ރާއްޖޭގައި 1959 ވަނަ އަހަރު ދެކުނު ދައުލަތް އުފެއްދި ވެރިޔާ، އަބްދުﷲ އަފީފްގެ ދަރިކަލުން އަހުމަދު އަފީފް ސީޝެލްސްގެ ނައިބު ރައީސް އަކަށް އިންތިހާބުވެވަޑައިގެންފިއެވެ.

އަހުމަދު އަފީފު ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އިދިކޮޅު ޕާޓީން ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލްޑީއެސް)ގެ ކެންޑިޑޭޓް، ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުންނެވެ. އަހުމަދު އަފީފަކީ ކުރިން ގާނޫނު ހަދާ މަޖިލިހުގެ ނައިބް ރައީސެވެ. މީގެކުރިން ވެސް ގާނޫނު ހަދާ މަޖިލިހުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ޕާޓީއަށެވެ.

ރަމްކަލަވާން އަދި ރަނިން މޭޓް އަފީފަށް އެ އިންތިހާބު ކާމިޔާބުވެވަޑައިގެންފައި ވަނީ 55 އިންސަ ވޯޓުންނެވެ.

މިއަދުގެ އިންތިހާބުގައި ބަލިވި އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓަކަށް ހުންނެވީ އަފީފްގެ ދަރިކަލުން މުހައްމަދު އަފީފެވެ.

މުހައްމަދު އަފީފަކީ މިހާރުގެ ރައީސްއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ސީޝްލްސްގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔައީ އޮކްޓޯބަރު 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސީޝޭލްސްގެ ނަިބު ރައީސްއަކަށް އިންތިހާބުވި އަހުމަދު އަފީފުގެ ބައްޕާފުޅު އަބްދުﷲ އަފީފަކީ ދެކުނުގެ ތިން އަތޮޅު ހިމެނޭ ގޮތަށް ސުވައިދީބުގެ ނަމުގައި ވަކި ދައުލަތެއްގެ ވެރިކަން ގާއިމް ކުރުމުގައި އިސްކޮށް ހުންނެވި އިސް ވެރިޔާއެވެ.

މި މައްސަލާގައި ދިވެހި ސަރުކާރުން އަބްދުﷲ އަފީފަށް ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން އަބްދުﷲ އަފީފް ވަނީ ސީޝެލްސްއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފައެވެ. އޭނާއާއާއި އޭނާގެ އާއިލާ އެއިއްސުރެން ދިރިއުޅުއްވަމުން ގެންދެވީ ސީޝެލްސްގައެވެ.

އަބްދުﷲ އަފީފް މިހާރު ދުނިޔޭގައި ނެތްއިރު، އޭނާގެ އާއިލާ ބޭފުޅުން އެހެން އުޅުއްވަމުން ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވައެވެ. އަފީފް ވެސް ދުނިޔޭގައި ހުންނެވި އިރު މަދު ފަހަރެއްގައި ފަހުން ރާއްޖެ ވަޑައިގެން އުޅުއްވިއެވެ. އާންމުކޮށް އެ އާއިލާ ވަޑައިގެން އުޅުއްވަނީ ވެސް އުފަން އައްޑު އަތޮޅުގައެވެ.

ސީޝެލްސްގެ ޕާލަމެންޓްގެ ވެބްސައިޓްގައިވާ ގޮތުން އަހުމަދު އަފީފު ވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކްގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފައެވެ. އޭގެ ފަހުން ދައުލަތުގެ އެހެން ބައެއް މަގާމުތައް ފުރުއްވާފައި ވެއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަހުމަދު އަފީފް ވިދާޅުވީ، އޭނާ އަދާކުރާނެ ރޯލަކީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތް ފަސް އަހަރަށް އެގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވި ރަމްކަލަވަން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން ކަމަށެވެ.

އަދި ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ތެދުވެރިކަމާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ބުރަކޮށް މަސައްކަތް ކުރެއްވޔމާއި ރިވެތި އާދަތަކަކީ މައިންބަފައިންގެ ފަރާތުން ދަސްވި ކަންކަން ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބާޣީ..

    ދިވެހި ރާއްޖެއިން ބައެއް ބޭރުގެ ބަޔަކަށް ދިނުމަށް ބައިއަތު ހިފި، ފުރަތަމަ ބާޣީގެ ދަރި.. އައްޑޫ ގޫބައްޑާ..

    49
    71
    • ބޭބެ

      ކަލޭ ޖޭވީދޯ؟

      33
      15
  2. ބޯކިބާ

    ރާއްޖެ ލޫޓުވާ މާލޭސަރުކާރުގެ ވާހަކަ ލިޔާއިރު "އިންޑިއާ އިސްވެއޮވެ އުފެއްދި ސަރުކާރެކޭ" ނުލިޔަނީ ކީއްވެގެންތަ.

    73
    5
  3. ކުރިގެ ސުވެލްދީބުގެ ދިވެހި ރައްޔިތުން

    އަހުމަދު އަފީފް ސީޝެލްސްގެ ނައިބު ރައީސް ކަން ކާމިޔާބު ކުރެއްވުމާގުޅިގެން ދިވެހިންގެ ނަމުގާ މަރުހަބާ ކިޔަން.

