ރާއްޖޭގެ 20 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުން ޑިޒައިން އެންޑް ބިލްޑިން އުސޫލުން 15 ރަށެއްގެ ނަރުދަމާ އަދި ފަސް ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.

ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހަމަޖެހިފައިވާ 15 ރަށަކީ:

  1. އއ. ފެރިދޫ
  2. އއ. ހިމަންދޫ
  3. ބ. ކަމަދޫ
  4. ބ. މާޅޮސް
  5. ހއ. މަރަންދޫ
  6. ހއ. ތަކަންދޫ
  7. ހއ. ވަށަފަރު
  8. ހދ. ހިރިމަރަދޫ
  9. ހދ. ކުމުންދޫ
  10. ށ. ގޮއިދޫ
  11. ނ. މާފަރު
  12. ނ. ފޮއްދޫ
  13. ރ. ފައިނު
  14. ޅ. އޮޅުވެލިފުށި
  15. އދ. ކުނބުރުދޫ

ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ:

  1. އއ. މަތިވެރި
  2. ހއ. މުރައިދޫ
  3. ށ. ފީވަށް
  4. ނ. ހެނބަދޫ
  5. އިންނަމާދޫ

މީގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫތައް ހިންގާ ރަށްރަށުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދީފައި ވަނީ 18 މަސް ދުވަހެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރާ ރަށްރަށުގެ މަސައްކަތަށް ވަނީ 15 މަސް ދުވަސް ދީފައެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދާ ރަށްރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، އާރުއޯ ޕްލާންޓު ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ސީ އައުޓް ޕޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމެވެ.

ފެނުގެ ނިޒާމް ގާއިމްކުރާ ރަށްރަށުގައި ފެނުގެ ނިޒާމުގެ ވިއުގަ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، އާރްއޯ ޕްލާންޓު ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ސީ އައުޓް ޕޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެން ގުޅުން ހިމެނެއެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދާނީ އެއް އަހަރަށް ސަރުކާރުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަތަރު އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    މިކިޔާ ލަވަޔަކާ މިއުޒިކާ ދިމާ ވޭބާ؟ އެމް.އެމް.މޭ އިން ބުނަނީ ޕްރޮޖެކްޓް ތައް ހުއްޓަން ޖެހިދާނެ ކަމަށް . ސަރުކާރުން ބަލަނީ ޕްރޮޖެކްޓް ތަކުގަ ސޮއިކުރެވޭތޯ ކައުންސިލް އިންތިހާބު ކައިރިވާ ވަރަކަށް ރައްޔިތުން ގުބޯ ހައްދަނީ ތޯ؟

  2. ޙަގީގަތް

    ބ.އަތޮޅުގެ އާބާދީމަދު ކުޑަ ދެރަށެއްގަ ނަރުދަމާ އަޅާއިރު ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމިސްޓި ކް އެއާޕޯޓާ އެތައް ގެސްޓްހައުސްއެއް ހިންގާ ދަރަވަންދޫގަ ނަރުދަމާގެ މަސައް ކަތް ނުފެށުންމީ މިސަރު ކާރު ލަދުވެތި ވާންޖެހޭ ކަމެއް. ރީނދޫ ސަރު ކާރު އައުމުންނޫނީ ރަށަށް އެއްވެސް ކަމެއް ނު ކޮށްދޭން ފޫގަޅާފައޮތް ކައުންސިލާ، މަވަރު ނެތިގެން މާ ރީނދޫ ވެގެން ބޮޑުބަސް ބުނަމުން ރައްޔިތުންގެ ލޮލުގަ އަނދުނާ ދަވާދާ އުނގުޅަމުން ދުވާ މީހުންގެ އުރައްޕަތެއް ނެތް ކަމުގެ ސީދާވެގެންވާ ހެއް ކެއް، ރަށު ކައުންސިލްގެ މަސައް ކަތަ ކީ އާއިލާ މީހުންނަށް ވަޒީފާތައް ހޯދާދިނުމާ ރަށުގަ ނާޗަރަންގީ ކުޅުމާ އަމިއްލަ ޖީބު ބޮޑު ކުރުން. ރައްޔިތުންގެ ހައްގުގަ އިނގިލި ކުރިވެސް ހިއްލާލާ ބައެއްނޫން ރަށުގެ ވެރިންނަ ކީ.

  3. ކިޔުންތެރިޔާ

    ކައުންސިލް އިންތިހާބުން ދަރަވަންދޫ ރަށު ކައުންސިލް އެއް ކޮށް ބަދަލު ކުރަން އެބަޖެހޭ، ހަގީގަތަށް ތާއީދު.

  4. މުޢުނީ

    މިއީ ހަމަ ވޯޓަށް ޖަހާލި މަޅިޔެއް.ނުވާނެ މިކަމެއް މިއޮތް ހާލަތުން .މިއުޅެނީ ސަރުކާރު އޮފީސްތަކުގެ ފެން އިސްކުރެެއް ބަދަލުކޮށް ނުލެވިގެން.ދެން ކިހިނެއް މިވަރުގެ ކަންކަން ވާނީ.ސަރުކާރު ދަރާވިކިފަ.ލޯނު ނަގާނަގާ ދަރިންގެ ދަރިންނާ އަމަޔަށްވެސް ލޯނު ބޮލުގަ އެޅިފަ.

  5. ޢެންޑީޕީ ކަލޯ

    ދަރަވަންދޫ ގަ އެމްޑީޕީ އޮވޭތަ ތިޔަ ދާއިރާ ރައީސް މަޖުލީހަށް ވެސް ނުހޮވުނު ތިޔަ ރަށު މީހަކު ލީމަ. ތަރައްގީ ބޭނުމިއްޔާ އެމްޑީޕީ ކުދިން ގިނަ ކޮށް ޕާރޓީ ވަރު ގަދަ ކުރޭ. ޢެއަރ ޕޯރޓު އޮތީމަ ސުކުރު ކޮއްބަލަ. ދާއިރާ ރަައީސް ދުވަނީ ނަސީދު ފަހަތުން. ޜައީސް އަކީ މިހާރު އިބޫ ކުދިންނޭ.