހަލާކުވެދާނެ..
މީވެސް މިގައުމަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް. ޝޭހަކަށް ވެގެން މިކަލޭގެ ދިން ދީނީ ދަރުހެއްނެތް.. މުޅިން މުނާފިގުވާހަކަ ދައްކައިގެން އުޅޭ މަކަރުވެރި ފަހަރި އިމްރާން
އިމްރާނު ހިތުހުރިވަރަކަށް ދޮގާމަކަރު ހެދިދާނެ ތިޔަބާރުވެރިކަން ކުޑަކުޑައިރުކޮޅެއްގެތެރޭ ނެތިހިނގައިދާނެ ސިހުރު ހަދަނެކަމެއްނެތް
އެ ކަރުދާސްތަށް އަތުލީ އިމްރާނުގެ ފަހަރިތަ ؟ ބުހުތާނާ ބުނެބަލަ މިނިސްޓަރ ކަމުގެ އަވާގައިޖެހި މީހަ ތިހިރީ މަގުފުރެދިފައި
ރިލްވާނު މަރާލުމުގައި އިމްރާން ވެސް ބައިވެރިވީތަ ތިހާފަށޭހައިން ހެކިހޯދުނީ
ކަލެއަށް އެހާ ތަފްސީލީ ހެ ކިތަ ކެއް ލިބުނީ ކިހިނެތް ؟ ކޮންތާ ކުން ހޯދީ..ފުލުހުން އެލިއުން ކަލޭ އަތުން އަތުލީމަ މިއަދު އެލިއުން އަތުލިމީހުން ކޮބާ؟..އެ ކަންތައް އޮއްބާލަން އެލިއުން ހޯދި މީހުންގެ ތަހުގީގެއް ކޮށް އެ ކަން ބަލަންވެއްޖެނު.މިއަދު ކަލޭ ތިހިރީ ތި މުއައްސަސާގެ އިސްމީހެއްގެ ގޮތުގަވިއްޔާ..ދެވަނަ ސުވާލަ ކީ ރައީސް ނަޝީދާއި ބެހޭގޮތުން ކަލޭ ދެއް ކި ވާހަ ކަތަ ކަ ކީ ހަގީގަތެއްތަ؟..އެމަނި ކުފާނު ދެ ކެ ކަލޭ ހަސަދަވެރިވާތީ ދެއް ކި ހުސްދޮގު ވާހަ ކަދޯ އެއީ...އިމުރާނޫ އިސްލާހުވެ ބަލަ ދެންވެސް...އިބުރާހިމް މުހައްމަދު ސޯލިހުގެ ހެޔޮފުޅު ކަމުން މިހާރުވެސް ކަލޭ ތިތާ ބަޢިންދާފަ ތިއިނީ..ވިސްނަބަލަ ކަލޭ ފަހަތައް މިހާރު ކަލޭ ސަރު ކާއި ދެ ކޮޅަށް ނި ކުތަސް 50 މީހުން މިހާރު ނުނިކުންނާނެ ކަން ޔަގީން..ނިކަންވިސްނާލަބަލަ ކަލޭތީ ކިތައްހާސް މީހުންގެ ލޯބި ހޯދި ޝޭހެއް..މިއަދު ކަލޭތީ ރައްޔަތުން ކުރިމަތީ އަގެއްނެތް ނި ކަމެއްޗެއް...ލަދެއް ނުގަނޭބާ ، އިމުރާނޫ..
މީކޮންތާކުން ކިޔެވި ޝޭޚެއްތަ. ލަދުޙަޔާތްކުޑަ އިންސާނެއް. ޓްވީޓެއްކުރަނިވެސް އިސްތިޚާރާ ނަމާދު ކޮށްފަޔޯ ބުނާއަޑުއިވުނު. ދުނިޔޭގެ އެދުންވެރިކަމުން މަގާމުގަ ދެމިހުންނަނީ. ރައްޔިތުންގެ ނަފްރަތާއި ނުރުހުން މިނާޔަށް ހުރިކަން ގައިމު ކޮމެންޓްތައް ކިޔާލިމާ އެނގޭ.