މާލޭ ކޮޅުން ބުރިޖުގެ ހުރިހާ ތަނބެއް ގުޅާލާފައި – މިނިސްޓަރ މުއިއްޒު
މާލޭ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބުރިޖު – މިނިސްޓަރ މުއިއްޒު

ބްރިޖްގެ ލޯނު ނުދެއްކިއްޖެއްޔާ ޗައިނާއަށް ބްރިޖްގެ ޝެއަރ ދޭން ޖެހޭނެ ކަމަށާއި ރާއްޖޭގެ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ރާއްޖެއިން ބިން ވިއްކޭ ގޮތަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބަދަލުކޮށް އެގޮތަށް ބިންވިއްކުން ހުއްޓުވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެމްޕެއިންގެ ތެރެއިން ސްކައިޕް މެދުވެރިކޮށް ޒުވާނުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބޭރުމީހުންނަށް ބިން މިލްކުރެވޭގޮތަށް ޤާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހު އަލުން އަނބުރާ ބަދަލުކުރައްވާނެ ކަމަށެވެ.

"މި ގާނޫނު ބަދަލު ކުރާނަން. އެކަމަކު މީހަކު ސެކަންޑް ހޯމެއް ހޯދަން ރާއްޖެއިން ބޭނުންވީމާ މިލްކު ނުކުރެވޭ ގޮތަށް ދިގުމުއްދަތައް ބިމެއް ގަނެވޭގޮތަށް ފެސިލިޓޭޓް ކުރެވެން ޖެހޭނެ ކަމަށް ދެކެން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބްރިޖަކީ 100 މިލިއަން ޑޮލަރު ކަމަށާއި ބްރިޖް އަޅަމުންދަނީ 300 މިލިއަން ޑޮލަރަށް ކަމަށާއި ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖްގެ ސަބަބުން ވެސް އާޚިރުގައި އެބްރިޖްގެ ހިއްސާ ޗައިނާއަށް ދޫކޮށްލަން ޖެހިދާނެ ކަމަށެވެ.

"ބުރިޖް އެޅީ 300 މިލިއަން ޑޮލަރޭ ބުނެފަ. އަސްލު ޚަރަދު ކުރީ 100 މިލިއަން ޑޮލަރު. ދެން އެބްރިޖްގެ ލޯނު ނުދެއްކުނީމާ އެމީހުން އައިސް ބުނާނެ ތިމަންނާމެންނަށް ދޭށޭ ބްރިޖްގެ އޮޕަރޭޝަން. ޝެއަރއެއް ދޭށޭ ބްރިޖުން. ދެން އަޅުގަނޑުމެން ދޫކޮށްލާނީ ބްރިޖްގެ ޝެއަރއެއް. އޭރުން އެދޫކޮށްލެވެނީ ބިން." ނަޝީދު ވިދާޅުވިއެވެ.

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ވެސް ވޯޓް ދީގެންނެވެ. ނަމަވެސް އެއިސްލާހު ފާސްކުރުމަށް ވޯޓް ދިނުމަށް ފަހު އެމްޑީޕީ އިން ފަހުން ވަނީ އެއިސްލާހާއި އެމްޑީޕީ ދެކޮޅު ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. ކަލޭނޫންތަ ރާއްޖެއަށް 100% ހިއްސާ ލިބިލިބި އޮތް ދިރާގާ ފެންބިލްޑިންގގެ ހިއްސާ ބޭރަށް ވިއްކާލީ. ދެން ކޮން އަނގައެއްގަޅާކަށް!!!

