ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދު މަޝްވަރާތައް ކޮށްފިއެވެ.

މިކަމާ މެދުގައި މަޝްވަރާކޮށްފައި ވަނީ ރާއްޖެ އިން ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރު އުމަރު އަބްދުލްރައްޒާކު ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ވެވެލް ރަމްކަލަވަން އަށް އެރުވުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ސީޝެލްސްގެ ރައީސްގެ ގެކޮޅު ސްޓޭޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އުމަރު އަބްދުލްރައްޔާޒު އެ ގައުމުގެ ނޫސްތަކަށް ވިދާޅުވީ، ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި ސީދާ ދަތުރުތުތައް ފެށުމުން ދެ ގައުމު ދެމެދުގައި ދަތުރުކުރާ މީހުން ގިނަވާނެ ކަމަށެވެ. ދަތުރުތަކާ ގުޅޭ ގޮތުން އިތުރު ތަފްސީލެެއް ދެއްވާފައެއް ނުވެއެވެ. އަދި ދަތުރުތައް ފެށޭނެ ތާރީހެއްވެސް ސަފީރު ވިދާޅެއް ނުވެއެވެ.

އާއްމު ގޮތެއްގައި ސީޝެލްއާ ރާއްޖެއާ ދެމެދު ދަތުރުކޮށް އުޅެނީ އެމިރޭޓްސް އެއާލައިނުންނެވެ. އެކަމަކު އެ ފްލައިޓްތައް ރާއްޖެ އަންނަނީ ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ.

ސީޝެލްސްގެ ގައުމީ އެއާލައިނުން، އެއާ ޝީޝެލްސްގެ ވެބްސައިޓް ދައްކާގޮތުން މި މަހުގެ 26 އިން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ބުކިން ހެދޭނެއެވެ. އިކޮނޮމީ ކްލާހެއްގެ ޓިކެޓް އުޅޭނީ 279 ޑޮލަރަށެވެ. ބިޒްނަސް ކްލާސްގެ ޓިކެޓް ވިއްކަނީ 1373 ޑޮަލަރަށެވެ.

ޝީޝެލްސް ވެސް ފާހަގަވެފައިވަނީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައެވެ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    އިޒްރޭލް މީހުން އަންނަ މަގަކީ މިއީތަ؟

  2. ސަމީލް

    އިޒުރޭލާ ޝީޝަލްސާ ރާއްޖެއާ ކުރަން އުޅޭ ދަތުރު ތަކެއްތީ

  3. ސިއްތި

    ސީޝެލްސް އިން ރާއްޖޭގެ ނަމުގެ އެޑްވާންޓޭޖާއި އަދި ޑެސްޓިނޭޝަންގެ އެޑްވާންޓޭޖް ނަގަން އުޅޭއިރު އެކަމަށްވެސް ހަމަ މަރުހަ ބާ؟

  4. ވަޒީރެއާލާ

    މީ އިޒްރޭލުން އެބުނާ ސީދާ ދަތުރުތައް ރާއްޖެއަށް ކުރަން ހުއްދަދިން އެއާ ލައިން. މިއެއާލައިނުން ނުސީދާކޮށް، އިޒްރޭލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާނެ. ބަލަންތިބޭ. މިދަތުރުތަކުގައި ގިނައިން އަންނާނީ އިޒްރޭލުގެ ޓޫރިސްޓުން.

  5. ނަން

    ހުރިހާ ރައްްޔިތުންގެ ސަމާލުކަކަށް ދިވެހިރާއްޖެއާއި ސީޝެލްސާއި ދެމެދު ދަތުރު މި ފަށަނީ ވަރަށް ނުބާ ބޭނުމަކު އެއީ ރާއްޖެއަށް އަންނަ އިޒްރޭލުގެ މަތިންދާބޯޓުތައް ޓުރާންސިޓްކުރަންވެގެން ޓުރާންސްޕޯޓުން ދޮގެއްކަމަށް ބަޔާންނެރުނަސް އިސްރާއިލާއި ދިވެހިރާއްޖެއާއި ދެމެދު ސިދާ ދަތުރުތައް ބާއްވާނެ.

  6. ޙ

    މީ އިޒްރޭލް ފަތުރުވެރިން ގެންނަން ހިންގާ ޖަރީމާ
    ބަލަންތިބޭ...އެ ފްލައިޓުން ..އެމީހުންނަންނާނީ

  7. ޖުސްތަ

    ދެން ސާޕޫރު ޔަގާނެގީ ފަހަތުން ދާނެ މީހުން ވާނެ، އަޅެ ނޫންތަ؟

  8. ޞާރި

    މީތަ އިޒްރޭލު މީހުން އަންނަ ފްލައިޓް