    79
    22
  4. ހުސޭނުބޭ

    އަޅެ ހިތްވަރެއްހުރިއްޔާ ޝީސެލްގައިވެސް ވަކި ދައުލަތެއް ހަދާބަލަ! ސައްޕުޖަހާނެކަން ޔަޤީން

    37
    47
  5. ހަސަނުގެ ދަރި ލަތީފް

    އަފީފްގެ ދަރިކަލުން ކަމަށް ލިޔުނީމަ ހީވަނީ އަފިފް ހުރީ ހަމައެކަނި އެންމެ ދަރިއެއްހެން " އަފީފުގެ ދަރިކަލަކު " ކަމަށް ލިޔުން ރަގަޅީ ހަމައެކަނި އެންމެ ފިރިހެން ދަރިއެއްނޫން އަފިފްގެ ހުރީކީ އަދި ސިޝެލްސްގެ ރައްޔިތުކަން ލިބިފައިވަނީވެސް ހަމަ އެކަނި އެންމެ ދަރިއަކަށް ނޫން

    37
    1
  6. ބަޑިތަކުރު

    އިތުރު ތަފްސީލެއް ބޭނުމެއް ނޫން.

    47
    6
    • ލޮލް

      އިތުރައް ކުރާނީ އަސަރު ދޯ.

      29
      17
  7. ސަމްސާ

    އައްޑޫގެ ފަޚްރު.
    އަޢްޑޫއަށްވެސް ، އަދި ރާއްޖެއަށްވެސް ލިބުނު ކާމިޔާބީ އެއް.

    55
    41
    • ސަގަރު ނާސިރު

      މަވެސް މީ އައްޑޫ ފަހުރެއް

  8. ސަންގޯރު އަހުމަދު

    ނަލަ

    15
    16
  9. ދޮންބެ

    ބޭތު ބަޔަކަށް ޤައުމުން ބައެއް ވިއްކާލަން ފޫގަޅާފަ ހުރި ގައްދާރު ގެ ދަރިއެއް.

    46
    46
  10. މަރްޙަބާ

    ހެޔޮ މުސްތަގުބަލަކަށް އެދެން

    47
    11
  11. އަޙްމަދު

    އައްޑޫ މީހުންނާއި އެމީހުންގެ ދަރިން ކުފޫ ހަމަނުވަނީ ހަމައެކަނި މާލޭގެ ތަހްތުގައި އިށީނުމަށް ނުވަތަ އެތަހުތުގެ ދަށުން ހިނގާ ކުޑަ ގަބީލާތަކަށް (މިނިސްޓަރުކަމަށް)

    64
    4
    • ކޯރި

      ރާއްޖޭން ބޭރުގެ އެންބަސީތަކަށް މާލޭ އެކިގޭގޭ ކުދިންނޫނީ މިހާރު ޝަރުތު ހަމަނުވޭ އެއްގޮތަކަށްވެސް.

      23
      3
  12. އެއީ ޚިޔާނާތްތެރިވި މީހެއް

    އަހަރުމެންނަށް ކީއް؟

    12
    12
  13. ޓޭކް ދަ ލެސަން

    އައްޑޫ އެއްވެސް މީހަކަށް ނުވާނެ އިތުބާރު ކުރާކަށް.

    18
    27
    • ހެވޭ

      ޖޭވިއަސް ބޮޑުވަރު! ކުރިމަތީ ކިޔާބަ ގަޓެއް އިނދެގެން

      7
      4
  14. ޅޮލް

    އަހަރަމެން ދިވެހިންއތުން ގެއްލިދިޔަ ދިވެހި ދަރިއެއް އަފީފް އަކީ. ވަކި ވެރިކަމެއް ހިނގާ މިއަދު އިނގިރޭސީ ގާނޫނު ރާއްޖޭގައި އޮތް ނަމަ، މިހާރު ރާއްޖޭގެ ކޮރަޕްޝަންނާއި ޚިޔާނާތުގެ މިންވަރު އިންތިހާއަށް ދަށްވާނެ. ޢިނގިރޭސީ ގާނޫނުތައް ވަރަށް ފުރުހަމަވާނެ. އިސްލާމީ ވެރިކަމެއްވެސް އޮންނާނެ، ހަމަ ޔަގީން.

    11
    8
  15. އަސްލު

    އަފީފު ވެސް ވަކި ދައުލަތް ހަދަން އުޅުނީ އަމިއްލަ އެޖެންޑާ އަކުން ރާއްޖޭގެ ވެރިކަން ކޮށްލަން ފަސޭހަ ޝޯޓްކަޓެއް ހަދަން. ގައުމަށް ގައްދާރު ވެ ބަގާވާތް ކުރާ އައްޑޫ އަށް އުފަން ވަރަށް ގިނަ މީހުން މާޒީން ފެނިއްޖެ. ފަތް ފުއްތަކުގައި ލިޔެވިފައި ވެއެވެ. ފަހުގެ ތާރީހްގައި ސަގަރު ނާސިރުގެ ނަން ހިމެނިއްޖެ. ނުވިތާކަށް މާލޭގެ ކަންމަތީ ބޯއީސް އާއި އުނަގަނޑުގައި އަންނައުނު ހަރުނުލާ ކުދިންގެ ވެސް މެޖޯރިޓީ އޮތީ އައްޑު އަތޮޅަށް ލިބިފައި.