  • ތިހެން ބުނި ލަންކާއިންވެސް އެކަމު ފަހުން ޖެހުނީ އުބައް ޖަހަންސޭ

 2. ޙަފްޞާ / މާލެ

  ބްރިޖް ނިމޭތީ ހިރުވާތީ ކޮސްގޮވަނީ! އިންޑިޔާއަށް އެޔަރޕޯޓް ވިއްކާލީމާ ދޭންޖެހުނު ބޮޑު ދަރަނި މިއަދުގެސަރުކާރުންވަނީ އެއްފަހަރުން ދީ ޚަލާޞްކޮށްފަ! ތަރައްޤީގެ މަޝްރޫޢަކަށް ހުއްޓުމެއްނައިސް ، މުސާރަލިބުން އެއްދުވަސްވެސް ލަސްނުވެ ، ބޭރުގެދަރަނި ބޮޑުނުވެ ކުރިންދަރާއޮތް 31 ބިލިޔަން ، 22 ބިލިޔަނަށް ދަށްކޮށް ރިޟާވްގައި 800މިލިޔަންޑޮލަރު ޖަމާކޮށްލިމީހަކަށް ތިވަރުގެ ކުޑަ ދަރަންޏެއް ދައްކަން ކެހެކޭވެސް ހީނުވާނެ!

 3. ކިޔާނެ އެއްޗިހި ހުސްވެއްޖިއްޔާ ފޯ................... ކިޔާލަކިޔާލަ ހުރެބަލަ.

 4. ނަތަންޔާހޫ

  ބުއްޅަބޭ ދައްކާ ކޮސްވާހަކަ ނޫސް ތަކުގަ ނުލިއުނީޔާ ރަނގަލީ،

 5. ދޮގުހަދަންވެސް ބޭނުން އޮޅުވާލަން ވެސްބޭނުން އެކަމަކު މިއިންކަމެއްވެސް ކުރަން ނޭގޭއިރު ކާ ކާ ކާ ކިޔާފަ އެބަ ގޮވާ. މިކަލޭގެ ގްރޭޑް 10 ގެ ކުދިންނަށް އިގްތިސޯދު ކިޔަވައި ދިން ވީޑިއޯއެއް ޔޫޓިއުބް އިން މަށަށް ފެނިގެން މަ ހީ ހީ އަވަދި އަރައިފި. އިގް ތިސޯދަކީ ރަނގަޅުވުން.ރަނގަޅު ވުމަކީ ދެން ހަމަ ރަނގަޅުވުން ތަދުނުވުން. މިއީ މީނާދަންނަ އިގްތިސޯދު ހެހެހެހެހެ.

 6. ހެހެހެހެ.ހިޔާލީ ފޮލާ. ނޭޅޭނެޔޭ ބުނި ބުރިޖް އެޅުނީމާ ދެން ތިކިޔަނީ ފައިސާ ނުދެއްކޭނެޔޭ. ފައިސާވެސް ދައްކާނެ. ޖީއެމްއާރަށް އެއަރޕޯޓް ވިއްކިހެންތިހީވަނީ. އެއަށްވުރެ މާ ކޮލިޓީ ސަރުކާރެއްމީ. ކޮންވާހަކއެއއް ދައްކާކަށް މިތިބީ ރޯދައަށް. ނޫންނަމަ ހޭއަރުވާލާނަން. މިގައުމުގެ ވެރިކަމާ 100 ފޫޓަށްވެސް ކައިރިނުވެވޭނެ.

 7. ބޮލި މުލައް

  އެފައިސާ ދައްކަދޭންތަ ވެރިކަމަށް އަންނަންއެއުޅެނީ

 8. ޔާމިނު ވިދާޅުވީ ކޯޓުން ގޮތެއް ނިންމީމަ ތިމަންނާ ކޯޓުތަކަކައް އަތެއްނުބާނާނަމޭ މިހާރު މިވީ ކިހިނެތް

 9. ފަސް ހިއްސު

  މިކަހަލަ މަރުކޮހުން ދައްކާ ވާހަކަ އަޑުއަހާ މީހުން އަސިވެސް އެބަ އުޅޭބާ...؟

 10. އަޅެ މިއައްނި ޔަކީ ކޮން ކަހަލަމޮޔައެއްތަ

 11. އަބަދުވެސް އެމް ޑީޕީގެ ފަލްސަފާއަކީ އޮޅުވާލުން ކަމަށްވާތީ އެކަމާ ހައިރާން ވާކަންނުޖެހޭ. !!!!!!!!!!!!!!

