ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައިދޭން އެދި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމީންއާ އެންމެ ވާދަވެރި ސިޔާސީ ލީޑަރު، ރާއްޖޭގެ ކުރީގެ ރައީސް ނަޝީދަށް މި ތުހުމަތު ކުރެއްވީ މީގެ ކުރިން އެމަނިކުފާނުގެ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެވެ.
ޝުއައިބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެމްޑީޕީގެ ލީޑަރުންނަށް ސަދަގާތް ކޮށްފައިވާ ކަމަށެވެ. އޭރުގައި މަޖިލީހުގައި ނެގި ވޯޓުތަކުގައި ސަރުކާރާ އެއް ކޮޅަށް އެމްޑީޕީ މެންބަރުން ވޯޓު ދެއްވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބިވަޑައިގެން ކަމަށާއި އެއީ ރައީސް ނަޝީދު އެ ކަމަށް އިރުޝާދު ދެއްވި ގޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ވަކީލުން ވިދާޅުވީ ރައީސް ނަޝީދަށް ކުރެވޭ ތުހުމަތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެސެޓް ރެކަވަރީ ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެ ވަކީލުން ފާހަގަކުރައްވާ ކަންކަމުގެ ތެރޭގައި ޝުއައިބް ދައްކަވާފައިވާ ވާހަކަތަކާއި ރައީސް ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކަތައް ހިމެނެއެވެ. މި ގޮތުން އަހުމަދު އަދީބަކީ އެމަނިކުފާނު ގެންނެވި "ފަންޏެއް" ގޮތުގައި ނަޝީދު ވާހަކަ ދެއްކެވުމާއި އަދީބުގެ ފޯނާއި އިލެކްޓްރޯނިކް އާލާތްތައް ނަޝީދުގެ އަތްޕުޅުގައި އތް ކަމަށް އެމަނިކުފާނު ދެއްކެވި ވާހަކަތައް ހިމެނެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އަތްޕުޅުގައި އަދީބުގެ ފޯނުގައިވާ 70،000 އެއްހާ ޓެކްސްޓް މެސެޖް އެބަ ހުންނެވިއެވެ. އެ މެސެޖްޓްތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ދައުވާ އުފުލޭނެ ވަރުގެ ހެކި ކަމަށެވެ. އެ މެސެޖްތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވިޔަސް އަދި އެ ގޮތަށް އަމަލެއް ނުކުރައްވައެވެ.
ރައީސް ނަޝީދަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ. އެކަމަކު އެ ކަން ރައީސް ނަޝީދު ދޮގު ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވަނީ ހިޔާނާތެއްގައި ދުވަހަކު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންނަށް ވެސް އެފަދަ އިރުޝާދެއް ދެއްވާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ބޮޑު މޭސްތެރިޔާ އަހުމަދު އަދީބު ވަނީ ކުށަށް އިއުތިރާފްވެ ޝަރީއަތުގެ މަޖިލީހުގައި އެ ކަމާ ގުޅޭ ބައެއް ވާހަކަތައް ވިދާޅުވެފައެވެ. އަދީބު ވިދާޅުވާ ގޮތުގައި އެ ހިޔނާތުގެ ހުރިހާ ކަމެއް ހިނގީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންނެވެ. އަދި އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމް ނެރެން އެ ފައިސާ ހޭދަކުރި ކަމަށެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ދައުލަތުގެ އެކި މުއައްސާސަތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލިހުގެ ގިނަ މެންބަރުންތަކަކަށާއި، ކުރީގެ ބައެއް ރައީސުންނަށާއި، ހުރިހާ ސިޔާސީ ޕާޓީއަކަށާއި، ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް ބައްސަވާފައިވާނެ ކަމަށް ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.
