ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކްކޮށްފި ކަމަށް އެދޯނީގެ ފަޅުވެރިން ބުނި ނަމަވެސް ދޯނީގެ ވެރިފަރާތުން އެކަން ދޮގުކޮށްފިއެވެ.

"އައްޑޫ ލައިވް" ގައި ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ.ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެން ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މީގެ ދެއަހަރު ކުރިން އެދޯނި ވިއްކާލީ ހަތް މިލިއަން ރުފިޔާ އަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ކަމަށެވެ.

"ހަތް ލައްކަ ރުފިޔާ ދޯނި ގަތް ފަރާތުން ދެއްކީ. ބާކީ ފައިސާއެއް ނުދައްކާ. ދޯނި ހަވާލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް ދޯނި ހަވާލެއް ނުކުރި. އެހެންވެ ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ." ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ބުނީ ދޯނި ގަތް ފައިސާ މަހުން މަހަށް ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވުމުގައި އޮތް އިރު ދެމަސް ދުވަހުގެ ފައިސާ ނުދައްކައިފިނަމަ ދޯނި ގެންދެވިދާނެ ކަމަށް އެގްރިމެންޓްގައި ބުނާ ކަމަށެވެ. އެގްރިމެންޓްގެ ކޮޕީއެއް "ވަގުތު" އަށް ލިބިފައި ވެއެވެ.

އޭނާ ބުނީ ދޯނި ގަމުގެ ބަނދަރަށް ވަން ވަގުތު ފުލުހުން އެތަނަށް ދިޔައީ މަސްލަހަތައް ކަމަށާއި، ފުލުހުން ހަރަކާތްތެރިވީ ހަމަނުޖެހުމެއް ހިނގައިގެން ނޫން ކަމަށެވެ. ދޯނީގެ ވެރިފަރާތުން އިތުރު ބަޔަކާއިއެކު ދޯންޏަށް އެރުމުގެ ކުރިން ވެސް އެމައުލޫމާތު ފުލުހުންނާއި ކައްދޫގައި ތިބޭ ސިފައިންނަށް ވެސް ދީފައި ވާނެ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެއެވެ.

ފަސްކުރި ދޯނި ހައިޖެކްކޮށް ތޫނު ހަތިޔާރުން ދޯނީގެ ފަޅުވެރިންނަށް ބިރުދެއްކި ކަމަށް ފަޅުވެރިން ބުނާ މައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏަކަށް އަރައި ރޭ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށެވެ.

ރޭ 11:55 ހާއިރު ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުނޑިއަށް ކައިރި ކުރިކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަން އެނގުނު ކަމަށާއި ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެތި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ތަމެންވަގުންދޯ

  ފައިސާ ދައްކާ ގޮތަށް ދޯނި ގެންގޮސް ފައި އައްޑޫ ބޮޑެތި ވަގުން އެދޯނީގެ ފައިސާ ނުދައްކާ ނަމަ ދޯނީގެ ވެރިފަރާތް ދޯނި ގެންދާނެއޭ އައްޑޫ މީހުން މަމެން ދަންނަމޭ ވަރަށް ރަނގަޅަށް...

  78
  25
  • އައްޑޫ ދޮންދީޱާ

   ހަޖަމް ކޮއްލަ

   15
   4
  • ބުއްދި

   ކަލޯ ނުފެނޭތަ ކާށިދޫ ޖާބިރު ގެ ކުންފުންޏަކަށް ބޯޓު ވިއްކާލީއޭ ބުނާ ވަހަކާ. އައްޑޫއޭ ބުނާއިރައް އެ ތަނުގެ މީހުންގެ އަބުރާ ކަރާމާތައް ތިއަރައިގަންނަނީ...

   45
   9
 2. ޢަހުމަދު

  ވެރިފަރާތުންކަންތައްކުރީރަނގަޅަށް

  76
  12
 3. ައއ

  ސުލްހަވެރިކަމާއެކު ހަވާލުވަނީ ތޫނު އެއްޗިހި ހިފައިގެން ރޭގަނޑު ދަންވަރުތަ. އޮހޯ އެ އްކަލަ ޖަބިރުގެ އެއްޗެއް ދޯ އޭނާ އަކަށް ނޯންނާނެ ހަމައެއް ލަމައެއް

  26
  1
 4. ޖާބިރު

  މަގޭ ކަންތައް ހުންނަގޮތްމީ ކީކުރާނީ. މަމިހުންނަނީ މިހާރު ޑިޕްރެޝަނަށް ގޮއްސަ. ކާށިދޫ އިން ގަތް ގޯތިތަކުގެ ފައިސާގެ ކަންކަން އަދިވެސް ނުނިމެ. އެމީހުންވެސް އެހާވަރަށް ގުޅާއެބަ. އުޅެވޭ ގޮތުން ދިމާވާކަންކަން މީ. މާގިނައިން ރާ ބޮވެނީ.