 12. ޖަޒީރާ ރައީސް ނޫނީ ޖަޒީރާ ކަނޑުކޮސް؟

 13. ދައްކާނެ ވާހަކަ ހުސްވީ ދޯ!!!

 14. މީދެން މިހާރު މޮޔަބޮޑުވެގެން އުޅޭ މޮޔަ ގެރިއެއް. މީނާގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި!

 15. އެވެސް ވިއްކާލަން ތައްޔާރުވަނީދޯ. ފެން ކުންފުންޏާއި ދިރާގަށް ހެދިހެން ހަދާލަން

 16. އެބްރިޖް ފެންމަތީ އޮންނާނެތަ އޭގެ ހިއްސާ ޗައިނާ މީހުން ބޭނުންވާން. ކޮބާތަ އިންޖީނިއަރު

 17. ބަލަ މަނިކުފާނު ގޮޅިން ނެރެންވެގެން އަދީބުއާ ޑީލް ހަދައިގެން ތިޔަ ބުނާ ބިން ވިއްކާ ބިލް ފާސްކުރަން ޕާޓީ މެބްރުން ލައްވަ ވޯޓު ދިނީ. މިހާރު ކޮން އަނގަޔެއް މިއަރުވަނީ.. ވެރިކަމަށް ފެން ބޮވިޔަސް ތީބޮޑުވަރު..

 18. ނަޝީދު ބުނަންވާހަކައެއް!! ނޭނގޭ ވާހަކަ ނުދައްކާ!! ދެން ބޭރުގައުމުތަކުގައި ފިލާ ހުރެގެން ނުލަފާކަން ދައްކަދައްކާ ހުރޭ!! މިގައުމަށް އައިސްގެންނުވާނެ!! މީ ހާދަނުލަފާ ދެފުއްކަހެރިއެކޭ ދޯ!! ތިމަންނާގެ ހުރި ނުލަފާކަން ދައްކާލާނަމޭ ފާޅުގައި ބުނެ އެންމެ ފުރަތަމަ ކުރިކަމަކީ ރައްކުރިއަރުވާ ކޮމެޓީތަކުގެ ލާރިކޮޅު ކަޓުވާލީ!! ދެން ސިވިލް ސަރވިސްގެ މުސާކޮޅު ކަޓުވާލީ!! ދެން ރާއްޖޭގެ މައިދޮރޯށި ރައްޔިތުންނަށް ގެއްލުންވާގޮތަށް ވިއްކާލީ!! ދިރާގު ، ފެންކުންފުނީގައި އޮތް ރާއްޖޭގެ މެޖޯރިޓީ ޙިއްސާ ވިއްކާލީ!! ދެން ޑޮލަރުގެ އަގުބޮޑުކުރީ!! ދެން ރިސޯޓްތަކުގައި ހަށިވިއްކަނީއޭ ބުނެ އެކަން އިޢުލާންކޮށް ފުލުހުން ރިސޯޓްތަކަށް އަރުވާ ޓޫރިޒަމް ފުނޑާލަން މަސައްކަތް ކުރީ!! އެންމެ ފަހުން ރާއްޖޭގެ އިގުތިސާދު ފުނޑާލީ!! ދެން ޝަރުޢީ ދާއިރާގެ ތެރެއަށް އަތްބާނާ އެންމެފަހުން ފަނޑިޔާރަކު ރަހީނުކުރީ!! ދެން ސިޔާސީ މީހުން ހައްޔަރުކުރަން ފެށީ!! އޭގެފަހުން ބޯންޖެހޭނެޔާ ބޮވެންވާނީބުނެ ރައްޔިތުންގެ ކރަށް ރާ އަޅަން ހިތްވަރުދިނީ!! މިހެންގޮސް ނަޝީދުގެ ހުރި ނުލަފާކަން ދައްކާލި އިންތިހާއަށް!! އެ ނުލަފާކަން ދައްކާލީ ހަމަ އެކަނި ރައްޔިތުންނަކަށް ނޫން!! މުޅި ގައުމަށް އެނުލަފާކަން ދައްކާލީ!! މިހާރު ދެން މިގައުމުގެ ގިނަ ރައްޔިތުން ހައްދައެއް ނުލެވޭނެ!!

