ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ގަސްތުގައި ރިސޯޓްތަކުގެ ވެރިން އިހުމާލުވެ ދަރަކޮށް ނުހިތާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދ.އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓްގައި މުވައްޒަފަކު ބަލި ހާލަތު ބޮޑުވެ ނިޔާވެފައިވާ މައްސަލާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މައްސަލައަށް މެންބަރުންގެ ބަހުސް ކުރިއަށް ދަނިކޮށް މެންބަރަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިސޯޓްތަކުގެ ވެރިންގެ އިހުމާލެއް އޮންނަ ގޮތަށް މަންޒަރު ސިފަ ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކަނޑިންމަ ރިސޯޓުގެ ވެރިފަރާތަކީ ޓޫރިޒަމްގެ އެހެން އެތައް ވިޔަފާރިތަކެއް އަދި ރާއްޖޭގައި ޒަމާންތަކެއް ވަންދެން މި މަސައްކަތުގައި އުޅެމުން އަންނަ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވިޔަސް މެނޭޖްމަންޓްގެ އިހުމާލެއްވާނަމަ ފިޔަވަޅުތަކެއް ވެސް އެޅެން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑެއް ނުދެކެން ރިސޯޓުތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް ނުވަތަ ދެރަކޮށް ހެދުމަށް އެއީ އެމީހުންގެ އަމާޒެއް ކަމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުން ނިޔާވީ ދ.މާއެންބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު (60އ) އެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އެ ބައްޔަށް ފައްސި ވެފައި ވެސް ވެއެވެ. އޭނާ ނިޔާވުމުގައި ރިސޯޓުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ތުހުމަތު ކުރެވެއެވެ.

އާދަމް ނަސީރު ނިޔާވެފައި ވަނީ އޮކްސިޖަން ދަށްވެ، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރު ގަޑިއިރެއް ހާއިރު ތެރޭގައެވެ.

މި މައްސަލާގައި ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފައިވެއެވެ. އެއީ މައްސަލައިގެ ތަހުގީގު ނިންމެން ދެނެވެ. އެ މައްސަލަ ދަނީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޡަރާނާހަބީ

    ގިއޮތީ އިންސާފުގެ ތިލަފަތް ފެންނަން ހު ރިހާ ތާކައް އަނގަބާނައިގެން މެންބަ ރުން އަނގަމަތީ މަލަން އެޅުވީ

    37
    1
  2. ރިޒޯޓް ބޯއި

    ނަޝީދު ތިހެން ބުނަން ހެޔޮ ނުވާނެ... ، އަސްލު ހަޤީޤަތް ހޯދާލަން މުވައްޒަފުނާ ސާރވޭ ކޮށްލަން ފެނޭ ، ސަރުކާރުން މިހާރުވެސް ތިޔަ އުޅެނީ ރިޒޯޓަށް ލިބޭ ސާރވިސް ޗާޖަށް ހަދާގޮތް ބަލާ ނުލެވި ދެންކިހިނެއް މުވަޒަފުން ކުރާ އަނިޔާ ބަލާނީ ، މަދު މުވައްޒަފުން ކޮޅެއް ލައިގެން 10 ގަޑި 12 މަސައްކަތް ކުރުވާފަ ފައިސާ ނުދީ ، ހާއްސަކޮށް ދިވެހިން އުޅެނީ މާ ހާލުގައި ކޮވިޑްގައި މިތިބީ އަނބިދަރިން ލޯ ނުދެކި މިހާރު 4 މަސް ވަނީ ، ހަނދާކޮށްލާތި ތިޔަ ދޭ އަނިޔާ ކަލޭމެން ބޮޑު މުސާރަ ކައިން ނުވިތާކަން ރައްޔިތުންގެ ފައިސާ ކައިން އުފަލުގަ އުޅޭ ޤިޔާމަތްދުވަހުން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޯންނާނެ ، މެންބަރު ހިސާނާ އެއްކޮށް ކަލޭ އުޅޭ

    ބުއްޅަބޭ ވަރަށް ސަލާން ..

    42
    • އަޙްމަދު

      މާވަރަކަށް އެމްޑީޕީވެގެން އެމީހުން ކިތަންމެ ވަރަކަށް ވެރިކަމަށް ގެނެޔަސް ރިސޯޓް މުވައްސަފަކަށް އެމީހުންގެ ފަރާތުން ލިބޭނެ ފާއިދާއެއް އޮކަމަކަށް ނުދެކެން!

  3. ހުސޭނުބޭ

    ވާހް.......... މި ސޮރު ބުނާނެ ފިރުއަނަކީވެސް އޯގާތެރިއެކޭ! އެވަރު ނުބައި މީހެއް ތިއީ! މަށަށް ޔަޤީން ރިސޯޓްތަކުގެ ވެރިން އަތުން އެއްޗިހިތަކެއް މީނައަށް ލިބެނީ!

    36
  4. ރާގު

    ތިކަންއެނގޭ 40 އަހަރުވިޔަފާރިކުރީމަވެސް ޢެންމެމަހަކު ލާރިއެއް ނުލިބުނީމަ ތެޅިގަތްވަރުން

    30
    1
  5. ހުސެއިން ޒިޔާދު

    ކިހާ ބޮޑު ކަމެއްތަ ދިވެއްސަކު ނިޔާ ވީމާ މީނާ ކޮންބަހަނާ އެއްމިދައްކަނީ

    31
  6. ޝޫލާ

    2008ގައި ދިވެހިން ވެރިކަމަށް ހޮވި ކޫލް އަދި ރައްޔިތުން ދެކެ ލޯބިވާ އަންނިއެއް ނޫންމި ، ގާސިމް ކަހަލަ މުއްސަނދިން ޕަޕެޓެއް ، ވަރަށް ދެރަ

    23
  7. ޢަންސާރް

    ކަލެއަކަށް ނޭނގޭނެ ވަގުކަލޭގެ.ކަލެއަށް އެނގޭނީ ގައުމާ ދީނަށް ގައްދާރުވާން.

    27
    • ޓައީ

      ބަރާބަރު

  8. ރޯދަ މުބާރިކް

    ކަނޑިންމަ ޓެގްލައިން "މައި ކައިންޑް އަ ޕްލޭސް" މަޖްލީހު ރައީސް "ކަނޑިންމަ ކައިންޑް އަ ގާއި"...!!

    16
  9. ޅަބޭ

    ކީއްކުރަންތަ ވަގުތު އޮންލައިންއިން މި މޮޔަސޮރު ބުނާހާއެއްޗެއް ހަބަރައް ހަދައިގެން ތިގެނެސްދެނީ.....

    22
    1
  10. މިސްޓާރ ޓޭ

    އަހަންނަ މާގިނައިން އެނިމޭ ބެލެނީ ކަންނޭނގެ، އެކަމު މަގޭ އަތައް "ޑެތް ނޯޓް" އަރާފި ނަމަ މި މީހާގެ ނަން އެންމެ ފުރަތަމަ. ސޮރީ ނޮޓް ސޮރީ.

    15
  11. ޙަސަން

    މީނާއަށް ނޭނގޭ ކަމެއްވެސްނޯވޭ. ކޮންމެ ކަމަކަށް އަނގަބާނާނެ. މީފަހެ ކޮންކަލަ މިޒާޖެއްގެ އިންސާނެއްބާ!

    19
  12. މުހަނު

    ނާހަމަތެދެއް!

