ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީގެ ޤާނޫނީ ސައްހަކަމާއި މެދު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ސުވާލު އުފައްދައިފިއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އަމަލު ކުރެއްވީ ޤާނޫނު އަސާސީ އާއި އެއްގޮތައް ކަމަށް ޝާހިދު ވިދާޅުވުމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ރައީސް އޮފީހުން ފޮނުއްވާ ސިޓީއެއް ޢާންމުންގެ ތެރެއިން ދެމީހަކު ހިފައިގެން ދިޔުމުން އެސިޓީ ބަލައިގަންނަންޖެހޭނެ އެއްވެސް ޤާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީގެ 121 ވަނަ މާއްދާއާ އެއްގޮތަށް ހުށަހެޅުނު ސިޓީއަކަށް ނުވާނެ ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިޔުއްވުމުން އެސިޓީ ހިއްޕަވައިގެން ރައީސް އޮފީހުން ނިކުންނެވީ ފަހުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ފަހުން ޑިފެންސް މިނިސްޓަރ ކަން ކުރެއްވި މިހާރު ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އެވެ.

ހައިލަމް އިޝާރާތް ކުރެއްވި ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ހުށަހަޅައި އެސިޓީ ރައްޔިތުން މަޖިލީހުގެ ރައީސް އަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެމަގާމުން ވަކިވީއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނު ގޮތް ތަޙްޤީޤު ކުރި ކޯނީގެ ތަޙްޤީޤަށް ހާޒިރުވެ ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ސައްހަ ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޯނީ އިން ނިންމީ އާއްމުކޮށް ދައުލަތުގެ އިދާރާތަކުން ސިޓީ ފޮނުވާ އުސޫލުން އެސިޓީ ނުފޮނުވި ނަމަވެސް ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ އަކީ ސައްހަ ސިޓީއެއް ކަމަށެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ސައްހަ ނުވާނެ ކަމަށް ހައިލަމް ވިދާޅުވިއިރު ހައިލަމް ފަނޑިޔާރުކަމުން ސަސްޕެންޑްކޮށް އޭނާ މަގާމުން ދުރުކުރަން ނިންމީ ރައީސް ނަޝީދާއި ރައީސް ޞާލިހްގެ ފޮޓޯއެއް ވައިބާ ގްރޫޕެއްގައި އާއްމު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކެޔޮޅު

  އެހެންވީމާ މިއަދުންފެށިގެން ރާއްޖޭގެ ރައީސްޖުމުހޫރިއްޔާ އަކީ ކެނެރީގޭ މުހައްމަދު ނަޝީދު ކަމުގައި ކަނޑައަޅައިފީމެވެ ވީމާ ވޭތުވެދިޔަހާ ދުވަސްތަކާ މަށްސަރު ތަކާ އަހަރުތަކުގެ ފައިސާ މިއަދުން ފެށިގެން ރައީސް މުހައްމަދު ނަޝީދަށް ލިބޭނެ ކަމުގެ ގެރަންޓީ ވައިބަރ ގުރޫޕަށް އަރުވަމެވެ.

  32
  2
 2. ޙުސްނީ

  ޢެހެންވީމާ ކުރީގެ ރައީސް ނަޝީދަކީ އަދިވެސް ރާއްޖޭގެ ރައީސްތާ...😅😅😅😅😅😅😅👏👏👏👏👏👏🥈🏆

  28
  2
 3. ޏަޮ

  ޏުވާނެ އޭނަ ދުނިޔެ ހުސްވަންދެން ބަހައްޓާ

  24
 4. ކައި

  ވީމާ އަދިވެސް ރައީސް އަކީ މުހައްމަދު ނަޝީދު. ހަހަހަހަ..

  26
  1
 5. Anonymous

  ޞާރަބަރރު

  15
 6. ޖ

  ސާބަސް ވެރިކަމާއިހެދި މޮޔަވާމީހެއް މާދަމާބުނާނެ ތިމަންނަޔަކީ ރާއްޖޭގެ ރައީސޭ ބޯހަލާކު ހުވާ

 7. މަވެސް

  އެއީހަގީގަތަ ކީ

 8. ާއަހްމަދު

  ގާނޫނުގައި އޮތްގޮތް ހައިލަމަށް އެނގޭއިރު ސާހިދު އެފަދަ ވާހަކައެއް ބުނާނެ ދުވަހަކަށް މަޑުކުރީތަ؟

 9. ވާތު ފަނި

  ވީމާ ރައިސް ޔާމިނުގެ ދައުރުގައި ގެނަަސްފައިވާ ތަރައްގީ އަކީ ރައިސް ނަޝީދުގެ ތަރައްގީ ކަމައް ބަލައި ހުކުމް ކޮއްފީމެވެ. ވަރައް ސަލާމް

 10. މެކް

  އެއީ މޮޔަ ގޮލައެއް ގާނީނީ ގޮތުން އެއްވެސް ޒިއްމާ ދާރު ކަމެއް ހަވާލުކުރުން ސައްހައެއްނޫ

  1
  1
 11. ސަންފައްތަ

  މިހުރިހާ ދުވަހު ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުކަމަށާއި، މުސާރައާއި ޢިނާޔަތްތައް ދީގެންވެސް އެގޮތަށް ނިންމުން މާ ރަނގަޅުވާނެ. އޭރުން މިހާރު ހުންނާނީ 2 ދައުރު ނިމިފަ. ދެން ކުރިޔަށް އޮތްތާނގައި އޭނާއަށް ރައީސްކަމަށް ކުރިމައްޗެއް ނުލެވޭނެ. މިގޮތް މާ ސަޅި.

  2
  1
 12. ވެރިން

  އެ މައިބަދަ ބަލި ސޮރަށް ރޭގަ ނުވެސް ނިދޭނެ

  2
  1
 13. ގެރިކުޑޭ

  އެގާނޫނުގަ އެމާއްދާގަ ނެތެއްނޫން ވަކި މީހަކޭ ސިޓީ ގެންނަންޖެހޭނީ!

  3
  1
 14. ގަލަން ތުނޑު

  ދެން އެދުވަހު އެމަނިކުފާނު ޓީވީއަށް އަރާފަ ކީކޭތޯ އެވީދުނީ ހައިލަމޫ...ކަލޭވެސް އޭނަގެ ޖީބަށް ވެއްޓުނީދޯ..ކިހާވަރެއްދެއްވިތޯ؟ އެއީ ޞައްޙަސިޓީއެއް.. ނަޝީދެއްނުނޭ ދަންޖެހޭނީ ހިފައިގެން .އެދުވަހު ގެންފަހުރި ބިރެއްގެ ސަބަބުން ދެމީހަކާ ހަވާލުކުރީ....އެސިޓީގަ ރނަޝީދުގެ ސޮއި އޮތެއްނު ދެން އެނިމުނީ...ގާނޫނުއަސާސީގަ އެބައޮތްތަ ސިޓީގެންދަންޖެހޭ ގޮތް...