އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް މާދަމާ ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މާލޭގެ ހަތަރު ސަަރަހައްދެއް ބަންދު ކުރަން ނިންމައިފިއެވެ.
އެކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ، އެއަރޕޯޓް މަގާއި، ސިނަމާލެ ބްރިޖް، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި، ގްރީން ޒޯން މާދަމާ މެންދުރު 12:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކިވަގުތުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކަމަށެވެ.
އަދި އެވަގުތުތަކުގައި އެސަރަޙައްދަށް އެކި ބޭނުންތަކަށް ދާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން ޢަމަލު ކުރުމަށް ވަނީ އަންގާފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާތީ ތަމްރީންތައް ކުރިއަށްގެންދިއުމަށް އިއްޔެ އާއި މިއަދު މެންދުރު 12:30 އިން ފެށިގެން ސިނަމާލެ ބުރިޖާއި ބައެއް މަގުތައް ބަންދު ކުރިއެވެ.
ޕޮމްޕިއޯ އޭޝިއާ ބައްރަށް ކުރައްވާ ދަތުރުފުޅުގައި މިހާރު ހުންނެވީ އިންޑިއާ ގައެވެ. އެއަށްފަހު ރާއްޖެއަށާއި ސްރީލަންކާ އަށް އަދި އިންޑޮނޭޝިއާއަށް މިދަތުރުފުޅުގައި އޭނާ ވަޑައިގަންނަވާނެއެވެ.
ޕޮމްޕިއޯގެ ދަތުރުފުޅަކީ ގާތް ރަހުމަތްތެރި ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ޕޮމްޕިއޯގެ މިދަތުރުފުޅުގެ އެންމެ މުހިއްމު މަޤުޞަދަކީ އޭޝިއާ ބައްރުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދިއުން ހުއްޓުވުމެވެ. ހާއްސަކޮށް ރާއްޖެ އާއި ލަންކާ އަދި އިންޑޮނޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަ ކުރަމުން ދިއުމުން އެމެރިކާގެ ކަންބޮޑުވުންތައް މިދަތުރުފުޅުގައި ޕޮމްޕިއޯ ގައުމުތަކުގެ ވެރިންނާއި ހިއްސާ ކުރާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.
މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމާއި އެކު އޭނާ ވެގެން ދާނީ 2004 ވަނަ އަހަރަށްފަހު ރާއްޖެ އަށް ވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ސެކްރެޓަރީ އޮފް ސްޓޭޓަށެވެ. އެންމެ ފަހުން ރާއްޖެ އަށް ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަކީ 2004 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިމް ޕަވަލް އެވެ.
އޭގެ ކުރިން 1992 ވަނަ އަހަރުގެ ޖުލައި މަހު އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ. އެއީ އިރާގުން ކުވޭތު ހިފައިގެން މެދުއިރުމަތީގައި އެމެރިކާ އިން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރުއެވެ.
ކިހާބޮޑުވެއްޖެ ބަލާވެރިކަމެއްހޭ. ވަޒީފާއަށް ގޮއްސަ ގެއަށްދަނީ ކިހިނެތްތަ. މި ސަރުކާރު މީ ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް
ކިތަންމެ ވަރަކަށް ސެކިއުރިޓީ ވަރުގަދަކުރިޔަސް މަރުހިތްޕަވާ މަލާއިކަތާއަކަށް ނުފިލޭނެ.
އެއީ ކަރަންޓީންވާން ޖެހޭ މީހެއްވެސް ނޫންތަ؟؟؟ މިހާ ބާރަށް ބަލި ފެތުރޭއިރު މީހުނަށް އުނދަގޫވާހެން މަގުތައް ބަންދުކޮށްގެން ސަރުކާރަށް ކުރަން ފެނުނު އެންމެ ރަނގަޅު ކަންތައް މީތަ؟؟
ރައްކާތެރިކަމުގެ ގޮތުން މުޅި ދުނިޔެ ބަންދުކުރަންވީނޫންތޯ!
