ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމަކީ މުޅި ދިވެހިރާއްޖެ އަށް ލިބުނު ފޫނުބެެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މިޖީލުދުއް އެންމެ ވަރުގަދަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޑރ.މަޖީދު އަވަހާރަވިއިރު އޭނާގެ ޓްވިޓާ ގައި "ޕިން" ކުރައްވާފައިވާ ޓްވީޓުން ހާއްސަ މެސެޖެއް ދެއެވެ.

ފަތެއްގެ މައްޗަށް ފެންތިއްކިތަކެއް އޮހޮރިގެންދާ މަންޒަރު ފެންނަ ފޮޓޯއަކާއި އެކު ޑރ.މަޖީދު ޓްވީޓް ކުރައްވާފައި ވަނީ އަންނަޙުލް ސޫރަތުގެ 18 ވަނަ އާޔަތާއި އެއާޔަތުގެ މާނައެވެ. އެއާޔަތުގެ މާނައިގައި ވަނީ "ތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

ޑރ.މަޖީދުގެ އެޓްވީޓަށް އިޝާރާތް ކުރައްވާ ޑރ.މައުރޫފް ހުސައިން ވިދާޅުވީ އެޓްވީޓުން އޭނާ އަށް ތަޞައްވުރު ކުރެވެނީ "ހެޔޮލަފާ ޞާލިޙު އަޅުން ގެ ފުރާނަ މި ދުނިޔޭގެ ދަންފަޅި ހަމަކޮށް އާޚިރަތަށް ދަތުރު ކުރުމަށްޓަކައި ހަށިގަނޑާއި ވަކިކުރެވޭގޮތް ލޮބުވެތި ޙަބީބު ޞައްލަالله ޢަލައިހި ވަސައްލަމް ސިފަ ކުރައްވާފައިވާ ޙަދީސް ފުޅެވެ. އާދެ، އެއީ އޮހިގެންދާ ފެންތިއްކެއްގެ މިސާލުގައެވެ. الله ސުބުޙާނަހޫ ވަތަޢާލާ ޑރ. ޢަބްދުލްމަޖީދަށް ފާފަ ފުއްސަވައި ދަރަޖަ މަތިވެރި ކުރައްވައި ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާދޭވެ! އަދި ދޫކުރެއްވި ލޮބުވެތި ޢާއިލާއަށް ރިވެތި ކެތްތެރި ވުމަކަށް ތައުފީގު ދެއްވާދޭވެ!"

ޑރ.މަޖީދު އާއި އެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑރ.މައުރޫފް ވިދާޅުވީ ޑރ.މަޖީދުގެ ގެ ޢުމުރުގެ ބޮޑުބައި ހޭދަ ކުރެއްވީ ދީނަށާއި ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

"ޙާލުކޮޅު ކުއްލިޔަކަށް ގޯސްވެ ކޯމާ ގެ ޙާލަތަކަށް ދިޔައީ ރޯދަ މަހުގެ ފުރަަތަމަ ހުކުރު ދުވަހުގައެވެ. އުޚުރަވީ ގޮތުން ބަލާއިރު ކޮންފަދަ ރަގަޅު ނިމުމެއް ތޯއެވެ؟" ޑރ.މައުރޫފް ވިދާޅުވެފައި ވެއެވެ.

ޑރ.މަޖީދު ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އުމުރުގައި ބޮޑު ބައި ހޭދަކުރައްވާ ވަރަށް ޒުވާން އުމުރުފުޅުގައި އަވަހާރަވެގެން ދިޔުން އެއީ ކޮންމެ ދިވެއްސަކަށް ލިބުނު ފުން ހިތާމައެކެވެ. މާތްﷲ އޭނާގެ ފާފަތައް ފުއްސަވާ ހެޔޮ ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ދަރިވަރު

    ޢުސްތާޒް އަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން

  2. ޝާހު

    ޥަރައް ބޮޑު ގެއްލުމެއް ދިވެހި ރާއްޖެ އަށް.