  28
  2
 5. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

  ވިއްކިފަރާތާއި ގަތްފަރާތާއި ދެމެދު ހެދިފައިވާ އެއްބަސްވުމެއް އޮވެފަ. ފައިސާނުދައްކައިފިއްޔާ އަމަލު ކުރަންޖެހޭ އުސޫލް ބަޔާންކޮށްފައި އޮއްވާ. ދޯނިވެރިފަރާތަކީ ތަންފީޒީ އިދާރާއަކަށް ނުވާހާލު ދޯންޏަށް އެރުމަކީ ޓެރަރިޒަމުގެ ޢަމަލެއް ޕްރޮސެކިޓް ކުރަންޖެހޭނެ. މިއީ ބަދަވިންގެ ޒަމާނެއްނޫން. ޢިލްމާއި ހިކުމަތުން އިސްލާމްދީނާއި މިރާއްޖޭގެ ޤާނޫނުތަކަށް ތަބާވާންވާނެ. ވަކިފަރުދަކު އިސްތިސްނާނުވާގޮތަށް. ވ. ސަލާމް

  33
  14
  • މަރީ

   މި ރާއްޖޭގައި ޕްރޮސެކިޔުޓް ކުރެވޭނީ އެމްޑިޕީ ނޫން ޕާޓީއަކަށް ނިސްބަތްވާ މީހެއް ނަމަ! މި ރާއްޖޭގައި ޢަދުލު އިންސާފުގެ ހުރިހާކަމެއް ޝަދޫމަށް ވުރެ ކުރީގައި އުޅޭއިރު، އިންސާފު ހޯދާންޖެހޭނީ އަމިއްލަޔަށް. ގާނޫނަށް ތަބާނުވާ އަނިޔާވެރި ސަރުކާރަކުން ޖުޑިޝަރީ ހަލާޚުކޮށްލުމުން ފެންނާނެ ކަންކަން މި ފެންނަނީ.

   17
   1
 6. ބުއްޅަބޭ

  ވެރިފަރާތުން ތިކަން ކުރުމުގެ ކުރިން ފުލުހުންނާއި ސިފައިންނަށް އެންގިނަމަ އެދެ މުއައްސަސާއިން ދިން ޖަވާބެއްވެސް އޮންނާނެ، އަދި ޖަވާބު ދިން މީހަކުވެސް ހުންނާނެ.
  ތިކަހަލަ ކަމަކަށް އެދެފަރާތުން އެއްބަހެއްނުވާނެ.
  ތިއީ ކުޑަކަމެއްނޫން.

  13
  3
 7. ސާމު

  ދޯންޏަށް ދަންވަރު ގަޑީގައި ވަޅި ހިފައިގެން އަރާ ސުލްހަވެރިކަމާއެކު ގެންދާނެ ގޮތެއް ނުވިސްނުނު

  16
  6
 8. ތަމެންދޯ

  ފައިސާ ނުދައްކަންނާ އަރާނެ ތޫނު ހަތިޔާރާއި އެކު ސަބަބަކީ މިސަރުކާރުން ވަނީ ޖުޑިޝަރީ ތެރެއަށް ވަދެ ޖުޑިޝަރީ ހަލާކުކޮށްލާ ރާއްޖޭގެ ޝަރުއީ ދާއިރާ އެއްކޮށް ފަނާކޮށްލާފައޭ ދެން އޮންނާނީ ކަނޑުގެ ހުކުމް ވިއްޔާ މިގައުމުގައި...

  25
  4
 9. އެސް އެސް ބުރޯ

  އައްޑޫ ސިޓީގެ މީހުންނާއި ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ނުދައްކާ ތިބުން ރަނގަލު ކަމުގެ ހަގީގަތް ނުބަލާ މުޅި އައްޑޫ ސިޓީގެ ރައްޔިތުންގެ އަބުރު ކަތިލަމުން ދިއުންތޯ؟ ކިޔުންތެރިންގެ ހިޔާލަކީ؟ ވަގުތު ނޫސް ޒިއްމާދާރު ވާންޖެހޭ!