އަދީބު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ގިނަ ވާދަވެރިންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ޖަލު ހުކުމެއް ނޫނީ ހުކުމެއް ނެތި ޖަލު ބަންދަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މި ގޮތުން ކުރީގެ ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނަވަނިކޮށް، ނައިބު ރައީސް ކަމަށް އަދބު ވަޑައިގަނެވޭނެ ގޮތަށް ގާނޫނުއަސާސީގައިވާ ނައިބު ރައީސްކަން ކުރެވޭ އުމުރުގެ ބާބަށް އިސްލާހު ގެންނަން އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ވޯޓު ދެއްވިއެވެ. ޔާމީންގެ ސަރުކާރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ޖަލުގައި ބަންދު ކުރެވުނެވެ.
އަޅުގަނޑުގެ ވިސާ ޑެބިޓް ކާޑުން ކަނޑާލައިފި 2 ބުރު. އަޅުގަނޑަކީ ވަރަށް ހާލުގަ އުޅޭ މީހަކީމު. ބައި ރުފިއާވެސް ވޭ ބޮޑު އެއްޗަކަށް. އެ ލާރި އަބުރާ ނުވެސް ލިބުނު. ދެން ކޮންމެ ދުވަހަކު ދުޢާކުރާނަން ބީއެމްއެލްގެ ފައިދާ ދަށަށް ގޮސް ވިޔަފާރި ދަށަށްދޭތޯ މިލާރި ނުލިބޭހާ ހިނދަކު.. އަޅުގަނޑު ވީ ދެރަ ނޭގެ ބަޔާންކޮށްދޭންވެސް އަޅުގަނޑު ބުރަ މަސައްކަތުން ހޯދި ލާރިކޮޅު ގެއްލުނީމަ
"ދެން ކޮންމެ ދުވަހަކު ދުޢާކުރާނަން ބީއެމްއެލްގެ ފައިދާ ދަށަށް ގޮސް ވިޔަފާރި ދަށަށްދޭތޯ"
މިކަމަކީ ހަސަދަވެރިވުން ކަމުގައި ނުވޭތޯ؟ ބީއެމްއެލް އިން ކޮންމެ ގޮތަކަށް ފައިދާ ހޯދިކަމުގައި ވިޔަސް ގެއްލުމަށް އެދި ދުޢާ ކުރުމަކީ ނިއުމަތް ނެތިދިޔުމަށް ދުޢާ ކުރުން. ބީއެމްއެލް އަކީ ކިތަންމެ ދައްޖާލު ބާގާއިގެ ކުންފުންޏަކަށް ވިޔަސް ބީއެމްއެލް އަށް ގެއްލުން ލިބިއްޖެއްޔާ ގެއްލުންވާނީ ރައްޔިތުންނަށް. ދުނިޔޭގައި އިންސާފު ނުލިބުނަސް އާހިރުގައި ލިބޭނެ. މަށަކީވެސް މަގޭ ހައްގެއް އިންޑިޔާއިން ނިގުޅައިފައިވާ މީހެއް. އިންޑިޔާ ހަލާކުވެއްޖެއްޔާ ކިޔާވެސް ރަނގަޅު. އެކަމަކު އިންޑިޔާގައިވެސް އުޅޭ ނިކަމެތި މުސްލިމުން. ވިސްނަވާލައްވާ
ޢަމިއްލައަށް ދޯ ބުނީ އަދީބު އެއީ ތިމަންނާ ރާވައިގެން ސަރުކާރުގައި އެޅުވި ފަންޔެކޭ. ޢެހެންވީމަ ޖަމީލު ބޭރުކޮށް ބޮޑު ބިރެއްކަހަލަ އަދީބު އެ ތަނަށް ވެއްދީ އެނގިހުރެކަމަށް އިއު ތިރާފުވެފަ އެއޮ ތީ. ގަސް ތުގަ ޕާޓޭ ވަގެއް ވެއްދީ ގައުމަށް ގެއްލުންދީ އަމިއްލަ މަންފާ އަށް.
