ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން ހުންނެވީ ޖަލެއްގެ ތެރޭގައި ހުރި އެންމެ ރަނގަޅު މާޙައުލުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިގޮތަށް ވިދާޅުވީ މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ވިހި އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭގައި ހުންނެވުމުގެ ފުރުސަތު ދެއްވާފައިވާއިރު، ފަސް އަހރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ރައީސް ޔާމީން އަބްދުﷲ ޔާމީން ގެޔަށް ބަދަލު ނުކުރައްވާ ޖަލުގައި ބެހެއްޓެވުމަކީ އިންސާފެއް ކަމަށް ޤަބޫލުކުރައްވަންތޯ، އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ޤާއިމްކުރެވިފައިވާނެ އެންމެ ރަނގަޅު މާޙައުލުގައި ކަމަށާއި، އެއީ ރަނގަޅު ފެންވަރެއްގެ ކުޑަ އެޕާޓްމެންޓެއް ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ހާލުކޮޅާއި ގުޅިގެން ވަކި ޓެސްޓެއް ރާއްޖެއިން ބޭރުން ހައްދަވައި "ސްޓްރެސް ފްރީ" މާޙައުލެއްގައި ހުންނެވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ޚުދު އަޅުގަނޑު ރައީސް ޔާމީން އާ ބައްދަލު ކުރިން. އަޅުގަނޑު ހިތުން ރައީސް ޔާމީން ޖަލުގައި ބެހެއްޓިފަ އެހުރި މާޙައުލަކީ ދެ ޖަލެއްގެ ތެރޭގައި އެއަށްވުރެ ވަކި ރަނގަޅު ތަނެއް ޤާއިމްކުރެވޭނެ އޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކުރޭނެ. ޖަލެއްގެ ތެރޭގައެއް،" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ޖަލުގައި ދުވަސްތައް ހޭދަކުރެއްވިއިރު ތިއްބެވި ހާލާއި އަޅާބަލާއިރު ރައީސް ޔާމީނަށް ވަރަށް ފުރިހަމައަށް ޖަލުގެ ކަންކަން އިންތިޒާމް ކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި "އެއީ އަޅުގަނޑުމެން ތިބިއިރު އަޅުގަނޑުމެން ތިބި ގޮތާ ތިބި ހާލާ، ރައީސް ޔާމީން އެ ހުންނެވި ހާލަތާ ގޮތްކޮޅު، އެކަން އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގޭނެ،" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހޫނު ފެނުން ފެންވެރޭ ގޮތަށް ބަހައްޓަނީ. މި ދެންނެވީ އަނެއްހެން ބަލާއިރު މުޙިންމު ވާހަކައެއް. އަޅުގަނޑުމެން ތިބެން ޖެހުނު ތަންތަނާ ހާލަތުގެ ގޮތުން ފިނި ބޮޑުވެގެންގޮސް ފިނިވާ ދުވަސްވަރެއްގަ ރޯނގާޖެހިގެން ސަލާމަތްނުވެގެން އުޅެންޖެހުނު ހާލަތްތައް އައި. އެހެންވީމަ ވަރަށް ތަފާތުވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ޑޮކްޓަރުންގެ ލަފާފުޅުގެ މަތީން ބޭރުން ހައްދަވަން ޖެހޭ ޓެސްޓެއް ހެއްދެވުމަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވީ ކަމަށެވެ. އަދި ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު އެދިލެއްވީ ގެޔަށް ބަދަލުކޮށްދެއްވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ ޑޮކްޓަރު ވިދާޅުވެފަ މިއޮތީ މި ޓެސްޓު ހެދެން ނެތީމަ (ބޭރުން) މި ޓެސްޓު ހަދާށޭ. އޭގެ ފަހުންނޭ ސީދާ ޑޮކްޓަރަށް ވަކި އެއްޗެއް ވިދާޅުވާން އެނގޭނީ. ދެން އޭގެ ދެވަނަ ބައޭ ސްޓްރެސް ފްރީ މާޙައުލެއްގައި ބެހެއްޓުން އެއީ. އެހެންވީމަ ފުރަތަމަބައި ފުރިހަމަކޮށްފަ ނޫންތޯއޭ ދެވަނަ ބައި ފުރިހަމަކުރަންވާނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަދީބުވެސް ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ހެދުމަށް ބޭރަށް ވަޑައިގެންނެވީ ކަމަށާއި، އެމަނިކުފާނު އަނބުރާ ރާއްޖެއަށް ގެނެވިދާނެ ކަމަށް ރައްޔިތުން އޭރު ޤަބޫލުވެސް ނުކުރާ ކަމަށެވެ. އޭގެފަހުން އެމަނިކުފާނު ގެޔަށް ބަދަލު ކުރެއްވުނީ ރާއްޖެއަށް އަނބުރާ ގެނެސްފައި ވަނިކޮށް، ގޭގައި ބަހައްޓައިގެން ބޭނުންކުރަންޖެހޭ މެޝިނެއް ބޭނުންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ބޭރަށް ވަޑައިގެން ހައްދަވަން ޖެހޭ ޓެސްޓު ހެއްދެވުމަށްފަހު އެ ޓެސްޓުގެ މައްޗަށް ބިނާކޮށް ޖަލުގައި އެމަނިކުފާނު ބަހައްޓާފައި ހުރި މާޙައުލަކީ ކަމުނުދާ މާޙައުލެއް ކަމަށް ވިދާޅުވެއްޖެނަމަ އެއާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެމަނިކުފާނުގެ ސިއްޙީ ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްދިނުމަށް ވަކީލުންނާއި އާއިލާ އިން އެދޭތާ އެތައް ދުވަހެއް ވީއިރުވެސް ގެއަށް ބަދަލު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އިސްކޮށް ހުންނެވި އަދި ފައިސާ ބޭނުންކުރެއްވި ކަމަށް އަމިއްލަފުޅަށް އަދީބު އިއުތިރާފްވެވަޑައިގެންފައި ވަނިކޮށް އެމަނިކުފާނު ގެޔަށް ބަދަލު ކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށާއި ކުރީގެ ރައީސުންނަށް ވެސް ލިބިފައި ވާނެ ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ. އަދީބު ވިދާޅުވީ އެ ހިޔާނާތަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރި ކަމެއް ކަމަށެވެ.

ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން އަދީބަށް ލުއިތައް ދެމުން ގެންދަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މިސަރުކާރުގެ ފަރާތްތަކުގެ ނަންތައް ސިއްރުކޮށް، ކުރީ ސަރުކާރުގެ ވެރިންނާއި ދެކޮޅަށް ހެކިބަސް ދޭން އަދީބު ބޭނުން ކުރުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަައީމް

    ތިޔަ ވާހަކަތަކުންވެސް އެގިގެންދިޔައީ ކަލޭ ޒާތީވެފާހުރިވަރު ކަލެޔަކީ ގައުމުގެ ވެރިކަން ކުރިމީހެއްވެސް ނޫން އަނެއްކާ އަޅާކިއުން އިންތިހާގަ ކަލޭގެ ތިޔައިންސާފުވެސް އަދިފެނި ކަލޭވެސް އިންނާނީ ޖަލުގާ ހަމަ ތިސަރުކާރުން

    25
  2. ފަހަރި

    ކަލޭހުރިހާލައްވުރެރަނގަޅުހާލުގައިޔާ މީނު
    ޖަލުގައިހުންނަވާނަ މަ މިހާރުންމ މިހާރައް
    ޔާ މީނުގެއައްބަދަލުކުރޭ

    21
  3. Anonymous

    މަށަށް ފެންނަނީ ހާލަތު ރަގަޅު މިންވަރު ތަޖުރިބާ ކޮށްލުމަށް ތި ސޮރުވެސް އެތަނަށްލާން އޭރުން އެގިދާނެތާ

    22
  4. ބައްޕަ

    މަނިކުފާނު ތި ހުންނެވި ހާލުގައި އެހެން މީހަކު ނުހުރުން އެ ދެނީ. މަނިކުފާނު ތި ހުންނެވި ގޮތް ﷲ ދެނެވޮޑިގެންވޭ.

    24
  5. ބޮލި މުލައް

    ރައީސްކަން ކުރި މީހަކާ އިމުރާނާ ހަމަހަމަ ވާނީ ކިހިނެތް

    31
  6. ޖަމަލު ފޮޑި

    ޔާމީނު ގޭގައި ބަހައްޓާފަ ޔޫ ޖަލަށް

  7. އަންނި

    އިމްރާންގެ ވާހަކަ ރަނގަޅު ވާނީ ނިދެއްކިއްޔާ.

  8. Anonymous

    ޢިމް ރާން ދޮގުހަދަނީ

  9. ދޮގު ބަޑި

    ޢިމް ރާން ދޮގުހަދަނީ