ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުގެ މަގާމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅަކު، އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރައްވައިފިއެވެ.

އެންއައިސީގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ޤާސިމް ޢަބްދުލްކަރީމާއި، އާމިނަތު ޝާދިޔާއާއި، ޢާޝިޔަތު ޝިއުނާއާއި، ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެންއީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސާލިހް ވަނީ އެބޭފުޅުންނާ ހަވާލުކުރެއްވިއެވެ.

އެންއައިސީއިން ހަތަރު މަގާމެއް ހުސްވެގެން ދިޔައީ އެ ކޮމިޝަންގައި ކުރިން ތިއްބެވި މެންބަރުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލަފާ ދެއްވަން މަޖިލީހުން ފާސްކުރަން އުޅެނިކޮށް ބައެއް މެންބަރުން މަގާމުން އިސްތިއުފާ ދެއްވަމުންނާއި މެންބަރަކު ވަކިކުރަން މަޖިލީހުން ލަފާ ދިނުމުން ރައީސް އެ މެންބަރު ވަކިކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަާަަައަސްލު

    ތުސުއިބް އަކީވެސް ދީނޭކިޔައިގެން މީހުން ގުނބޯހައްދާމީހެއް..ޖަލާލުއްދީންމިސްކިއްކައިރިޔައް އެމްޑީޕީނޫންވެރިކަމެއްވިއްޔާ ވަޓާނުލެވިގެންތެޅޭނީ...!؟މިހާރު ލާދީނީވެސްއޯކޭ..!މުރުތައްދުވިޔަސް އޯކޭ...!؟ މުނާފިގުންގެސިފަ...ސުބުހާނަﷲ.

  2. މާމީ

    ވައުދުވި ހަދިޔާ ލިބެންވާނެ ހަމައެކަނި ނުވާނީ ރިލުވާނުއައް ވީގޮތެއް...