މާލެ ސަރަހައްދުގައި ސްމާޓް ޕޯލް ހަރުކުރާ ހިސާބުން، ރޭންޖުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގެ ނެޓްވޯކް މައްސަލަ ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ އާއި ހުޅުމާލެއަކީ މެދު ނުކެނޑި ތަރައްގީ ކުރަމުންދާ ކޮންކްރީޓް ޖަންގައްޔެއް ކަމަށް ސިފަ ކުރައްވައި މަލީހު ވިދާޅުވީ މާލޭގެ މަގުތައް ހެދިފައި ހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން މޮބައިލް އާއި އިންޓަނެޓްގެ ޚިދުމަތް ދެނީ ފައިބާ ބޭނުންކޮށްގެން ކަމަށާއި މޮބައިލްގެ ޚިދުމަތް ދިނުމަށް އެންޓަނާތައް ބަހައްޓަން އާންމު ގެތަކަށް ގޮސް ކުންފުނިތަކުން އާދޭސް ކުރަންޖެހޭ ފަހަރު ވެސް އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

" އާދޭސްކޮށްގެން އެންޓެނާ ޖަހާ އިރު އެއަށް ވުރެ މައްޗަށް ބިލްޑިންގްތައް އެބަ އަރާ. އެހެންވީމަ ސަރުކާރުން ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ޖަހާ ޕޯލްތަކަކީ މަލްޓި ޕާޕަސް، ސްމާޓް ޕޯލް ތަކަށް ވާނީ. އެއީ 5ޖީ އަންނަ ވާހަކަ މިދެކެވެނީ. ޓެސްޓު ކުރެވެމުން ދަނީ. އަންނަ އިރު ރަނގަޅު ބަދަލަކަށް ވާނެ އެކަން،" މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި އެންޓެނާތައް ގިނަ ވުމުން ވެސް ބައެއް މީހުން މައްސަލަ ޖައްސާ ކަމަށާއި ބައެއް މީހުން ގެ ކައިރީގައި އެންޓެނާ ހުރުމުން ހިތްހަމަ ނުޖެހޭ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. މިހާރުވެސް ބައެއް އެންޓެނާތައް ބޭނުންކުރަމުންދަނީ މުވާސަލާތީ ޚިދުމަތްތައް ދޭ ކުންފުނިތަކުން ޝެއާކުރާ ގޮތަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ބިލްޑިން ކޯޑު ތެރެއިން ފަސޭހަކަމާއި އެކު މުވާސަލާތީ ޚިދުމަތް ދިނުމަށް ފަސޭހަވާނެހެން މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ރިއާޔަތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަން

    މަނިކުފާނަށް އިނގޭނީ ރާކަނި ކާން ....ދަނޑަށް ދޭ

    10
    1
  2. ައަހުމަދު

    އެކަމަކު އެއްކަމެެއްވެސް ނުވޭދޯ ވަޒީފާއިން ވަކިކުރަން ޢުޅޭތީ މޮޅުވާހަކަ ދައްކަނީ.

    9
    1
  3. އެކްސް

    ފުތަރަމަ ހިދުމަތުހެ އަގު ކުޑަ ކުރަންވީ ނޫންތޯ. އެއަަށް ފަހު އެހެން ވާހަކަ ދައްކަވާ.

  4. ނަތް

    ކަލޯގެ މޭންޑޭޓް އެއްނޫން ތިއަކީ. ތި ވިޔަފާރި ކުންފުނިތަކުން ތި ކަން ހައުކުރޭ. ކަލޯ އުޅޭ އިންޓަނެޓް އަގުހެޔޮ ކުރަން. ޑޭޓާ ކެޕް އުވާލަން. އެކަން ކުރަން ކޮންމެހެން ބަހަނާ ދައްކާނެ ކަމެއް ނެތް. ޢިންޓަނެޓް ދޫކޮއްފައި ހުރި ލައިސަންސް ތަކުން ބޮޑެތި ޖޫރިމަނާ ކުރޭ އަގިހެޔޮ ނުކުރެވެންޏާ. ކުންފުނިތަކުގެ މުޅި ފައިދާ އެއްކޮއް ޖޫރިމަނާ އަށް ދައްކާ ވަރު ކުރޭ. ކޮންމެހެން އެމީހުން ދިރާގި އުރީދޫ އިން އަގު ހެޔޮ ނުކުރެވޭނެ ބުނީމާ ދޫކުރާނެ ކަމެއް ނެތް.

  5. ވޯޓްވިއްކި ގަމާރު

    ރާއްޖެތެރޭގައި ގަސްހުނާތި މާލޭގަ އިމާރާތް ހުނާތި ދިވެހިއްނަކީ މޮޔައިން އެހެން ގައުމު ތަކުގައި ބޮޑެތި ގަހެއްވެސް އިމާތާތެއްވެސް ނުހުރޭ