  3. ކެރި

    ޝޭހަށް ރަހްމަތަށް އެދެން އެކަމަކު ޝޭހު އުޅުއްވީ އެންމެ ފަހުވަގުތުގައިވެސް ކެނެރީ ނަޝީދުގެ ފޫބުޑުގައި ކަމަސްވީމަ ވަރަށް ދެރަވޭ

    • މަ

      ކެނެރީގެ ނަޝީދު ފޫ ބުޑުގަ އުޅޭމީހާ ތޯ ރަނގަޅީ ޔާމީން ފޫބުޑުގަ އުޅޭ މީހާތޯ ރަނގަޅީ ކަނޑައަޅަން ނޭގޭނެކަން މިއަދު ވަރަށް ސާފު.

    • ނަޝީދު

      ތިބާ ގިޔާމަތްދުވަހުގަވެސް ތިހެން ބުނާނެ ތާ! އަހަރުމެންގެ ދިވެހިންގެ ހާލަތު ގޮސްފަ އޮތް ހިސާބު، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމްތް ދެއްވަނީ މާތްްްﷲ.

    • ޝެއިޙް

      އެމްޑީޕީއާ ހިތްހަމަ ނުޖެހިގެން އެޕާޓީން ވަކިވެ އަދާލަތާ އަލުން ގުޅުނު..އެމްޑީޕީގެ ބައެއް ނިންމުންތަކާ އިޙްތިޖާޖުވެސް ކުރެއްވި..ސީދާ ނަޝީދު ފަހަތަކު ނޫން ޝެއިޙް އުޅުއްވީ

      • ބަނޑައިދޫ

        އާމީން... މަޖީދަކަސް މައުރޫފަކަސް.... އެމީހަކު ވާހުށީ އެމީހަކު ލޯބިކޮށް އެކު އުޅުނު ބަޔަކާއި އެކު ކަމަށް ހަދީސްގަ ވާއިރު.... އިހުތިޖާޖު ކުރުން އެއީ އިސްލާމީ އިލްމުވެރިން ކުރިޔަސް މުހައްމަދު ސ.އ.ވ އަށް ބާވާލެއްވެވި ފޮތާއި ދެކޮޅު މުޑުދާރު ޢަމަލެއް... ބަޔަކު މި އިހުތިޖާޖުކޮށް އަދިވެސް އެބަލަނީ ދިވެހީން ވާ ވެއްދުމަށް... އަދާލަތުން މިކަންވެސް ސިޔާސީކޮށް އިދިކޮޅު އެއްކުރަން ފުމޭ އަލިފާން ސަންގަކަށް މިކަން ނުހަދާފިއްޔާ އަލްހަމްދުﷲ...

        • ވަހީދު

          ތީ އެމީހުން އަބަދުވެސް ކުރާކަމެއް

    • ވަހީދު

      ކޮމެންޓް ކުރި މީހުންގެ ތެރެއިން މިޔަށްވުރެ ބޮޑު ގަމާރެއް ދުވަހަުވެސް ނުދެކެން.

  4. ހުސައިން

    އާމީން

  5. Anonymous

    ސޭޚައް ސުވަރުގޭގެ ހެޔޮ ނިޔުމަތް މިންވަރުކުރައްވާ އާައިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި އާމީން

  6. މުޙައްމަދު

    އާމީން

  7. ބީވާ

    އަޅުގަޑާއި މަޖީދު ދުވަހަކުވެސް ބައްދަލު ނުވޭ އެހެން ނަމަވެސް މަޝްހޫރު ބޭފުޅުންގެ ތެރެއިން އަޅުގަޑު ވަރަށް ގަޔާވާ ރިވެތި ސިފައެއް ހުންނަ ބޭފުޅެއް އެއީ. މަޖީދު ައަވަހާރަ ވުމުން ވަރަށް އަސަރު ކުރި. އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި.

