ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވާރކް ވީޒާ ފީ އޮންލައިންކޮށް ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަންގެ ފަރާތުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ވާރކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވާރކް ވީޒާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ވާރކް ވީޒާ ފީ ދެއްކުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" ފޯމު ފުރިހަމަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރުމަށް އެދިފިއެވެ.

އަދި ރަސްމީ މަސައްކަތު ހަތް ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އަދި ފީ ދެއްކުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމުން،، ވީޒާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ފެންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" ހުށަހަޅާނީ ވާރކް ވީޒާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ ފަރާތްތައް ކަަމށެވެ.

އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް ސަމާލުކަން ދިނުމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ދެން އަހުމެނަށް ކޮންކަމެއް. މިސަރުކާރުން އޮޅިގެންވެސް ދިވެހި ނިކަމެތި ރައްޔިތަކަށް ކަމެއް ނުކޮށްދޭނެ

  2. Anonymous

    އަސްލު ކީކުރަން ފުރައިގެން ގޮސްތިބި ބަޔަކައް ވިސާ ދައްކަންވީ؟ މާ ރަނގަޅުވާނެ ކެންސަލްކުރިޔާ.... އަވަހަކައް ނުވެސްއާދެވެނެ.....