ކަނޑުމަގުން އައީމާ ތިބަލާވެރިކަމެއް ރަތްޔިތުނަކަށް ނުޖެހޭނެ.
ތިވަރުގެ ބިރުގަންނަ މީހުން ތަންތަނަށް ނުގޮސް ގޭގަ ހުރެބަލަ ! ކަލޭމެންނާހެދި ހުރިހާ ބަލާވެރިކަމެއް ޖެހެނީ އަހަރުމެންނަށް ! އެމެރިކާގެ ނުލަފާ އާލާތުން މިޤައުމަށް ނޭރިއަސް އަހަރުމެންނަށް ވާނެ ގެއްލުމެއް ނެތް !
ކަލޭމެން ތިޔަގަނޑުގަންނަން މާލޭކާރީރެސޯރޓަކަށްދާންވީނުން. ރައްޔިތުންނަށް ކޮންފަދަބޮޑުބަލާވެރިކަމެއް ތިޔަޖައްސަނީ. ކިހާބޯދުކަމެއް. ގައުމެއްގެ ރައީސަކަށްވުރެން މިކަލޭގެއަށް ކުރާޚަރަދުބޮޑުވެފަ ރައްޔިތުންނަށް ޖައްސާދުއްޕާން އެހާބޮޑު.
ކަލޭމެން ތިޔަގަނޑުގަންނަން މާލޭކާރީރެސޯރޓަކަށްދާންވީނުން. ރައްޔިތުންނަށް ކޮންފަދަބޮޑުބަލާވެރިކަމެއް ތިޔަޖައްސަނީ. ކިހާބޯދުކަމެއް. ގައުމެއްގެ ރައީސަކަށްވުރެން މިކަލޭގެއަށް ކުރާޚަރަދުބޮޑުވެފަ ރައްޔިތުންނަށް ޖައްސާދުއްޕާން އެހާބޮޑު.
އަޅުގަނޑު މާދަމާ މެނދުރުފަހު ޑިއުޓީ މާލެއިން ހުޅުމާލެޔައް ދާންޖެހޭ އެހެންވީމަ ދެވޭނެގޮތް ހައްދަވައި ދެއްވުން އެދެން ނުދެވެންޔާ ސަރުކާރު އިސްތިއުފާޔައް ގޮވާލަން.
ތިހޮލާ ތީކީ އަހަރުމެނަށް މުހިއްމު ގޮލައެއްނޫން.. ސަލާމަތީ ސަބަބުތަކަށްޓަކާ ތީނަގެ ދަތުރު ކެންސަލް ކޮއްލަންވީނުން
މި ބީތާއިންހީކުރަނީ މަރުނުވާނެކަމައްތަ..؟ ތި ސެކިއުރިޓީތަކާ އެއްކޮއް ވިއްސިވހާލިކޮއް ނެތިކޮއްދެއްވާށި... އާމީން މި ޖަނަވާރުތައް ނުބައި މަރަކުން ހިއްޕަވާ ހަލާކުކޮއްދެއްވާށި އާމީން
ވެރިންވީމަ ކަރަންޓިން ވާކައް ނުޖެހޭ ރައްޔިތުމީހާ ފާން އެރިފަ އޮންނަން ޖެހެނީ
ދިވެހިއަސްކަރިއްޔާއިން ހުވާކޮށްގެން ތިބީ ދޮންކާފަރުން ހިމާޔަތްކުރަންތޯ؟ކާފަރުން ހިމަޔަތްކުރަން ކަނޑުތޮށްޓަށް ބަޑިހިފައިގެން އަރާތިބޭއިރު ދިވެހި ނިކަމެތިރައްޔިތުންގެ ފުރާނަ ސަލާމްތަކުރަން 24ގަޑިއިރު ބަޑިހިފައިގެން މާލެތެރެ ނުބެލެހެއްޓެނީ ކީއްވެތޯ؟ ދުވާލަކު މީހަކު މަރަމުން ދާއިރު.