 19. މިއާ ޚަލީފާ

  ވަގުތު ނޫހުން ނަޝީދުގެވާހަކަ ގެނެސްދިނުމަކީ ގައުމަށްލިބޭ ފަޚުރެއް... ޝުކުރިއްޔާ ވަގުތު ނޫސް..

 20. މި ރޯދަމަހު ދުލުގަހިފާ ދަމަންނޫޅުނިއްޔާ ރަގަޅީ. ކޮބާހޭ ދިރާގާއި ފެންކުންފުނިން އަންނި ވިއްކާލި ހިއްސާ. ޢޭގެންވީ ގެލުމެއްނޫންތަ؟؟ ކޮބާހޭ އެއަރޕޯޓް އިންޑިޔާއަށް ދީގެން ލިބުނުގެއްލުން؟؟؟ ހޮޅި ވާހަކަ ނުދައްކާ ޔޫކޭ ގަ ހުރޭ.

 21. ލޯނު ނުދެއްކުނަސް އެއީ ނަޝީދަށް ބެހޭކަމެއްނޫން. ނަޝީދު ލައްވާ ލޯނު ދައްކާކަށް ނޫޅެން. ބޮޑު ފެއިލިއަރެއްތީ. ހަދާނެ ނުހަދާނެއެއް ނޭނގިއުޅެނިކޮށް ޗޮކުން ދިޔަ ވެރިކަންމަތިން ހަނދާންކޮށް ބަލަ.

 22. އަލިފުދާލުކާފުލާމު

  ނަޝީދަށް ދެން ކިއުއްވޭނީ އެކިފަހަރު އެކި އެތި. ގަޑިއަކުން ގަޑިއަކުން ބަދަލުވާނެ. ބްރިޖް ނިމުނުނިމުނުހެން ވަރަށް ގިނަ ގޮތްގޮތް ވާނެ...

 23. ރާއްޖޭގެ އެއްވެސް ކަމެއް އިސްލާހްކުރުމުގެ
  ގާބިލްކަން ނަޝީދުގެ ނެތެވެ ނަޝީދަކީ ހަލާކު
  ކުރުމާއި ވީރާނާކުރުމުގެ މީހެކެވެ މިކަން ދިވެހިންނަށް ޔަގީންވެފައިވަނީ އެއްފަހަރަކު
  ދެފަހަރަކުނޫނެވެ

 24. ކަލޯ ސްކައިޕާ ވައިބަރ އާއި ފޭސްބުކުން މެސެޖްތައްނުފޮނުވާ ނިކަން ރާއްޖެ އައިސް ކެންޕޭނެއް ޖައްސަބަލަ

 25. ައަބުދުއްލޯ

  100 މިލިޔަނަނައް އެލޭނަމަ ކީއްވެތޯ ތިބޭފުލާ ބުރިޖު ނޭޅި ދެން މިހާރި ކީކޭތޯ ތިކިޔަނީ

 26. މިކަލޭގެ ދައްކާ މޮޔަ ވާހަކަ ނޫސްތަކުގައި ނުލޔުއްވުމަށް އެދެން.
  ވެރިކަން ކޮށްފައި ހުރި މީހަކަށް ވިޔަސް ތިމީހާ ސިކުނޑި ހަމަކަމާއި މެދު މިހާރު ސުވާލު އުފެދެއެވެ.

 27. މޮޔަވޭ ކަލޯ

 28. ދެން ހުޅުޖަހަން ނިކުންނަންވީނު!

 29. ކަލޭ ހުރެބަލަ ރާއްޖޭގެ ކަންތަކާނުބެހި ޔަހޫދީން ކައިރީގަ ރީއްޗަށް މިސަރުކާރުން ނެގި ހުރިހާ ލޯނުތަށް ދައްކާ ހަލާސް ކުރާތަން ބަލަން އަހަރެމެން ދެކުނީމެ ކަލޭ އެންމެ ރިސޯޓަކާ ދެލެޕްޓްޕްން ގައުމު ތިންއަހަރު ހިންގި ތަށް.

 30. ދެން އޭން ވެރިކަމާ ހަވާލުވެފާ އެއްކޮށް ދައްކާލާނީ
  ސަޅިއެއްނު

 31. މިއީ ހަމަބުއްދި ފިލާ ހުރި މީހެއް. ހިމަ ރޯނުން ބަންނަން މާ ބޮޑަށް ވެސް ލަސްވެއްޖެ.

 32. ާައަޙްމަދު

  ބަލަ މޑޕ މެމްބަރުން ވެސް ވޯޓް ދީގެންނޭ ބިން މިލުކު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ. ދެން މިހާރު ކޮން ވާހަކައެއް.

 33. ދައްކަން ޖެހޭނީ ދޯ؟

 34. ޑިމޮކްރަޓިސްޓް

  ތިކަލޭގެތީ ހަމަޖެހޭ ވާހަކައެއްދައްކާ މީހެއްތަ ދުވަހަކުވެސް؟ ހިތުން މިކަލޭގެ މިހިރީ މިހާރު ވެރިކަމުގަ! ބުރިޖު ފައިސާނުދައްކަން!

 35. މިހިރަ ބުރާންޗާ 100 މިލިއަން ޑޮލަރަށް ބްރިޖް އެޅޭއިރު ކީއްވެ ކަލެއަށް ނޭޅުނީ.. ބަޔަކު ކަލެއަށް ކާކުއުޅެނީ ވެރިކަން ދޭން...

 36. ފަނާ ކުރާ ފިކުރުގަ ނުހުން ނާނެ އާރާސްތު ކުރުމުގެ ވިސްނުމެއް!

 37. ބިން ވިއްކަން ވޯޓް ދިނީ ކަލޭ ޖަލުން ނެރޭންވެގެން ނޫންތަ؟ އެހެންމަ ކަލޭ ގެސަބަބުން ވުޖޫދު ވެގެން އުޅޭ ކަމެއް މީ. އެހެންވެ މި ބުނަނީ ތީ މިގައުމަށްހުރި ބޮޑު ތުރާލެކޭ.

 38. ނަޝީދު މިހާރު ވިދާޅުވަނީ ބުރިޖުގެ ލޯނު ނުދެއްކޭނެ ކަމަށް އޭނާ ބުނާނެ ނޫންތޭ އޭނާ އަކީ އެއީ ދުވަހަކުވެސް އަތުން ފައިން އެއްވެސް މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު އެއްޗެއް ނޫން ވިއްޔާ މަމެން ޕިންކީންގެ ވެރިކަމަކީ އެއީ އޭނާ ކަނޑުކޮސް ވާ ވަރުގެ ގިނަ މަސައްކަތް ކުރަމުންދާ ވެރިކަމެކޭ އޭނާ ބަލާ ބަލަ މާލޭގެ އެނބޫދޫ ފަޅުގެ ޕްރޮޖެކްޓް ނިމޭއިރު އެތަނާއި މާލެ އާއި ދެމެދު ވެސް ބްރިޖް އަޅާ ބްރިޖް އިން ގުޅުވާލެވޭނެއޭ އެއިރުން ބްރިޖްގެ ލޯން ދެއްކޭނެ ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ ތަމެން އެމްޑީޕީ އާލާތުންނަށް ނޭގޭނެއޭ މި ފެންވަރަށް ލާރޖް ކޮށް ވިސްނަން ވެސް ތިޔާ ދަ ރާއްޖެތެރޭގެ ކުދި ކުދި އާބާދީ ތަކުން އަންނަ ދަ ރާއްޖެތެރެއަންސް އިންނޭ ތަމެން ޖެހޭނީ މަމެން ޕިންކީން ގާތު މަހަށް ދާން އޭ މަހަށް މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ މެން ދެން. ބްރިޖް ލޯން ވެސް ދެއްކޭނެއޭ މީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންގެ އަތޮޅު ގޮތަށް ކުރި މަރުވެފައިވާ އަތޮޅެއް ނޫނޭ މީ ދަ ގްރޭންޑް މާލެ ސަރަހައްދޭ މާލެ ސަރަހައްދުގައި ބްރިޖް އަޅައިގެން ދުވަހަކު ވެސް ގެއްލުމެއް ނުވާނެއޭ އެއިން ވާނީ ފައިދާގެ މައްޗަށް ފައިދާ އޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން ކުރު ސްކާރޓް ލައިގެން ކޮއްޅަށް ތިބެ ދެފައި ދަނޑި އަށް ސީލަބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ..

