ލ.އަތޮޅު ގަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ލ.ގަމުގެ މުކުރިމަގު އަވަށުގައި ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 21:30 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެގެން ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު