އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ރޭ ހަރަކާތްތެރިވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށާއި ނަމަވެސް ޕާކް ތެރޭގައި އޮތީ ނުރައްކާތެރި އެއްޗެއް ނޫންކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގޮވާތަކެތި ނައްތާލުމަށް އެމްއެންޑީއެފްގައި އޮންނަ "ބޮމް ސްކޮޑް"ގެ ސިފައިން ޕާކިން ޒޯން ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ރޭ ފެނިފައި ވެއެވެ.
ޕާކިން ޒޯން ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވެފައި ވާއިރު ރާއްޖޭގައި ދޭން އުޅުނު ނިރުބުވެރި ހަމަލާއެއް ރޭ ފުލުހުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. އެމައްސަލަ އާއި ގުޅިގެން މިހާތަނަށް ހަމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ރާއްޖޭގައި ދޭން އުޅުނު ހަމަލާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހަމަލާ ދޭން އުޅުނީ ރާއްޖޭގެ ކޮން ސަރަހައްދެއްގައި ކިހިނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން މިއަދު ވެސް ވިދާޅުވީ ރާއްޖޭގައި ދޭން އުޅުނު ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަށް މައުލޫމާތު ލިބެމުންދާ ވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ބްތާންތިމެންނޭ ނެތްތަ ތިނޫން ސްޓަންޓެއް ކަލޭމެންނަން އެނގެނީ ހަމައެކަނި ބޮންގޮއްވުމުގެ ސްޓަންޓްތަ؟ ކީއްވެ ކަތިލާ ޅިޔައަޅާއިރު އެޖަން ނުހުއްޓެނީ ތިބޮންތަށް ގޮއްވާމީހުން ތިބެނީ އަބަދުވެަްސް ކަނޑުމަތީގަ ތަ؟
އިންޑިޔާގެ ސިފައިން ބޭތިއްބުމަށް ރަވާ ރޭވުން
ބިޑި ހެދޭނީ ނާގާބިލު ތަގް ސްކޮޑު... ގޭންގް ޖަހާފަ އައިސް މީހުންނަށް އަނިޔާކޮށްފަ، ނުބުނަން ބި ރުދައްކަން އެކަނި އެނގޭނީ
ކޮއްކޯ ބޮމެއް ފެނުނިއްޔާ ކަލެއައް އިންގޭނެބާ ދިވެހިންގެ ފެންވަރު. ނޭނގޭ ކަންކަމާ އަންގަ ނުބާނަ ހުރުން ބުއްދި ވެރިވާނެ.
ބޮންބް ސްކޮޑޭ ؟؟ ލޮލް..
ރާެއްޖޭ ސިފައިންނައް ނޭނގޭނެ ބޮމަކު އަޅައިގަނެފަ އަނގަވަތައް ވެެއްޓުނަސް
އިންޑިޔާއިން އަންގައިގެން ޖައްސާ ސްޓަންޓް އެއްވެސް ކަމެއް އޮވެގެނެއްނޫން