ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ރާއްޖެއިން ރަސްމީގޮތުން މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވިއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރައްވައި މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާންނެއް ދެއްވާފައިވެއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސްގެ ދެކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ.

މި ފަރިއްކޮޅުގެ ކުރިން ރައީސްގެ އަނބިކަނބަލުން ވަނީ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެބޭފުޅުން ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވާފައެވެ. ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސީޝޭލްސްގެ ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ފުރަމާނަ ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެގައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމާއި ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަމީހާ

    ޢަށްޑުގެ ބައާވާތުގަ ވެރިކަން ކުރެއްވި ބޭފުޅާ ވެސް ރަޢްޖެ ދޫކޮށް ދިޔައީ ސެސެލް، ނުވަތަ ޝިސެލް އަށް،، އިބުރާހީމު ކިހިނެތްބާ ހަދާނީ 🤔؟؟؟؟!!!!!

  2. އައްލާގެ އަފީފް

    އަނެއްކާ ޑީލެއް ހެދީ ؟ ދެން ގައުމުގެ ކިތައް ޕަސެންޓް ކަމެއްވެސް ނޭގޭ ސީޝެލްސްއަށް ވިއްކާލާނީ