  • މި ބަކރ އަބަދު "ދަ ރާއްޖެތެރެ" އޭ ކިޔައިގެން ކޯއްޗެކޭތަ މިވީދެނީ؟ ތިކއތ އުޅޭ ތަން އޮންނަނީ ރާއްޖެއިން ބޭރުގަތަ؟

 39. އެހެންވެގެންތަދޯ 2 ފަނޑިޔާރުންނަށް އޮއްސާލި

 40. ގާނޫނު އަސާސީ އާއި ހަމައަށް ދާން ނުޖެހެއޭ ފުރަތަމަ ކަމަކީ ސިޔާސީ ޕާރޓީ ތަކުގެ ގާނޫނުގައި ބަޔާން ކުރަނީ އެއީ ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ގައި ރިޔާސީ އިންތިޚާބަށް ވާދަ ކުރަން ޖެހޭނީ އެއީ އެއްވެސް ކުށެއް ކޮށްގެން ކޯޓް ހުކުމެއް ކޮށްފައިވާ މީހެއް ގެ ހުކުމް 18 މަސް ދުވަހަށް ވުރެން ގިނަ ނަމަ އެމީހަކަށް ކޯޓުން ކުރި ހުކުމް އެމީހަކު ތަންފީޒު ކޮށް ނިމޭތާ 18 މަސް ދުވަސް ފަހުން ކަމަށޭ އެކަމަކު ތަމެން ނަކީ އަދި ވެސް ކޯޓް ހުކުމް ތަންފީޒު ކުރަމުން ދާ މީހުންނޭ ސޯ ތަމެންނަށް ނޯންނާނެއޭ އެއްވެސް ފުރުސަތެއް ގާނޫނު އަސާސީން ވެސް ދީފައި ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން އެމްޑީޕީގެ ޕްރައިމަރީ ގައި ބައިވެރިވެވެން ނުޖެހޭނެއޭ ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކީ އެއީ ބޮޑެތި ޕްރިޒަނާރސް އިންނަށް ވާން ތަމެންގެ ވާހަކަ މިހާރު ދެން ނިމެނީއޭ ތަމެން އަޅެ ގަޓެއް ހުރެއްޖެނަމަ ޕްރައިމަރީ ބާއްވަބަލަ ކުޅަދާނަ އެއް ނޫނޭ ރާއްޖޭގެ އެއްވެސް ރިސޯރޓެއްގައި ވެސް ވޯޓް ފޮއްޓެއް ބަހައްޓާން އެއީ ވާނެ ކަމެއް ނުނޭ.

 41. ކީކޭދެން ބުނާނީ މިވަރުގެ ހަމަނުޖެހޭ ވާހަކަދައްކާ ބުރާންޗެއްގެ ފަހަތުން ދުވެނަގާބަޔަކުވެސް އެބައުޅޭވިޔަ...........

