ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރަކު ތަމްސީލް ކުރައްވާ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ވަޒީރުންނާ ގުޅުން ބާއްވައި ބަދަހިކޮށް ނުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުވެވަޑައިގެންނެވިއިރު، ދާއިރާގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރ އިމްރާންއަށް ފޯނު މެދުވެރިކޮށް މުއާމަލާތް ނުކުރެވޭތީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިކްރާމް އެހެން ވިދާޅުވުމުން މިނިސްޓަރ އިމްރާނަށް ޖަވާބެއް ދެއްވުމުގެ ފުރުސަތު އެރުވުމުގެ ކުރިން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުން ނިންމި ނަމަވެސް އެ ކަން ކުރަން ވާނީ އެ އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

"ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވައުދުވެވަޑައިގެންވީ ނަމަވެސް، މި މަޖިލިސް މެދުވެރިކޮށް، ވަޒީރާ ގުޅުން ގާއިމް ކުރަން ވާނީ މަޖިލީހަށް ވަޒީރު ހާޒިރުކޮށް ސުވާލު ކުރައްވައިގެން، އެއީ ނިޒާމު ހިނގަން ޖެހޭ އުސޫލު،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ އުސޫލުން ބޭރުން ފޯނު މެދުވެރިކޮށް ވަޒީރަކާ ގުޅުން ބަދަހިކޮށް ދާއިރާގެ ކަންކަން އިސްކުރަން ބައެއް މެންބަރުން އެދިވަޑައިގަންނަވާނަމަ، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައި ތަފަތު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނުން ކަމަށް ވިދާޅުވިއެވެ.

"ގާތް ކަމުން، ރަހުމަތްތެރިކަމުން، އެކުވެރިކަމުން، ފޯނުކޮށްލައިގެން ކަންކަން ކުރެއްވުމުން ނުހަމަކޮށް ދާއިރާތަކަށް ކަންކަން ސަރުކާރުން ކުރެވޭ ތަން ނުވަތަ ފަހިވާ ތަން ފެނިގެން ދާނީ. މަޖިލިސް މެމްބަރުން ވަޒީރުންނަށް ގުޅުއްވާލާފއި އެވެނި ކަމެކޭ، ދާއިރާގެ ކަމެއް ކުރަން ދެންނެވުން އެއީ އެއް ނޫން ނިޒާމު އޮތް ގޮތް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ މޭރުކަމުން މިއަދު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރޭގައި ދެ ފެކްޝަންއަށް އޮންނަ ކަމަށް އަޑު ފެތުރިފައިވެއެވެ.

މި ގޮތުން ސަރުކާރުގެ ފެކްޝަންގެ މެންބަރުން އުސޫލުތަކުގެ ބޭރުން ވަޒީރުންނާ ގުޅުން ބަދަހިކޮށް އެ މެންބަރުގެ ދާއިރާއަށް ވަޒީރުން އިސްކަން ދެއްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލޫޓުވާ

  ތިބުނަނީ ބަރުލާމާނީގެ ވާހަކަތޯ. މެމްބަރުން ވާހަކަ ދައްކަންޖހޭ ނުޖެހޭ ފަރާތް އަދި ނޭނގޭނެ. މީބަރުލަމީނީއެއް ނޫން. އިނގޭތޯ؟؟؟

  17
  2
 2. ޙިބަރު

  މިއީ ހަމަ ފައްކާ ރޯނު އެދު ރު...

  13
  2
 3. ކަނަމަނަ

  މެމްބަރުން ނުޖެހޭ ނަޝީދުވަށައިއެބުރިގެންކަންތައްކުރުވާކައްވެސް މީނަމީ އަދިކާކުތަ

  13
  2
 4. ޕީޖޭ

  މީމިރާއްޖޭ ރައީސްތަ؟؟ ބަލަގަ ރައްޔިތުން ވޯޓުދިނީ ކޯލިސަން ސަރުކާރަށް..މަޖިލިސް މެޖޯރިޓީ ލިބުނީ ކޯލިޝަންގެ ތެރެއިން...ވެރިކަން ހަވާލުކުރީމަ ބޮއެ ފުރައިގެން އިސްތިއުފާދީ ޖެހިގެން އައި ދުވަހު ހަމަ ހޭވެރިވެ މުޅި ގަވްމުގައި ހުޅުޖެހީ....ދެން ޖަލުގައި އޮތީމޭ ކިޔާ ބެކުބޯނޭ ގޮވާ އާއިލާ ކައިރިއަށް އިގަރޭސިވިލާތަށް ދިޔައީ...ދެން ބަޔަކު ޝަހީދުވެ ވެރިކަން ހޯދީމައި އައިސް ބަރުލަމާނީއޭ ކިޔާ ދީން ވިއްކާލީ..އަދި ރައީސަކަށް ހުރި މީހާ އަށް ހަމަނޭވާ ލިޔަ ނުދޭ...ޔާމީނު ކާއެއްޗެއް ކައިގެންނޭ ކިޔަސް ތަރައްޤީ މިގަވްމަށް ކޮށްދިން...ދީނަކާއި ނުގެޅޭ....އަދި އެއްވެސް ގަވްމެއްގެ ސިފައިން މިރާއްޖެއަށް ނުގެނޭ.....

 5. ނަޖްވާ

  ރައީސް ނަސީދު ކަންކުރައްވަނީ އެމޭރުމުން ބާވެއޭ ހިތަށް އަރާ!