ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާޝިމް ހައްޔަރުކޮށްފައިވަނީ، ރޭ މެންދަމުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ، ހއ. ދިއްދޫ ބުރުނީ ވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ.

ހާޝިމް ދިރިއުޅުއްވާގެ ބަލައި ފާސްކުރުމަށް ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ، އެގެ ބަލައި ފާސްކުރަނީ، ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ހާޝިމް ހައްޔަރުކޮށްފައިވަނީ، މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި، ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ސައްޙަ ނޫން ލިޔުއުންތައް އުފެއްދުމުގައި ހާޝިމްގެ ބައިވެރިވުން ވާކަމަށް ތުހުމަތުކުރެވޭތީ އާއި، އެ މައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް އޭނާ ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް ބެލެވޭތީއެވެ.

ހާޝިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި އިތުރަށް ވަނީ، އޭނާ ހައްޔަރުކުރަނީ މައްސަލައިގެ ތަހުޤީޤަށް ނުފޫޒު ފޯރުވައި، ޢަދުލު އިންސާފު ޤާއިމްކުރުމަށް އޭނާ ހުރަސް އަޅަމުންދާކަމަށް ތުހުމަތުކުރެވޭތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ދިއްދޫގައި ޤާއިމްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓެއް ހައުސިންގް މިނިސްޓްރީން ތައްޔާރުކޮށްފައި ވަނިކޮށް، ރައްޔިތުންނަށް ހަޤީޤަށް އޮޅޭފަދަ ގޮތަކަށް ދިއްދޫ ރައްޔިތުންނަށް ސިޓީ ފޮނުވި މައްސަލައެއްގައި އެލްޖީއޭ އިން މިދިޔަ އަހަރު ހާޝިމް ސަސްޕެންޑުވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    މިކަހަލަ ކޮރެޕްޓް މީހުން އުޅޭ ތީޔޭ ގައުމު ނުހިންގެނީ ސަރުކާރަށް.. މަސައް ގިނަ ކިޔާ މީހުން ތިބީ ހައްތާވެސް.

  2. ބަދަންބެ

    މާލަސްވެއްޖެ ތިމީހާ ހައްޔަރުކުރަން ދުވާލު ހައްޔަރުކޮއް ޓސްޓުކުރި ނަމަ ތިޔައްވުރެ ބޮޑަތި ކަންތައް އެންގުނީސް

  3. އަސްލަމް

    ކީއްވެތަފޮޓޯނުޖަހަނީ

  4. ޓޮމާޓޯ

    އަހަ ދިއްދޫގައި ކޯޓެއްނުހުންނަނީތޯ؟ މުއިއްޒް ފުލެޓްތައް ޕާޓީކުދިންނަށް ބަހާލުމުން ކައުންސިލުން އަސްލް ޕޮއިންޓްލިބުނުގޮތް ހާމަކުރުމުން މުއިއްޒް ކުރިކަންތައް ފަޅައެރީމަ ކައުންސިލްގެ ރައީސްނުބައިވީ

  5. ލަތީފް

    މީނާ އަކީ ކުރީގެ އެމްޕީ ލަތީގެ ޕަޕެޓެއް. މިދެމީހުނައް ލަފާދެނީ ކުރީގެ އެމް.އެން.ޑީ. ޢެފް ގަ އުޅުނު ރައޫފް. ޙައިސިން ޔުނިޓް ލިޔެ ކިއުންތައް ބަދަލު ކުރީވެސް މީނާއާއި ރައޫފް. ރަޢޫފްއާއި އެކު އަނަންތަރާ ރިސޯޓްގަ އުޅޭ އިންޑިއާ މީހެއްލައްވައި.