    • Anonymous

      އާމިން

  8. ޢާރިފާ އަލީ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    *اَللَّهُمَّ اغْفِرْ لَهَا وَارْحَمْهَا.
    *اَللَّهُمَّ ثَبِّتْهَا عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ

    • އ މ

      އާރިފާ ކޮއްކޯ 2-3 ފޮޅުވަތުގަ ތިޔައީ އަންހެނުންނަށް ކިޔާ ޢިބާރާތް

  9. ރާއިފް

    الله ޑޮކްޓަރ މަޖީދް އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާން ދޭވެ. آمين

  10. ފާތުން

    ޢުސްތާޒް އަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން

  11. ޑީޑީ

    ޑރ މަޖީދަށް ސުވަރުގޭގެ މަތިވެރި ނިުމަށް ދެްވާށި. އާމީން!

  12. ާަަހަލީމްް

    މަޖީދު ފަދަ ޢިލްމުވެރި

  13. ދެކޭމީހާކިޔާމީހާ

    މިފަދަ ވަޤުތެއްގައިވެެސް ސިޔާސީވާދަވެރިކަމާއި ނޭއްގާނީކަން ދެއްކުމަކީ، ކޮންފަދަކެމެއްކަން ވިސްނާލާނަމަ، ކިހައިރަނގަޅުހެއްޔެވެ! އެކަމަކު ކަންމިހިނގަނީ އެހެނަކުންނޫންކަން ކޮމެންޓުތަކުގެބައެއް ކިޔައިލުމުން ދޭހަވެއެވެ! ދެރަކަމެކެވެ!
    ކޮންމެއަކަސް، މަރުޙޫމް ޑރ. މަޖީދަކީ، ޞާލިޙު، ހަމަޤަބޫލުކުރުއްވަވާ މިޒާޖު ވަރަށްރަނގަޅު ޚުލްޤުހެޔޮ ޢިލްމުގެ ޚަޒާނާއެއްކަން ކަށަވަރެވެ!
    މަރްޙޫމްގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުޞް މިންވަރުކުރައްވައި، ޢާއިލާއަށް މިފުންހިތާމަ ތަޙައްމަލްކުރުމުގެހިތްވަރުވެސް މިންވަރުކުރައްވާނދޭވެ! އާމީން!

  14. އިޚްލާސް

    ޕާޓީ ޕީޓާ އެވެނީ މީހެއް މިވެނި މީހެއް ގޮވުމުގެ ބަދަލުގައި، މިހާރު ދެން ކުރަންވީ ކަމަކީ ޝެއިޚްއަށް ފާފައެއް ކުރެވިފައިވާނަމަ، އެފާފަތައް ފުއްސަވައި ދެއްވައި ޝެއިޚްގެ ފުރާނައަށް ރަޙްމަތް ލެއްވުމަށްއެދި ﷲ ހަޟްރަތުގައި ދުޢާދެންނެވުން.

  15. ޙހ

    ޑރ މަޖީދަށް ސުވަރުގެ މިންވަރު ކުރައްވާށި .އާމީން...

    ޢެއްދުވަސް އެއްވެސް ކަމެއްވެސް ހަމަ ސިޔާސީ ނުކޮށްނުވަނީތަ ހަމަ...ސިޔާސީ ނުވެ އެއްދުވަސް މުސްލިމެއް ދިވެއްސެއް ގޮތުގައި އުޅެލަބަލަ އަޅެ.

  16. ޙހ

    ޑރ މަޖީދަށް ސުވަރުގެ މިންވަރު ކުރައްވާށި .އާމީން...

    ޢެއްދުވަސް އެއްވެސް ކަމެއްވެސް ހަމަ ސިޔާސީ ނުކޮށްނުވަނީތަ ހަމަ...ސިޔާސީ ނުވެ އެއްދުވަސް މުސްލިމެއް ދިވެއްސެއް ގޮތުގައި އުޅެލަބަލަ އަޅެ...