ކ.ވ: ސ.ހުޅުުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (36އ) އާއި ކ.މާލެ، ގ.ގޯލްޑަންސްޕްރިންގ، ޢަލީ އިރުފާން (30އ)
ކ.ވ: ސ.ހުޅުުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (36އ) އާއި ކ.މާލެ، ގ.ގޯލްޑަންސްޕްރިންގ، ޢަލީ އިރުފާން (30އ)

ފުލުހުން ތަޙުޤީޤް ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިދެމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހުޅުުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (36އ) އާއި ކ.މާލެ، ގ.ގޯލްޑަންސްޕްރިންގ، ޢަލީ އިރުފާން (30އ) އެވެ.

އަޙްމަދު ޔާނިސް ހޯދަމުންދަނީ، އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސައަކާ ގުޅިގެން ކަމަށާއި އަދި  ޢަލީ އިރުފާން ހޯދަމުންދަނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް  ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމައްސަލަތަކާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ އަޙްމަދު ޔާނިސް އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791366 އަށް އަދި ޢަލި އިރުފާން އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުން ހިފާ ހައްޔަރު ކުރޭ

  2. މަށަށް ފެނިއްޖެއްޔާ ހިމާޔަތްދޭނީ