    14
  13. ރިސޯޓް ބޯއީ

    ރިސޯޓު ތަކުގައި އުޅޭ ދިވެހިން ތާއަބަދު ދައްކާ ވާހަކައެއް އެތަންތާގައި ދިވެހިންނާ ދެކޮޅަށް ނަސްލީތަފާތުކުރުން ގެންގުޅެކަމަށް ބޭރު ބޮޑުންގެ ފަރާތުން. ތިއީ ކޮން ވާހަކައެއްދެން؟ ވަރަށް ދެރަވެއްޖެ

    18
  14. ސިނެކް

    ދެން ބޮއްޅަބެ ކައުންސިލް އިންތިހާބުގެ ވޯޓް ކާމިޔާބުކޮއްބަލަ ވޯޓަކުން ނޮހޮވޭނެ ކޯޓުން ހޮވުނަސް

  15. ސާލިހު

    ތަހުޤީގު ކޮށް ނުނިމެނީސް ޖެހޭތަ ބަސް ބުނަން؟ އަޅުގަނޑު ނުދެކުނަަސް އެއޮތީ އެކަންވެފަ ދެން އެ މުވައްޒަފު އަނބުރައެއް ނާންނާނެ.

  16. ދޮންބެ

    މަޖިލީހުން ހުރިހާކަމަކާ ބެހަަަަޭނެ އެކަމަކު އިންސާފެއްނުލިބޭނެ ހޮޅިއަނގަ ތަޅާނެ

  17. އެލެކްސް

    ޖަމަލުފޮޑިއެއްތީ ރިސޯޓް މުއައްޒަފުންގެ ސާވޭއެއް ހަދާދީބާލަ. ގާނޫނުގާ ބުނާ ދުވަހަށް މުސާ ރަވެސް ނުދޭ ގާސިމް އަދިވެސް މިމަހު މުސާ ރަނުދޭ. ގާނޫނާ އެއްގޮތަށް ހިންގާނަމަ ގާސިމްގެ ގިނަ ރިސޯޓްތައް ހު ރީ ބަންދުކު ރާ ހިސާބުގައި. އެހާވެސް އޮޅުވާލުން ބޮޑު

    11
  18. ސަމްސާދފ

    މިކަމުގެ ހައްލަކީ ރިސޯޓްތަކަށް 40 އަހަރުން މަތީގެ މީހުން ނުނެގުން.

    2
    12
  19. Anonymous

    އަހަރެންނަކީ އަންނިގެ ވަރަށްބޮޑު ސަޕޯޓަރެއް. މިކަމުގައި އަންނި ދެއްކީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެެއް. މި ދާއިރާގައި 26 އަހަރަށް ވުރެ ގިނަ ދުވަހު 8 ރިސޯޓެއް މަސައްކަތް ކޮށްފައި ހުރި މީހެއްގެ ހައިޞިއްޔަތުން އެވާހަކަތައް ކުށްވެރިން ކުރަން.

  20. ލޯލި

    މީދެން ކިހާބޮޑު ވެޖެކަމެއް މީނާމިތަނުން ބޭރުކުރުމަށް ގޮވާލަން

  21. ޢޭކޭ

    އަހަރެންނަކީ އަންނިގެ ވަރަށްބޮޑު ސަޕޯޓަރެއް. މިކަމުގައި އަންނި ދެއްކީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެެއް. މި ދާއިރާގައި 26 އަހަރަށް ވުރެ ގިނަ ދުވަހު 8 ރިސޯޓެއް މަސައްކަތް ކޮށްފައި ހުރި މީހެއްގެ ހައިޞިއްޔަތުން އެވާހަކަތައް ކުށްވެރިން ކުރަން.

  22. ކައުންސެލަރު

    ރާއްޖެއަށް ފާވެފަ އޮތް ބޮޑުބަލާވެރިކަމެއް ތިޔައީ

  23. ފަފީ

    މީނަ ފޮނުވަންވީ ރިސޯޓެއްގަ ވެއިޓަރަކައް! އޭރުން މިކަން އިންގޭނީ. އަބަދު ގެސްޓް އަކައް އަންނަ މީހަކައް ކޯންޗެއް އިންގޭނީ!

  24. ބޮންދު

    އެހެންތާވާނީ ތިމަންއައް ބައިލާ ތިމަންނަ ބޯން ބޭނުންވާއެއްޗެއް ބޯންދޭބަޔަކީ އެމީހުންވިއްޔާ