  17
  9
 10. ހަސަން

  ތީގެ ގެއްލުމުގެ ބަދަލު ހޯދަން ޖާބެރު ކޯޓަށް ދާނެ. ތިކަމުގެ ސަބަބުން 5 މިލިއަން ޑޮލަރުގެ ގެއްލުމެއް ދޭންވާނެ.

  18
 11. ކާށިދޫ

  ގެއްލުމުގެ ބަދަލު ދައުލަތުން ދައްކަންޖެހޭނެ

  17
  1
 12. އައްޑޫ މީހާ

  ކަލޭ އައްޑޫ މީހުންދެކެ ހާދަ ރުޅިއެކޭ ތިއަންނަނީ! ތީ ނަފްސާނީ ބަލީގެ އަލާމާތެއް

  7
  3
 13. ޒާ

  ޖާބިރާ ވައިއެޅެން ނުވާނެ.

 14. Anonymous

  ﷲ ސުބްޙާނަހޫ ވަތަޢާލާ ވިޔާފާރި ހުއްދަކުރައްވާ އަދި ރިބާ ޙަރާމްކުރައްވާފައިވާ ކަން އަންގަވައިފައިވޭ.
  ވިޔަފާރި ހުއްދަވާނީ ދެފަރާތުގެ ރުހުމާއި އެކު.
  ވިޔަފާރީގައި މަކަރު ހީލަތް ހަދާނަމަ ދެމިނޯންނާނެ. ﷲއަށް ބިރުވެތިވެ ތައްބާވެ އިސްލާޙްވޭ

 15. އައްޑޫ މީހާ

  ތިޔަ ގޮތައް ދޯނިފަފަހަރަށް އަރަން ޖެހިއްޖެ ހާލަތްތަކުކައި ވަރަށް ރަނގަޅަށް އެކަން ކުރަން އަހަރުމެންވެސް ދަންނަން މި ހަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު އެދޯނީގެ ވަރިފަރާތުން ހިންގި އަމަލަށް ތާއީދުކުރި އިރު އެއީ ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުން ކޮންމެ ކަމެއް ޖަންގަލީގެ ހަމަތަކުން ކުރުމަކީ މިގައުމުގައި ހެދިފައިހުރި ޤާނޫނު ތަކުގެ ބާރު ކަނޑުވައިލުން

  12
  4
  • އެކުވެރި ސުވަދީބް

   ޖަންގަލީގެ ޤާނޫނަކީ ކޮބައިކަން އެބައިމީހުނަށް އެގިގެން ދާނެ.. ހުވަދޫ ކަނޑުން ދެކުނަށް ދޯނި ނާރާނެތާ..

   3
   1
 16. ލާމު

  ލާމު އަތޮޅު މީހުންނަކާ ބޭނުންހާ ފާޑަކަށް ނުކުޅެވޭނެ. ޖާބިރުއަށް ކުޅެވޭނީ ކާށިދޫ މީހުންނާ. ޖާބިރުއަށް ދެން ލ.އަތޮޅާ 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ.

  8
  5
 17. ސަމްސް

  ޖާބިރުތިއީ ފައްކާ ޖާހިލެއް

  2
  1
 18. ޑައިވަރޭ

  މިއީ ދިޔާނާ ބުނެގެން އޭނަގެ އާއިލާ ބަޔަކު ދުއްވަން ގަނެދިން / ގަނެދޭން އުޅުނު ދޯނި

 19. އިންސާފު

  މީި ސީދާ ޖާބިރުގެ ސަބަބުން ދިމާވި ކަމެއްކަން ހުދް އޭނަވެސް ދަންނަންޖެހޭނެ.....ދޯނިވެރިޔާއި ފަޅުވެރިންގެ އެއްވެސް މައްސަލައެއް މިތާކު ނެތް...... ޖާބިރު އުޅެންބޭނުންވަނީ ގާނޫން ބޭރުގަވިއްޔާ.....

 20. ފަހަރިދައިތަ

  ވަރައް ފިނޑިއަމަލެއް ސުވަރްދީބް އުފައްދަން މިއައްޑޫއައް ފުރުސަތުނުދީ އިނގިރޭސިންނާއެކު އެއްބަސްވުން އާނުކުރުންތީ ވަރައްބޮޑުނަސީބެއް މަރުހަބާ އޭރުގެ ވެރިންނައް

  1
  1