ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް 12 މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް، ހުރިހާ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ވެއްޖެ ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން މަދުވެގެން 50 މެމްބަރުން ވޯޓު ދެއްވާނެ ކަން ރައީސް އަބްދުﷲ ޔާމީނަށް ސާފުކޮށް ދަންނަވަން ބޭނުންވާ ކަމަށެވެ.

މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި މަޖިލީހުން އެކަމުގައި ގޮތެއް ނިންމޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކޮށްފި ނަމަ، 43 މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މިވަގުތު ޖަލުގައި ތިއްބެވި މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ މާދަމާ އެޖެންޑާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިންގަމުންދާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމަށެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މާދަމާ ހެނދުނު، މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވާނެކަން މެމްބަރުންނަށް އަންގާފައެވެ. ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ރައީސް ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންގާރަދުވަހު ހަމަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތިމަންނަ

    އިސްލާހީ ކަންތައްތައް ކުރުމަށް އެންމެ އުދަގޫ ބޮޑީ މިސޮރުގެ "މާ" އަނގައިގެ ސަބަބުންނެވެ.

  2. އއ

    ކުއްލި ނުރައްކަލުގެ ޙާލަތު އުވައިނުލައްވައި މިހާރު މިއޮތްގޮތަށް ބޭއްވުމަށް ޢިއްޒަތްތެރި ރައީސްގެ ކިބައިން އެދި ދަންނަވަން. އެހެނީ އޭތި އުވައިލާއިރަށް ދެން މި މާލޭގައި މަގުމައްޗަށް ނުކުމެވެން ނޯނާނެއެވެ. މިހާރު ދަތިވާ ކަމެއްނެތެވެ. ކުއްލި ނުރައްކަލަކީ އެއްވެސްކަމެއް ދަތިވިކަމަކަށެއް ނުވެއެވެ. އަޅުގަނޑުމެން ހަލަބޮލިކަމެއް ބޭނުމެއް ނުވެއެވެ.

  3. ދިވެއްސެއް

    މަހުލޫފު ކަލޭބުނިކަމެއް އަދި ބުނިގިތަކަށް ނުވޭ.. ތީބޮޑު އަނގަފި....ވަރަށް ސަލާމް

  4. ގޮހޮރު

    މީކާކުތަ ... ތިގޮތަށް ސައިޒު އޮޅިގެން އުޅުނު މީހަކުއެއީ ބަލަކުވެސް

  5. ހައްޤުބަސް

    މަހޭ ތިޔާ އުޅެނި އޮޅިގެން އުއްތޭ އާއި ހަމިއްޓޭގެ ނޯކޮން ފިޑެންސް މާދަމާގެ ބޮޑު އެއްޗަކީ.. އެއަށް ބޭނުންވަނީ ވޯޓުގަ ބައިވެރިވާ މެންބަރުންގެ 3 ބައިކުޅަ 2 ބައި.. މަހޭ މެން އިހުތިޖާޖުގަ ތިއްބާ އެކަންނިމޭނެ

  6. Anonymous

    މަޚުލޫފު ކިޔާމީހާ މާރަގަޅުނޫންތަ ތިމަންނގެ ދާއިރާގެ ރައްޔިތުން އެމީހުންގެ މެމްބަރަކަށް ތިމެންނަ ހޮވާދިން މަގުސަދުގެ އެއްމެކަމެއް ހާސިލުކޮށްދިނިއްޔާވެސް، މިހާރު ކަލޭ ނަގާ މުސާރު ހަލާލުވެސްނުވާނެ، އެމީހުންނަށް ފައިދާކުރަނިވި ކަންތައް މަޖިލީހުގައި ކޮށްދިނުމުގެ ބަދަލުގާ ކަލޭ ހަރާމްކޯރުވަނީ، އެދާއިރާއިމީހުން މެމްބަރަކުހޮވީ ތިގޮތަށް ރީލޯޑު ވަށްވަށްޖަހާކަށްނުން، ކަލޭ ދެން މެމްބަރަކަށް ހޮވާނެބަޔަކު މިދުނިޔޭގަ ނެތްކަން ދަންނާތި، ހޮވަންޖެހޭ ވައްތަރުމީހުން ވަރަށްގާތުން ބަލަމުން މިދަނީ

  7. އަބްދުއްލާ

    މިކަހަލަ މީހުންގެ ސަބަބުން ގައުމުހަލާކުވީ

  8. ސަނީޑިއޯލް މަހުލޫފް

    ހޭމަ ކަލޭ ބުނާ އެއްކަމއް ވޭތަ އަނގަބެ ކަޅު ހުކުރާ ދޮން ހުކުރާ މޭޑޭ އާ އަމާ ޑޭއާ ސޯޅަ ޑޭއާ ވެރިކަން ވައްޓާ ނޝީދު ގެނެސް ރާއްޖެ ވެރިކަން ކޮށް މިހެން ގޮސް މަހުލޫފް ކަލޭ އަނގާން ނުކުރާ އެއްކަމެއް ވެސް ނެތެނުން ތާރީޙް ޕޭ ތާރީޙް ، ތާރީޙް ޕޭ ތާރީޙް

  9. ދިޔާނާ

    ކޮބާ ވޯޓްދީފިތަ، މިހާރު ކުއްލި ނުރައްކާ އުވުނީދޯ ހެހެހެހެހެހެހެހެހެ