ބޮޑު ހީޔާނާ ތް ބޮޑު ބަގާވާ ތް ެެެެެެެެެ އަދި މިގައުމަށް ދިމާވެފަ އޮ ތް ހުރިހާ ބޮޑު ބަލާވެރިކަމަކާ މީނަޔާ ގުޅިފަ ހުރީ.
ﷲ ގެ ދަރުބާރުގައި ތިޔަ އެންމެން ޖަވާބުދާރީ ވާންޖެހޭނެ، ހަމަހިލާ އެކަކަށްވެސް ނުބެޗޭނެ،
އެވީ ދެން.
އަދި ވާން ޖެހޭނެ، މީހުންނަށް ދެރަދީ، ފާފަ ކުރުމުގަ މަޝްއޫލް ވެގެން އުޅެނިކޮށް ދުނިޔޭގަ ވެސް ހާލުގަ ޖެހިދާނެ...
އަންނިގެ ވާހަކަތަކާއި އަދީބުގެ ވާހަކަތަކަށާއި ކަންހިގާދިޔަގޮތަށްބަލާއިރު އަންނިއާއި އިބޫވަނީ އެފައިސާނަގާފަކަމަށް %99 ޔަގީނެވެ. އެކަމު އެއްވެސް ކަމެއްނުކުރެވޭނެއެވެ. އެއީ 3 ބާރާއި މިނިވަންމުއައސަސާތައް މިއަދު އޮތީ އެމީހުންގެ މުށުތެރޭގައެވެ.
ތިކަން ބަލަން ޖެހޭވަރަށް ބެލިއްޖިއްޔާ ނަޝީދު ބެދޭނެ، ޔަޤީން ތީނަގެއަ ތެއް ތިކަމުގަ ވާނެ.
ޢިދިކޮޅެއް މިކޮޅެއް ކިޔާނެކަމެއް ނެތް މިހާރު ގެ ސަރު ކާރަށް ތާއީދު ކުރާ މީހަކާ ދެ ކޮޅަށް މައްސަލައެއް ނުނިންމާނެ މިއޮތީ 2008 ގެކުރިން އޮތްފަދަ ސަރު ކާރެއް މުޅިއޮޑީ ގަ ހަސަނު ދެ ފަޔޭ ބުނާހެން މަޖްލިސް ހިތަ ކަށް ޝަރުޢީ ނިޒާމް ހިތަކަށް ޑިފެންސްއާ ޕޮލިސް ހިތަކަށް ލިބިފައި ، އިންސާފު ލިބޭނީ ވެސް ރީދޫކުލަ ޖެހިފަ ހުރިއްޔާ ހެން ހީވަނީ
އެކަމާ އަލާއިވެސްލާނެ ކަމެއްނެތް... އެ އުޅެނީ ހިތުން އިންޑިއާ އައުޓް ކެމްޕެއިންގެ ފޯކަސް ގެއްލުވާލަން... އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓް
ތިޔަ ރުފިޔާތަކުގަ ޖެހިފައިވާވަރު އެބަ އނގެއެއްނޫންތޯ ބިލިޔަނުން ޙިޔާނަތްތެރިވީމާ މިލިޔަނުން ޖޫރިމަނާ ބާކީ ބައިއަޅާފައިވާވަރު ވަރައްސާފް ހުދުފޮތިކޮޅެއްހެން އެގެޔެއް ނޫންތޯ
ނަޝީދު އަކީ އިނގިރޭސި ވިލާތުގަ ހިންގި ސިޔާސީ ހަރަކާތް "އެމްޔޫއޯ"ގެ ލީޑަރު. ދެން އަދީބުގެ އަންހެނުން އެތަނުގައި ދިން ނިއުސް ކޮންފަރެންސްގައި ބައިވެރިވެ އިންނަން ޖެހުނު ސަބަބު ވިސްނަލީމަ ޝުއައިބު އެދެއްކީ ތެދު ވާހަކައެއް ކަން ސާބިތު ނުވޭތޯ؟