ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަންދުކޮށްފައިވާ ނޭޝަނަލް އާޓް ގެލަރީ އާ އާންމު ހާލަތުގައި، ހަރަކާތްތައް ބޭއްވުމަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންްޓަރ ފޯދި އާރޓްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކޮވިޑް019 އާއި ގުޅިގެން ނޭޝަނަލް އާޓް ގެލަރީގެ ހަރަކާތްތައް މެދުކަނޑާލުމަށްފަހު، އާ އާންމު ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި، އާންމުކޮށްފައިވާ ގައިޑްލައިންއާއި އެއްގޮތަށް އެތަނުގައި ހަރަކާތްތައް ބާއްވަވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އާ އާންމު ހާލަތުގައި ނޭޝަނަލް އާޓް ގެލަރީ ގައި ހަރަކާތް ބޭއްވުމަށް އެދޭ ފޯމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް ގެ ރިސެޕްޝަނުންންނާއި ވެބްސައިޓު www.nca.gov.mvއިން ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން މިހާރު ވަނީ ފަށާފައެވެ. ކުރީ މަސްތަކާއި އަޅާބަލާއިރު، މާލޭގައި މުޖުތަމައު ތެރެއިން ބަލި ފެންނަމުންދާ ވަރު ވަނީ މަދު ވެފައެވެ. ނަމަވެސް އަދިވެސްބަލީގެ ނުރައްކާ ކުޑައެއް ނޫނެވެ.

އެޗްޕީއޭއިން ދަނީ އެ އެޖެންސީ އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އާއްމުން ހަރަކާތްތައް ބޭއްވުމަށްވެސް ނަސޭހަތްތެރިވަމުންނެވެ.