 42. އަބްދުއްލާ

  މިއީ ވަރަށް ކޮސްގޮވާ ވާހަކަ ދައްކާ މީހެއް. މިހާރު އެމްޓީސީސި އާ އެއާޕޯޓް ފެރިއަށް ކިތައް މިލިއަން ލިބޭތަ ؟ އެއީ ފެރީ ހުޅުވުމުން ފެރީއަށް ލިބޭނެހާ ފައިސާ އަދީ މިހާރު މިދެ ސެކްޓަރުގެ ދަތުރުތަކަށް ލިބޭ ފައިސާއަށް ވުރެ ބްރިޖް ހުޅުވުމުން ބްރިޖަށް ލިބޭ ފައިސާގިނަވާނެ. މިކަހަލަ ކޮސްގޮވާމީހުނަށް ވެރިކަން ލިބުނީމަ މުސާރަ ބޮޑުކޮށް ކުޑަކޮށް ހަދަނީ ވެސް މިއީ އެއްގޮތަކަށްވެސް ދެ އުޅިވާ ސޮރެއްނޫން

 43. ރީތި މޫސަ

  މައުމޫނާ ދިމާލަށްވެސް ބުނި ވިއްކަމުން ވިއްކަމުންގޮސް މަންމަގެ ފައްޓަރުބައިވެސް ވިއްކާލާނެއޭ ނަމަވެސް ކަންވީ އެހެނެއްނޫން މައުމޫނު ހުރިހާ ކުންފުނިތަކެއް %100 ދިވެހިންގެ ތަންތަނަށް ހެދީ ނަޝީދުވެރިކަމަށް އައިސް ތަރަށްޤީކުރުމުގެ ބަދަލުގަ މިޤައުގެ މިލްކިއްޔާތުގެ ގޮތުގަހާދީފަހުރި ފެންކުންފުނި ވިއްކާލީ އައިޖީއެމްއެޗް އެޕޯލޯކުންފުންޏަށް ދިނީ ދިރާގު ވިއްކާލީ އެއަރޕޯޓް ވިއްކާލީ މިހެންގޮސް ހުރިހާތަނެއް ވިއްކާލަންނިންމީ އަދިވެސް އަނގައޮތީމަ އެއްޗެކޭކިޔަނީ ތީމިޤައުގެ ހަލާކު

 44. ރަނގަބީލު

  ރައީސް ނަސީދު ސިދާތާ ކައިރި ބުނި ކަމަަށް ވަނީ މިރާއްޖޭގައި ރާބޯ 100000 މީހުން އަދި ޒިނޭ ކުރާ 50000 މީހުން އުޅޭނެ ކަމަށް.އެހެން ވީމާ އޭނާ ހޮވޭނެ ކަމަށް.

 45. ޢަލީ ވަހީދު

  ބުރިޖުގެ ލާރި ނުދެއްކޭނެ މީހަކު ވެރިކަމަށް ލައިގެން ރައްޔިތުން ކުރާނީ ކޮންކަމެއް؟

 46. މުހައްމަދު

  ޖަޒީރާ ރައީއްސެއް ނޫން ކިޔަންވީ....... ޖަރީމާ ރައީސް ކިޔަންވީ....

 47. ޜޯދަ މަހު ނުބައި އެއްޗިސް ކިއުއްވަ ނޫޅޭ ޖަރީމާ ރައީސް

 48. މިސޮރު ގެންނަންވީ ދޯ ބްރިޖް ގެ އޯޕެނިންގ ސެރެމޮނީޔަށް . ދެން ކަންނޭނގެ ހަމަޔަކަށް މިސޮރު އެޅޭނީ

 49. މިސޮރު ގެންނަންވީ ދޯ ބްރިޖް ގެ އޯޕެނިންގ ސެރެމޮނީޔަށް . ދެން ކަންނޭނގެ ހަމަޔަކަށް މިސޮރު އެޅޭނީ

 50. ރައީސް ޔާމީނަކަށް ޔާމީނޭ ނުކިޔާނެ ތި ލޯނު ނުދެއްކިއްޔާ.. އެހާވެސް އިތުބާރު ބޮޑު ރައީސް ޔާމީނާ ދޭތެރޭ.. ކުރަން ބުނިކަމެއް ކުރާނެ.